Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެގައުމީ ދިދައިގެ ހުރުމަތް ކެނޑުން

ރައީސްގެ އަނބިކަނބަލުން ސާޖިދާ ދިވެހި ދިދައިގެ ހުރުމަތް ކަނޑައިފި

24 ފެބުރުއަރީ 2025 | ހޯމަ 19:27

ވީޑިއޯ ޕޯސްޓްކުރި މަލްޝާ ވަނީ އެ ވީޑިއޯ ފަހުން ޑިލީޓްކޮށްލާފައި

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 24 ފެބުރުއަރީ 2025 | ހޯމަ 19:27

ފަސްޓްލޭޑީ ސާޖިދާ މުހައްމަދު ދިވެހި ދިދައިގައި ސޮއިކުރައްވާ މަންޒަރު

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު ދިވެހި ދިދައިގައި އޮޓޯގްރާފް ސޮއިކުރައްވަމުން ގެންދެވި ގެންދެވުމަށް ފާޑުކިއުން އަމާޒުވެއްޖެއެވެ.

ފަސްޓްލޭޑީ ސާޖިދާ މުހައްމަދު ދިވެހި ދިދައިގައި އޮޓޯގްރާފް ސޮއިކުރައްވަމުން ގެންދަވާފައިވާ ވީޑިއޯ އެއް ވަނީ ސޯޝަލް މީޑިއާގައި އާންމުވެފައެވެ. އެގޮތުން މި ވީޑިއޯއިން ފެންނަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ދ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ހޯމަ ދުވަހު ވަޑައިގެންނެވި ރަށެއްގައި ކުޑަ ދެ ކުދިން އައިސް ދިވެހި ދިދައިގައި ފަސްޓްލޭޑީ ސާޖިދާގެ އޮޓޯގްރާފެއް ހޯދަން އެދޭ މަންޒަރެވެ.

Advertisement - newsAdvertisement

އަދި ފަސްޓްލޭޑީ ސާޖިދާ ވަނީ ގަލަމަކުން ދެކުދިންގެ އަތުގައި އޮތް ދިދައިގައި އެކަމަނާގެ އޮޓޯގްރާފް ސޮއިކުރައްވާފައެވެ. މި ވީޑިއޯ ސޯޝަލް މީޑިއާގެ ޕްލެޓްފޯމް އެކްސްގައި ޕޯސްޓް ކުރީ، އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ފުރައްސާރަ ކުރި މައްސަލައިގައި ގިނަ ދުވަސްތަކެއް ވަންދެން މުސާރަ ލިބޭގޮތަށް ސަސްޕެންޑްކުރުމަށްފަހު ފަހުން އެޗްޑީސީގެ ސިޔާސީ މަގާމަށް އައްޔަންކުރި މަލްޝާ ޝަރީފެވެ.

އޭނާ ވަނީ ދިވެހި ދިދައިގެ ހުރުމަތް ކަނޑާ މަންޒަރު ފެންނަ އެ ވީޑިއޯ ފަހުން ޑިލީޓްކޮށްލާފައެވެ.

މި ވީޑިއޯއާއި ގުޅިގެން ގިނަ ބައެއްފެ ފާޑުކިއުން އަމާޒުވެފައިވާއިރު ބައެއް ފަރާތްތަކުން ބުނެފައިވަނީ ދިވެހި ދިދައިގައި އަމިއްލަ ސޮއި އެޅުމަކީ ކުޑަކުދިންނަށް ދެވުނު ނުބައި ފިލާވަޅެއް ކަމަށެވެ. އަދި ކޮށްފައި ނުކުރާނެކަމެއް ނެތް ކަމަށެވެ.

ވީޑިއޯއާއި ގުޅިގެން ކޮމެންޓް ކުރި ފަރާތްތަކުން ބުނެފައިވަނީ މިއީ ދިވެހި ދިދަޔަށް އިހުތިރާމު ކުޑަކުރުން ކަމަށާއި، ދިވެހި ދިދައަކީ ޓިޝޫއެއް ނޫން ކަމަށެވެ.

މީގެ އިތުރުން މީގެ ކުރިން ކުޑަކުދިން ލައްވާ ދެނީ ނޯޓް ކޮޅު ކަމަށާއި، މިހާރު އެކަން އަތަށް ގޮވާ މިއީ ސަރުކާރުގެ އިސް ފަރާތްތަކުން ރާވައިގެން ކުރާ ކަމެއް ކަމަށް ވެސް ބައެއް ފަރާތްތަކުން ދަނީ ބުނަމުންނެވެ.

ގައުމީ ދިދައަކީ ކޮންމެ ގައުމެއްގައިވެސް އެންމެ އިހުތިރާމް ލިބިގެންވާ އެ ގައުމެއްގެ އަމިއްލަވަންތަކަމާއި މިނިވަންކަން ދައްކުވައިދޭ ރަމްޒެކެވެ. ދުނިޔޭގެ ބޮޑެތި ޑިމޮކްރަސީތަކުގައި ދިދަތަކުގައި ސޮއިކުރުމާއި، އޭގެ ގަދަރު ކުޑަވާނެގޮތަށް ކަންކަން ކުރުމަކީ ކުށުގެ ގޮތުގައި ބަލައިގަނެފައިވާ ކަންކަމެވެ.

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

4

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

5

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

އިތުރަށް ކިޔާލަން

15 ޖެނުއަރީ 2017

ބަންގްލަދޭޝްގައި ތިބި ދިވެހި ކިޔަވާ ކުދިން މުޒާހަރާ ކުރަނީ

15 ޖެނުއަރީ 2017
ބަންގްލަދޭޝްގައި ތިބި ދިވެހި ކިޔަވާ ކުދިން މުޒާހަރާ ކުރަނީ
15 ޖެނުއަރީ 2017

ދިވެހި ޓެރަރިސްޓް ލީޑަރު ހަނގުރާމަކުރަމުން ދިޔައީ ވަޒަރިސްތާނުގެ ޖަމާއަތަކާއެކު: ދައުލަތް

15 ޖެނުއަރީ 2017
 ދިވެހި ޓެރަރިސްޓް ލީޑަރު ހަނގުރާމަކުރަމުން ދިޔައީ ވަޒަރިސްތާނުގެ ޖަމާއަތަކާއެކު: ދައުލަތް
15 ޖެނުއަރީ 2017

ރައީސްގެ ދެކަނބަލުންނަށް ތައުރީފް ކުރައްވަނީ ރުއްސަން: ނާޒިމް

15 ޖެނުއަރީ 2017
ރައީސްގެ ދެކަނބަލުންނަށް ތައުރީފް ކުރައްވަނީ ރުއްސަން: ނާޒިމް
13 ޖެނުއަރީ 2017

ލަންކާގެ ދެ މަސް ބޯޓާއި މަސްވެރިން ސަލާމަތްކޮށްދިނުމުން ލަންކާ ސަރުކާރުގެ ތަޢުރީގް ދިވެހި ސިފައިންނަށް

13 ޖެނުއަރީ 2017
ލަންކާގެ ދެ މަސް ބޯޓާއި މަސްވެރިން ސަލާމަތްކޮށްދިނުމުން ލަންކާ ސަރުކާރުގެ ތަޢުރީގް ދިވެހި ސިފައިންނަށް
09 ޖެނުއަރީ 2017

ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

09 ޖެނުއަރީ 2017
ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ
07 ޖެނުއަރީ 2017

ލާމަރުކަޒީ ނިޒާމު އިޔާދަ ނުކޮށް "ދިވެހިރާއްޖެ ދެމިއޮންނާނެ ކަމަށް ޤަބޫލެއް ނުކުރެވޭ": ހަސަން ލަޠީފް

07 ޖެނުއަރީ 2017
ލާމަރުކަޒީ ނިޒާމު އިޔާދަ ނުކޮށް "ދިވެހިރާއްޖެ ދެމިއޮންނާނެ ކަމަށް ޤަބޫލެއް ނުކުރެވޭ": ހަސަން ލަޠީފް
06 ޖެނުއަރީ 2017

ޤާނޫނު އަސާސީއެއް ނެތް، އުފާވެރި ދިވެހިރާއްޖެއަށް އޮތް ހުރިހާ މަގެއް ބަންދުކޮށްފި: އިބްރާ

06 ޖެނުއަރީ 2017
ޤާނޫނު އަސާސީއެއް ނެތް، އުފާވެރި ދިވެހިރާއްޖެއަށް އޮތް ހުރިހާ މަގެއް ބަންދުކޮށްފި: އިބްރާ
06 ޖެނުއަރީ 2017

!ފޭދޫފިނޮޅު ވިއްކާލުމުން އިންޑިއާގެ ކަންބޮޑުވުން: ދިވެހި ފޮރިން މިނިސްޓަރާ މަޝްވަރާ ކުރުން އެކަށީގެންވޭ

04 ޖެނުއަރީ 2017

ދިވެހި ޓީޗަރުން ހޯދުމަށް ކުރި އިއުލާނާއި ގުޅިގެން ކުރިމަތީ 26 ފަރާތަކުން: އެޑިއުކޭޝަން

04 ޖެނުއަރީ 2017
ދިވެހި ޓީޗަރުން ހޯދުމަށް ކުރި އިއުލާނާއި ގުޅިގެން ކުރިމަތީ 26 ފަރާތަކުން: އެޑިއުކޭޝަން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް