Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އަދީބުގެ ޝަރީއަތް

އަދީބުގެ މައްޗަށް އިތުރު ދެ ދައުވާއެއްކޮށް މާދަމާ ޝަރީއަތް ފަށަނީ

ޖުލައި 31 ވަނަ ދުވަހު އަދީބަށް އަށް ދައުވާކުރި

އަޒުމޫން އަހުމަދު
އަޒުމޫން އަހުމަދު, ރާއްޖެ އެމްވީ | 22 އޯގަސްޓު 2017 | އަންގާރަ 11:42
އަދީބުގެ ޝަރީއަތުގެ އަޑުއެހުމަކަށް ފަހު ދޫނިދޫއަށް ގެންދަނީ

އަދީބުގެ ޝަރީއަތުގެ އަޑުއެހުމަކަށް ފަހު ދޫނިދޫއަށް ގެންދަނީ

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ މައްޗަށް އިތުރު ދެ ދައުވާއެއް އުފުލައި، އެ ދައުވާތަކުގެ ޝަރީއަތް ބުދަ ދުވަހު ފެށުމަށް ކްރިމިނަލް ކޯޓުގައި ތާވަލު ކޮށްފި އެވެ.

އަދީބުގެ މައްޗަށް ދެ ދައުވާއެއް ކޮށްފައި ވަނީ އެމްއެމްޕީއާރްސީ ޚިޔާނާތުގެ މައްސަލައިގަ އެވެ. އެގޮތުން ޖުލައި 31 ވަނަ ދުވަހު އަދީބުގެ މައްޗަށް އަށް ރަށެއްގެ މައްސަލައިގައި ދައުވާ ކޮށްފައިވަނިކޮށް، އިތުރު ދެ ރަށެއްގެ މައްސަލައިގައި މިމަހުގެ 15 ވަނަ ދުވަހު ވަނީ ދައުވާ ކޮށްފަ އެވެ.

މި 10 މައްސަލައިގައި އަދީބުގެ މައްޗަށް ކޮށްފައި ވަނީ މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާއެއް ހޯދައިދިނުމުގެ ދައުވާ އެވެ.

މިމަހުގެ ތެރޭގައި އުފުލި ދެ ދައުވާގެ ޝަރީއަތް ބުދަ ދުވަހު ފަށާއިރު، ޖުލައި މަހުގެ ތެރޭގައި އުުފުލި އަށް ދައުވާގެ ތެރެއިން އަށް ދައުވާގެ ޝަރީއަތް މިހާރު ވަނީ ފަށާފަ އެވެ. އެގޮތުން އެ މައްސަލަތަކުގެ ފުރަތަަމަ އަޑުއެހުން މިދިޔަ ބުރާސްފަތި ދުވަހު ވަނީ ބާއްވާފަ އެވެ.

އެ އަޑުއެހުމުގައި އަދީބު ވިދާޅުވީ މި މައްސަލަތަކުގައި ދައުވާ ކޮށްފައި މިވަނީ ރައީސް އޮފީހުން އަންނަން ޖެހޭ ސިޓީއެއް ލަސްވުމުން ކަމަށާއި އަދި ފަހުން އެ ސިޓީތައް ވެސް ލިބުނު ކަމަށެވެ.

ދައުވާތަކުގައި ބުނެފައިވަނީ ޓޫރިޒަމާބެހޭ ގާނޫނުގެ 4 ވަނަ މާއްދާއާ ޚިލާފަށް، އަށް ރަށެއްގައި ޓޫރިސްޓް ރިސޯޓް ތަރައްގީ ކުރުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ކަނޑައެޅުއްވުމުގެ ކުރިން، އެރަށްތައް 50 އަހަރު ދުވަހުގެ މުއްދަތަށް އެމްއެމްޕީއާރްސީއަށް ކުއްޔަށް ދޫކުރުމަށް އެގްރީމެންޓް ހަދާފައިވާ ކަމަށެވެ.

މިހާރު ވެސް ތިން މައްސަލައެއްގައި 33 އަހަރުގެ ޖަލު ހުކުމްތަކެއް ތަންފީޒް ކުރައްވަމުން ގެންދަވާ އަދީބުގެ މައްޗަށް، އޭސީސީން ތަހުގީގު ކުރި އެމްއެމްޕީއާރްސީ މައްސަލައާ ގުޅިގެން ޖުމްލަ 10 ދައުވާއެއް ކޮށްފައިވާއިރު، ކޯޓުގައި މިހާރު ވެސް އަދީބުގެ އިތުރު ދެ މައްސަލައެއް އެބައޮތެވެ. އެގޮތުން ރައީސް އަބްދުﷲ ޔާމީން އަވަހާރަކޮށްލަން ސްނައިޕަރަކު ގެނައި ކަމަށް ބުނެ އުފުލާފައިވާ ދައުވާއާއި، ހިބަޅިދޫ އިން ފެނުނު ހަތިޔާރުގެ މައްސަލައިގައި އުފުލާފައިވާ ދައުވާގެ މައްސަލަ ކޯޓުގައި އެބައޮތެވެ.

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ކެންޑިޑޭޓުންގެ މައްސަލާގައި އިލެކްޝަންސް ކޮމިޝަނާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލައިގެ އަޑުއެހުން މާދަމާ

ކެންޑިޑޭޓުންގެ މައްސަލާގައި އިލެކްޝަންސް ކޮމިޝަނާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލައިގެ އަޑުއެހުން މާދަމާ

23 ޖެނުއަރީ 2017
ކުރީގެ ވޯކްސް ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުގެ މައްޗަށް ކޮރަޕްޝަނުގެ ދައުވާކުރަން ފޮނުވައިފި

ކުރީގެ ވޯކްސް ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުގެ މައްޗަށް ކޮރަޕްޝަނުގެ ދައުވާކުރަން ފޮނުވައިފި

18 ޖެނުއަރީ 2017
ވިސާމްގެ ޝަރީއަތް: ހެކި ބަސް ނެގުން މާދަމާ!

ވިސާމްގެ ޝަރީއަތް: ހެކި ބަސް ނެގުން މާދަމާ!

17 ޖެނުއަރީ 2017
ޓެރަރިސްޓް ޖަމާއަތެއްގެ އިސް މީހެއް ކަމަށް ބުނެ ހައްޔަރުކުރި މީހާގެ މައްޗަށް ދައުވާ ކޮށްފި

ޓެރަރިސްޓް ޖަމާއަތެއްގެ އިސް މީހެއް ކަމަށް ބުނެ ހައްޔަރުކުރި މީހާގެ މައްޗަށް ދައުވާ ކޮށްފި

14 ޖެނުއަރީ 2017
ޑރ. ނާޒުގެ މިޕްސްޓާރ އިން އިތުރު ތިން ހިދްމަތެއް ދޭން ފަށައިފި

ޑރ. ނާޒުގެ މިޕްސްޓާރ އިން އިތުރު ތިން ހިދްމަތެއް ދޭން ފަށައިފި

12 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

16 މާރިޗު
ގްރިލްޑް ޕައިނެޕަލް
20251 އަހަރު ކުރިން
ލައިފް ސްޓައިލް

ގްރިލްޑް ޕައިނެޕަލް

ހަ މަހުގެ ތުއްތު ކުއްޖާ ގޮވައިގެން އައިޖީއެމްއެޗްގައި 8 ގަޑިއިރު، ޑޮކްޓަރަކާއި ދިމަލެއް ނުވި
20242 އަހަރު ކުރިން
ރިޕޯޓު

ހަ މަހުގެ ތުއްތު ކުއްޖާ ގޮވައިގެން އައިޖީއެމްއެޗްގައި 8 ގަޑިއިރު، ޑޮކްޓަރަކާއި ދިމަލެއް ނުވި

ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އޮނުގަސް އިންދާ އާލާކުރަނީ
20233 އަހަރު ކުރިން
ރާއްޖެ

ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އޮނުގަސް އިންދާ އާލާކުރަނީ

12 ކިލޯގެ މަސްތުވާތަކެތީގެ މައްސަލަ: ހައްޔަރުކުރި 3 މީހުން ތެރެއިން 2 މީހުން ވަރަށް ނުރައްކާތެރި
20224 އަހަރު ކުރިން
ރާއްޖެ

12 ކިލޯގެ މަސްތުވާތަކެތީގެ މައްސަލަ: ހައްޔަރުކުރި 3 މީހުން ތެރެއިން 2 މީހުން ވަރަށް ނުރައްކާތެރި

އެނަމާ ބޯޓުގެ ކާރިސާ: ކޯސްޓްގާޑުގެ ޑައިވަރުން ގޮވައިގެން އައި ފްލައިޓް ކާނޑެއްދޫއަށް ޖެއްސުނީ ސައްދާމުގެ ހިތްވަރުން!
20215 އަހަރު ކުރިން
ރިޕޯޓު

އެނަމާ ބޯޓުގެ ކާރިސާ: ކޯސްޓްގާޑުގެ ޑައިވަރުން ގޮވައިގެން އައި ފްލައިޓް ކާނޑެއްދޫއަށް ޖެއްސުނީ ސައްދާމުގެ ހިތްވަރުން!

ޕާޓީގެ އެދުމުގެ މަތިން، މަހިބަދޫ އެމްޑީޕީ ކެންޑިޑޭޓް ނަން އަނބުރާ ނަންގަވައިފި
20197 އަހަރު ކުރިން
ރާއްޖެ

ޕާޓީގެ އެދުމުގެ މަތިން، މަހިބަދޫ އެމްޑީޕީ ކެންޑިޑޭޓް ނަން އަނބުރާ ނަންގަވައިފި

ސަރުކާރަށް ކޮޅު ބެދުމުގެ ފެހި ސިގްނަލް
20188 އަހަރު ކުރިން
ރިޕޯޓު

ސަރުކާރަށް ކޮޅު ބެދުމުގެ ފެހި ސިގްނަލް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު