Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ފްލެޓް ލިސްޓު

ހައުސިން މިނިސްޓަރކަމުގައި ހުންނެވި އިރު ނެރުނު ފްލެޓް ލިސްޓްތަކަށް ނުފޫޒު ފޯރުވާފައިވާ ކަމަށް ރައީސް މުއިއްޒު އިއުތިރާފް ވެވަޑައިގަންނަަވައިފި

ހަޔަރަ އެޑިއުކޭޝަން މިނިސްޓަރު ޑރ. އަލީ ހައިދަރު އަހްމަދުގެ ދެމަފިރި ކަނބަލުންނަށް ފްލެޓް ލިބުނު

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު, ރާއްޖެ އެމްވީ | 27 ފެބުރުއަރީ 2025 | ބުރާސްފަތި 20:26
ރައީސް ޑރ.މުހައްމަދު މުއިއްޒު އިއްޒުއްދީން ފާލަން ހުޅުވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަންނަވަނީ - 27 ފެބްރުއަރީ 2025

ރައީސް ޑރ.މުހައްމަދު މުއިއްޒު އިއްޒުއްދީން ފާލަން ހުޅުވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަންނަވަނީ - 27 ފެބްރުއަރީ 2025

މިހާރުގެ ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު، ހައުސިން މިނިސްޓަރކަމުގައި ހުންނަވައިގެން ނެރުއްވި ފްލެޓް ލިސްޓުތަކަށް ނުފޫޒު ފޯރުވާފައިވާކަމަށް އެ މަނިކުފާނު އިއުތިރާފު ވެވަޑައިގަންނަވައިފިއެވެ.

ރައީސް މުއިއްޒު މި މޭރުމުން ވާހަކަދައްކަވާފައި މި ވަނީ ބުރާސްފަތި ދުވަހުގެ ރޭ ބޭއްވި މާލޭގެ ރަސްމީ ފާލަން, ޢިއްޒުއްދީން ފާލަން ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ.

Advertisement - newsAdvertisement

އެ ރަސްމިއްޔާތުގައި ރާއްޖޭގެ ބޯހިޔާވަހިކަމާއި ގުޅޭގޮތުން ވާހަކަދައްކަވަމުން، އެއްވެސް މީހަކަށް ލިބުނު ގޯއްޗެއް ނުވަތަ ފްލެޓެއް އަތު ނުލާނެކަމަށް ވައުދުވެވަޑައިގެންފައިވާނެ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ. އެ ވައުދުގެ މަތީގަ ދެމިހުންނެވި ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.

ސަރުކާރުން ބޭނުންވާ ގޮތަށް ފުލެޓް ލިސްޓަށް ބަދަލު ގެނެސް ފުލެޓް ލިބޭނެކަމަށް ސަރުކާރުން ނެރޭ ލިސްޓުގައި ތިބީ 1820 މީހުންނެވެ. އެހެންނަމަވެސް ބުރާސްފަތި ދުވަހު ފްލެޓް ލިސްޓު ނެރުނު އިރު ކުރީ ސަރުކާރުން ނެރުނު ލިސްޓުން ބަޔަކު މަދުވެފައިވާ ކަމަށާއި މި ލިސްޓް ހެދުމުގައި އެއްވެސް މިންވަރަކަށް ނުފޫޒެއް ނޯންނާނެ ކަަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.

އެންމެ ބޮޑު ޔަޤީންކަމަކީ މި ލިސްޓު ހެދުމުގައި ޒައްރެއްގެ މިންވަރު ވެސް ނުފޫޒެއް ފޯރުވާފަ އެއްވެސް ފަރާތަކުން ނުވާނެކަން. މިއީ ނުފޫޒުން އެއްކިބާވެގެން ނެރެފައިވާ ލިސްޓެއް. މިއީ ރާއްޖޭގެ އަޅުގަނޑު ހިތުން ގެދޮރުވެރިކަމުގެ މައުލޫމާތު އަޅުގަނޑަށް ހަމަގައިމު ވެސް އެނގެން ފެށި ހިސާބުން އަދި އެންމެ ޖޫނިއާ ލެވެލް އިން ފެށިގެން ސަރުކާރުގަ ކަމާއި ބެހޭ ދާއިރާގައި އުޅެން ފެށި ހިސާބުން ބެލިއަސް ނުފޫޒެއް ނުފޯރުވާ ގެދޮރު ލިބޭ މީހުންގެ ލިސްޓެއް ނެރުނު މިއީ ފުރަތަމަ ފަހަރު. ނުފޫޒެއް ނޯންނާނެ މި ލިސްޓަކު.
ރައީސް ޑރ.މުހައްމަދު މުއިއްޒު

ރައީސް މިހެން ވިދާޅުވެފައިވާ އިރު އެ މަނިކުފާނު ވަޒީރުކަމުގައި ހުންނަވައިގެން ދެ ފަހަރެއްގެ މަތިން ވަނީ ފްލެޓް ލިސްޓު އާއްމުކޮށްފައެވެ. އޭރު ވެސް ފްލެޓް ލިސްޓުތަކަށް ނުފޫޒު ފޯރުވި ކަމަށް ރައީސް ވިދާޅުވެފައިވާ އިރު އެކަން ކުރީ އެ މަނިކުފާނުތޯ ނުވަތަ އެހެން ބޭފުޅަކުތޯ ސާފުކޮށް ރައީސް ވިދާޅުވެފައެއް ނުވެއެވެ. އެހެންނަމަވެސް ނުފޫޒެއް ނެތި ފްލެޓް ލިސްޓެއް ފުރަތަމަ ފަހަރަށް އިއުލާން ކުރީ މިހާރު ކަމަށް ސާފު ބަހުން ރައީސް ވަނީ ވިދާޅުވެފައެވެ.

މިހާރު ފްލެޓް ލިސްޓު ނެރުނީ ނުފޫޒެއް ނެތި ކަމަށް ރައީސް ވިދާޅުވެފައިވާއިރު މި ސަރުކާރުގެ ފުރަތަމަ ހައުސިން މިނިސްޓަރ އަދި ރައީސް މުުއިއްޒުގެ ސަރުކާރުގެ މިހާރުގެ ހަޔަރަ އެޑިއުކޭޝަން މިނިސްޓަރު ޑރ. އަލީ ހައިދަރު އަހްމަދުގެ ދެމަފިރި ކަނބަލުންނަށް ފްލެޓް ލިބުނެވެ. އެކަމާއި ގުޅިގެން ސަރުކާރަށް ފާޑުކިޔުން އަމާޒުވެފައި ވަނިކޮށް އެއަށް ވުރެ ހައްގުވާ މީހުންނަށް ފްލެޓް ނުލިބި ތިބަ ކަމަށް ޙުދު ހައިދަރު ވަނީ ވިދާޅުވެފައެވެ.'

މީގެ އިތުރުން ގެދޮރުވެރިޔާ ސްކީމްގެ ދަށުން ދޫކުރާ ފްލެޓުތައް ދޫކުރުމުގައި ދިރިއުޅުމުގެ ހާލަތު ވަޒަން ކުރާނެ ކަމަށް އެއްވެސް އިރެއްގައި ސަރުކާރުން ހާމަކޮށްފައިނުވާ ކަމަށް ވިދާޅުވެ، ހައުސިން އަދި ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ވަނީ އިތުރުފުޅުހައްދަވާފައެވެ. މި ނޫހަށް އެނގިފައިވާ ގޮތުން ހައުސިން މިނިސްޓްރީން ވަނީ ބައެއް ގޭގެ އަށް ތަކުރާރުކޮށް ޒިޔާރަތްކޮށް ފްލެޓް ލިސްޓުގައި ހިމެނޭ މީހުންގެ ދިރިއުޅުމުގެ ހާލަތު ބަލާ ޗެކް ކޮށްފައެވެ. ނަމަވެސް އެކަން ކުރި އުސޫލެއް ސަރުކާރުން ހާމަ އެއް ނުކުރައްވައެވެ.

ބޯހިޔާވަހިކަމާއި މެދު އިތުރަށް ވާހަކަދައްކަވަމުން، މި ދައުރު ނިމޭ އިރު އަމާޒަކީ ގެދޮރުވެރިކަން ނުލިބޭ އެކަކު ވެސް ނުބެހެއްޓުމަކީ އެ މަނިކުފާނުގެ އަމާޒު ކަމަށް ވިދާޅުވާ ވާހަކަ ތަކުރާރުކުރައްވާފައެވެ. އަދި ބޯހިޔާވަހިކަން ނުލިބުމުގެ މައްސަލަ އަކީ ޖުމްލަކޮށް މުޅި ރާއްޖެ އަށް ވެސް ދިމާވެފައިވާ އެންމެ ބޮޑު މައްސަލަ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

މީގެ އިތުރުން މިހާރުވެސް ބޯހިޔާވަހިކަމަށް 5% އިންޓްރެސްޓް ރޭޓުގައި ހުޅުވާލާފައިވާ ލޯން ސްކީމަށް އެތައް ބަޔަކު އެދެމުންދާ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ. މި އަހަރުގެ މެދު ތެރޭގައި އެ ލޯނު ދޫކުރަން ފަށާނެ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ. އޭގެ ތެރެއިން ލޯނު ނަގައިގެން ގިނަ ބަޔަކަށް ގޯތި ރޭނޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ. ހަމައެހެންމެ ސީދާ މާލޭގަ ވެސް ހައުސިން މަޝްރޫޢުތަކެއް ހިންގަވާނެ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.

މާލެބޯހިޔާވަހިކަންބޯހިޔާވަހިކަންލޯން ސްކީމްސޯޝަލް ހައުސިންގޑރ. މުހައްމަދު މުއިއްޒު

ކޮމެންޓް

އިތުރަށް ކިޔާލަން

މިސަރުކާރުގެ ދޮގާއި މަކަރުގެ ސްކޭމް ގައި ތިން ވަނަ ފަހަރަށް ރައްޔިތުން ޖެއްސުމަށް ދަނީ މަސައްކަތް ކުރަމުން: މެންބަރު އަހުމަދު ދީދީ

މިސަރުކާރުގެ ދޮގާއި މަކަރުގެ ސްކޭމް ގައި ތިން ވަނަ ފަހަރަށް ރައްޔިތުން ޖެއްސުމަށް ދަނީ މަސައްކަތް ކުރަމުން: މެންބަރު އަހުމަދު ދީދީ

11 ޑިސެމްބަރު 2025
ވައުދުތައް ނުފުއްދާތީ މަސްވެރިން އިހުތިޖާޖަށް، ރައީސް ވިދާޅުވަނީ އެންމެ ބޮޑު އަމާޒަކީ މަސްވެރި އާއިލާތަކަށް ލިބޭ އާމުދަނީ އިތުރު ކުރުން ކަމަށް!

ވައުދުތައް ނުފުއްދާތީ މަސްވެރިން އިހުތިޖާޖަށް، ރައީސް ވިދާޅުވަނީ އެންމެ ބޮޑު އަމާޒަކީ މަސްވެރި އާއިލާތަކަށް ލިބޭ އާމުދަނީ އިތުރު ކުރުން ކަމަށް!

10 ޑިސެމްބަރު 2025
މިސަރުކާރު ގައި ރައްޔިތުންނަށް އަބަދުވެސް ލިބެނީ ''އައު މުހުލަތު''، އެ ނޫން އެއްޗެއް ނުލިބޭނެ: މެންބަރު މީކާއީލް

މިސަރުކާރު ގައި ރައްޔިތުންނަށް އަބަދުވެސް ލިބެނީ ''އައު މުހުލަތު''، އެ ނޫން އެއްޗެއް ނުލިބޭނެ: މެންބަރު މީކާއީލް

10 ޑިސެމްބަރު 2025
32 އަހަރުގެ އުމުރުގެ ތަފާތު ހުރި ދެ ލޯބިވެރިން މާރާމާރީ ހިންގައި ވަޅި ޖަހައިފި

32 އަހަރުގެ އުމުރުގެ ތަފާތު ހުރި ދެ ލޯބިވެރިން މާރާމާރީ ހިންގައި ވަޅި ޖަހައިފި

09 ޑިސެމްބަރު 2025
ދެ ގެއެއް ބަލައިފާސްކޮށް، ގިނަ އަދަދެއްގެ ވޭޕް އަދި ވޭޕް ކާޓްރިޖްތަކެއް ހޯދައިފި، މީހަކު ހައްޔަރެއް ނުކުރޭ!

ދެ ގެއެއް ބަލައިފާސްކޮށް، ގިނަ އަދަދެއްގެ ވޭޕް އަދި ވޭޕް ކާޓްރިޖްތަކެއް ހޯދައިފި، މީހަކު ހައްޔަރެއް ނުކުރޭ!

07 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

11 މެއި
އިންޑިއާ އިން ދައްކަން ބޭނުންވި ގަދަފަދަކަން ފެނިގެން ދިޔައީ އޭގެ އިދިކޮޅެވެ!
20251 އަހަރު ކުރިން
ދުނިޔެ

އިންޑިއާ އިން ދައްކަން ބޭނުންވި ގަދަފަދަކަން ފެނިގެން ދިޔައީ އޭގެ އިދިކޮޅެވެ!

ކުޑައިރުގެ އެކުވެރިޔާ، ރައީސް ސާލިހުއާ އޮތް ގާތްގުޅުން ކަނޑާލުންވީ ފަސޭހަ ކަމަކަށް ނޫން: ރައީސް ނަޝީދު
20242 އަހަރު ކުރިން
ރާއްޖެ

ކުޑައިރުގެ އެކުވެރިޔާ، ރައީސް ސާލިހުއާ އޮތް ގާތްގުޅުން ކަނޑާލުންވީ ފަސޭހަ ކަމަކަށް ނޫން: ރައީސް ނަޝީދު

ފައިނަލްގެ ކުރިން އަލީ ވަހީދު: ހަތިޔާރު ހުރީ ތޫނުކޮށް، ތަށި ހޯދޭނެ
20233 އަހަރު ކުރިން
ކުޅިވަރު

ފައިނަލްގެ ކުރިން އަލީ ވަހީދު: ހަތިޔާރު ހުރީ ތޫނުކޮށް، ތަށި ހޯދޭނެ

ކީރިތި ކުރައްވަމުން އާޒިމާ: "މައްސަލައަށް 3 އަހަރުވީ، މިއީ 6 ވަނަ ފަނޑިޔާރު"
20224 އަހަރު ކުރިން
ރާއްޖެ

ކީރިތި ކުރައްވަމުން އާޒިމާ: "މައްސަލައަށް 3 އަހަރުވީ، މިއީ 6 ވަނަ ފަނޑިޔާރު"

ހަމަލާގެ ފަހުން ރައީސް ނަޝީދުގެ ފުރަތަމަ ބަސްފުޅު: ހެޔޮވެރިކަން ހޯދައިދިނުމުގައި ދެމިހުންނާނަން
20215 އަހަރު ކުރިން
ރާއްޖެ

ހަމަލާގެ ފަހުން ރައީސް ނަޝީދުގެ ފުރަތަމަ ބަސްފުޅު: ހެޔޮވެރިކަން ހޯދައިދިނުމުގައި ދެމިހުންނާނަން

ތޮއްޑޫއިން ކަރާގެ ތަފާތު މުޑުވަކެއް: ހުދު ކުލަ!
20197 އަހަރު ކުރިން
ރިޕޯޓު

ތޮއްޑޫއިން ކަރާގެ ތަފާތު މުޑުވަކެއް: ހުދު ކުލަ!

ވެރިމީހާ ގެއްލިގެން ހޯދި ސާމަރާ ދޫނި ފުލުހުން ހޯދައިދީފި
20188 އަހަރު ކުރިން
ރާއްޖެ

ވެރިމީހާ ގެއްލިގެން ހޯދި ސާމަރާ ދޫނި ފުލުހުން ހޯދައިދީފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު