Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމުސާރަތައް ކުޑަކުރުން

މުސާރަަތައް ކުޑަ ނުކުރެވޭނެ ކަމަށް ރައީސަށް ލަފާދޭން މަޖިލީހުން ފާސްކޮށްފި

24 ފެބުރުއަރީ 2025 | ހޯމަ 08:40

ޤާނޫނަށް ބަދަލު ނުގެނެސް މުސާރަތައް ކުޑަ ނުކުރެވޭ

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 24 ފެބުރުއަރީ 2025 | ހޯމަ 08:40
ރައްޔިތޔުންގެ މަޖިލީހުގެ ޖަލްސާ އެއްގެ ތެރެއިން

ރައްޔިތޔުންގެ މަޖިލީހުގެ ޖަލްސާ އެއްގެ ތެރެއިން

ރައްޔިތުންގެ މަޖިލީހާއި ޝަރުއީ ދާއިރާގެ އިތުރުން މިނިވަން މުއައްސަސާތަކުގެ އިސް ވެރިންގެ މުސާރަަތައް ކުޑަ ނުކުރެވޭނެ ކަމަށް ރައީސްއަށް ލަފާ ދިނުމަށް މަޖިލީހުން ފާސްކޮށްފިއެވެ.

ހޯމަ ދުވަހުގެ ޖަލްސާގައި އެ ގޮތަށް ފާސްކޮށްފައި ވަނީ މާލިއްޔަތު ކޮމިޓީން މި މައްސަލަ ބަލާ ފާސްކޮށްފައިވާ ގޮތަށް އިތުރު ބަދަލެއް ގެނައުމަކާއި ނުލައެވެ. މާލިއްޔަތު ކޮމިޓީން މައްސަލަ ނިންމި ގޮތުގެ ރިޕޯޓް ފާސްކޮށްފައި ވަނީ އެ ވަގުުތު މަޖިލީހުގައި ތިބި ސަރުކާރު ހިންގާ ޕީއެންސީ އަށް ނިސްބަތްވާ 44 މެންބަރުންގެ އިއްތިފާގުންނެވެ.

Advertisement - newsAdvertisement

މި ވޯޓުގައި އިދިކޮޅު އެމްޑީޕީގެ މެމްބަރުން ބައިވެރިވެފައެއް ނުވެއެވެ.

ރައްޔިތުންގެ މަޖިލީހާއި ޝަރުއީ ދާއިރާގެ އިތުރުން މިނިވަން މުއައްސަސާތަކުގެ އިސް ވެރިންގެ މުސާރަަތައް ކުޑަކުރުމަކީ ސަރުކާރުގެ މާލީ އިސްލާހީ އެޖެންޑާގައި ހިމެނޭ ކަމެކެވެ. އެ އެޖެންޑާގެ ދަށުން އެ ފިޔަވަޅުތައް އަޅަން ނިންމާފައި ވަނީ 2 އަހަރުގެ މުއްދަތަށެވެ.

ރައީސް ޑރ.މުހައްމަދު މުއިއްޒު ކުރިން ވިދާޅުވީ މި ބަދަލުތައް 2025 ވަނަ އަހަރުގެ ބަޖެޓާއި އެކު ގެންނަވާނެ ކަމަށެވެ. އެހެންނަމަވެސް މުސާރަ ކުޑަކުރުމުގެ އިސްލާހު މަޖިލީހަށް ހުށަހަޅުއްވާފައި ވަނީ ވެސް މި ހިނގާ ފެބްރުއަރީ މަހުގެ ތެރޭގައެވެ.

އެކަމާއި ގުޅޭ ގޮތުން މަޖިލީހަށް ފޮނުވި މައްސަލައިގައި ހުށަހަޅާފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ މުސާރައިން 10 އިންސައްތަ އުނިކުރުމަށާއި، ޝަރުއީ ދާއިރާގެ އިސްވެރިންގެ މުސާރައިން 10 އިންސައްތަ އަދި މިނިވަން މުއައްސަސާތަކުގެ އިސްވެރިންނާއި އަސާސީ މުސާރައިގެ ގޮތުގައި 12,000ރ. އަށް ވުރެ މަތިން ލިބޭ މަގާމުތަކުގެ އަސާސީ މުސާރައިގެ 10 އިންސައްތަ އުނިކުރުމަށެވެ.

އެހެންނަމަވެސް ޤާނޫނަށް ބަދަލު ނުގެނެސް އެކަން ނުކުރެވޭ ކަމަށް ފާހަގަކޮށް އެ ބަދަލުތައް ގެނައުމަކީ އިންސާފުވެރި ގޮތެއް ނޫން ކަމަށް މި މައްސަލަ ދިރާސާކުރުމަށް ފަހު މާލިއްޔަތު ކޮމިޓީން އެކުލަވާލި ރިޕޯޓުގައި ވަނީ ބުނެފައެވެ. އެހެންކަމުން މި ވަގުތަށް މުސާރައަށް ބަދަލުތައް ގެންނަން ނުފެންނަ ކަމަށް ކޮމިޓީން ވަނީ ފާސްކޮށްފައެވެ.

އެންމެ ހިނގާ

1

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

4

ސްޓޮކް ހުސްވަމުންދާތީ އައު ޕާސްޕޯޓް ދޫކުރުން ކޮންޓްރޯލްކޮށް، މިހާރު ބޭނުންކުރާ ޕާސްޕޯޓްތަކުގެ މުއްދަތު މެނުއަލްކޮށް އިތުރު ކުރުމާގުޅޭ ގޮތުން މަޝްވަރާކުރަނީ!

5

ގެސްޓްހައުސެއްގެ ތެރޭގަައި ދިވެހި ފިރިހެނަކު މަރުވެފައި އޮއްވައި ފެނިއްޖެ

އިތުރަށް ކިޔާލަން

31 ޖެނުއަރީ 2017

ހަގީގަތާ ހިލާފް މައުލޫމާތު ދީގެން ކުޅުދުއްފުށި ކުރީގެ ކުޑަ ކަތީބުގެ މައްޗަށް ކޮރަޕްޝަން ދައުވާ ކުރަން ފޮނުވައިފި

31 ޖެނުއަރީ 2017
ހަގީގަތާ ހިލާފް މައުލޫމާތު ދީގެން ކުޅުދުއްފުށި ކުރީގެ ކުޑަ ކަތީބުގެ މައްޗަށް ކޮރަޕްޝަން ދައުވާ ކުރަން ފޮނުވައިފި
25 ޖެނުއަރީ 2017

އަލިފާނުގެ ޙާދިސާތަކުން ލިބިދާނެ ގެއްލުން ކުޑަކުރުމަށް އުޅަނދުތަކުގެ ރައްކާތެރިކަން އިތުރުކުރާނަން: ޑިފެންސް މިނިސްޓަރ

25 ޖެނުއަރީ 2017
އަލިފާނުގެ ޙާދިސާތަކުން ލިބިދާނެ ގެއްލުން ކުޑަކުރުމަށް އުޅަނދުތަކުގެ ރައްކާތެރިކަން އިތުރުކުރާނަން: ޑިފެންސް މިނިސްޓަރ
22 ޖެނުއަރީ 2017

ކުޑަކުއްޖަކާ ބަދުއަހުލާގީ އަމަލް ހިންގި މައްސަލައަކާ ގުޅިގެން ބިދޭސީއަކު ހޯދަން އިއުލާންކޮށްފި

22 ޖެނުއަރީ 2017
ކުޑަކުއްޖަކާ ބަދުއަހުލާގީ އަމަލް ހިންގި މައްސަލައަކާ ގުޅިގެން ބިދޭސީއަކު ހޯދަން އިއުލާންކޮށްފި
22 ޖެނުއަރީ 2017

ފޯކައިދޫ ކައުންސިލުން ހަތް ލައްކަ ރުފިޔާ ހަރަދު ކޮށްގެން ހެދި ކުޑަކުދިންގެ ޕާކް ހުޅުވައިފި

22 ޖެނުއަރީ 2017
ފޯކައިދޫ ކައުންސިލުން ހަތް ލައްކަ ރުފިޔާ ހަރަދު ކޮށްގެން ހެދި ކުޑަކުދިންގެ ޕާކް ހުޅުވައިފި
19 ޖެނުއަރީ 2017

ރައީސް މައުމޫނަށް މެންބަރުންނަށް ބައްދަލު ނުކުރެވޭނެކަމަށް އެންގި މައްސަލަ ފުލުހުންނަށް ހުށަހަޅައިފި

19 ޖެނުއަރީ 2017
ރައީސް މައުމޫނަށް މެންބަރުންނަށް ބައްދަލު ނުކުރެވޭނެކަމަށް އެންގި މައްސަލަ ފުލުހުންނަށް ހުށަހަޅައިފި
17 ޖެނުއަރީ 2017

މަސްތުވާތަކެތީގެ މައްސަލައެއްގައި އުމުރަށް ޖަލަށްލުމަށް ހުކުމްކޮށްފައިވާ މީހަކު ކުޑަކުއްޖެއްގެ މައްސަލައެއްގައި ހޯދަނީ!

17 ޖެނުއަރީ 2017
މަސްތުވާތަކެތީގެ މައްސަލައެއްގައި އުމުރަށް ޖަލަށްލުމަށް ހުކުމްކޮށްފައިވާ މީހަކު ކުޑަކުއްޖެއްގެ މައްސަލައެއްގައި ހޯދަނީ!
11 ޖެނުއަރީ 2017

ކުޑަކުއްޖަކާ ބެހުނު މީހަކު ދޫކޮށްލުމުން ވިލިނގިލީ ރައްޔިތުން ރުޅި ގަދަވެއްޖެ!

11 ޖެނުއަރީ 2017
ކުޑަކުއްޖަކާ ބެހުނު މީހަކު ދޫކޮށްލުމުން ވިލިނގިލީ ރައްޔިތުން ރުޅި ގަދަވެއްޖެ!
10 ޖެނުއަރީ 2017

ބަޖެޓް ކުޑަވުމުން ކްރިމިނަލް ކޯޓުގެ މުވައްޒަފުންގެ މުސާރަ ކުޑަވަނީ!

10 ޖެނުއަރީ 2017
  ބަޖެޓް ކުޑަވުމުން ކްރިމިނަލް ކޯޓުގެ މުވައްޒަފުންގެ މުސާރަ ކުޑަވަނީ!
07 ޖެނުއަރީ 2017

ޕެންޝަން ސްކީމުން ނަގަމުން ގެންދާ އެޑްމިނިސްޓްރޭޓިވް ފީ ކުޑަކޮށްފި

07 ޖެނުއަރީ 2017
ޕެންޝަން ސްކީމުން ނަގަމުން ގެންދާ އެޑްމިނިސްޓްރޭޓިވް ފީ ކުޑަކޮށްފި
07 ޖެނުއަރީ 2017

މުއީޒް އެ ހައްދަވަނީ ބުހުތާން ދޮގު، އެދައްކަވަނީ ކުޑަކުދިން ދައްކާ ކަހަލަ ވާހަކަ: އަސްލަމް

07 ޖެނުއަރީ 2017
މުއީޒް އެ ހައްދަވަނީ ބުހުތާން ދޮގު، އެދައްކަވަނީ ކުޑަކުދިން ދައްކާ ކަހަލަ ވާހަކަ: އަސްލަމް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް