Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރާއްޖެޓީވީ

ރައްޔިތުންނަށް ރައްޔިތުންގެ ބާރު ދެމި އޮންނާނީ ޒިންމާދާރު، މިނިވަން ރައްޔިތުން މަޖިލީހެއް އޮވެގެން: އަލީ ހުސެއިން

19 ފެބުރުއަރީ 2025 | ބުދަ 12:18

މަޖިލީހަށް މެމްބަރުން ހޮވާއިރު، އެއީ ޒިންމާދާރުކަމާއި އެކު ރައްޔިތުންގެ ހައްޤުގައި މިނިވަން ކަމާއި އެކު މަސައްކަތް ކުރާނެ ބައެއްތޯ ބަލަން ޖެހޭ

އަބްދުލް ހަންނާން މުހައްމަދް
އަބްދުލް ހަންނާން މުހައްމަދް | 19 ފެބުރުއަރީ 2025 | ބުދަ 12:18
ޤާނޫނީ ވަކީލް އަލީ ހުސެއިން ރާއްޖެ ޓީވީގެ ފަލަސުރުޚީ ޕްރޮގްރާމުގައި ވާހަކަދައްކަވަނީ

ޤާނޫނީ ވަކީލް އަލީ ހުސެއިން ރާއްޖެ ޓީވީގެ ފަލަސުރުޚީ ޕްރޮގްރާމުގައި ވާހަކަދައްކަވަނީ

ގައުމުގެ ރައްޔިތުންނަށް، އެ ރައްޔިތުންގެ ބާރު ފުރިހަމައަށް ލިބި، ރައްޔިތުންގެ ބާރު ދެމިއޮންނާނީ ޒިންމާދާރުކަމާއި އެކު ރައްޔިތުންގެ ހައްޤުގައި މަސައްކަތް ކުރާ މިނިވަން މަޖީލީހެއް އޮވެގެން ކަމަށް ކެންދޫ ދާއިރާގެ ކުރީގެ މަޖިލިސް މެންބަރު، އަދި މަޝްޙޫރު ޤާނޫނީ ވަކީލް އަލީ ހުސެއިން ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ސިޔާސީ ޕާޓީ ބަދަލު ކުރުމުން ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީ އަށް ގެނައި އިސްލާހާއި ގުޅިގެން ރާއްޖެ ޓީވީ ފަލަސުރުޚީ ޕްރޮގްރާމުގައި ވާހަކަދައްކަވަމުން އަލީ ހުސެއިން ވިދާޅުވީ މަޖިލީހަށް މެމްބަރުން ހޮވަން ވޯޓުލާއިރު މަޖިލިހަށް ހޮއްވަވާ ބޭފުޅުން ޒިންމާދާރުކަމާއި އެކު ރައްޔިތުންގެ ހައްޤުގައި މިނިވަން ކަމާއި އެކު މަސައްކަތް ކުރާނެތޯ ގައުމުގެ ރައްޔިތުން ވަރަށް ބޮޑަށް ބަލައި ޔަގީން ކުރަން ޖެހޭނޭ ކަމަށެވެ.

Advertisement - newsAdvertisement

އަލީ ހުސެއިން ވިދާޅުވީ ވެރިކަމުގެ ހުރިހާބާރެއްވެސް ފެށިގެން އަންނަނީ ރައްޔިތުންގެ ކިބައިން ކަމަށާއި އެހެން ކަމުން އެ ބާރުތައް އެގޮތުގައި ދެމިއޮންނާނީ ޒިންމާދާރު، މިނިވަން މަޖިލީހެއް އޮވެގެން ކަމަށެވެ. އަދި އެފަދަ މަޖިލީހެއް އޮންނާނީވެސް ރައްޔިތުން މަޖިލިސް އިންތިޚާބުގައި ވޯޓުލާއިރު، މި ދެންނެވި ކަންކަމަށް ވިސްނައިގެން މެމްބަރުން ހޮވުމުންކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އަލީ ހުސެއިން ވިދާޅުވީ ރައްޔިތުންގެ މަންދޫބުން ގެ ގޮތުގައި ތިއްބެވި މަޖިލިސް މެމްބަރުން ސަރުކާރުގެ މެމްބަރުންނަށް ނުވަތަ ޕާޓީގެ މެމްބަރުންނަށް ބަދަލުވީމައި ދެން ދައުލަތެއް ނޯންނާނޭ ކަމަށެވެ.

އަދި އެފަދަ ދައުލަތަކުން ދެން ފެނިގެން ދާނީ ފަސާދައާއި، މުޅި ނިޒާމް ގަޑުބަޑުވެ، ދައުލަތް ދަރަނިވެ، އަވަށްޓެރި ގައުމުތަކުގެ ކުރިމަތީގައި ނާށިގަނޑު ހިފައިގެން ސަލާން ޖަހަން ޖެހޭ ހިސާބަށް ދައުލަތުގެ ކަންކަން ގޮސްފައިވާ ކަމަށް އަލީ ހުސެއިން ވިދާޅުވިއެވެ.

ހަޤީޤަތުގައި ވެސް މި ދައުލަތުގެ ކަންކަން ގޯސްވެގެން މިދިއައީ ރައްޔިތުންގެ މަންދޫބުންނަށް ތިއްބެވި މަޖިލިސް މެމްބަރުން ސަރުކާރުން ކުރާހައި ކަމަކަށް އާން ހޫން ކިޔައިގެން ސަނާކިޔައިގެން ތިބީމައި
ކެންދޫ ދާއިރާގެ ކުރީގެ މަޖިލިސް މެންބަރު، އަދި މަޝްޙޫރު ޤާނޫނީ ވަކީލް އަލީ ހުސެއިން

އަލީ ހުސެއިން ވިދާޅުވީ ރައްޔިތުންގެ ފަރާތުން މަޖިލީހަށް މެމްބަރުން ހޮވާފައި މި ތިބެނީ ސަރުކާރުން ކުރާ ގޯސްކަންތައްތައް ފާހަގަކޮށް، އެކަންކަން ހުއްޓުވާ، ސަރުކާރު ޖަވާބުދާރީ ކުރުވުމަށް ކަމަށެވެ. އެހެން ކަމުން ސަރުކާރު ޖަވާބުދާރީ ކުރުމަށް މެނުވި މަޖިލިސް ފަންކްޝަން ކޮށްގެން ނުވާނޭ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އަލީ ހުސެއިން ވިދާޅުވީ ކޮންމެ ދާއިރާއަކުންވެސް މަޖިލީހަށް އިންތިޚާބުވާ މެމްބަރަކަށް އެ ދާއިރާގެ ރައްޔިތުން ގުޅުއްވާފައި ޖަވާބުދާރީ ކުރުވުމަށް ނަސޭހަތްތެރިވާން ޖެހޭ ކަމަށެވެ.

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

10 އަހަރު ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުމަށް ފަހު، ރޮނާލްޑޯ އާއި ޖޯޖީނާ ކައިވެނިކޮށްފި

އިތުރަށް ކިޔާލަން

20 ޖެނުއަރީ 2017

ޕާޓީގެ ހަމަޖެހުން އޮންނާނީ އުސޫލުތަކަށް ތަބާވެގެން: ރައީސް ޔާމިން

20 ޖެނުއަރީ 2017
ޕާޓީގެ ހަމަޖެހުން އޮންނާނީ އުސޫލުތަކަށް ތަބާވެގެން: ރައީސް ޔާމިން
18 ޖެނުއަރީ 2017

ރައްޔިތުންގެ މަޖިލީހުން ކުރަނީ އިހްލާސްތެރި މަސައްކަތްތަކެއް ނޫން: ޝިފާ

18 ޖެނުއަރީ 2017
ރައްޔިތުންގެ މަޖިލީހުން ކުރަނީ އިހްލާސްތެރި މަސައްކަތްތަކެއް ނޫން: ޝިފާ
16 ޖެނުއަރީ 2017

ކަންކަން ހައްލުކުރެވޭނީ ހަމައެކަނި ރައްޔިތުންގެ އިންޤިލާބަކުން: ޑރ. މުސްތަފާ

16 ޖެނުއަރީ 2017
ކަންކަން ހައްލުކުރެވޭނީ ހަމައެކަނި ރައްޔިތުންގެ އިންޤިލާބަކުން: ޑރ. މުސްތަފާ
15 ޖެނުއަރީ 2017

"ބާރުވެރިކަމުގައި ތިބުމަށް ކުރާ އުއްމީދު ފަނާވެ ދާތަން އަނެއްކާވެސް ދެކޭނަން"

15 ޖެނުއަރީ 2017
 "ބާރުވެރިކަމުގައި ތިބުމަށް ކުރާ އުއްމީދު ފަނާވެ ދާތަން އަނެއްކާވެސް ދެކޭނަން"
14 ޖެނުއަރީ 2017

އިންޑޮނީޝިޔާއަށް 5.6 ގެ ބާރުމިނުގެ ބިންހެލުމެއް އަތުވެއްޖެ

14 ޖެނުއަރީ 2017
އިންޑޮނީޝިޔާއަށް 5.6 ގެ ބާރުމިނުގެ ބިންހެލުމެއް އަތުވެއްޖެ
11 ޖެނުއަރީ 2017

ގަދަބާރުން ވެރިކަން ކުރުމަށްޓަކައި މަގުބޫލު ލީޑަރުންގެ ފަހަތުން އަޅައިގަނެގެން އުޅޭނެ: ޝިފާޒް

11 ޖެނުއަރީ 2017
ގަދަބާރުން ވެރިކަން ކުރުމަށްޓަކައި މަގުބޫލު ލީޑަރުންގެ ފަހަތުން އަޅައިގަނެގެން އުޅޭނެ: ޝިފާޒް
07 ޖެނުއަރީ 2017

މި ސަރުކާރަށް ތާއީދެއް ނުކުރަން، އެގޮތުގައި ސާބިތު ކަމާއި އެކު ދެމިހުންނާނަން: މައުމޫން

07 ޖެނުއަރީ 2017
މި ސަރުކާރަށް ތާއީދެއް ނުކުރަން، އެގޮތުގައި ސާބިތު ކަމާއި އެކު ދެމިހުންނާނަން: މައުމޫން
07 ޖެނުއަރީ 2017

ލާމަރުކަޒީ ނިޒާމު އިޔާދަ ނުކޮށް "ދިވެހިރާއްޖެ ދެމިއޮންނާނެ ކަމަށް ޤަބޫލެއް ނުކުރެވޭ": ހަސަން ލަޠީފް

07 ޖެނުއަރީ 2017
ލާމަރުކަޒީ ނިޒާމު އިޔާދަ ނުކޮށް "ދިވެހިރާއްޖެ ދެމިއޮންނާނެ ކަމަށް ޤަބޫލެއް ނުކުރެވޭ": ހަސަން ލަޠީފް
07 ޖެނުއަރީ 2017

ރަށްރަށް ތަރައްގީ ކުރެވޭނީ ރައްޔިތުންގެ އިހުސާސް އެނގިގެން: ތޯރިގް

07 ޖެނުއަރީ 2017
ރަށްރަށް ތަރައްގީ ކުރެވޭނީ ރައްޔިތުންގެ އިހުސާސް އެނގިގެން: ތޯރިގް
07 ޖެނުއަރީ 2017

އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ

07 ޖެނުއަރީ 2017
އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް