Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެނަވަލްޓް ސޯލާރ ފެރީ

ކުރީ ސަރުކާރުން އޯޑަރު ކުރި ރާއްޖޭގެ ފުރަތަމަ ސޯލާރ ފެރީ އެޕްރިލް މަހު ރާއްޖެ ގެންނަނީ

22 ފެބުރުއަރީ 2025 | ހޮނިހިރު 13:23

މިއީ މީގެ ތިން އަހަރު ކުރިން ރައީސް އިބްރާހީމް މުހައްމަދު ޞާލިހުގެ ސަރުކާރުން އޯޑަރު ކުރި ފެރީއެއް

އަބްދުލް ހަންނާން މުހައްމަދް
އަބްދުލް ހަންނާން މުހައްމަދް | 22 ފެބުރުއަރީ 2025 | ހޮނިހިރު 13:23
ނޭވަލްޓް ކުންފުނިން ރާއްޖެއަށް ބަންނަ "އެޕޯލޯ" މޮޑެލްގެ ފެރިއެއް.

ނޭވަލްޓް ކުންފުނިން ރާއްޖެއަށް ބަންނަ "އެޕޯލޯ" މޮޑެލްގެ ފެރިއެއް.

އިންޑިއާގެ އެންމެ ބޮޑު ސޯލާރ އިލެކްޓްރިކް ބޯޓް މެނުފެކްޗަރުން ކަމަށްވާ ނަވަލްޓް އިން ރާއްޖޭގައި ބޭނުންކުރުމަށް އުފައްދާ ސޯލާރ ފެރީ އަންނަ އެޕްރިލް މަހު ރާއްޖެ ގެންނަ ގޮތަށް ހަމަޖެހިފައިވާ ކަމަށް އެ މަސައްކަތްކުރަމުންދާ އިންޑިއާގެ ނޭވަލްޓް ކުންފުނިން ބުނެފި އެވެ.

އެއީ މީގެ ތިން އަހަރު ކުރިން، ރައީސް އިބުރާހީމް މުހައްމަދު ޝާލިހުގެ ސަރުކާރުގައި 2022 ވަނަ އަހަރު އޯޑަރު ކުރި ފެރީއެކެވެ.

Advertisement - newsAdvertisement

ނަވަލްޓްގެ ސީއީއޯ ސަންދިތު ތަންޑަޝެރީއާ ހަވާލާދީ "އިންޑިއަން އެކްސްޕްރެސް" ނޫހުން ބުނެފައި ވަނީ މި ބޯޓު އުފައްދަނީ މޯލްޑިވްސް ފިނޭންސް މިނިސްޓްރީން ލިބުނު އޯޑަރަކަށް ބަލައިގެން ކަމަށާއި ބޯޓުގެ މައި އޮނިގަނޑު މިހާރު ނިމިފައިވާ ކަމަށެވެ.

އަދި ބޯޓުގެ މެއިން ސްޓްރަކްޗަރ މިހާރު ނިމިފައިވާ ކަމަށާއި އިންޓީރިއަރ މަސައްކަތާއި ކުލަ ލުން މާޗުގެ ނިޔަލަށް ނިމޭނެކަމަށް ސަންދިތު ތަންޑަޝެރީއާ އާއި ހަވާލާދީ ރިޕޯޓުގައި ބުނެފައިވެއެވެ. އަދި މިއީ މިފަދަ ޕެސެންޖަރ ފެރީއެއް އެކްސްޕޯޓްކުރަން ތައްޔާރުވަމުންދާ ފުރަތަމަ ފަހަރު ކަމަށް ވެސް ރިޕޯޓުކޮށްފައިވެއެވެ.

"އެޕޯލޯ" ގެ ނަމުން ނަން ދީފައިވާ އެ ސޯލާރ ފެރީއަކީ ރާއްޖޭގެ މާހައުލަށް ހާއްސަކޮށް ބަންނަމުންދާ ފެރީއެކެވެ. މިގޮތުން އެ ފެރީ ބަނދެފައި ވަނީ ކަނޑުގަދައިރު ވެސް ދުއްވަން އެކަށީގެންވާ ގޮތަށެވެ.

މި ބޯޓު މި ތައްޔާރުކުރަނީ ފިނޭންސް މިނިސްޓްރީން އޯޑަރަށް. ބޯޓުގެ މެއިން ސްޓްރަކްޗަރ މިހާރު ވަނީ ނިމިފައި. އިންޓީރިއަރ މަސައްކަތާއި ކުލަ ލުން މާޗުގެ ނިޔަލަށް ނިމޭނެ. މިއީ އަހަރުމެން މިފަދަ ޕެސެންޖަރ ފެރީއެއް އެކްސްޕޯޓްކުރަން ތައްޔާރުވަމުންދާ ފުރަތަމަ ފަހަރު،"
އިންޑިއަން އެކްސްޕްރެސް

އެ ސޯލަރ ފެރީގައި 50 ކިލޯވޮޓްގެ މަންޓާ ޑީއެންވީ އެޕްރޫވްޑް އެލްއެފްޕީ ބެޓަރީ ޕެކާ އެކު 40 ކިލޯވޮޓްގެ އިންބޯޑް އިލެކްޓްރިކް މޯޓަރ ހަރުކޮށްފައި ހުރެ އެވެ. އަދި 25 ކިލޯވޮޓްގެ ސޯލާރ ޕެނަލްއެއް ފެރީގެ މަތީގައި ހަރުކޮށްފައި ހުރެ އެވެ.

ފިނޭންސް މިނިސްޓްރީން އޯޑަރު ދީގެން ބަންނަ އެ ސޯލާރ ފެރީއަށް 577,039 ޑޮލަރު ހަރަދުވާ ކަމަށް ރިޕޯޓްތައް ބުނެ އެވެ. އެ ބޯޓުގެ ދިގު މިނުގައި 26 މީޓަރު ހުންނައިރު، ފުޅާ މިނުގައި ހުންނަނީ ހަތް މީޓަރެވެ.

މީގެ އިތުރުން އެއް ފަހަރު ޗާޖުކޮށްގެން 240 ކިލޯމީޓަރަށް ދަތުރުކުރެވޭނެ ކަމަށާއި ރާއްޖެއިން އިތުރު އޯޑަރުތައް ލިބޭނެ ކަމަށް އުއްމީދުކުރާ ކަމަށް ވެސް އެ ނޭވަލް އާކިޗެކްޓާއިން ޑިގްރީ ހާސިލުކޮށްފައިވާ ނޭވަލްޓުގެ ސީއީއޯ އާއި ހަވާލާދީ "އިންޑިއަން އެކްސްޕްރެސް" ނޫހުގައި ރިޕޯޓުކޮށްފައި ވެއެވެ.

މިއީ ރާއްޖޭގައި ބޭނުންކުރާ މިފަދަ ފުރަތަމަ ސޯލާރ ފެރީ އަށް ވާއިރު، އެ ފެރީ ބޭނުންކޮށްގެން ހިދުމަތް ދިނުމަށް ހަމަޖެހިފައިވާ ގޮތެއް މި ސަރުކާރުން މިހާތަނަށް އަދި ހާމަ ނުކުރެ އެވެ.

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

10 އަހަރު ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުމަށް ފަހު، ރޮނާލްޑޯ އާއި ޖޯޖީނާ ކައިވެނިކޮށްފި

އިތުރަށް ކިޔާލަން

15 ޖެނުއަރީ 2017

ހަމައެކަނި އެލައިޑާ ހަވާލުކުރީ އެހެން ކުންފުނިތަކުން ކުރިމަތި ނުލުމުން: ޓްރާންސްޕޯޓް އޮތޯރިޓީ

15 ޖެނުއަރީ 2017
 ހަމައެކަނި އެލައިޑާ ހަވާލުކުރީ އެހެން ކުންފުނިތަކުން ކުރިމަތި ނުލުމުން: ޓްރާންސްޕޯޓް އޮތޯރިޓީ
14 ޖެނުއަރީ 2017

ދީން ނިކަމެތިކޮށްލަން ސަރުކާރުން މަސައްކަތްކުރޭ: އާޒިމް

14 ޖެނުއަރީ 2017
ދީން ނިކަމެތިކޮށްލަން ސަރުކާރުން މަސައްކަތްކުރޭ: އާޒިމް
13 ޖެނުއަރީ 2017

ލޯކަލް ކައުންސިލް އިންތިހާބެއް ހޯދުމުގެ މަސައްކަތް ކުރަންޖެހެނީ ސަރުކާރުން އާއްމު އުސޫލުތަކުން ބޭރުވުމުން: ހަސަން ލަތީފު

13 ޖެނުއަރީ 2017
ލޯކަލް ކައުންސިލް އިންތިހާބެއް ހޯދުމުގެ މަސައްކަތް ކުރަންޖެހެނީ ސަރުކާރުން އާއްމު އުސޫލުތަކުން ބޭރުވުމުން: ހަސަން ލަތީފު
12 ޖެނުއަރީ 2017

އާ އިންތިހާބެއް އިއުލާން ކުރީ ހުކުމާ ހިލާފަށް:މައުމޫން ފެކްޝަން

12 ޖެނުއަރީ 2017
އާ އިންތިހާބެއް އިއުލާން ކުރީ ހުކުމާ ހިލާފަށް:މައުމޫން ފެކްޝަން
11 ޖެނުއަރީ 2017

ރާއްޖޭގެ މަސްބޯޓެއްގައި އަލިފާން ރޯވެއްޖެ

11 ޖެނުއަރީ 2017
ރާއްޖޭގެ މަސްބޯޓެއްގައި އަލިފާން ރޯވެއްޖެ
11 ޖެނުއަރީ 2017

ފުލުހަށް ހާޒިރު ކުރީ ޕީޕީއެމްގެ ހާޑްޑިސްކެއް ގެއްލިގެން ހުށަހެޅި މައްސަލައާ ގުޅިގެން: ޔުމްނާ

11 ޖެނުއަރީ 2017
ފުލުހަށް ހާޒިރު ކުރީ ޕީޕީއެމްގެ ހާޑްޑިސްކެއް ގެއްލިގެން ހުށަހެޅި މައްސަލައާ ގުޅިގެން: ޔުމްނާ
11 ޖެނުއަރީ 2017

ރަބަރޭ މަރާލުމަށް ފަހު ބިލާލް ފޮޓޯ ފޮނުވި، ރާވައި ފައިސާ ޚަރަދުކުރީ އިބްރާހިމް: ދައުލަތް

11 ޖެނުއަރީ 2017
ރަބަރޭ މަރާލުމަށް ފަހު ބިލާލް ފޮޓޯ ފޮނުވި، ރާވައި ފައިސާ ޚަރަދުކުރީ އިބްރާހިމް: ދައުލަތް
10 ޖެނުއަރީ 2017

މެޑަމް ފާތުންގެ ޖަމިއްޔާއާ ކަދުރު ހަވާލުކުރީ އަވަހަށް ބެހުމަށް، ކޮރަޕްޝަނެއް ނެތް: އޭސީސީ

10 ޖެނުއަރީ 2017
މެޑަމް ފާތުންގެ ޖަމިއްޔާއާ ކަދުރު ހަވާލުކުރީ އަވަހަށް ބެހުމަށް، ކޮރަޕްޝަނެއް ނެތް: އޭސީސީ
06 ޖެނުއަރީ 2017

ފެނަށްޖެހޭ ރަށްރަށަށް ސަރުކާރުން ބޯފެން ފޯރުކޮށްދިނުމުގެ މަސައްކަތަށް ބަދަލު ގެނެސްފި

06 ޖެނުއަރީ 2017
ފެނަށްޖެހޭ ރަށްރަށަށް ސަރުކާރުން ބޯފެން ފޯރުކޮށްދިނުމުގެ މަސައްކަތަށް ބަދަލު ގެނެސްފި
04 ޖެނުއަރީ 2017

ރާއްޖޭގެ ސިޔާސީ މަސްރަހުން 2017 ވަނަ އަހަރު އާ ބަދަލުތަކެއް ފެނިގެންދާނެ: ނިޒާރު

04 ޖެނުއަރީ 2017
ރާއްޖޭގެ ސިޔާސީ މަސްރަހުން 2017 ވަނަ އަހަރު އާ ބަދަލުތަކެއް ފެނިގެންދާނެ: ނިޒާރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް