Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
ރައީސުލްޖުމްހޫރިއްޔާ، ޑރ. މުޙައްމަދު މުޢިއްޒު

އިޤްތިޞާދީ ވަޒީރަށް އެނގި ވަޑައި ނުގެންނެވި ޙާލަތު!

އައިއެމްއެފް އިން ނެރުނު ރިޕޯޓާ އެކު އިޤްތިޞާދީ ޙާލަތު ރަނގަޅު ނޫން ކަމާއި، އެ ޙާލަތު ރަނގަޅު ކުރުމަށް ސަރުކާރުން މިހާތަނަށް އެކަށީގެންވާ އަވަސް ފިޔަވަޅެއް އަޅާފައި ނެތްކަން ފާހަގަ ކުރެވެ އެވެ. އެހެންކަމުން، ކުރީ ދުވަހު ވަޒީރު ސަޢީދު ދެއްކެވި ވާހަކަ ދެކޮޅު ޖައްސާނެ ގޮތެއް ނުވިސްނެ އެވެ. ފެންނަން އޮތީ އެންމެ ކަމެކެވެ. އިޤްތިޞާދީ ވަޒީރަށް، އިޤްތިޞާދީ ޙާލަތު ރަނގަޅަށް އެނގިވަޑައި ނުގަންނަވަނީ އެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 23 ފެބުރުއަރީ 2025 | އާދީއްތަ 06:04
އިކޮނަމިކް މިނިސްޓަރ ސައީދު

އިކޮނަމިކް މިނިސްޓަރ ސައީދު

މިދިޔަ ހަފުތާގެ ތެރޭގައި އިޤްތިޞާދީ ވަޒީރު މުޙައްމަދު ސަޢީދު ނޫސްވެރިންނާ ބައްދަލު ކުރެއްވީ، ގިނަ ދުވަސްތަކަކަށްފަހު އެވެ. އެ ދުވަހުގެ ނޫސްވެރިންގެ ބައްދަލުވުން އަމާޒުކޮށްފައި ވަނީ ރަމަޟާން މަހާ ދިމާކޮށް، ޟަރޫރީ ތަކެތީގެ އަގު މައްޗަށް ދިޔަ ނުދީ ހިފެހެއްޓުމަށް އެ ވުޒާރާ އިން ކުރަމުން އަންނަ މަސައްކަތުގެ ތަފުސީލު ހާމަ ކުރުމަށެވެ.

އެހެން ނަމަވެސް، ނޫސްވެރިންގެ އެ ބައްދަލުވުމުގައި ވަޒީރު ސަޢީދަށް އަމާޒުވަމުން އައީ ފަސޭހަ ސުވާލުތަކެއް ނޫނެވެ. ނޫސްވެރިންގެ މައިގަނޑު ސުވާލުތަކަކަށް އޮތީ ޤައުމުގެ އިޤްތިޞާދާ ގުޅުން ހުރި ސުވާލުތަކެވެ. ސަރުކާރުން ވެފައިވާ ވައުދުތައް ނުފުދި، ޚަރަދުތައް ބޮޑުވެ، މާލީ ގޮތުން ޤައުމަށް ދިމާވެފައިވާ ދަތިތަކުގެ ވާހަކަ އެވެ. އާމްދަނީ ދަށްވެފައިވާއިރު، އެންމެ ބޮޑު ދަށްވުމެއް އައިސްފައިވާ އިމްޕޯޓު ޑިއުޓީގެ ވާހަކަ އެވެ. އެކަން އެހެން ދިމާވި ސަބަބު ސާފު ކޮށްދިނުނަށް އެދި ނޫސްވެރިން ދިޔައީ ވަޒީރާ ސުވާލު ކުރަމުންނެވެ.

ނޫސްވެރިންގެ އެ ބައްދަލުވުމުގައި ވަޒީރު ސަޢީދު ވާހަކަ ދައްކަވަމުން ގެންދެވީ އެއްވެސް ޖެހިލުންވުމެއް ނެތި އެވެ. އަމުދުން ހާސް ކަމެއް ވެސް ނެތެވެ. ޤައުމުގެ އިޤްތިޞާދީ ޙާލަތާމެދު އެމަނިކުފާނުގެ މާބޮޑު ކަންބޮޑުވުމެއް ވެސް ނެތެވެ. ވިދާޅުވަމުން ގެންދެވީ ޤައުމުގެ އިޤްތިޞާދީ ޙާލަތު އޮތީ ރަނގަޅަށް ކަމަށެވެ. އިޤްތިޞާދު އޮތީ ދުޅެހެޔޮކޮށް ކަމަށާއި، އިޤްތިޞާދީ ދުވެލި ވެސް ރަނގަޅު ކަމަށެވެ. އެހެންކަމުން، ސަރުކާރުން އަޅުއްވަމުން ގެންދަވާ ޚަރުދަނާ ފިޔަވަޅުތަކާ އެކު، ހާސްކަމެއް، ޖެހިލުންވުމެއް ނެތި ކުރިއަށް ދެވޭނެ ކަމަށް ވެސް ވަޒީރު ވިދާޅުވެފައިވެ އެވެ.

ވަޒީރު ވިދާޅުވަމުން ގެންދެވީ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުޙައްމަދު މުޢިއްޒު އަށް ވާރުތަވި ދަރަންޏެއްގެ ސަަބަބުން ދިމާވެގެން އުޅޭ މައްސަލަތަކުގެ ވާހަކަ އެވެ. އެއީ ދެން މިހާރު ވަޒީރުގެ އަތް މަތީ ބަހަކަށް ވެއްޖެ އެވެ، ޕޯޑިއަމެއް ދޮށު ހުއްޓުމާއެކު، ނުވަތަ މައިކެއް އަތު ޖެހުމާއެކު ވިދާޅުވާ އާންމު ވާހަކަ އަކަށް ވެއްޖެ އެެވެ. ކުރީ ސަރުކާުގެ ވާހަކަ އާއި، އެ ސަރުކާރުން ނަގާފައިވާ ދަނަރިތަކެއް ރައީސް މުޢިއްޒަށް ވާރުތަވެގެން އުޅޭ ވާހަކަ އަބަދުމެ ދައްކަވަނީ އެވެ.

ދެން ވިދާޅުވީ، ރައީސް މުޢިއްްްޒުގެ ޒައާމަތުގައި ރާއްޖެ އަށް ލިބުނު އެންމެ ބޮޑު ކާމިޔާބުގެ ވާހަކަ އެވެ. ކާމިޔާބޭ ބުންޏަސް، ބޮޑު ކާމިޔާބެވެ. މޫނުފުޅަށް ރުލެއް ވެސް އަރުވާނުލާ ވަޒީރު ވިދާޅުވީ، ރައީސް މުޢިއްޒުގެ ސަރުކާރުގައި މިހާތަނަށް ހޯދުނު އެންމެ ބޮޑު ކާމިޔާބަކީ، ދިވެހި ރާއްޖެ ނުދަރާ އޮތް އޮތުން ކަމަށެވެ. މީހަކު ބުއްދި ފަސް ނުވިއްޔާ ދެރަ އެވެ. ވަޒީރު މި ދައްކަވާ ވާހަަކަތަކުން ހޭބުއްދި ފިލައި ނުދިޔައީ ހަމަ ކިރިޔާ އެވެ.

ކޮންމެ އަކަސް، ނޫސްވެރިންގެ ބައްދަލުވުން ނިމުނުއިރު، އާމްދަނީ ދަށްވި ސަބަބެއް ވަޒީރަށް ބުނެ ނުދެއްވުނެވެ. ޗައިނާ އާއެކު ސޮއި ކޮށްފައިވާ މިނިވަން ވިޔަފާރީގެ ސަބަބުން އެކަމަށް އަސަރެއް ނުކުރާ ކަމަށް ވިދާޅުވާން ކެރުނު ނަމަވެސް، އިމްޕޯޓު ޑިޔުޓީ ދަށްވި ސަބަބެއް ވަޒީރަށް އެނގިވަޑައި ނުގަންނަވަ އެވެ. ގައިމު މިއީ އިޤްތިޞާދީ ވަޒީރު ވިއްޔާ އެވެ. އެހާމެ މޮޅު އިކޮނޮމިސްޓެއް ވިއްޔާ އެވެ.

އިޤްތިޞާދު ރަނގަޅު ކަމަށް ވަޒީރު ވިދާޅުވެފައި އޮއްވާ، އިންޓަނޭޝަނަލް މަނިޓަރީ ފަންޑު (އައިއެމްއެފް) އިން ނެރުނު ރިޕޯޓާ އެކު ދެން އުފެދުނީ ސުވާލެވެ. އެއީ އިޤްތިޞާދީ ވަޒީރަށް ޤައުމުގެ ޙާލަތު ނޭނގޭ ކަމުންނެވެ. ވަޒީރު އެހެން ވިދާޅުވެފައި ވަނިކޮށް، އައިއެމްއެފް އިން ނެރުނު ރިޕޯޓުގައި ފެންނަން އޮތީ އެހެން ވާހަކަ އެކެވެ.

އެ ރިޕޯޓުގައި ފާހަގަކޮށްފައި ވަނީ ރާއްޖޭގެ އިންފްލޭޝަން މަތިވާނެ ކަމަށެވެ. އެހެންކަމުން މާލީ ގޮތުން އަޅަން ޖެހޭ އިސްލާޙީ ފިޔަވަޅުތައް އެޅުމަށް ސަރުކާރަށް އައިއެމްއެފް އިން ވަނީ ގޮވާލައިފަ އެވެ. އައިއެމްއެފް އިން ފާހަގަ ކޮށްފައިވާ ގޮތުގައި މިއަހަރުގެ ތެރޭގައި ރާއްޖޭގެ އިންފްލޭޝަން 2.3 އިންސައްތަ މަތިވާނެ އެވެ.

މީގެ އިތުރުން އައިއެމްއެފް އިން ފާހަގަ ކޮށްފައިވާ ގޮތުގައި ރާއްޖޭގެ އިޤްތިޞާދީ ޙާލަތު ވެސް ދަށްވާނެ އެވެ. މާލީ ގޮތުން ގޮންޖެހުންތަކާއި، ދަތިތަކެއް ހުރި ނަމަވެސް އިޤްތިޞާދު ފަސް ޕަސެންޓަށް ކުރިއަރާނެ ކަމަށް ލަފާކޮށްފައި ވަނީ ފަތުރުވެރިކަން ކުރިއަރާނެތީ އެވެ.

އައިއެމްއެފްގެ ރިޕޯޓުން ފާހަގަވާން އޮތް ގޮތުގައި ރާއްޖޭގެ އިޤްތިޞާދީ ޙާލަތު ރަނގަޅެއް ނޫނެވެ. ކަރަންޓު އެކައުންޓުގެ ޑެފިސިޓް ބޮޑުވެ، ބޭރު ފައިސާގެ ރިޒާވަށް ކުރިމަތިވާ ޕްރެޝަރުގެ ތެރޭގައި ބޭރުގެ ހިރާސްތައް ހުރި ކަމަށް ވަނީ ފާހަގަކޮށްފަ އެވެ. އަދި ފިސްކަލް ޑެފިސިޓް އަދި ދައުލަތުގެ ދަރަނި އުފުލިގެން ދާނެ ކަމަށް އަންދާޒާކޮށްފައިވާއިރު، އަވަސް ފިޔަވަޅުތަކެއް އެޅުމަށް ވަނީ ގޮވާލައިފަ އެވެ.

އައިއެމްއެފް އިން ނެރުނު ރިޕޯޓާ އެކު އިޤްތިޞާދީ ޙާލަތު ރަނގަޅު ނޫން ކަމާއި، އެ ޙާލަތު ރަނގަޅު ކުރުމަށް ސަރުކާރުން މިހާތަނަށް އެކަށީގެންވާ އަވަސް ފިޔަވަޅެއް އަޅާފައި ނެތްކަން ފާހަގަ ކުރެވެ އެވެ. އެހެންކަމުން، ކުރީ ދުވަހު ވަޒީރު ސަޢީދު ދެއްކެވި ވާހަކަ ދެކޮޅު ޖައްސާނެ ގޮތެއް ނުވިސްނެ އެވެ. ފެންނަން އޮތީ އެންމެ ކަމެކެވެ. އިޤްތިޞާދީ ވަޒީރަށް، އިޤްތިޞާދީ ޙާލަތު ރަނގަޅަށް އެނގިވަޑައި ނުގަންނަވަނީ އެވެ.

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ރައީސް ޔާމިން ވަޑައިގަންނަވަންވީ ގެދޮރުނެތް މީހުންނާއި ހާއްސަ އެހީ ބޭނުންވާ މީހުންގެ ގާތަށް!

ރައީސް ޔާމިން ވަޑައިގަންނަވަންވީ ގެދޮރުނެތް މީހުންނާއި ހާއްސަ އެހީ ބޭނުންވާ މީހުންގެ ގާތަށް!

08 އޮކްޓޯބަރު 2017
ވަޑައިގަންނަވާށޭ ކިލާހަށް "މަސީހީ"، ފިލާވަޅު ކިޔައި ދެއްވުމަށް ނަންގަވާ!

ވަޑައިގަންނަވާށޭ ކިލާހަށް "މަސީހީ"، ފިލާވަޅު ކިޔައި ދެއްވުމަށް ނަންގަވާ!

04 އޮކްޓޯބަރު 2017
ރައީސް ޔާމީނަށް ފައިސާ ލިބިވަޑައިގެންނެވި ފަސް ގޮތް!

ރައީސް ޔާމީނަށް ފައިސާ ލިބިވަޑައިގެންނެވި ފަސް ގޮތް!

16 އޯގަސްޓު 2017
ރައީސް ޔާމީނެވެ، މަނިކުފާނަށް އެނގި ވަޑައިގަންނަވަނީ ކޮންކަމެއް ހެއްޔެވެ؟

ރައީސް ޔާމީނެވެ، މަނިކުފާނަށް އެނގި ވަޑައިގަންނަވަނީ ކޮންކަމެއް ހެއްޔެވެ؟

11 އޯގަސްޓު 2017
އަދީބުގެ ސިޓީން ރާއްޖޭގެ ކޯޓްތައް ސަދޫމާ އެއްވަރުކަން އެނގިއްޖެ!؟

އަދީބުގެ ސިޓީން ރާއްޖޭގެ ކޯޓްތައް ސަދޫމާ އެއްވަރުކަން އެނގިއްޖެ!؟

16 ޖުލައި 2017

އަހަރުތަކުން މިއަދު

17 ފެބުރުއަރީ
ސިނގިރޭޓު އަގު ބޮޑު ކުރި ހަގީގީ ސަބަބު ފޮރުވަން ރައީސް މުއިއްޒު މަސައްކަތް ކުރައްވާ ވަރަކަށް ހަގީގަތް ފަޅާ އަރަނީ!
20251 އަހަރު ކުރިން
ރިޕޯޓު

ސިނގިރޭޓު އަގު ބޮޑު ކުރި ހަގީގީ ސަބަބު ފޮރުވަން ރައީސް މުއިއްޒު މަސައްކަތް ކުރައްވާ ވަރަކަށް ހަގީގަތް ފަޅާ އަރަނީ!

މަސްވެރިންގެ މުޒާހަރާ: ''އަޑު ނާހާނަމަ އިރުއޮއްސި 6:00 އާ ހަމައަށް ކޫއްޑޫގެ މަސްފެކްޓްރީގެ ޖަނަރޭޓަރުތައް ނިއްވާލާނަން''
20242 އަހަރު ކުރިން
ރާއްޖެ

މަސްވެރިންގެ މުޒާހަރާ: ''އަޑު ނާހާނަމަ އިރުއޮއްސި 6:00 އާ ހަމައަށް ކޫއްޑޫގެ މަސްފެކްޓްރީގެ ޖަނަރޭޓަރުތައް ނިއްވާލާނަން''

ގަޑިނުޖެހި ސަލާމް ނުބުނެ ވަޒީފާގައި 51 އަހަރު، ސިއްރަކީ ޞޯބިރާ ވަޒީފާ ދެކެވީ ލޯބި!
20233 އަހަރު ކުރިން
ރިޕޯޓު

ގަޑިނުޖެހި ސަލާމް ނުބުނެ ވަޒީފާގައި 51 އަހަރު، ސިއްރަކީ ޞޯބިރާ ވަޒީފާ ދެކެވީ ލޯބި!

ހުޅުމާލެ ދެވަނަ ފޭސްގައި ހިންގި މާރާމާރީ އެއްގައި 3 ބިދޭސީންނަށް އަނިޔާވެއްޖެ
20224 އަހަރު ކުރިން
ރާއްޖެ

ހުޅުމާލެ ދެވަނަ ފޭސްގައި ހިންގި މާރާމާރީ އެއްގައި 3 ބިދޭސީންނަށް އަނިޔާވެއްޖެ

އިންޓަރނެޓް ހޯދައި މަޖާކޮށްލަން އުޅުނީމާ އާގުބޯޓު އެރީ ފަރަށް
20215 އަހަރު ކުރިން
ރިޕޯޓު

އިންޓަރނެޓް ހޯދައި މަޖާކޮށްލަން އުޅުނީމާ އާގުބޯޓު އެރީ ފަރަށް

ރައީސް ޔާމީން ބަންދުކުރީ މާފުށި ޖަލުގައި
20197 އަހަރު ކުރިން
ރާއްޖެ

ރައީސް ޔާމީން ބަންދުކުރީ މާފުށި ޖަލުގައި

ރައީސް ޔާމީންގެ ނަން ކިޔަން އުޅެއުޅެ ވެސް ހޯރަފުށީ ދާއިރާގެ މެމްބަރަށް ނުކިޔުނު!
20188 އަހަރު ކުރިން
ރާއްޖެ

ރައީސް ޔާމީންގެ ނަން ކިޔަން އުޅެއުޅެ ވެސް ހޯރަފުށީ ދާއިރާގެ މެމްބަރަށް ނުކިޔުނު!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު