Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
މުއިއްޒުގެ ސަރުކާރު

ފެނިގެންދަނީ ދޮގުމައްޗަށް ދޮގުހަދާ ރައްޔިތުން އަޅުދާސްތުވާންޖެހޭ ހާލަތަށް ގައުމު ބަދަލުވެގެންދާ މަންޒަރު - އިހުސާން

އެމްޑީޕީ ވެރިކަމުގައި އިގްތިސާދު ބާރަށް ކުރިއަރައިގެން ދިޔައިރު މިހާރު އެ ހާލަތު ބަދަލުވެ ރައްޔިތުންގެ ހިތުގައި ވޭނީ ވިންދެއް ޖަހަމުންދޭ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 21 ފެބުރުއަރީ 2025 | ހުކުރު 01:48
މި ސަރުކާރުން މާދުރުނޫން މުސްތަގުބަލެއްގައި ދިރާސީ ކަލަންޑަރަށް އަނެއްކާ ވެސް ބަދަލުތައް ގެންނާނެ: އިހުސާން

މި ސަރުކާރުން މާދުރުނޫން މުސްތަގުބަލެއްގައި ދިރާސީ ކަލަންޑަރަށް އަނެއްކާ ވެސް ބަދަލުތައް ގެންނާނެ: އިހުސާން

ފެނިގެންދަނީ ދޮގުމައްޗަށް ދޮގު ހަދާ ރައްޔިތުން އަޅުދާސްވާންޖެހޭ ހާލަތަށް ގައުމު ބަދަލުވެގެންދާ މަންޒަރު ކަމަށް އެމްޑީޕީ ސަރުކާރުގެ އެޑިއުކޭޝަންގެ ޑެޕިއުޓީ މިިނިސްޓަރ އަދި އެމްޑީޕީގެ ގައުމީ މަޖިލިސް މެމްބަރު މުޙައްމަދު އިހުސާން ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ހަރުގެ ޖަލްސާގައި ވާހަކަދައްކަވަމުން އިހުސާން ވިދާޅުވީ ވަށައިގެން ހިނގާ ކަންކަމަށް ބަލާއިރު ފެނިގެންދަނީ ރައްޔިތުން އަޅުންނަށްވެ، ވެރިންނަށް އަޅުދާސް ވާންޖެހޭ ހާލަތަކަށް ގައުމު ބަދަލުވަމުންދާ މަންޒަރު ކަމަށެވެ. ގައުމުން ފެންނަނީ ނުފިލާނެފަދަ މާޔޫސްކަމެއްގައި ވާތަން ކަމަށާއި، ރައްޔިތުން މޮޅި ސާލުލައިގެން ދަތްދޮޅީގައި އަތްވިދިފައި ކުރާނެ ކަމެއްނެތިފައި ތިބި މަންޒަރު ކޮންމެ ދުވަހަކު ފެންނަމުންދާ ކަމަށް އިހުސާން ވިދާޅުވިއެވެ.

Advertisement - newsAdvertisement

އިހުސާން ވިދާޅުވީ ދިވެހިންގެ އުއްމީދުތައް ފެންނަނީ ވޭނީ ތަދެއްގައިވާތަން ކަމަށާއި، ދުވަހަކުވެސް އުއްމީދުތައް ހާސިލުނުވާނެ ދަރަޖައަކަށް މިފަހުގެ ތާރީހެއްގައި ދިވެހިންގެ ހާލަތު ދިޔަތަނެއް މި ނޫނީ ނުފެންނަ ކަމަށެވެ. އިހުސާން ވިދާޅުވީ އެމްޑީޕީ ސަރުކާރުގައި ދުނިޔެއަށް ކުރިމަތިވި ކޮވިޑްގެ ހާލަތާއި ގުޅިގެން އިގްތިސާދު ސުމަކަށް ވެއްޓުނު ނަމަވެސް، އޭގެ ފަހުން މުޅި ދުނިޔޭގައި އެންމެ ބާރަށް ކުރިއަރައިގެން ދިޔަ އިގްތިސާދުގެ ނަން ރާއްޖެއަށް ލިބިގެންދިޔަ ކަމަށެވެ.

އޭނާ ވިދާޅުވީ 2023 ވަނަ އަހަރު ވެރިކަން ނިމި މި ސަރުކާރާއި ވެރިކަން ހަވާލުކުރި އިރު، ކޮންމެ ދުވަހަކު އިގްތިސާދު ދިޔައީ ކުރިއަރަމުން ކަމަށެވެ. އިހުސާން ވިދާޅުވީ އެ ހާލަތު ކުޑަދުވަސްކޮޅެއްގެ ތެރޭގައި ބަދަލުވެ ދިވެހި ރައްޔިތުންގެ ހިތުގައި ވޭނީ ވިންދު ޖަހަމުންދާ ކަމަށެވެ.

މިއަދު އަޑުއިވުނު ވާހަކައަކީ، ރަށްރަށުގައި އީދު ފާހަގަކުރުމަށް ކުލަބޮކި ދިއްލުމަށް އެތައް މިލިއަން ރުފިޔާ ހަރަދުކުރާ ވާހަކަ. އެ ބޮކިތައް ދިއްލީމާ އަޅުގަނޑުމެންގެ ލޮލަށް އެ އަލިއެޅޭނެ. އެކަމަކު އެ އަލިން އަލިއެޅިގެން ކެންސަރު ބަލީގެ ފަރުވާ ކުރާ މީހާއަށް މިއަދު އޮތީ ކޮން ހިތްހަމަޖެހުމެއްތޯ؟ އެ އަލިން އަލި ލިބިގެން ހަކުބަލީގެ ފަރުވާ ހޯދާ މީހާއާއި ދިގުމުއްތަކަށް ބޭސްކުރާ މީހާއަށް އޮތީ ކޮން ހިތްހަމަޖެހުމެއްތޯ؟ ކޮންމެ ދުވަހަކު އިރު އަރާ އޮއްސެނީ އެ ބިރުވެރިކަމުގެތެރޭގައި. މި ހާލަތު ވަޒަންކޮށްލަށް ކުރެވުނީމާ ހިތަށް އަރަނީ، މި ގައުމު ގިސްލާ ރޯ އަޑު ތިބޭފުޅުންނަށް ނީވެނީހެއްޔޭ؟
އެމްޑީޕީގެ ގައުމީ މަޖިލިސް މެމްބަރު މުޙައްމަދު އިހުސާން

އިހުސާން ވިދާޅުވީ ރައީސް މުއިއްޒުގެ ރިޔާސީ ބަޔާނުގައި 2 ގަޑިއިރުވަންދެން ދޮގަކަށްފަހު ދޮގެއް ހަދައި ރައްޔިތުންނަށް އޮޅުވާލަމުންދިޔައީ އެއްވެއް އެއްޗެއް އެމަނިކުފާނުގެ ހިތްޕުޅަށް އަރައިވަޑައިނުގެން ކަަމަށެވެ. ރާއްޖޭގައި ހުކުރު ދުވަސް ބަންދު ދުވަހެއްގެ ގޮތުގައި ހަމަޖެއްސީ އެމަނިކުފާނުކަމަށް ވިދާޅުވި އިރު، ޒަމާންތަކެއް ވަންދެން ހުކުރު ދުވަހަކީ ރަސްމީ ބަންދު ދުވަހެއް ކަމަށް ރާއްޖޭގައި އޮތީ ކަނޑައަޅާފައި ކަމަށް އިހުސާން ވިދާޅުވިއެވެ.

އިހުސާން ވިދާޅުވީ ކުރީ ސަރުކާރުންވެސް ސްކޫލްތަކަށް އަންގާފައި އޮންނަނީ ހުކުރު ދުވަހު ސްކޫލްތަކުގައި ހަރަކާތްތައް ކުރިއަށް ނުގެންދަން ކަމަށާއި، ނަމަވެސް މި ސަރުކާރުން އެކަންކުރިކަން ދައްކަން މަސައްކަތް ކުރެއްވި ކަމަށެވެ. ރައީސްގެ ރިޔާސީ ބަޔާނުގައި، ހޮނިހިރު ދުވަހަކީ މުދައްރިސުން މަސައްކަތް ކުރަން ޖެހޭ ދުވަހެއްގެ ގޮތުގައި މި ސަރުކާރުން ދިރާސީ ކަލަންޑަރުގައި ހިމެނިކަމަށް ވިދާޅުވިނަމަ، އެމަނިކުފާނަށް ތެދުފުޅެއް ހެއްދެވުނީސް ކަމަށެވެ.

އެ މަސައްކަތް އެގޮތަށް ރޭވުމުގެ ސަބަބުން މިއަދު މުދައްރިސުން އުފުލަމުންދާ ތަކުލީފުގެ އަޑު އިވޭ. މުދައްރިސުން ތަމްރީން ކުރުމަށް ބޮޑު ޕްރޮޖެކްޓެއް ފަށައިފީމޭ، ސްކޯލަރޝިޕް އަރުވައިފީމޭ ވިދާޅުވީ. އެ ސްކޯލަރޝިޕް އެރުވީ ގްރޭޑް 11 ގައި ކިޔަވަމުންދިޔަ ދަރިވަރުންކޮޅަކަށް. އެކަމަކު އެދުވަހުގެ ރިޔާސީ ބަޔާނުގައި ރައީސް ވިދާޅުވީ އެ ކުދިން އެ މަރުހަލާ ފަށާނީ މަތީސާނަވީ މަރުހަލާ ނިންމުމަށްފަހުގައޭ. އެކުދިންނާއި ހަވާލުވި ލިޔުމުގައި އޮންނާނެ ގްރޭޑް 11 ނިންމާ މުދައްރިސުން ތަމްރީނުކުރުމުގެ ވާހަކަ. އަޅުގަނޑަކަށް ނޭނގޭ ގްރޭޑް 11 ނިމުނީމާ މަތީސާނަވީ ނިމޭނެ ގޮތެއް.
އެމްޑީޕީގެ ގައުމީ މަޖިލިސް މެމްބަރު މުޙައްމަދު އިހުސާން

އިހުސާން ވިދާޅުވީ މި ބީދައިން ކޮންމެ ދުވަހަކުވެސް މި ސަރުކާރުން ރައްޔިތުންނަށް މަކަރު ހަދާ އޮޅުވާލަމުންގެންދާ ކަމަށެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ރައްޔިތުންނަށް ޚިދުމަތް ކުރަން އައީ އެއްވެސް ބޭފުޅަކާ ހަނގުރާމަކުރާކަށް ނޫން: ރައީސް

ރައްޔިތުންނަށް ޚިދުމަތް ކުރަން އައީ އެއްވެސް ބޭފުޅަކާ ހަނގުރާމަކުރާކަށް ނޫން: ރައީސް

23 ޖެނުއަރީ 2017
ރައްޔިތުންނަށް އޮޅުވާލުމަށް ސަރުކާރުން ބޮޑެތި ޒަރީމާތަކެއް ހިންގާ: ޝިފާޒް

ރައްޔިތުންނަށް އޮޅުވާލުމަށް ސަރުކާރުން ބޮޑެތި ޒަރީމާތަކެއް ހިންގާ: ޝިފާޒް

22 ޖެނުއަރީ 2017
ސަރުކާރަށް ރައްޔިތުން އިތުބާރެއް ނުކުރޭ، ރައްޔިތުން ބޭނުންވަނީ ސަރުކާރު ބަދަލުކުރަން: ޝާހިދު

ސަރުކާރަށް ރައްޔިތުން އިތުބާރެއް ނުކުރޭ، ރައްޔިތުން ބޭނުންވަނީ ސަރުކާރު ބަދަލުކުރަން: ޝާހިދު

22 ޖެނުއަރީ 2017
އެމެރިކާގެ ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރު ކުރުން އެއީ އެންމެ އިސްކަންދޭ ކަންތައް: އެމެރިކާ އެމްބަސީ

އެމެރިކާގެ ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރު ކުރުން އެއީ އެންމެ އިސްކަންދޭ ކަންތައް: އެމެރިކާ އެމްބަސީ

20 ޖެނުއަރީ 2017
ރައްޔިތުންގެ މަޖިލީހުން ކުރަނީ އިހްލާސްތެރި މަސައްކަތްތަކެއް ނޫން: ޝިފާ

ރައްޔިތުންގެ މަޖިލީހުން ކުރަނީ އިހްލާސްތެރި މަސައްކަތްތަކެއް ނޫން: ޝިފާ

18 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

26 އެޕްރީލު
ތިން އެއްވުމާ އެކު، ރަޔަޓް ސިފައިން ވެސް ނެރެފި
20251 އަހަރު ކުރިން
ރާއްޖެ

ތިން އެއްވުމާ އެކު، ރަޔަޓް ސިފައިން ވެސް ނެރެފި

ކަރަންޓު ބިލު ވަރަށް ބޮޑުވެ، ރައްޔިތުން ރުޅިގަދަވެއްޖެ
20242 އަހަރު ކުރިން
ރާއްޖެ

ކަރަންޓު ބިލު ވަރަށް ބޮޑުވެ، ރައްޔިތުން ރުޅިގަދަވެއްޖެ

އަރީން - މުސްތަގްބަލުގައި ޑޮކްޓަރެއް، އެހެނަސް މަށި ފިލައިން ފެށުނު ޤުރުއާނުގެ ހަޔާތް ދޫކޮށްލާކަށް ބޭނުމެއްނުވޭ!
20233 އަހަރު ކުރިން
ރިޕޯޓު

އަރީން - މުސްތަގްބަލުގައި ޑޮކްޓަރެއް، އެހެނަސް މަށި ފިލައިން ފެށުނު ޤުރުއާނުގެ ހަޔާތް ދޫކޮށްލާކަށް ބޭނުމެއްނުވޭ!

ޕީއެސްޖީން ގިނަ ކުޅުންތެރިންތަކެއް ދޫކޮށްލަނީ!
20224 އަހަރު ކުރިން
ކުޅިވަރު

ޕީއެސްޖީން ގިނަ ކުޅުންތެރިންތަކެއް ދޫކޮށްލަނީ!

ގަޑިއިރެއް ވަންދެން ވައިގެ ތެރޭގައި ހަރުލާފައި ހުންނަ ކޮވިޑް ވޭރިއަންޓެއް ލަންކާއިން ފެނިއްޖެ
20215 އަހަރު ކުރިން
ދުނިޔެ

ގަޑިއިރެއް ވަންދެން ވައިގެ ތެރޭގައި ހަރުލާފައި ހުންނަ ކޮވިޑް ވޭރިއަންޓެއް ލަންކާއިން ފެނިއްޖެ

ލަންކާއާ ގުޅޭ ގޮތުން ސަބްރާ ދެއްވި ސްޕީޗު: ފުރިހަމަ، އެހާމެ އަސަރުގަދަ
20197 އަހަރު ކުރިން
ރިޕޯޓު

ލަންކާއާ ގުޅޭ ގޮތުން ސަބްރާ ދެއްވި ސްޕީޗު: ފުރިހަމަ، އެހާމެ އަސަރުގަދަ

ބައްޕާފުޅު ފަސްދާނުލާފައިވާ ސަހަރާގައި މަރިޔަމް ސަޢީދު ފަސްދާނުލައިފި
20188 އަހަރު ކުރިން
ރާއްޖެ

ބައްޕާފުޅު ފަސްދާނުލާފައިވާ ސަހަރާގައި މަރިޔަމް ސަޢީދު ފަސްދާނުލައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު