Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ލައިފް ސްޓައިލްސާފުތާހިރުކަން

ކާޕެޓުގައި ހޭކިފައި ހުންނަ ހަޑިތައް ފިލުވާލާނެ ގޮތެއް

ކާޕެޓުގައި ޖެހޭ ލައްތައް ފިލުވާލުން ވެފައި އޮންނަނީ ވަރަށް އުނދަގޫ ކަމަކަށެވެ. ޚާއްސަގޮތެއްގައި ހުދުކުލައިގެ ކާޕެޓުތަކުގައި ހޭކޭ ހަޑިތައް ފިލުވާލެވޭނީ ވަރަށް އުދަނގުލުންނެއެވެ.

ނިއުސް ޓީމް
ނިއުސް ޓީމް | 9 ނޮވެމްބަރު 2024 | ހޮނިހިރު 06:10
ކާޕެޓު ސާފުކުރުން ގިނަ ފަހަރަށް ވެފައި އޮންނަނީ އުދަނގޫ މަސައްކަތަކަށް

ކާޕެޓު ސާފުކުރުން ގިނަ ފަހަރަށް ވެފައި އޮންނަނީ އުދަނގޫ މަސައްކަތަކަށް

އެންމެ ފުރަތަމަ ވަގުތުން ސާފު ހުދު ފޮތިގަނޑަކުން ނުވަތަ ޕޭޕަރ ޓަވަލަކުން ހަޑިވެފައިވާ ތަނުގައި ހޭކުނު ހަޑިތައް ފިލުވާލާނީއެވެ. މިކަން ކުރާއިރު ކާޕެޓުގައި ފޮތިގަނޑު އުނގުޅާލުމުގެ ބަދަލުގައި ހަޑިހޭކުނު ތަނުގެ މަތީގައި ފޮތިގަނޑު އޮއްބާލައިގެން ހަޑިފިލުވާލުމުން މުޅި ކާޕެޓުގައި ހަޑިހޭކުމުގެ ފުރުސަތު ކުޑަވާނެއެވެ. އެއަށްފަހު، މޭޒުމަތީ ސަމުސަލެއްގެ ޑިޝް ސޯޕާއި، މޭޒުމަތީ ސަމުސަލެއްގެ ހުދު ވިނެގަރ، އަދި 2 ތަށި ހޫނު ފެން އެއްކޮށްލުމަށްފަހު ސްޕްރޭ ފުޅިއަކަށް އަޅާލާނީއެވެ. ދެން މި މިކްސްޗަރ ހަޑިވެފައިވާ ސަރަޙައްދުގައި ސްޕްރޭކޮށްލާނީއެވެ. ސްޕްރޭ ކުރުމަށްފަހު 5-10 މިނެޓު ވަންދެން ބަހައްޓަންވާނެއެވެ. އޭގެ ފަހުން، އަނެއްކާވެސް ސާފު ފޮތިގަނޑަކުން އެ ސަރަހައްދު ހިއްކާލާނީއެވެ. ދެން، ސާފު ފެނުން އެހެން ފޮތިގަނޑެއް ތެންމާލާ އަނެއްކާވެސް އެ ސަރަހައްދުން ސައިބޯނި ފޮދުތައް ނައްތާލާނީއެވެ. އޭގެ ފަހުން، ހިކި ފޮތިގަނޑަކުން އެ ސަރަޙައްދު ހިއްކާލާނީއެވެ. ވަރަށް ބޮޑަށް ހަޑިވެފައިވާ ތަންތަނަށް، ހިކުމުން ބޭކިން ސޯޑާ އަޅައި، ގަޑީއިރެއް ހާއިރު ބެހެއްޓުމަށްފަހު ވެކިއުމްކޮށްލެވިދާނެއެވެ. އެންމެ ފަހުން، ހަޑި ފޮހެވިއްޖެތޯ ބަލާ، ނުފޮހެވިއްޖެނަމަ މި މަރުޙަލާތައް ތަކުރާރުކުރެވިދާނެއެވެ.

އިތުރަށް ކިޔާލަން

24 އޯގަސްޓު 2024

ގޭތެރޭގައި ހިފާފައި ހުންނަ ޒާތްޒާތުގެ ވަސްތައް ފިލުވާލުމަށް ފަސޭހަ އަދި ޚަރަދު ކުޑަ ގޮތެއް

24 އޯގަސްޓު 2024
ގޭތެރޭގައި ހިފާފައި ހުންނަ ޒާތްޒާތުގެ ވަސްތައް ފިލުވާލުމަށް ފަސޭހަ އަދި ޚަރަދު ކުޑަ ގޮތެއް
15 ޖުލައި 2024

އިސްތިރީގެ ފުލުގައި ތަތްލާފައި ހުންނަ ހަޑި ސާފުކުރާނެ ފަސޭހަ ގޮތެއް!

15 ޖުލައި 2024
އިސްތިރީގެ ފުލުގައި ތަތްލާފައި ހުންނަ ހަޑި ސާފުކުރާނެ ފަސޭހަ ގޮތެއް!
09 ޖޫން 2024

ބަދިގޭގައި ހިފާ ގެންގުޅޭ ސާމާނުން ދަބަރު ފިލުވާލާނެ ގޮތެއް

09 ޖޫން 2024
ބަދިގޭގައި ހިފާ ގެންގުޅޭ ސާމާނުން ދަބަރު ފިލުވާލާނެ ގޮތެއް
06 އޯގަސްޓު 2018

އަބަދު ވަރުބަލިވެފައި ހުންނަ ގޮތް ވޭތަ؟

06 އޯގަސްޓު 2018
އަބަދު ވަރުބަލިވެފައި ހުންނަ ގޮތް ވޭތަ؟
18 ޖުލައި 2018

ރޭގަނޑުގެ ނިދި ބޭނުންވާ މީހުންނަށް އޮތް ހައްލެއް!

18 ޖުލައި 2018
ރޭގަނޑުގެ ނިދި ބޭނުންވާ މީހުންނަށް އޮތް ހައްލެއް!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު