Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއިނގިރޭސި ޕްރިމިއާ ލީގު

އެސްޓަން ވިލާ ކައިރިން ލިވަޕޫލަށް ޕޮއިންޓެއް

މެޗު އެއްވަރުވެ ޕޮއިންޓެއް ލިބުނު ނަމަވެސް، އެއް ވަނައިގައި ލިވަޕޫލް އޮތީ އަށް ޕޮއިންޓުގެ ލީޑަކުންނެވެ. މިހާތަނަށް ކުޅެފައިވާ 26 މެޗުން ލިވަޕޫލަށް ލިބެނީ 61 ޕޮއިންޓެވެ. ލިވަޕޫލަށް ވުރެ އެއް މެޗު މަދުން ކުޅެގެން ދެ ވަނައިގައި އާސެނަލަށް ލިބެނީ 53 ޕޮއިންޓެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 20 ފެބުރުއަރީ 2025 | ބުރާސްފަތި 04:39
ލިވަޕޫލް އަދި އެސްޓަން ވިލާ ކުޅުނު މެޗަށްފަހު ޞަލާޙު

ލިވަޕޫލް އަދި އެސްޓަން ވިލާ ކުޅުނު މެޗަށްފަހު ޞަލާޙު

އިނގިރޭސި ޕްރިމިއާ ލީގުގައި އެސްޓަލް ވިލާއާ ދެކޮޅަށް ކުޅުނު މެޗުން އެއްވަރުވެ، ލިވަޕޫލަށް ޕޮއިންޓަކުން ފުއްދާލަން ޖެހިއްޖެ އެވެ.

އެސްޓަން ވިލާގެ އަމިއްލަ ދަނޑުގައި ބުދަ ދުވަހުގެ ރޭ މި ދެ ޓީމު ބައްދަލު ކުރި މެޗު ނިމުނީ 2-2 އިން އެއްވަރުވެގެންނެވެ. މެޗުގައި ލިވަޕޫލުން ލީޑު ނަގާފައި ވަނިކޮށް، އެސްޓަން ވިލާ އިން ވަނީ ފަހަތުން އަރައި ދެ ލަނޑު ޖަހައިގެން ލީޑު ނަގައިފަ އެވެ. ނަމަވެސް ދެ ވަނަ ހާފުގައި ޖެހި ލަނޑުން ލިވަޕޫލް ވަނީ ނަތީޖާ ހަމަހަމަ ކޮށްފަ އެވެ.

މެޗުގެ ފުރަތަމަ ހާފުގެ 29 ވަނަ މިނެޓުގައި ލިވަޕޫލަށް ލީޑު ނަގައިދިނީ މިޞްރުގެ ފޯވާޑު މުޙައްމަދު ޞަލާޙު އެވެ. އެއީ ޑިއޭގޯ ޖޮޓާ ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭނާ ޖެހި ލަނޑެކެވެ. އޭގެ ފަހުން ފުރަތަމަ ހާފުގެ 38 ވަނަ މިނެޓުގައި ޔޫރީ ޓިއެލަމަންސް ޖެހި ލަނޑުން އެސްޓަން ވިލާ އިން ވަނީ ނަތީޖާ ހަމަހަމަ ކޮށްފަ އެވެ.

މެޗުގެ ފުރަތަމަ ހާފުގެ ފުރިހަމަ ވަގުތު ހަމަވެ، އިތުރަށް ދެއްކި ވަގުތުގައި އެސްޓަން ވިލާ އިން ލީޑު ނެގީ އޮލޭ ވަޓްކިންސް ޖެހި ލަނޑުންނެވެ. އެ ލަނޑު ޖަހަން އޭނާ އަށް ފުރުސަތު ތަނަވަސްކޮށްދިނީ ލޫކަސް ޑިގްނީ އެވެ.

ދެ ވަނަ ހާފުގައި ލިވަޕޫލުން ވަނީ ލަނޑު ޖަހައި، މެޗުގެ ނަތީޖާ ހަމަހަމަ ކޮށްފަ އެވެ. މެޗުގެ 61 ވަނަ މިނެޓުގައި ޞަލާޙު ތަނަވަސްކޮށްދިން ފުރުސަތެއްގައި އެ ޓީމަށް ނަތީޖާ ހަމަހަމަ ކޮށްދިން ލަނޑު ޖެހީ ޓްރެންޓް އެލެގްޒެންޑާ އާނޯލްޑް އެވެ.

މެޗު އެއްވަރުވެ ޕޮއިންޓެއް ލިބުނު ނަމަވެސް، އެއް ވަނައިގައި ލިވަޕޫލް އޮތީ އަށް ޕޮއިންޓުގެ ލީޑަކުންނެވެ. މިހާތަނަށް ކުޅެފައިވާ 26 މެޗުން ލިވަޕޫލަށް ލިބެނީ 61 ޕޮއިންޓެވެ. ލިވަޕޫލަށް ވުރެ އެއް މެޗު މަދުން ކުޅެގެން ދެ ވަނައިގައި އާސެނަލަށް ލިބެނީ 53 ޕޮއިންޓެވެ.

މެޗުގެ އަދަދު ހަމަކޮށް، ފަރަގު ފަސް ޕޮއިންޓަށް ކުޑަ ކުރުމުގެ ފުރުސަތު އާސެނަލަށް އޮންނާނެ އެވެ.

އިތުރަށް ކިޔާލަން

14 މެއި 2017

ވެސްޓަމް ޔުނައިޓެޑް އަތުން ލިވަޕޫލަށް ފަސޭހަ މޮޅެއް

14 މެއި 2017
ވެސްޓަމް ޔުނައިޓެޑް އަތުން ލިވަޕޫލަށް ފަސޭހަ މޮޅެއް
27 އެޕްރީލު 2017

ދ.އަތޮޅު ތައުލީމީ މަރުކަޒު ބަލިކޮށް 18 އަހަރުންދަށުގެ ޗެމްޕިއަންކަން ވިލާ ހައި ސްކޫލަށް

27 އެޕްރީލު 2017
ދ.އަތޮޅު ތައުލީމީ މަރުކަޒު ބަލިކޮށް 18 އަހަރުންދަށުގެ ޗެމްޕިއަންކަން ވިލާ ހައި ސްކޫލަށް
22 އެޕްރީލު 2017

ބެޔާންއަށް މެއިންޒް ކައިރިން ސަލަމާތެއް ނުވެވުނު

22 އެޕްރީލު 2017
ބެޔާންއަށް މެއިންޒް ކައިރިން ސަލަމާތެއް ނުވެވުނު
22 އެޕްރީލު 2017

ވިލާ އިންޓަނޭޝަނަލް ހައި ސްކޫލް ފައިނަލަށް

22 އެޕްރީލު 2017
ވިލާ އިންޓަނޭޝަނަލް ހައި ސްކޫލް ފައިނަލަށް
20 އެޕްރީލު 2017

ވިލާ ސްކޫލުން ފަހަތުން އަރައި އަހުމަދިއްޔާ ސްކޫލް ބަލިކޮއްފި

20 އެޕްރީލު 2017
ވިލާ ސްކޫލުން ފަހަތުން އަރައި އަހުމަދިއްޔާ ސްކޫލް ބަލިކޮއްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު