Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމިސްކިތްތައް އާބާތުރަ ފިލުވުން

ރަމަޟާން މަހަށް މާލެސިޓީ ހުރިހާ މިސްކިތެއް އާބާތުރަ ފިލުވައި ނިމޭނެ: މޭޔަރު އާޒިމް

24 ފެބުރުއަރީ 2025 | ހޯމަ 06:35

ކައުންސިލްއާއި ހަވާލުވިއިރު، މާލެސިޓީގެ ގިނަ މިސްކިތްތައް ހުރީ ވަރަށް ބޮޑަށް ހަލާކުވެފައި

އަމްނާ އިމާދު
އަމްނާ އިމާދު | 24 ފެބުރުއަރީ 2025 | ހޯމަ 06:35
ސިޓީ ކައުންސިލު މުވައްޒަފުން މިސްކިތް ސާފުކުރަނީ

ސިޓީ ކައުންސިލު މުވައްޒަފުން މިސްކިތް ސާފުކުރަނީ

ރަމަޟާން މަހަށް މާލެސިޓީ ގެ ހުރިހާ މިސްކިތެއް އާބާތުރަ ފިލުވައި ނިމޭނެ ކަމަށާއި، މިސްކިތްތަކުގެ ބޮޑެތި މާރާމާތުގެ މަސައްކަތްތައް ނިމޭނެ ކަމަށް އުންމީދުކުރައްވާ ކަމަށް މާލެސިޓީގެ މޭޔަރު އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.

ފަސްކާފު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން މޭޔަރު އާޒިމް ވިދާޅުވީ އޭނާ މާލެސިޓީ ކައުންސިލް އާއި ހަވާލުވެވަޑައިގެން އިރު، މާލެސިޓީގެ މިސްކިތްތައް ހުރީ ވަރަށް ބޮޑަށް ހަލާކުވެ، ވަރަށް ބޮޑަށް މަރާމާތު ކުރަންޖެހޭ ހާލަތުގައި ކަމަށެވެ. އޭރު ވެސް މިސްކިތްތައް އާބާތުރަފިލުވައި ބެލެހެއްޓުމުގެ މަސައްކަތް އައުޓްސޯސްކޮށް ބަޔަކާ ހަވާލުކޮށްފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. ނަމަވެސް މިމައްސަލައަށް ހައްލު ހޯދުމުގެ ގޮތުން މާލެސިޓީގެ މިސްކިތްތަކުގެ މާރާމާތުގެ މަސައްކަތާއި، އާބާތުރަ ފިލުވުމުގެ މަސައްކަތް ކުރުމަށް ދިވެހިން ހޯދާ، އެމަސައްކަތް ހަވާލުކޮށްފައިވާ ކަމަށް އާޒިމް ވިދާޅުވިއެވެ.

Advertisement - newsAdvertisement

މިސްކިތްތައް އާބާތުރަފިލުވުމަކީ އަބަދުވެސް ކުރަންޖެހޭ މަސައްކަތެއްކަން ފާހަގަކުރައްވައި މޭޔަރު އާޒިމް ވިދާޅުވީ މާލެ، ވިލިމާލެ، ހުޅުމާލޭގެ ހުރިހާ މިސްކިތެއް އާބާތުރަ ފިލުވުމުގެ މަސައްކަތްތައް އަބަދުވެސް ކުރާނެ ކަމަށާއި، ރަމަޟާން މަހަށް މަރާމާތު ކުރުމުގެ މަސައްކަތް ވެސް ނިންމޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.

އާޒިމް ވިދާޅުވީ މިސްކިތްތައް އޭސީ ކުރުމާއި، ފެން ފައިބާ މިސްކިތްތަކުގެ އެ މައްސަލަ ހައްލު ކުރުމާއި، ފާޚާނާ މަރާމާތު ކުރަންޖެހޭ މިސްކިތްތަކުގެ ފާޚާނާ ތައް މަރާމާތު ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި ވިދާޅުވީ ބޮޑު ހަރަދެއް ހިނގާ މަސައްކަތްތަކެއް ކަމަށްވާތީ ހުޅުމާލޭގެ ބޮޑު މިސްކިތެއް ކަމަށްވާ ގުއްބު މިސްކިތް، އޭސީ ކުރުމުގެ މަސައްކަތާއި، މަރާމާތު ކުރުމުގެ މަސައްކަތް އުރީދޫގެ އެހީތެރިކަމާއެކު ކުރިއަށްދާ ކަމަށެވެ.

ސިޓީ ކައުންސިލް އާއި ހަވާލުވިއިރު، މާލެސިޓީ ކައުންސިލްގެ މިސްކިތްތައް ވަނީ ވަރަށް ބޮޑަށް ހަލާކުވެފައި. މަރާމާތުނުކޮށް ގިނަ ދުވަސްވެގެން. ދެން އޭރުގައި އޮތް ބަޔަކާ ހަވާލުކޮށްފައި. ބަޔަކާ އައުޓްސޯސް ކޮށްފައި އޮތީ. ދެން އަޅުގަނޑުމެން ފަހުން ނިންމީ މާލެސިޓީގެ ހުރިހާ މިސްކިތެއް. ހުޅުމާލެ ވިލިމާލެ، މާލޭގެ ހުރިހާ މިސްކިތަކަށް ދިވެހިން ނަގައި ދިވެހިން މެދުވެރިކޮށް މިސްކިތުގެ އާބާތުރަ ފިލުވައި ސާފުކޮށް މަސައްކަތް ކުރަން. އަޅުގަނޑުމެން ބޮޑު ޓީމެއް ނެގީ. އަޅުގަނޑު ހަނދާންވާ ގޮތުން 150 ނުނީ 170 މުވައްޒަފުން ނެގިން. ޚާއްސަކޮށް މިސްކިތްތައް ރީތިކޮށް ބެލެހެއްޓުމަށްޓަކައި. ދެން އޭރުން ފެށިގެން އަޅުގަނޑުމެން މަސައްކަތް ކުރަމުންދަނީ. އެހެން ނަމަވެސް މަރާމާތުގެ މަސައްކަތް ގިނަކަމުން ވަގުތު އެބަ ނަގާ. ދެން އަދި ގިނަ މަސައްކަތްތަކެއް އެއާ ކޮންޑިޝަން ކުރެވިއްޖެ. އަދި އިތުރު އެސެސްމަންޓެއް
މާލެސިޓީގެ މޭޔަރު އާދަމް އާޒިމް

އާޒިމް ވިދާޅުވީ މާލެސިޓީގެ މިސްކިތްތައް ކައުންސިލްގެ ބެލުމުގެ ދަށުން ވަރަށް ރަނގަޅަށް ބަލަހައްޓަމުންދާނެ ކަމަށާއި، ރައްޔިތުންނަށް ދިމާވާ ދަތިތަކާއި އުދަނގޫތަކަށް ހައްލު ހޯދައިދޭނެ ކަމަށެވެ. އަދި މިސްކިތްތައް ރީތި ބެލެހެއްޓުމުގެ މަސައްކަތުގައި އަބަދުވެސް ރައްޔިތުންގެ ފަރާތުން ލިބޭ އެއްބާރުލުން އާޒިމް ފާހަގަކުރެއްވިއެވެ.

އެންމެ ހިނގާ

1

"ސަރުކާރުން ދަނީ ގަސްތުގައި ލޯންޗުތަކަށް ޖެއްސުން ކުރަމުން، ސިފައިންނާއި ފުލުހުން ހަޑިހުތުރު ބަހުން މުއާމަލާތްކުރާއިރު، ވައު އަޅާފައިވަނީ ވެސް އުނދަގޫ ކުރަން"

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

އިޓަލީގެ ޑައިވަރުންގެ ހަށިތައް ނެގުމަށް ޑައިވްކުރި ސާޖަންޓް މަހުދީ މަރުވި ހަގީގީ ސަބަބު އޮތީ އާންމުންނަށް ސިއްރުކޮށްފައި ކަމަށް އާއިލާއިން ބުނެފި - ރިޕޯޓް

4

ވޯލްޑް ކަޕް ތެރޭގައި މެސީ މަރާލަން ރޭވިކަމުގެ ތަފްސީލު ހާމަވެއްޖެ

5

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

އިތުރަށް ކިޔާލަން

18 މެއި 2017

ރަމަޟާން މަހުގައި ވިޔަފާރިކުރެވޭނެ ވަގުތުތައް އިކޮނޮމިކް މިނިސްޓްރީ ކަނޑައަޅައިފި

18 މެއި 2017
ރަމަޟާން މަހުގައި ވިޔަފާރިކުރެވޭނެ ވަގުތުތައް އިކޮނޮމިކް މިނިސްޓްރީ ކަނޑައަޅައިފި
17 މެއި 2017

މަގު ހެދުމުގެ މަސައްކަތް ރޯދަ މަހަށް މެދު ކަނޑާލައިފި

17 މެއި 2017
މަގު ހެދުމުގެ މަސައްކަތް ރޯދަ މަހަށް މެދު ކަނޑާލައިފި
14 މެއި 2017

ރޯދަ މަހަށް އެސްޓީއޯއިން ފިޔައި، އަލުވި، ބިސް ވިއްކާނެ އަގުތައް ހާމަކޮށްފި

14 މެއި 2017
ރޯދަ މަހަށް އެސްޓީއޯއިން ފިޔައި، އަލުވި، ބިސް ވިއްކާނެ އަގުތައް ހާމަކޮށްފި
04 މެއި 2017

ރަމަޟާން މަހާ ދިމާކޮށް ސައުދީން ރާއްޖެ އަށް 50 ޓަނުގެ ކަދުރު ހަދިޔާ ކޮށްފި

04 މެއި 2017
ރަމަޟާން މަހާ ދިމާކޮށް ސައުދީން ރާއްޖެ އަށް 50 ޓަނުގެ ކަދުރު ހަދިޔާ ކޮށްފި
16 މާރިޗު 2017

މަހަށް ނުކުމެ އުޅުނު ދޯންޏެއް ގެއްލިގެން ހޯދަން ފަށައިފި

16 މާރިޗު 2017
މަހަށް ނުކުމެ އުޅުނު ދޯންޏެއް ގެއްލިގެން ހޯދަން ފަށައިފި
13 މާރިޗު 2017

މަހަށް ނުކުމެ އުޅުނު ދޯންޏެއް ގެއްލިގެން ހޯދަން ފަށައިފި

13 މާރިޗު 2017
މަހަށް ނުކުމެ އުޅުނު ދޯންޏެއް ގެއްލިގެން ހޯދަން ފަށައިފި
12 މާރިޗު 2017

ރާއްޖެޓީވީ އަބުރު ފަންޑަށް ފައިސާ ހޯދަން ހިންނަވަރު ރައްޔިތުން މަހަށް ދަނީ

12 މާރިޗު 2017
 ރާއްޖެޓީވީ އަބުރު ފަންޑަށް ފައިސާ ހޯދަން ހިންނަވަރު ރައްޔިތުން މަހަށް ދަނީ
07 ފެބުރުއަރީ 2017

ޝެއިހު އިމްރާނުގެ އިސްތިއުނާފް 10 މަހަށް ފަހު ބުދަ ދުވަހަށް ތާވަލްކޮށްފި

07 ފެބުރުއަރީ 2017
ޝެއިހު އިމްރާނުގެ އިސްތިއުނާފް 10 މަހަށް ފަހު ބުދަ ދުވަހަށް ތާވަލްކޮށްފި
28 ޖެނުއަރީ 2017

ހަތް މަހަށް ފަހު ރާއްޖެޓީވީގެ ސީއޯއޯ ފިޔާޒުގެ ޝަރީއަތް މާދަމާ ފަށަނީ

28 ޖެނުއަރީ 2017
ހަތް މަހަށް ފަހު ރާއްޖެޓީވީގެ ސީއޯއޯ ފިޔާޒުގެ ޝަރީއަތް މާދަމާ ފަށަނީ
08 ޖެނުއަރީ 2017

ދެ ދަޅު ނެސްކެފޭ ވަގަށް ނެގި މީހަކު ދެ މަހަށް ޖަލަށް ލުމަށް ހުކުމް ކޮށްފި

08 ޖެނުއަރީ 2017
ދެ ދަޅު ނެސްކެފޭ ވަގަށް ނެގި މީހަކު ދެ މަހަށް ޖަލަށް ލުމަށް ހުކުމް ކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް