Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ޔުއެފާ ޗެމްޕިއަންސް ލީގު

ޔުވެންޓަސް ކަޓުވާލައި، ޕީއެސްވީ ގަދަ 16 އަށް

މި ނަތީޖާ އާއެކު، ޔުވެންޓަސް ކަޓުވާލައި ޕީއެސްވީން މުބާރާތުގެ ގަދަ 16 ވަނަ ބުރުން ޖާގަ ހޯދީ އެގްރިގޭޓް ނަތީޖާ 4-3 އިންނެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 20 ފެބުރުއަރީ 2025 | ބުރާސްފަތި 04:38
ޕީއެސްވީ އަދި ޔުވެންޓަސް ކުޅުނު މެޗުގެ ތެރެއިން

ޕީއެސްވީ އަދި ޔުވެންޓަސް ކުޅުނު މެޗުގެ ތެރެއިން

ޔުއެފާ ޗެމްޕިއަންސް ލީގުގެ ޕްލޭ އޮފްގެ ދެ ވަނަ ލެގުގައި ޔުވެންޓަސްގެ މައްޗަށް ކުރި ހޯދައި، ޕީއެސްވީން މުބާރާތުގެ ގަދަ 16 ވަނަ ބުރުން ޖާގަ ހޯދައިފި އެވެ.

ޔުވެންޓަސްގެ އަމިއްލަ ދަނޑުގައި މި ދެ ޓީމު ކުޅުނު ފުރަތަމަ ލެގު އެ ޓީމުން ކާމިޔާބު ކުރީ 2-1 އިންނެވެ. އެހެންކަމުން ޔުވެންޓަސް އަށް ގަދަ 16ގެ އުންމީދު ބޮޑުއިރު، ޕީއެސްވީ އަށް ގަދަ 16 އިން ޖާގަ ލިބެން އޮތީ ދެ ވަނަ ލެގުގައި ޔުވެންޓަސްގެ މައްޗަށް ކުރި ހޯދައިގެންނެެވެ.

ޕީއެސްވީގެ އަމިއްލަ ދަނޑުގައި ބުދަ ދުވަހުގެ ރޭ ކުޅުނު ދެ ވަނަ ލެގުގައި އެ ޓީމުން ވަނީ 3-1 އިން ޔުވެންޓަސް ބަލިކޮށް، މުބާރާތުގެ ގަދަ 16 އިން ޖާގަ ހޯދައިފަ އެވެ.

މެޗުގައި ދެ ޓީމުން ވެސް ލަނޑުތައް ޖެހީ ދެ ވަނަ ހާފުގަ އެވެ. ދެ ވަނަ ހާފު ފަށައިގެން އަށް ވަނަ މިނެޓުގައި އިވާން ޕެރިސިޗް ވަނީ ލަނޑު ޖަހައި ޕީއެސްވީ އަށް ލީޑު ނަގައިދީފަ އެވެ. އެއާއެކު އެގްރިގޭޓް ނަތީޖާ ހަމަހަވި އެވެ.

ނަމަވެސް، އޭގެ ދިހަ މިނެޓު ފަހުން ޓިމޯތީ ވިއާ ވަނީ ލަނޑު ޖަހައި ޔުވެންޓަސް އަށް މެޗުގެ ނަތީޖާ އެއްވަރުކޮށް، އެގްރިގޭޓުން ކުރި ހޯދައިދީފަ އެވެ. އޭގެ ފަހުން މެޗުގެ 74 ވަނަ މިނެޓުގައި އިސްމާއީލް ސައިބަރީ ޖެހި ލަނޑުން، އަނެއްކާ ވެސް ޕީއެސްވީ ވަނީ މެޗުގައި ލީޑު ނަގައި، އެގްރިގޭޓް އެއްވަރުކޮށްފަ އެވެ.

މެޗުގެ ފުރިހަމަ ވަގުތު ހަމަވީއިރު، ދެ ޓީމު އެގްރިގޭޓުން އެއްވަރުވެފައި އޮތުމުން ދެން ވަނީ 15 މިނެޓުގެ ދެ ހާފު ކުޅެފަ އެވެ. މެޗުން ޕީއެސްވީ މޮޅުވީ އިތުރު ވަގުތުގެ ފުރަތަމަ ހާފުގައި ރަޔަން ފްލަމިންގޯ ޖެހި ލަނޑުންނެވެ.

މި ނަތީޖާ އާއެކު، ޔުވެންޓަސް ކަޓުވާލައި ޕީއެސްވީން މުބާރާތުގެ ގަދަ 16 ވަނަ ބުރުން ޖާގަ ހޯދީ އެގްރިގޭޓް ނަތީޖާ 4-3 އިންނެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ޓީސީގެ އަޑު ގަދަ، ތަށި ހިފައިގެން ގައުމަށް އަންނަތަން ދެކެން ބޭނުން

ޓީސީގެ އަޑު ގަދަ، ތަށި ހިފައިގެން ގައުމަށް އަންނަތަން ދެކެން ބޭނުން

02 މާރިޗު 2017
އިޓާލިއަން ކަޕް ސެމީގެ ފުރަތަމަ ލެގް ޔުވެންޓަސްއަށް

އިޓާލިއަން ކަޕް ސެމީގެ ފުރަތަމަ ލެގް ޔުވެންޓަސްއަށް

01 މާރިޗު 2017
އޭއެފްސީ ކަޕް: ވެލެންސިއާ އިން ވަރުގަދަ މޯހަން ބާގަން ހިފަހައްޓައިފި

އޭއެފްސީ ކަޕް: ވެލެންސިއާ އިން ވަރުގަދަ މޯހަން ބާގަން ހިފަހައްޓައިފި

21 ފެބުރުއަރީ 2017
ޝައިހް ކަމާލް ކަޕްގެ ގުރު ނަގައިފި، ޓީސީ ވަރުގަދަ ގްރޫޕެއްގައި

ޝައިހް ކަމާލް ކަޕްގެ ގުރު ނަގައިފި، ޓީސީ ވަރުގަދަ ގްރޫޕެއްގައި

14 ފެބުރުއަރީ 2017
ޝައިޚް ކަމާލް ކަޕްގައި ބަންގްލަދޭޝްގެ ޗެމްޕިއަންއާއެކު ވަރުގަދަ ކްލަބުތަކެއް

ޝައިޚް ކަމާލް ކަޕްގައި ބަންގްލަދޭޝްގެ ޗެމްޕިއަންއާއެކު ވަރުގަދަ ކްލަބުތަކެއް

31 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

4 މެއި
މަސްވެރިކަމުގެ ސިނާއަތް 2024 ގައި 48.4 އިންސައްތަ ދަށަށް ހިނގައްޖެ
20251 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

މަސްވެރިކަމުގެ ސިނާއަތް 2024 ގައި 48.4 އިންސައްތަ ދަށަށް ހިނގައްޖެ

ރާއްޖެޓީވީއަށް ސަރުކާރުގެ ކުންފުނިތަކުން ދެމުންއައި ހުރިހާ ސްޕޮންސަރތައް ކަނޑާލައިފި
20242 އަހަރު ކުރިން
ރާއްޖެ

ރާއްޖެޓީވީއަށް ސަރުކާރުގެ ކުންފުނިތަކުން ދެމުންއައި ހުރިހާ ސްޕޮންސަރތައް ކަނޑާލައިފި

ކެޕްޓަން ރަޝީދު: " އަޅުގަނޑުމެންނަށް ބޯޓު ނުޖައްސައި ފަރުޖެހޭކަށް ނެތް، ފިއުލްއެއްވެސް، ދާނެ ތަނެއްވެސް ނެތް"
20233 އަހަރު ކުރިން
ރިޕޯޓު

ކެޕްޓަން ރަޝީދު: " އަޅުގަނޑުމެންނަށް ބޯޓު ނުޖައްސައި ފަރުޖެހޭކަށް ނެތް، ފިއުލްއެއްވެސް، ދާނެ ތަނެއްވެސް ނެތް"

ބީޖީ ގަރާޖު ސަރަޙައްދުގައި މަރުވެފައި އޮތް މީހާއަކީ ކާކުކަން ދެނެގަނެފި
20224 އަހަރު ކުރިން
ރާއްޖެ

ބީޖީ ގަރާޖު ސަރަޙައްދުގައި މަރުވެފައި އޮތް މީހާއަކީ ކާކުކަން ދެނެގަނެފި

މަލިކު އިސްބަޣޫލު ފަނި ބުއިންތަ؟ މިއޮތީ ވަރަށް ތަފާތު ރެސިޕީއެއް
20215 އަހަރު ކުރިން
ލައިފް ސްޓައިލް

މަލިކު އިސްބަޣޫލު ފަނި ބުއިންތަ؟ މިއޮތީ ވަރަށް ތަފާތު ރެސިޕީއެއް

ހުކުރު މިސްކިތުގެ އާބާތުރަ ފިލުވުން- ވަޅުދިޔަ ހިއްކަން ފޭބީ ޑެޕިއުޓީ މިނިސްޓަރު
20197 އަހަރު ކުރިން
ރާއްޖެ

ހުކުރު މިސްކިތުގެ އާބާތުރަ ފިލުވުން- ވަޅުދިޔަ ހިއްކަން ފޭބީ ޑެޕިއުޓީ މިނިސްޓަރު

ސައުދީގައި ފައްޅި އަޅަން ވެޓިކަން އާއިއެކު އެއްބަސްވެއްޖެ
20188 އަހަރު ކުރިން
ދުނިޔެ

ސައުދީގައި ފައްޅި އަޅަން ވެޓިކަން އާއިއެކު އެއްބަސްވެއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު