ކ. މާލެ
|
26 ފެބްރުއަރީ 2025 | ބުދަ 02:27
ރާއްޖޭގެ ހައި ކޮމިޝަނަރ އަންގާރަ ދުވަހު ބަންގްލަދޭޝްގެ ސްޓޭޓް ގެސްޓް ހައުސް ޖަމޫނާ ގައި ޗީފް އެޑްވައިޒަރުގެ ޕްރޮފެސަރު މުހައްމަދު ޔޫނުސްއާ ބައްދަލުކުރައްވަނީ
ރާއްޖޭގެ ހައި ކޮމިޝަނަރ އަންގާރަ ދުވަހު ބަންގްލަދޭޝްގެ ސްޓޭޓް ގެސްޓް ހައުސް ޖަމޫނާ ގައި ޗީފް އެޑްވައިޒަރުގެ ޕްރޮފެސަރު މުހައްމަދު ޔޫނުސްއާ ބައްދަލުކުރައްވަނީ
ސޯޝަލް މީޑިއާ
ބަންގްލަދޭޝް ވަރކްފޯސް
ބަންގްލަދޭޝް އިން އިތުރު މަސައްކަތްތެރިން ރާއްޖެ ގެނައުމަށް ޗީފް އެޑްވައިޒަރ ޔޫނުސް އެދިވަޑައިގެންފި
ރާއްޖޭގައި ދިރިއުޅޭ ޑޮކިއުމެންޓް ނެތް ބަންގްލަދޭޝް މަސައްކަތްތެރިން ރެގިއުލަރައިޒް ކުރުމާއި އިތުރު މަސައްކަތްތެރިން ގެނައުމަށް ބަންގްލަދޭޝްގެ ޗީފް އެޑްވައިޒަރ އެދިވަޑައިގަތް
ބަންގްލަދޭޝްގެ ފަތުރުވެރިން ރާއްޖެ އަށް ޒިޔާރަތްކުރާ މިންވަރު 17.5 އިންސައްތަ އިތުރުވެފައިވޭ
ބަންގްލަދޭޝްގައި ކިޔަވަން ބޭނުންވާ އިތުރު ދަރިވަރުންނަށް މަރުހަބާ ކިޔާނެ ކަމަށް ޗީފް އެޑްވައިޒަރ ވިދާޅުވި

ރާއްޖެ އިން ބަންގްލަދޭޝް އަށް ކަނޑައަޅާފައިވާ ހައި ކޮމިޝަނަރ ޝިއުނީން ރަޝީދު، ބަންގްލަދޭޝްގެ ޗީފް އެޑްވައިޒަރ ޕްރޮފެސަރ މުޙައްމަދު ޔޫނުސް އާއި ބައްދަލުކުރައްވައި، ދެ ގައުމުގެ ގުޅުން އިތުރަށް ހަރުދަނާކުރުމަށް މަޝްވަރާކޮށްފި ކަމަށް ބަންގްލަދޭޝްގެ މީޑިއާ އިން ބުނެފިއެވެ.

ޑާކާގައި ހުންނަ ސްޓޭޓް ގެސްޓް ހައުސް ޖަމުނާގައި އަންގާރަ ދުވަހު ބޭއްވުނު މި ބައްދަލުވުމުގައި، ރާއްޖޭގައި ގަވައިދާ ޚިލާފަށް ދިރިއުޅޭ ޑޮކިއުމެންޓް ނެތް ބަންގްލަދޭޝް މަސައްކަތްތެރިން ގަވައިދަށް ފައްތާ އިތުރު މަސައްކަތްތެރިން ގެނައުމަށް ޗީފް އެޑްވައިޒަރ ވަނީ އެދިވަޑައިގަނެފަ އެވެ.

ހައި ކޮމިޝަނަރ ފާހަގަކުރެއްވި ގޮތުގައި ދެ ގައުމުގެ ވިޔަފާރީގެ ގުޅުން ފަހަކަށް އައިސް ވަނީ ފުޅާވެފައެވެ. ބަންގްލަދޭޝް އިން ރާއްޖެ އަށް ބޭސް އެތެރެކުރުން އިތުރުވެ، ބަންގްލަދޭޝްގެ ފަތުރުވެރިން ރާއްޖެ އަށް ޒިޔާރަތްކުރާ މިންވަރު 17.5 އިންސައްތަ އިތުރުވެފައިވާ ކަން ފާހަގަ ކުރެއްވިއެވެ.

މީގެއިތުރުން، ރާއްޖޭގެ ގިނަ ދަރިވަރުން ބަންގްލަދޭޝްގައި ކިޔަވަމުންދާކަން ފާހަގަކޮށް ޕްރޮފެސަރ ޔޫނުސް ވިދާޅުވީ އިތުރު ދަރިވަރުންނަށް މަރުހަބާ ކިޔުމަށް ބަންގްލަދޭޝް ތައްޔާރަށް އޮތް ކަމަށެވެ.

- ކޮމެންޓް