Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެޤާނޫނުއަސާސީ އަށް ގެނައި އިސްލާހު

"ޤާނޫނުއަސާސީ އަށް އިސްލާހު ގެނައުގެ މައްސަލަ ސުޕްރީމްކޯޓަށް ނުބެލޭ ނަމަ މާދަމާ ފާސްކުރާ އިސްލާހަކުން ނިޒާމް ބަދަލުކުރިއަސް ކުރެވޭނެ ކަމެއް ނެތް"

ޤާނޫނުއަސާސީ އަށް ގެންނަ އިސްލާހެއްގެ މައްސަލަ ސުޕްރީމްކޯޓަށް ނުބެލޭނެ ކަމަށް ނިންމައިފި ނަމަ އެކަން ފަހުން ބެލޭނެ ގޮތެއް ނޯންނާނެ ކަމަށް ވަކީލު ވިދާޅުވި

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 17 ފެބުރުއަރީ 2025 | ހޯމަ 15:33
ސުޕްރީމްކޯޓުގެ އަޑުއެހުމުގެ ތެރެއިން

ސުޕްރީމްކޯޓުގެ އަޑުއެހުމުގެ ތެރެއިން

ޤާނޫނުއަސާސީ އަށް ގެންނަ އިސްލާހެއްގެ މައްސަލަ ސުޕްރީމްކޯޓަށް ނުބެލޭނެ ކަމަށް ނިންމައިފި ނަމަ މާދަމާ މަޖިލީހަށް ގެންނަ އެންމެ ބަދަލަކުން ނިޒާމު ބަދަލުކުރިޔަސް އެކަން ބެލޭނެ ގޮތެއް ވެސް ނޮއޮންނާނެ ކަމަށް ޤާނޫނީ ވަކީލް މަހްފޫޒް ސައީދު ވިދާޅުވެއްޖެއެވެ.

އޭނާ އެފަދައިން ވިދާޅުވީ ސިޔާސީ ޕާޓީއަކުން މަޖިލީހުގެ މެމްބަރަކު ވަކިކޮށްފި ނަމަ ނުވަތަ ވަކިވެއްޖެ ނަމަ ރައްޔިތުންގެ މަޖިލީހުގެ ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީ އަށް ގެނެސްފައިވާ އިސްލާހާއި ގުޅިގެން ސުޕްރީމްކޯޓަށް ހުށަހަޅާފައިވާ މައްސަލައިގައި ވަކާލާތު ކުރައްވަމުންނެވެ. ދައުލަތުން ވަކާލާތުކުރައްވާފައި ވަނީ މި މައްސަލަ ސުޕްރީމްކޯޓަށް ނުބެލޭނެ ކަމަށެވެ.

Advertisement - newsAdvertisement

ޤާނޫނުއަސާސީ އަށް އިސްލާހެއް ގެނައުމަށް މަޖިލީހުން ކުރާ ކޮންމެ ކަމަކީ ސުޕްރިމްކޯޓަށް ބެލޭނެ ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ.

ޤާނޫނުއަސާސީއަށް ގެންނަ އިސްލާހެއްގެ މައްސަލަ ސުޕްރީމްކޯޓުގައި ނުބެލޭނެ ކަމަށް ނިންމާ، އެފަދަ މައްސަލަތައް ބެލުމުގެ ދޮރު ބަންދުކޮށްލައިފި ނަމަ، އެއީ ދެވަނަ ފަހަރަށް ހުޅުވަން އުނދަނގޫ ދޮރަކަށް ވެގެން ދާނެ ކަމަށް އޭނާ ވިދާޅުވިއެވެ. ޑިމޮކްރެޓިކް މުޖުތަމައުތަކުގައި ނިންމާފައި ހުރި ނިންމުންތައް ބަލައިގަންނަން މި މައްސަލައިގެ ތެރެއިން ފުރުސަތު ލިބޭ ކަމަށް މަހްފޫޒް ވިދާޅުވިއެވެ. އެ ފުރުސަތު ދޫކޮށްލައިފި ނަމަ ސުޕްރީމް ކޯޓަށް މީގެ ފަހުން ހުށަހަޅާ މި ބާވަތުގެ އެއްވެސް މައްސަލަ އެއް ނުބެލޭނެ ކަމަށް މަހްފޫޒް ވިދާޅުވިއެވެ.

ޤާނޫން އަސާސީ އާއި ޚިލާފަށް ކަމެއް ކޮށްފިއްޔާ ބާތިލޭ ވާނީ. ކާކުތޯ ކަނޑައަޅަނީ؟ އިސްލާމް ދީނުގެ އަސްލަކާ ޚިލާފަށް ޤާނޫނެއް ނުހެދޭނެ ކަމަށް އެބަ އޮވޭ. އިސްލާމް ދީނުގެ އަސްލަކާ ޚިލާފުވޭތޯ ކަނޑައަޅަނީ ކާކުތޯ. އަމިއްލަ އަށް އެކަން ކަނޑައަޅާ ނަމަ ޤާނޫނެއް ޤާނޫނުއަސާސީ އެއް އެބަ އޮތްތޯ. ޤާނޫނު ބާތިލްކުރެވޭނީ މަޖިލީހަށް ނޫނީ ސުޕްރީމް ކޯޓެއް.
ޤާނޫނީ ވަކީލް މަހްފޫޒް ސައީދު

މި މައްސަލައިގައި ކަންބޮޑުވާ ކަމަކީ އަސާސީ ހައްގުތަކުގެ ބައިގައި ސީދާގޮތުން އަތް ނުލި ކަމުގައި ވީ ނަމަވެސް، ޤާނޫނުއަސާސީގައި ހިމެނޭ މާއްދާތަކުގެ ސަބަބުން މުޅި ދުސްތޫރީ ނިޒާމާއި އަސާސީ ހައްގަށް އުނިކަން އަންނާނެ ފަދަ ބަދަލެއް ގެނެވިދާނެތީ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

މިސާލަކަށް ވަޒީރުންގެ މަޖިލީހުގެ މެމްބަރުންނަކީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ވާން ޖެހޭ ކަމަށް ވަޒީރުންގެ ޝަރުތުރުތަކުގެ ތެރޭގައި ހިމެނުމުން، ޤާނޫނުއަސާސީ އެކުލަވާލަން ނެގި ނިޒާމީ ވޯޓުގެ ބާރު ކަނޑުވާލެވުނީ ކަމަށް އޭނާ ވިދާޅުވިއެވެ. މަޖިލީހުން ގެންނަ އެފަދަ ބަދަލަކުން މުޅި ނިޒާމް ބަދަލުކޮށްލިޔަސް، ޤާނޫނުއަސާސީ އަށް ގެންނަ ބަދަލުތައް ސުޕްރީމްކޯޓަށް ނުބެލޭ ނަމަ އެފަދަ މައްސަލަތައް ބެލޭނެ ގޮތެއް ނޯންނާނެ ކަމަށް މަހްފޫޒް ވިދާޅުވިއެވެ.

ރާއްޖޭގެ ޤާނޫނުއަސާސީ އާއި ޚިލާފަށް ކުރާ ކަންކަން ބާތިލް ކަމަށް ޤާނޫނުއަސާސީގައި ކަނޑައަޅާފައިވާ އިރު އެއީ ބާތިލް ކަމެއްކަން ނިންމާނީ ކޮން ފަރާތަކުންތޯ އޭނާ ސުވާލުކުރެއްވިއެވެ.

ޤާނޫނުއަސާސީސުޕްރީމް ކޯޓުމަޖިލީހުގެ މެމްބަރުންމަހްފޫޒް ސައީދު

އިތުރަށް ކިޔާލަން

06 ޑިސެމްބަރު 2025

ޑްރަގް އެތެރެކުރާ މީހުންނަށް މަރު ގެ އަދަބު ދޭ ބިލު، ރައީސް ތަސްދީގު ކުރައްވައިފި

06 ޑިސެމްބަރު 2025
ޑްރަގް އެތެރެކުރާ މީހުންނަށް މަރު ގެ އަދަބު ދޭ ބިލު، ރައީސް ތަސްދީގު ކުރައްވައިފި
06 ޑިސެމްބަރު 2025

އައްޑޫ ޑްރަގް ނެޓްވޯކުގައި ހިމެނޭ 10 މީހަކު ހައްޔަރުކޮށްފި

06 ޑިސެމްބަރު 2025
އައްޑޫ ޑްރަގް ނެޓްވޯކުގައި ހިމެނޭ 10 މީހަކު ހައްޔަރުކޮށްފި
05 ޑިސެމްބަރު 2025

ޕާޓީގެ މައިކްގައި ހިފާލުމުން ސަފީރުކަން ބަހާ ބެހުމަށް ނިމުމަކަށް ގެނެސް، ރައީސްއަށް މުތުލަގަށް ލިބޭ ބާރުތައް ހަނި ކުރަން ޖެހޭ: މެންބަރު މީކާއީލް

05 ޑިސެމްބަރު 2025
ޕާޓީގެ މައިކްގައި ހިފާލުމުން ސަފީރުކަން ބަހާ ބެހުމަށް ނިމުމަކަށް ގެނެސް، ރައީސްއަށް މުތުލަގަށް ލިބޭ ބާރުތައް ހަނި ކުރަން ޖެހޭ: މެންބަރު މީކާއީލް
03 ޑިސެމްބަރު 2025

ޑްރަގް އެތެރެކުރާ މީހުންނަށް މަރު ގެ އަދަބު ދެވޭ ގޮތް ހަދަން ފާސްކޮށްފި

03 ޑިސެމްބަރު 2025
ޑްރަގް އެތެރެކުރާ މީހުންނަށް މަރު ގެ އަދަބު ދެވޭ ގޮތް ހަދަން ފާސްކޮށްފި
01 ޑިސެމްބަރު 2025

އަތޮޅު ކައުންސިލް އުވާލާ ބިލު ރައީސް މުއިއްޒު ތަސްދީގު ކުރައްވައިފި

01 ޑިސެމްބަރު 2025
އަތޮޅު ކައުންސިލް އުވާލާ ބިލު ރައީސް މުއިއްޒު ތަސްދީގު ކުރައްވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު