Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޔުއެފާ ޗެެމްޕިއަންސް ލީގު

ދެ ވަނަ ލެގުގައި ވެސް ކުރި ހޯދައި، ރެއާލް ގަދަ 16 އަށް

މޮޅާއެކު ރެއާލް އިން ގަދަ 16 ވަނަ ބުރުގެ ޖާގަ ހޯދީ، ދެ ލެގުގެ އެގްރިގޭޓް ނަތީޖާ 6-3 އިންނެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 20 ފެބުރުއަރީ 2025 | ބުރާސްފަތި 04:35
މެޗުގައި ލަނޑު ޖެހުމަށްފަހު އެމްބާޕޭ އުފާ ފާޅު ކުރަނީ

މެޗުގައި ލަނޑު ޖެހުމަށްފަހު އެމްބާޕޭ އުފާ ފާޅު ކުރަނީ

ޔުއެފާ ޗެމްޕިއަންސް ލީގުގެ ޕްލޭ އޮފްގެ ދެ ވަނަ ލެގުގައި ވެސް މެންޗެސްޓަރ ސިޓީ ބަލިކޮށް، އެންމެ ފަހުގެ ޗެމްޕިއަން ރެއާލް މެޑްރިޑުން މުބާރާތުން ގަދަ 16 ވަނަ ބުރުން ޖާގަ ހޯދައިފި އެވެ.

މި ދެ ޓީމު ސިޓީގެ އިއްތިހާދު ސްޓޭޑިއަމްގައި ކުޅުނު ފުރަތަމަ ލެގު ރެއާލް އިން ކާމިޔާބު ކުރީ 3-2 އިންނެވެ. އެހެންކަމުން ރެއާލްގެ ދަނޑުގައި ދެ ވަނަ ލެގަށް ނިކުތްއިރު ވެސް އެ ޓީމަށް ފުރުސަތު އޮތީ ބޮޑުވެފަ އެވެ.

ބުދަ ދުވަހުގެ ރޭ ރެއާލްގެ އަމިއްލަ ދަނޑުގައި ސިޓީއާ ދެކޮޅަށް ކުޅުނު ދެ ވަނަ ލެގު އެ ޓީމުން ކާމިޔާބު ކުރީ 3-1 އިންނެވެ. މެޗުގައި ރެއާލް އިން ތިން ލަނޑު ޖަހާފައި ވަނިކޮށް، ސިޓީން އެއް ލަނޑު ޖެހި އެވެ.

މެޗު ފަށައިގެން ހަތަރު ވަނަ މިނެޓުގައި ރެއާލަށް ކުރި ހޯދައިދިނީ ފްރާންސްގެ ކެޕްޓަން ކީލިއަން އެމްބާޕޭ އެވެ. އެއީ ރައުލް އަސެންސިއޯ ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭނާ ޖެހި ލަނޑެކެވެ. އޭގެ ފަހުން ފުރަތަމަ ހާފުގެ 33 ވަނަ މިނެޓުގައި ރޮޑްރީގޯ ތަނަވަސްކޮށްދިން ފުރުސަތެއްގައި އެމްބާޕޭ ވަނީ ދެ ވަނަ ލަނޑު ޖަހައި، ރެއާލަށް ލީޑު ފުޅާ ކޮށްދީފަ އެވެ.

މެޗުގެ ދެ ވަނަ ހާފުގައި ވެސް ރެއާލުން ލަނޑު ޖަހާނެ ފުރުސަތުތަކެއް ތަނަވަސްކުރި އެވެ. މެޗުގެ 61 ވަނަ މިނެޓުގައި އެމްބާޕޭ ވަނީ ތިން ވަނަ ލަނޑު ޖަހައި މެޗުގައި އޭނާގެ ހެޓްރިކް ހަމަކޮށްފަ އެވެ. އެއީ ފެޑްރިކޯ ވަލްވާޑޭ ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭނާ ޖެހި ލަނޑެކެވެ. މެޗުގައި ސިޓީގެ ހަމައެކަނި ލަނޑު، މެޗުގެ ފުރިހަމަ ވަގުތު ހަމަވެ އިތުރަށް ދެއްކި ވަގުތުގައި ޖެހީ ނިކޯ ގޮންޒާލޭޒް އެވެ.

މޮޅާއެކު ރެއާލް އިން ގަދަ 16 ވަނަ ބުރުގެ ޖާގަ ހޯދީ، ދެ ލެގުގެ އެގްރިގޭޓް ނަތީޖާ 6-3 އިންނެވެ.

އިތުރަށް ކިޔާލަން

27 ޖެނުއަރީ 2017

ފޯރިގަދަ ކުޅުމަކަށް ފަހު ވަވްރިންކާ ބަލިކޮށް ފެޑެރާ ފައިނަލަށް

27 ޖެނުއަރީ 2017
ފޯރިގަދަ ކުޅުމަކަށް ފަހު ވަވްރިންކާ ބަލިކޮށް ފެޑެރާ ފައިނަލަށް
26 ޖެނުއަރީ 2017

ކޮޕާ ޑެލްރޭ: ރެއާލް މެޑްރިޑް ކަޓުވާލުމަށްފަހު ސެލްޓަވިގޯ ސެމީއަށް

26 ޖެނުއަރީ 2017
ކޮޕާ ޑެލްރޭ: ރެއާލް މެޑްރިޑް ކަޓުވާލުމަށްފަހު ސެލްޓަވިގޯ ސެމީއަށް
25 ޖެނުއަރީ 2017

ރެއާލް ދޫކޮށްލުމަށްފަހު ޕެޕޭ ޗައިނާ ލީގަށް ބަދަލުވަނީ!

25 ޖެނުއަރީ 2017
ރެއާލް ދޫކޮށްލުމަށްފަހު ޕެޕޭ ޗައިނާ ލީގަށް ބަދަލުވަނީ!
22 ޖެނުއަރީ 2017

ރާމޯސްގެ ދެލަނޑާއެކު ރެއާލް ލީގުގެ އެއްވަނައިގައި ހަމަޖެހިލައިފި

22 ޖެނުއަރީ 2017
ރާމޯސްގެ ދެލަނޑާއެކު ރެއާލް ލީގުގެ އެއްވަނައިގައި ހަމަޖެހިލައިފި
17 ޖެނުއަރީ 2017

އާ ސީޒަނަށް ނުކުންނާނީ މާލޭ ލީގުގެ ގަދަ ހަތަރެއް ކަށަވަރުކުރަން: ޝަޒީން

17 ޖެނުއަރީ 2017
އާ ސީޒަނަށް ނުކުންނާނީ މާލޭ ލީގުގެ ގަދަ ހަތަރެއް ކަށަވަރުކުރަން: ޝަޒީން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު