Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރިޔާސީ ބަޔާނަށް ޖަވާބުދިނުން

"މި އަހަރުގެ ރިޔާސީ ބަޔާނަކީ ދޮގާއި އޮޅުވާލުން ގިނަ މާޔޫސްވާ ބަޔާނެއް"

24 ފެބުރުއަރީ 2025 | ހޯމަ 08:43

ބަޖެޓު ފައިނޭންސް ކުރުމަށް ވެސް މަސައްކަތް ނުކުރާ ކަމަށް ނާޒިލް ވިދާޅުވި

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 24 ފެބުރުއަރީ 2025 | ހޯމަ 08:43
ރިޔާސީ ބަޔާނަށް މައިނޯރިޓީ ލީޑަރު ނާޒިލް ޖަވާބު ދެއްވަނީ

ރިޔާސީ ބަޔާނަށް މައިނޯރިޓީ ލީޑަރު ނާޒިލް ޖަވާބު ދެއްވަނީ

މި އަހަރުގެ ރިޔާސީ ބަޔާނަކީ މާޔޫސްވާ، ދޮގާއި އޮޅުވާލުން ގިނަ ބަޔާނެއް ކަމަށް އެމްޑީޕީ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އަދި ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ނާޒިލް ވިދާޅުވެއްޖެއެވެ.

މި އަހަރުގެ ރިޔާސީ ބަޔާނަށް މައިނޯރިޓީ ލީޑަރުގެ ހައިސިއްޔަތުން ޖަވާބުދެއްވަމުން ހޯމަ ދުވަހު ނާޒިލް ވިދާޅުވީ އެއީ ވަރަށް މާޔޫސްކުރުވާ ފަދަ ބަޔާނެއް ކަމަށެވެ. އެ ބަޔާނާއި ރާއްޖޭގެ ހާލަތާއި އެއްވެސް މިންވަރަކަށް ދިމާ ނުވާ ކަމަށް ނާޒިލް ވިދާޅުވިއެވެ.

Advertisement - newsAdvertisement

ރާއްޖޭގައި ޤާނޫނުގެ ވެރިކަމެއް ނުހިނގާ ކަމަށާއި ގައުމު ދަނީ ހުދުމުހުތާރު ވެރިކަމަކާ ދިމާލަށް ކަމަށް ނާޒިލް ވަނީ ވިދާޅުވެފައެވެ. މިއަދު ގައުމުގެ ޑިމޮކްރަސީ ދަނީ ރަނގަޅު މިސްރާބަކަށް ނޫން ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

ރައްޔިތުން ތިބީ މިއަދު ހާސްކަން މަތީކަމަށް ވާއިރު އެ ހާސްކަން ފިލުވާނެ ގޮތެއް ސަރުކާރަށް ބުނެދެވިފައި ނުވާ ކަމަށް އޭނާ ވިދާޅުވިއެވެ. ސަރުކާރަށް އިގްތިޞާދު ހިންގާނެ ގޮތާއި އާމްދަނީ ހޯދޭނެ ގޮތް ވެސް ނު ހޯދޭ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ. އެކަމުގެ ސަބަބުން ވިޔަފާރިތައް ބަންދުކުރަން ޖެހި، ވިޔަފާރިތައް ބަނގުރޫޓުވަމުންދާ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

އެންމެ އޮޅުވާލުން ގިނަ ރިޔާސީ ބަޔާން. މުހިންމު ކަންކަން އުނިކޮށް ޚިޔާލީ ކަންކަން އުފައްދަން އުޅުނު މަންޒަރު ފެނިގެންދިޔައީ. މަޖިލީހަށް ވެސް އޮޅުވާލީ. ދިވެހިރާއްޖެ މިއަދު އޮތީ ހާސްކަމެއްގެ ތެރޭގައި. ހަގީގަތަކީ ރައީސް މުއިއްޒު އަށް ވާރުތަވީ ބާރަށް ކުރިއަރަމުން އައި އިގްތިސާދެއް.
އެމްޑީޕީ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އަދި ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ނާޒިލް

ރައީސް މުއިއްޒުގެ ބަހާއި އަމަލާއި ދިމާ ނުވާކަމަށް ނާޒިލް ވަނީ ވިދާޅުވެފައެވެ. އެގޮތުން ދައުރު ބަދަލުވުމާއި އެކު ރައީސް މުއިއްޒުގެ ހަގީގަތް ހާމަވަމުންދާ ކަަމަށާއި އެ މަނިކުފާނު ވަނީ އެމްޑީފީން ފަށާފައި އޮތް ރިފޯމް އެޖެންޑާ ނުވަތަ އިސްލާހީ މަސައްކަތް ހުއްޓާލާފައި ކަމަށް ނާޒިލް ވަނީ ވިދާޅުވެފައެވެ. މާލީ ރިފޯމް ނުގެނެސް ހޭދަވާ ކޮންމެ ދުވަހަކު ވެސް ރާއްޖެ އަށް ގެއްލުން ލިބޭ ކަމަށް ނާޒިލް ވިދާޅުވިއެވެ.

މީގެ އިތުރުން މަސައްކަތްތެރިންނާއި މެދު މި ސަރުކާރުން އަމަލުކުރަމުން ދަނީ އިހާނެތިކޮށް ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ. ވެރިކަމަށް 15 މަސްދުވަސް ވެގެން ދާއިރު އަދިވެސް ސިޔާސީ މުވައްޒަފުންގެ އަދަދު ވެސް ސަރުކާރުން އޮތީ ސިއްރުކޮށްފައި ކަމަށް ނާޒިލް ވަނީ ވިދާޅުވެފައެވެ.

ހަމައެހެންމެ ޗައިނާ އާއި އެކު ސޮއިކުރި ފްރީ ޓްރޭޑް އެއްބަސްވުމާއި އެކު ރާއްޖޭގެ ފަތުރުވެރިކަން ވަނީ ޗައިނާ ކުންފުނިތަކަށް ހުޅުވާލާފައި ކަމަށް ވެސް ނާޒިލް ވިދާޅުވިއެވެ. ނާޒިލް ވިދާޅުވީ ގެސްޓް ހައުސް ސިނާއަތަކީ ބޭރުގެ ކުންފުނިތަކަށް ބަންދުކޮށްފައި އޮންނަ ސިނާއަތަކަށް ވީ ނަމަވެސް މިހާރު އެކަން އޮތީ އެހެން ނޫން ކަަމަށެވެ. ނަމަވެސް ސަރުކާރުން ދަނީ އެކަން ސިއްރުކުރަމުން ކަމަށް ނާޒިލް ވަނީ ވިދާޅުވެފައެވެ.

ސަރުކާރުން ބަޖެޓު ފައިނޭންސް ކުރުމަށް ވެސް މަސައްކަތް ނުކުރާ ކަމަށާއި ދަރަނި ނުނަގާނެ ކަމަށް ވީ ވައުދުވެސް ނުފުއްދޭ ކަމަށް ނާޒިލް ވަނީ ވިދާޅުވެފައެވެ.

އެންމެ ހިނގާ

1

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

4

ސްޓޮކް ހުސްވަމުންދާތީ އައު ޕާސްޕޯޓް ދޫކުރުން ކޮންޓްރޯލްކޮށް، މިހާރު ބޭނުންކުރާ ޕާސްޕޯޓްތަކުގެ މުއްދަތު މެނުއަލްކޮށް އިތުރު ކުރުމާގުޅޭ ގޮތުން މަޝްވަރާކުރަނީ!

5

ގެސްޓްހައުސެއްގެ ތެރޭގަައި ދިވެހި ފިރިހެނަކު މަރުވެފައި އޮއްވައި ފެނިއްޖެ

އިތުރަށް ކިޔާލަން

02 ފެބުރުއަރީ 2017

ރިޔާސީ ކެންޑިޑޭޓް ކަމަށް ރައީސް ނަޝީދު ކުރިމަތިލެއްވުމަށް ގައުމީ މަޖިލީހުން ލަފާދީފި

02 ފެބުރުއަރީ 2017
ރިޔާސީ ކެންޑިޑޭޓް ކަމަށް ރައީސް ނަޝީދު ކުރިމަތިލެއްވުމަށް ގައުމީ މަޖިލީހުން ލަފާދީފި
30 ޖެނުއަރީ 2017

މި އަހަރުގެ ޝިއާރުގެ ގޮތުގައި އިޤްތިޞާދީ ފުދުންތެރިކަން – އިޖުތިމާޢީ ހަމަޖެހުން" ކަނޑައަޅުއްވައިފި

30 ޖެނުއަރީ 2017
މި އަހަރުގެ ޝިއާރުގެ ގޮތުގައި އިޤްތިޞާދީ ފުދުންތެރިކަން – އިޖުތިމާޢީ ހަމަޖެހުން" ކަނޑައަޅުއްވައިފި
22 ޖެނުއަރީ 2017

ޤުރްއާން ކިޔެވުމުގެ 32 ވަނަ ޤައުމީ މުބާރާތް މިއަހަރުގެ ސެޕްޓެމްބަރު މަހު ބާއްވަނީ

22 ޖެނުއަރީ 2017
ޤުރްއާން ކިޔެވުމުގެ 32 ވަނަ ޤައުމީ މުބާރާތް މިއަހަރުގެ ސެޕްޓެމްބަރު މަހު ބާއްވަނީ
17 ޖެނުއަރީ 2017

މިދިޔަ އަހަރުގެ އޯލެވެލް އިމްތިހާނުގެ ނަތީޖާ އޮންލައިންކޮށް ދޫކުރަން ފަށައިފި

17 ޖެނުއަރީ 2017
މިދިޔަ އަހަރުގެ އޯލެވެލް އިމްތިހާނުގެ ނަތީޖާ އޮންލައިންކޮށް ދޫކުރަން ފަށައިފި
15 ޖެނުއަރީ 2017

ރިޔާސީ އިންތިހާބަށް ގޮފިތަކުގެ ހިންގުން ރަނގަޅު ކުރާނަން: ހަސަން ލަތީފު

15 ޖެނުއަރީ 2017
ރިޔާސީ އިންތިހާބަށް ގޮފިތަކުގެ ހިންގުން ރަނގަޅު ކުރާނަން: ހަސަން ލަތީފު
15 ޖެނުއަރީ 2017

ރިޔާސީ ބަޔާން ހުށަހެޅުއްވުމާއި މަޖިލިސް ހުޅުވުން ފެބްރުއަރީ 6 ގައި

15 ޖެނުއަރީ 2017
ރިޔާސީ ބަޔާން ހުށަހެޅުއްވުމާއި މަޖިލިސް ހުޅުވުން ފެބްރުއަރީ 6 ގައި
14 ޖެނުއަރީ 2017

ރިޔާސީ އިންތިހާބު ރައީސް ޔާމީނަށް ކާމިޔާބުކޮށްދިނުން ލާޒިމް: އަދުރޭ

14 ޖެނުއަރީ 2017
ރިޔާސީ އިންތިހާބު ރައީސް ޔާމީނަށް ކާމިޔާބުކޮށްދިނުން ލާޒިމް: އަދުރޭ
13 ޖެނުއަރީ 2017

ހިތުހުރި ގޮތެއް ހަދަން ދޫކޮށްލައިފި ނަމަ ރިޔާސީ އިންތިޚާބުގައި ހިތާމަކުރަން ޖެހޭނެ: ޝިދާތާ

13 ޖެނުއަރީ 2017
ހިތުހުރި ގޮތެއް ހަދަން ދޫކޮށްލައިފި ނަމަ ރިޔާސީ އިންތިޚާބުގައި ހިތާމަކުރަން ޖެހޭނެ: ޝިދާތާ
09 ޖެނުއަރީ 2017

2017 ވަނަ އަހަރުގެ ކިޔެވުން ފަށައިފި

09 ޖެނުއަރީ 2017
2017 ވަނަ އަހަރުގެ ކިޔެވުން ފަށައިފި
08 ޖެނުއަރީ 2017

މިއަހަރުގެ އަމާޒަކީ ޒަމާނީ ވަސީލަތްތަކާއެކު ކިޔެވުމާއި ކިޔަވައިދިނުމުގެ މުޅި ވައްޓަފާޅި ބަދަލުކުރުން: މިނިސްޓަރު

08 ޖެނުއަރީ 2017
މިއަހަރުގެ އަމާޒަކީ ޒަމާނީ ވަސީލަތްތަކާއެކު ކިޔެވުމާއި ކިޔަވައިދިނުމުގެ މުޅި ވައްޓަފާޅި ބަދަލުކުރުން: މިނިސްޓަރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް