Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - businessAdvertisement
ވިޔަފާރި-އިގްތިސާދުއުރީދޫ އަހަރީ އާންމު ޖަލްސާ

އުރީދޫ އަހަރީ އާންމު ޖަލްސާ މާޗް 9 ގައި

22 ފެބުރުއަރީ 2025 | ހޮނިހިރު 08:10

މިއަހަރު ބާއްވާ އަހަރީ އާންމު ޖަލްސާގައި ބައިވެރިވެވޭނީ 7 މާރިޗު 2025 ވާ ހުކުރު ދުވަހުގެ ރޭގަނޑު 9:30 އާ ހަމައަށް ޖަލްސާގައި ބައިވެރިވުމަށް އެދި ރަޖިސްޓަރ ކުރާ ފަރާތްތަކަށް އެކަނި ކަމަށް އުރީދޫއިން ބުނެއެވެ.

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 22 ފެބުރުއަރީ 2025 | ހޮނިހިރު 08:10
އުރީދޫގެ 19 ވަނަ އަހަރީ ދުވަހާއިއެކު ރާއްޖޭގެ 60 އިންސައްތައަށް 5ޖީގެ ޚިދުމަތް ފުޅާކޮށްފި

އުރީދޫގެ 19 ވަނަ އަހަރީ ދުވަހާއިއެކު ރާއްޖޭގެ 60 އިންސައްތައަށް 5ޖީގެ ޚިދުމަތް ފުޅާކޮށްފި

އުރީދޫ މޯލްޑިވްސްއިން މިއަހަރު ބާއްވާ އަހަރީ އާންމު ޖަލްސާ 9 މާރިޗު 2025 ވާ އާދިއްތަ ދުވަހުގެ ރޭގަނޑު 9:30 ގައި ބޭއްވުމަށް ނިންމައިފިއެވެ.

އުރީދޫ އިން ބުނީ އަހަރީ އާންމު ޖަލްސާގައި ބައިވެރިވާން ރަޖިސްޓަރ ވާ ފަރާތްތަކަށް އޮންލައިންކޮށް ނުވަތަ ޖަލްސާ ބާއްވާ ތަންކަމުގައިވާ، އުރީދޫ މޯލްޑިވްސް ހެޑްކުއާޓަރސް (ހުޅުމާލޭގައި ހުންނަ އުރީދޫ މޯލްޑިވްސްގެ މައި އޮފީސް އިމާރާތް) އަށް ހާޒިރުވެގެން ބައިވެރިވެވޭނެއެވެ.

އުރީދޫ މޯލްޑިވްސް ހެޑްކުއާޓަރސް އަށް ހާޒިރުވެ ޖަލްސާގައި ބައިވެރިވުމުގެ ފުރުޞަތު ލިބޭނީ 50 (ފަންސާސް) ހިއްސާދާރުންނަށް ކަމަށް އުރީދޫއިން ބުނެއެވެ. އަދި މީގެ އިތުރުން، އޮންލައިންކޮށް ބައިވެރިވާން ބޭނުންވާ ފަރާތްތަކަށް "ފަހިވޯޓު" މެދުވެރިކޮށް ޖަލްސާގައި ބައިވެރިވުމުގެ އިންތިޒާމުތައް ހަމަޖައްސައިދެވޭނެއެވެ. އުރީދޫ މޯލްޑިވްސް ހެޑްކުއާޓަރސް އަށް ހާޒިރުވެ ޖަލްސާގައި ބައިވެރިވާ ފަރާތްތަކާއި، އޮންލައިންކޮށް ބައިވެރިވާ ފަރާތްތަކަށް، އެ މަޢުލޫމާތު 7 މާރޗު 2025 ވާ ބުދަ ހޮނިހިރު ދުވަހުގެ އިރޮއޮްސި 6:00 ގެ ކުރިން، އަންގާނެ ކަމަށް އުރީދޫއިން ބުނެއެވެ.

ޖަލްސާ ބާއްވާ ތަނަށް ހާޒިރުވެ ޖަލްސާގައި ބައިވެރިވުމަށް ރަޖިސްޓަރ ކޮށްފައިވާ ފަރާތްތަކަށް ޖަލްސާގައި ބައިވެރިވެވޭނީ އުރީދޫ މޯލްޑިވްސް ހެޑްކުއާޓަރސްއިންނެވެ. ޖަލްސާގައި އޮންލައިންކޮށް ބައިވެރިވެވޭނީ މޯލްޑިވްސް ސެކިއުރިޓީސް ޑިޕޮސިޓަރީ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް (އެމް.އެސް.ޑީ) ގެ އޮންލައިން ޖެނެރަލް މީޓިންގ މެނޭޖްމަންޓް ސިސްޓަމް ކަމުގައިވާ "ފަހިވޯޓު" މެދުވެރިކޮށެވެ.

އަދި މިއަހަރު ބާއްވާ އަހަރީ އާންމު ޖަލްސާގައި ބައިވެރިވެވޭނީ 7 މާރިޗު 2025 ވާ ހުކުރު ދުވަހުގެ ރޭގަނޑު 9:30 އާ ހަމައަށް ޖަލްސާގައި ބައިވެރިވުމަށް އެދި ރަޖިސްޓަރ ކުރާ ފަރާތްތަކަށް އެކަނި ކަމަށް އުރީދޫއިން ބުނެއެވެ.

މި އަހަރީ އާންމު ޖަލްސާގައި ބައިވެރިވެވޭނީ 18 ފެބްރުއަރީ 2025 ވާ އަންގާރަ ދުވަހުގެ މެންދުރު 2:00 އާ ހަމައަށް އުރީދޫ މޯލްޑިވްސްގެ ހިއްސާދާރުންގެ ދަފުތަރުގައި ހިމެނިފައިވާ ފަރާތްތަކަށެވެ. މި ޖަލްސާގެ އެޖެންޑާ އައިޓަމްތަކަށް ވޯޓުލާއިރު އަމިއްލައަށް ނުވަތަ ޕްރޮކްސީ މެދުވެރިކޮށް ބައިވެރިވާ ފަރާތްތަކަށް، އެ ފަރާތްތަކަށް ލިބިފައިވާ ކޮންމެ ހިއްސާއަކަށް 1 (އެކެއް) ވޯޓު ލިބޭނެއެވެ. އަދި ވޯޓިންގް ކުރިޔަށް ގެންދާނި އިލެކްޓްރޯނިކް (އީ-ވޯޓިންގް) ކޮށް "ފަހިވޯޓު" މެދުވެރިކޮށެވެ. ކުންފުނީގެ ހިންގާ ގަވާއިދުގެ 102 ވަނަ މާއްދާއާއި އެއްގޮތްވާގޮތުގެ މަތިން، މެޖޯރިޓީ ހިއްސާދާރު ކަމުގައިވާ ވަތަނިއްޔާ އިންޓަރނޭޝަނަލް އެފް.ޒެޑް-އެލް.އެލް.ސީ (ކުންފުނީގެ %90.5 ހިއްސާ ނިސްބަތްވާ ހިއްސާދާރު) އަށް 7 (ހަތެއް) ޑިރެކްޓަރުން ބޯޑަށް ޢައްޔަންކުރުމުގެ ބާރު ލިބިދީފައިވާތީ، އެޖެންޑާ އައިޓަމް 10 (ޑިރެކްޓަރުންގެ ބޯޑަށް ޑިރެކްޓަރުން އަލުން އިންތިޚާބުކުރުން) އަށް ވޯޓުލުމުގެ ފުރުޞަތު ލިބިގެންދާނީ ހަމައެކަނި ވަތަނިއްޔާ އިންޓަރނޭޝަނަލް އެފް.ޒެޑް-އެލް.އެލް.ސީއަށެވެ.

މި އަހަރީ އާންމު ޖަލްސާގައި ބައިވެރިވުމަށް ޝަރުތުހަމަވާ ހިއްސާދާރުން، ޖަލްސާގައި ބައިވެރިވާން ބޭނުންވާނަމަ، އެމް.އެސް.ޑީގެ އޮންލައިން ސިސްޓަމް "އިންފިނިޓީ" https://infinity.mv/ މެދުވެރިކޮށް ރަޖިސްޓަރކުރުމަށް (ޕްރީ-ރެޖިސްޓަރ ކުރުމަށް، ނުވަތަ ޕްރޮކްސީއެއް އައްޔަންކުރުމަށް، އަދި، އައްޔަން ކޮށްފައިވާ ޕްރޮކްސީ ބާތިލުކުރުމަށް) އެދިފައިވެއެވެ.

އުރީދޫ މޯލްޑިވްސް ހެޑްކުއާޓަރސްއަށް ހާޒިރުވެ އަހަރީ އާންމު ޖަލްސާގައި ބައިވެރިވާ ހިއްސާދާރުން (ޕްރީ-ރެޖިސްޓަރ ކޮށްފައިވާ ފަރާތްތައްވެސް) ޖަލްސާ ބޭއްވުމަށް ހަމަޖެހިފައިވާ ދުވަހުގެ (9 މާރިޗު 2025 ވާ އާދިއްތަ ދުވަހުގެ) ރޭގަނޑު 8.45 އާއި 9.30 އާ ދެމެދު އުރީދޫ މޯލްޑިވްސް ހެޑްކުއާޓަރސްއަށް ހާޒިރުވެ ރަޖިސްޓަރކުރަން ޖެހެއެވެ. ޖަލްސާއަށް ހާޒިރުވާއިރު ދިވެއްސެއްނަމަ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު އަދި ބިދޭސީއެއް ނަމަ ޕާސްޕޯޓު ހިފައިގެން ހާޒިރުވުމަށް އެދިފައިވެއެވެ. އަދި ޖަލްސާ ފެށުމުގެ ކުރިން ރެޖިސްޓަރ ނުކުރާ ފަރާތްތަކަށް ޖަލްސާގައި ބައިވެރިނުވެވޭނެ ކަމަށް އުރީދޫއިން ބުނެއެވެ.

މި އަހަރީ އާންމު ޖަލްސާގައި އޮންލައިންކޮށް ބައިވެރިވާ ހިއްސާދާރުންނާއި ޕްރޮކްސީ ހޯލްޑަރުން ޖަލްސާ ބޭއްވުމަށް ހަމަޖެހިފައިވާ ދުވަހުގެ (9 މާރިޗު 2025 ވާ އާދިއްތަ ދުވަހުގެ) ރޭގަނޑު 9.15 އާއި 9.30 އާ ދެމެދު، ލިބިފައިވާ ލޮގިން މަޢުލޫމާތު ބޭނުންކޮށް، ފަހިވޯޓު ސިސްޓަމަށް ލޮގިން ވާންޖެހޭނެއެވެ.

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

އިތުރަށް ކިޔާލަން

24 މާރިޗު 2017

އުރީދޫގެ ހެޑްކުއަޓަރޒް ހުޅުމާލޭގައި ޤާއިމްކުރަނީ

24 މާރިޗު 2017
އުރީދޫގެ ހެޑްކުއަޓަރޒް ހުޅުމާލޭގައި ޤާއިމްކުރަނީ
21 މާރިޗު 2017

ސްޕޫލްގެ ޚިދުމަތް އުރީދޫ އިން ރާއްޖެއަށް ތައާރަފް ކޮށްފި

21 މާރިޗު 2017
ސްޕޫލްގެ ޚިދުމަތް އުރީދޫ އިން ރާއްޖެއަށް ތައާރަފް ކޮށްފި
10 މާރިޗު 2017

ގެސްޓްހައުސް ދާއިރާއަށް ދިމާވާ ދަތިތައް ހައްލު ހޯދައިދިނުމަށް އުރީދޫއިން މަސައްކަތް ފަށައިފި

10 މާރިޗު 2017
ގެސްޓްހައުސް ދާއިރާއަށް ދިމާވާ ދަތިތައް ހައްލު ހޯދައިދިނުމަށް އުރީދޫއިން މަސައްކަތް ފަށައިފި
28 ފެބުރުއަރީ 2017

އެންމެ ވަރުގަދަ ޓެލެކޮމް ބްރޭންޑުތަކުގެ ގަދަ 50 ގައި އުރީދޫ ހިމެނިއްޖެ

28 ފެބުރުއަރީ 2017
އެންމެ ވަރުގަދަ ޓެލެކޮމް ބްރޭންޑުތަކުގެ ގަދަ 50 ގައި އުރީދޫ ހިމެނިއްޖެ
20 ފެބުރުއަރީ 2017

މިލޭނިއަމް ޔޫތް އެމްބެސެޑަރސް ޕްރޮގްރާމް އަށް އުރީދޫއިން އެހީތެރިކަން ފޯރުކޮށްދީފި

20 ފެބުރުއަރީ 2017
މިލޭނިއަމް ޔޫތް އެމްބެސެޑަރސް ޕްރޮގްރާމް އަށް އުރީދޫއިން އެހީތެރިކަން ފޯރުކޮށްދީފި
08 ފެބުރުއަރީ 2017

އުރީދޫއިން ބޮލީވުޑަށް ހާއްސަ އިރޯސްނައޮ ޕްލެޓްފޯމް ތައާރަފްކޮށްފި

08 ފެބުރުއަރީ 2017
އުރީދޫއިން ބޮލީވުޑަށް ހާއްސަ އިރޯސްނައޮ ޕްލެޓްފޯމް ތައާރަފްކޮށްފި
02 ފެބުރުއަރީ 2017

އުރީދޫ ކަސްޓަމަރުންނާއި ތަޖުރިބާކާރުން ގުޅުވާލަދޭ ވަސީލަތެއް ތަޢާރަފް ކޮށްފި

02 ފެބުރުއަރީ 2017
އުރީދޫ ކަސްޓަމަރުންނާއި ތަޖުރިބާކާރުން ގުޅުވާލަދޭ ވަސީލަތެއް ތަޢާރަފް ކޮށްފި
10 ޖެނުއަރީ 2017

75 ޕަސެންޓް ރަށަށް އުރީދޫގެ G4 ނެޓްވާކް ފުޅާކޮށްފި

10 ޖެނުއަރީ 2017
75 ޕަސެންޓް ރަށަށް އުރީދޫގެ G4 ނެޓްވާކް ފުޅާކޮށްފި
07 ޖެނުއަރީ 2017

އުރީދޫއަށް އަނެއްކާވެސް ޑީޑޮސް އެޓޭކުތަކެއް އަމާޒުވެއްޖެ

07 ޖެނުއަރީ 2017
އުރީދޫއަށް އަނެއްކާވެސް ޑީޑޮސް އެޓޭކުތަކެއް އަމާޒުވެއްޖެ
06 ޖެނުއަރީ 2017

ސަބްމެރިން ކޭބަލް މުޅި ރާއްޖޭގައި އެޅުމުގެ އަމަލީ މަސައްކަތް އުރީދޫ އިން ނިންމާލައިފި

06 ޖެނުއަރީ 2017
ސަބްމެރިން ކޭބަލް މުޅި ރާއްޖޭގައި އެޅުމުގެ އަމަލީ މަސައްކަތް އުރީދޫ އިން ނިންމާލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް