Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ފުދިއްޖެ، ފުނޑިއްޖެ ލަވައިގެ މައްސަލަ

"ފުދިއްޖެ، ފުނޑިއްޖެ" ލަވައިގެ މައްސަލައިގައި ޖަވާބުދާރީ ވުމަށް އިތުރުވަގުތު ދިނުމަށް ރާއްޖެޓީވީން އެދިއްޖެ

ލަވައިގެ މައްސަލައަކީ މުޅިން އައު ޒާތުގެ މައްސަލައަކަށްވެފައި ދުނިޔޭގެ އެއްވެސްތާކުން ވެސް ބްރޯޑްކާސްޓަރެއްގެ މައްޗަށް ވެސް މި ބާވަތުގެ މައްސަލައެއް ބެލިކަން އަދި ފެންނަން ނެތް

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 24 ފެބުރުއަރީ 2025 | ހޯމަ 13:55
މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަންގެ މެމްބަރުން ކޮމިޝަންގެ ބައްދަލުވުމެއްގައި

މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަންގެ މެމްބަރުން ކޮމިޝަންގެ ބައްދަލުވުމެއްގައި

"ފުދިއްޖެ، ފުނޑިއްޖެ" ޚާއްސަ ކަވަރޭޖަށް ރާއްޖެ ޓީވީން ތައްޔާރުކުރި "ދިވެހިން ހަމަ ފުނޑިއްޖެއޭ، މިވަރުން ދެން ފުދިއްޖެއޭ" ލަވައިގެ މައްސަލަ އަށް ޖަވާބުދާރީވުމަށް އިތުރު ވަގުތު ދިނުމަށް ރާއްޖެޓީވީން މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުގައި އެދިއްޖެއެވެ.

މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނުން ބަލަމުން ދާ މައްސަލަ އަށް ޖަވާބުދާރީވުމަށް އަންގާ 15 ދުވަހުގެ މުއްދަތެއް ބްރޯޑްކޮމް އިން ދީފައިވަނީ 11 ފެބްރުއަރީގައެވެ.

Advertisement - newsAdvertisement

ރާއްޖެޓީވީން އެ ކޮމިޝަނަށް ފޮނުވި ސިޓީގައި ބުނެފައިވަނީ ރާއްޖެޓީވީއަށް އެތައް މައްސަލަ އެއް މާޒީގައި ބްރޯޑްކާސްޓިންގ ކޮމިޝަނުން ކުރިމަތިކޮށްފައިވާ ކަމަށެވެ. އަދި "ދިވެހިން ހަމަ ފުނޑިއްޖެއޭ، މިވަރުން ދެން ފުދިއްޖެއޭ" ލަވައިގެ މައްސަލައަކީ މުޅިން އައު ޒާތުގެ މައްސަލައަކަށް ވެފައި އަދި ދުނިޔޭގެ އެއްވެސްތާކުން ވެސް ބްރޯޑްކާސްޓަރެއްގެ މައްޗަށް ވެސް މި ބާވަތުގެ މައްސަލައެއް ބެލިކަން އަދި ފެންނަން ނެތުމާއެކު، މިހާރު މިކަމުގައި އަމަލުކުރާ ގޮތުން ޕްރެސިޑެންޓެއް ކަނޑައެޅޭނެތީ މިކަމާއި މެދު އިތުރަށް ވިސްނަން ވަގުތު ބޭނުންވާ ކަމަށެވެ.

9 ފެބްރުއަރީގައި، ބްރޯޑްކޮމް އިން ރާއްޖެޓީވީގެ ޑެޕިއުޓީ ސީއޯއޯ ނާޒްމީ ސައީދަށް އެޑްރެސްކޮށް ފޮނުވި ސިޓީގައި ބުނެފައި ވަނީ ރާއްޖެ ޓީވީ އިން 26 ޖެނުއަރީ 2025 ގައި ބްރޯޑްކާސްޓްކުރި ދިވެހިން ހަމަ ފުނޑިއްޖެއޭ މިވަރުން ދެން ފުދިޖެއޭ ލަވަ ބެލުމަށް ފަހު ބްރޯޑްކާސްޓްކުރުމުގެ ކޯޑް އޮފް ޕްރެކްޓިސް އާއި ޚިލާފުކަމަށް ފާހަގަވާ ކަމަށެވެ.

އެ ސިޓީގައި ބުނެފައި ވަނީ އެ ލަވައިގެ ބައެއް ކޮންޓެންޓަކީ ބްރޯޑްކާސްޓްކުރުމުގެ ކޯޑް އޮފް ޕްރެކްޓިސްގެ ހަމަތަކުގެ ތެރެއިން 1 ވަނަ ބަޔާއި 4 ވަނަ ބަޔާއި ޚިލާފު ކޮންޓެންޓް ކަމަށެވެ. އެއީ "ޚަބަރާއި ކަރަންޓް އެފެއާޒް ގެނެސްދިނުމުގަ ވަކި ފަރާތަކަށް ބުރަ ނުވުމާއި، ހަމަހަމަކަމާއި އެކު ޚަބަރު ގެނެސްދިނުމުގައި ތެދު މައުލޫމަތު ގެނެސްދިނުމުގެ" ހަމަޔަށް ނުފެތޭ ކޮންޓެންޓެއް ކަމަށް ބްރޯޑްކޮމް އިން ބުނެއެވެ.

މީގެ އިތުރުން "ކަމެއް ހިނގި ގޮތް ސާބިތު ނުވާ ހާލަތެއްގައި އެކަމެއް ހިނގިކަމަށް ލިބޭ މައުލޫމާތު ހާމަކުރާއިރު މުއުތަބަރުކަމަށް ޔަގީންކުރެވޭ މަސްދަރެއްގެ މައްޗަށް ބިނާކޮށް އެކަމެއް ގެނެސްދިނުމުގެ" ހަމައާ ވެސް އެ ކޮންޓެންޓް ޚިލާފުކަމަށް ބްރޯޑްކޮމް އިން ވަނީ ނިންމާފައެވެ. އެ ސިޓީގައި ވަނީ ބްރޯޑްކޮމް އިން ގަބޫލުކުރާ ގޮތުގައި އުސޫލަށް ނުފެތޭ ކޮންޓެންޓަކީ ކޮބައިކަން ފާހަގަކޮށްފައެވެ.

ބްރޯޑްކޮމް އިން ވަނީ އެ ޝަކުވާ އާއި ގުޅޭގޮތުން "ޝަކުވާ ހުށަހެޅުމާއި ޝަކުވާ ބަލައިގަތުމުގެ ނިޒާމް"ގެ ދަށުން ޖަވާބުދާރީވުމަށް ރާއްޖެޓީވީ އަށް ފުރުސަތުދޭކަން ހާމަކޮށްފައެވެ. އެހެންކަމުން ރާއްޖެޓީވީ އަށް މި މައްސަލައިގައި ޖަވާބުދާރީވުމަށް 24 ފެބްރުއަރީގެ 14:00ގެ ނިޔަލަށް ވަނީ ފުރުސަތުދީފައެވެ. އަދި އެ މުއްދަތުގައި ޖަވާބުދިނުމަށް އުޒުރުވެރިވާ ނަމަ ސަބަބު ބަޔާންކުރުމަށް ފަހު އިތުރު ފުރުސަތަށް އެދުމަށް ވެސް އެ ކޮމިޝަނުން ވަނީ އަންގާފައެވެ.

ހަމައެހެންމެ ބްރޯޑްކޮމް އިން ދިން މުއްދަތުގައި ލިޔުމުން ޖަވާބު ނުދޭނަމަ ނުވަތަ ސަބަބބު ބަޔާންކޮށް ޖަވާބުދާރީވުމަށް އިތުރު ފުރުސަތަކަށް ނޭދޭކަމަށް ވާނަމަ ތަހުގީގަށް ލިބިފަވާ ލިޔެކިޔުންތަކުގެ އަލީގައި މައްސަލަ ބަލާ ނިންމާނެ ކަމަށް އެ ކޮމިޝަނުން ވަނީ ރާއްޖެއެމްވީ އަށް އަންގާފައެވެ.

މި މައްސަލަ ބަލަން ފެށީ 30 ޖެނުއަރީ 2025ގައި ކަމަށް އެ ކޮމިޝަނުން ވަނީ ބުނެފައެވެ.

ބްރޯޑްކާސްޓިންގެ ހަމަތަކާއި ގައިޑްލައިންތަކަށް ސަމާލުވުމަށް އިލްތިމާސްކޮށް ބްރޯޑްކޮމް އިން ވަނީ 26 ޖެނުއަރީގައި ވެސް ރާއްޖެޓީވީ އަށް ސިޓީ އެއް ފޮނުވާފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

މޫނު ބުރުގާ އަޅައިގެން ވަޒީފާ އަށް ނިކުތުން މަނާކުރާ މައްސަލައިގައި ދީނީ އިލްމުވެރިންތަކެއް ކޯޓަށް!

މޫނު ބުރުގާ އަޅައިގެން ވަޒީފާ އަށް ނިކުތުން މަނާކުރާ މައްސަލައިގައި ދީނީ އިލްމުވެރިންތަކެއް ކޯޓަށް!

05 ފެބުރުއަރީ 2017
ނާޒިމްގެ މައްސަލައިގައި ސުޕްރީމް ކޯޓުން އަމަލުކޮށްފައިވަނީ ބޭއިންސާފުން: އާޒިމް

ނާޒިމްގެ މައްސަލައިގައި ސުޕްރީމް ކޯޓުން އަމަލުކޮށްފައިވަނީ ބޭއިންސާފުން: އާޒިމް

29 ޖެނުއަރީ 2017
ސަރުކާރު ޖަވާބުދާރީ ކުރުމުގައި ރައްޔިތުންގެ މަޖިލިސް މިވަނީ ނުކުޅެދިފައި: ފަލާހު

ސަރުކާރު ޖަވާބުދާރީ ކުރުމުގައި ރައްޔިތުންގެ މަޖިލިސް މިވަނީ ނުކުޅެދިފައި: ފަލާހު

26 ޖެނުއަރީ 2017
ރާއްޖެޓީވީ ނޫސްވެރިންގެ މައްސަލައިގައި އަދުލް އިންސާފުގެ ހުރިހާ ދޮރެއްގައި ޓަކި ޖަހާނަން: ހަސީން

ރާއްޖެޓީވީ ނޫސްވެރިންގެ މައްސަލައިގައި އަދުލް އިންސާފުގެ ހުރިހާ ދޮރެއްގައި ޓަކި ޖަހާނަން: ހަސީން

25 ޖެނުއަރީ 2017
މަސްތުވާތަކެތީގެ މައްސަލައިގައި އެއްލައްކަ ރުފިޔާ އިން ޖޫރިމަނާކޮށް އަމުރަށް ޖަލަށް!

މަސްތުވާތަކެތީގެ މައްސަލައިގައި އެއްލައްކަ ރުފިޔާ އިން ޖޫރިމަނާކޮށް އަމުރަށް ޖަލަށް!

19 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

26 އެޕްރީލު
ތިން އެއްވުމާ އެކު، ރަޔަޓް ސިފައިން ވެސް ނެރެފި
20251 އަހަރު ކުރިން
ރާއްޖެ

ތިން އެއްވުމާ އެކު، ރަޔަޓް ސިފައިން ވެސް ނެރެފި

ކަރަންޓު ބިލު ވަރަށް ބޮޑުވެ، ރައްޔިތުން ރުޅިގަދަވެއްޖެ
20242 އަހަރު ކުރިން
ރާއްޖެ

ކަރަންޓު ބިލު ވަރަށް ބޮޑުވެ، ރައްޔިތުން ރުޅިގަދަވެއްޖެ

އަރީން - މުސްތަގްބަލުގައި ޑޮކްޓަރެއް، އެހެނަސް މަށި ފިލައިން ފެށުނު ޤުރުއާނުގެ ހަޔާތް ދޫކޮށްލާކަށް ބޭނުމެއްނުވޭ!
20233 އަހަރު ކުރިން
ރިޕޯޓު

އަރީން - މުސްތަގްބަލުގައި ޑޮކްޓަރެއް، އެހެނަސް މަށި ފިލައިން ފެށުނު ޤުރުއާނުގެ ހަޔާތް ދޫކޮށްލާކަށް ބޭނުމެއްނުވޭ!

ޕީއެސްޖީން ގިނަ ކުޅުންތެރިންތަކެއް ދޫކޮށްލަނީ!
20224 އަހަރު ކުރިން
ކުޅިވަރު

ޕީއެސްޖީން ގިނަ ކުޅުންތެރިންތަކެއް ދޫކޮށްލަނީ!

ގަޑިއިރެއް ވަންދެން ވައިގެ ތެރޭގައި ހަރުލާފައި ހުންނަ ކޮވިޑް ވޭރިއަންޓެއް ލަންކާއިން ފެނިއްޖެ
20215 އަހަރު ކުރިން
ދުނިޔެ

ގަޑިއިރެއް ވަންދެން ވައިގެ ތެރޭގައި ހަރުލާފައި ހުންނަ ކޮވިޑް ވޭރިއަންޓެއް ލަންކާއިން ފެނިއްޖެ

ލަންކާއާ ގުޅޭ ގޮތުން ސަބްރާ ދެއްވި ސްޕީޗު: ފުރިހަމަ، އެހާމެ އަސަރުގަދަ
20197 އަހަރު ކުރިން
ރިޕޯޓު

ލަންކާއާ ގުޅޭ ގޮތުން ސަބްރާ ދެއްވި ސްޕީޗު: ފުރިހަމަ، އެހާމެ އަސަރުގަދަ

ބައްޕާފުޅު ފަސްދާނުލާފައިވާ ސަހަރާގައި މަރިޔަމް ސަޢީދު ފަސްދާނުލައިފި
20188 އަހަރު ކުރިން
ރާއްޖެ

ބައްޕާފުޅު ފަސްދާނުލާފައިވާ ސަހަރާގައި މަރިޔަމް ސަޢީދު ފަސްދާނުލައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު