Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އެމްޑީޕީ

ރޯދަ މަސް އެކީ މަޖިލިސް ޗުއްޓީ އަށް ދާން އެމްޑީޕީ މެމްބަރުން ދެކޮޅު

ޕީއެންސީގެ ބޮޑު އަޣުލަބިއްޔަތެއް އޮންނަ އާންމު ކޮމިޓީން ވަނީ ރޯދަ މަސް ބަންދު ކުރަން ފާސް ކޮށްފައި

ރާއްޖެ އެމްވީ | 14 ފެބުރުއަރީ 2025 | ހުކުރު 19:26
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ ބައްވާ މާލަން

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ ބައްވާ މާލަން

މުޅި ރޯދަމަސް އެކީ ރައްޔިތުންގެ މަޖިލިސް ޗުއްޓީ އަށް ދާން މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) އަށް ނިސްބަތްވާ މަޖިލިސް މެމްބަރުން ދެކޮޅު ކަމަށް މެމްބަރުން ވިދާޅުވެއްޖެ އެވެ.

އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕްގެ ލީޑަރު އިބްރާހިމް ނާޒިލް ވިދާޅުވީ، ރަމަޟާން މަސް އެކުގައި މަޖިލިސް ބަންދު ކުރަން ތާއީދު ނުކުރައްވާ ކަމަށެވެ.

"މިކަން ކުރަން އުޅޭ މަގްސަދެއް ސާފެއް ނޫން، ސަރުކާރާއި، ޕްރައިވެޓް ސެކްޓަރ ވެސް ރޯދަ މަހު މަސައްކަތް ކުރޭ، އެހެން އެކަން އޮއްވާ މަޖިލިސް ބަންދު ކުރަން ޖެހޭ ސަބަބެއް ނެތް؛" ކަމަށް ނާޒިލް ވިދާޅުވިއެވެ.

އެމްޑީޕީގެ ޕާލިމެންޓަރީ ގުރޫޕްގެ ޑެޕިއުޓީ ލީޑަރު ހުސެއިން ޒިޔާދު (ފިއްޓޭ) ވިދާޅުވީ، އެއީ އެއް ގޮތަކަށް ވެސް ކުރަން އެއްބަސްވާނެ ކަމެއް ނޫން ކަމަށާއި، އެކަމާ އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕްގެ ހުރިހާ މެމްބަރުން ވެސް ދެކޮޅު ހަދާ ކަމުގައެވެ.

"ދުވާލަކު އެންމެ ދެ ގަޑި އިރު މަސައްކަތް ކުރަން މި ޖެހެނީ، އެވަރު ވަގުތު ކޮޅަކަށް މަސައްކަތް ނުކުރެވެން ޖެހޭ ސަބަބެއް ނެތް؛" ކަމަށް ފިއްޓޭ ވިދާޅުވިއެވެ.

އެމްޑީޕީގެ ސުޕަރ މެޖޯރިޓީ އޮތް 19 ވަނަ މަޖިލިހުގައި ވެސް ރޯދަ މަހު މަސައްކަތް ކުރިއަށް ގެންދިޔަ ކަން ފިއްޓޭ ވެސް ނާޒިލް ވެސް ފާހަގަ ކުރެއްވިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި، ވެރިކަން ކުރާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ އަޣުލަބިއްޔަތު އޮންނަ އާންމު ކޮމިޓީން ބުރާސްފަތި ދުވަހު ވަނީ ރޯދަ މަހު މަޖިލިސް ބަންދު ކުރަން ފާސް ވެސް ކޮށްފައެވެ.

އާންމު ކޮމިޓީގައި 11 މެމްބަރުން ތިއްބަވާއިރު، އެ ކޮމިޓީގައި ހިމެނެނީ އެމްޑީޕީ ގެ އެންމެ މެމްބަރެކެވެ. އެއީ ކަނޑިތީމު ދާއިރާގެ މެމްބަރު އަމީން ފައިސަލް އެވެ. އޭގެ އިތުރުން ކޮމިޓީގައި އެންމެ އަމިއްލަ މެމްބަރެއް ހިމެނިވަޑައިގަންނަވައެވެ. ދެން ތިއްބަވަނީ ޕީއެންސީ އަށް ނިސްބަތްވާ 9 މެމްބަރުންނެވެ.

މި ކަމާ ބެހޭ ގޮތުން ރާއްޖެޓީވީ އާ ވާހަކަ ދައްކަވަމުން އަމީން ވިދާޅުވީ، އާންމު ކޮމިޓީން ފާސް ކުރި ނަމަވެސް އެ ގޮތައް ފާސް ކުރަން އޭނާ ވޯޓު ނުދެއްވާ ކަމަށެވެ.

"ޕްރައިވެޓް ސެކްޓަރ ވެސް، ސިވިލް ސާވިސް ވެސް ރޯދަ މަހު މަސައްކަތް ކުރޭ، ދެން ކީއްވެތޯ އެންމެ 2 ގަޑިއިރު ރައްޔިތުންގެ މަޖިލިސް މެމްބަރުންނަށް މަސައްކަތް ނުކުރެވޭންވީ؟" އަމީން ވިދާޅުވިއެވެ.

"ރަމަޟާން މަހު މުސްލިމުންގެ ބޮޑެތި ހަނގުރާމަތައް ވެސް ހިނގާފައި އެބަހުރި، މަސައްކަތް ކުރުން ހުއްޓާލަން ޖެހޭ މަހެއް ނޫން އެއީ، މަޖިލިސް މެމްބަރުންނަށް ދެ ގަޑިއިރު މަސައްކަތް ކުރަން ބުރަވާން ޖެހޭ ސަބަބެއް ނެތް؛" އަމީން ފާހަގަ ކުރެއްވިއެވެ.

އަމީން އިތުރަށް ވިދާޅުވީ، މަޖިލިސް ޗުއްޓީން އައީ ވެސް ދާދި ފަހުން ކަމަށާއި، އަނެއްކާ މިހާ އަވަހަށް އެއް މަސް ދުވަހުގެ ޗުއްޓީ އެއް ނަގަން އެމްޑީޕީ މެމްބަރުން ތާއީދު ނުކުރާ ކަމަށެވެ.

ރޯދަ މަސް ބަންދު މަހެއްގެ ގޮތުގައި ކަނޑައަޅަން އާންމު ކޮމިޓީގެ ބައްދަލުވުމުގައި ޕީއެންސީ ގެ ހުރިހާ މެމްބަރުން ވޯޓު ދެއްވި ކަން އަމީން ފާހަގަ ކުރެއްވިއެވެ.

އިތުބާރު ހުރި މަސްދަރަކުން މައުލޫމާތު ލިބިފައިވާ ގޮތުގައި، ޕީއެންސީގެ ޕާލިމެންޓަރީ ގުރޫޕުން ވެސް މިހާރު ވަނީ ރޯދަ މަހަކީ މަޖިލިހުގައި މަސައްކަތް ނުކުރާ މަހަކަށް ހެދުމަށް ފާސް ކޮށްފައެވެ.

މި ކަމާ ބެހޭ ގޮތުން ވާހަކަ ދެއްކެވި އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕް ގެ މެމްބަރުން ވިދާޅުވީ، ރޯދަ މަސް ބަންދު ކުރުމާ ދެކޮޅު ހަދާ ޕާލިމެންޓަރީ ގްރޫޕުން ބަޔާނެއް ނެރުމަށް ތައްޔާރުވަމުން ދާ ކަމުގައެވެ.

ރޯދަ މަހަކީ ބަންދު މަހެއްގެ ގޮތުގައި ކަނޑައަޅަން މަޖިލިހުގެ އާންމު ކޮމިޓީން ނިންމުމަށް ފަހު އެ ގޮތައް ފާސް ކުރުމަށް މަޖިލިހުގެ ތަޅުމަށް ހުށަހަޅަން ޖެހޭނެއެވެ.

ބެލެވޭ ގޮތުގައި ރޯދަ މަހު މަސައްކަތް ކުރާ ގޮތައް އޮތް ނަމަވެސް ގިނަ ވެގެން ބޭއްވޭނީ އެންމެ 8 ޖަލްސާ އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

މަސްތުވާތަކެތީގެ މައްސަލައެއްގައި އުމުރަށް ޖަލަށްލުމަށް ހުކުމްކޮށްފައިވާ މީހަކު ކުޑަކުއްޖެއްގެ މައްސަލައެއްގައި ހޯދަނީ!

މަސްތުވާތަކެތީގެ މައްސަލައެއްގައި އުމުރަށް ޖަލަށްލުމަށް ހުކުމްކޮށްފައިވާ މީހަކު ކުޑަކުއްޖެއްގެ މައްސަލައެއްގައި ހޯދަނީ!

17 ޖެނުއަރީ 2017
ޝުމްބާގެ ޝަރީއަތް ކުރިއަށް ނުގެންދާތާ 11 މަސް، އަދިވެސް ޖަލުގައި

ޝުމްބާގެ ޝަރީއަތް ކުރިއަށް ނުގެންދާތާ 11 މަސް، އަދިވެސް ޖަލުގައި

16 ޖެނުއަރީ 2017
ރިޔާސީ ބަޔާން ހުށަހެޅުއްވުމާއި މަޖިލިސް ހުޅުވުން ފެބްރުއަރީ 6 ގައި

ރިޔާސީ ބަޔާން ހުށަހެޅުއްވުމާއި މަޖިލިސް ހުޅުވުން ފެބްރުއަރީ 6 ގައި

15 ޖެނުއަރީ 2017
ކޭކެއްގެ ތެރެއަށް ލައި ފޮރުވައިގެން ޖަލަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު އަންހެނަކު ހައްޔަރުކޮށްފި

ކޭކެއްގެ ތެރެއަށް ލައި ފޮރުވައިގެން ޖަލަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު އަންހެނަކު ހައްޔަރުކޮށްފި

14 ޖެނުއަރީ 2017
ލަންކާގެ ދެ މަސް ބޯޓާއި މަސްވެރިން ސަލާމަތްކޮށްދިނުމުން ލަންކާ ސަރުކާރުގެ ތަޢުރީގް ދިވެހި ސިފައިންނަށް

ލަންކާގެ ދެ މަސް ބޯޓާއި މަސްވެރިން ސަލާމަތްކޮށްދިނުމުން ލަންކާ ސަރުކާރުގެ ތަޢުރީގް ދިވެހި ސިފައިންނަށް

13 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

24 މާރިޗު
ރަސްދޫގައި ފިހުނު ޒުވާން ދެމަފިރިންގެ ހާލު ގޯސްވެ، ވެންޓިލޭޓަރަށް ލައިފި
20251 އަހަރު ކުރިން
ރާއްޖެ

ރަސްދޫގައި ފިހުނު ޒުވާން ދެމަފިރިންގެ ހާލު ގޯސްވެ، ވެންޓިލޭޓަރަށް ލައިފި

ރައްޔިތުން ބޯންވީމަ އިސްކުރު ފެން، ރައީސްގެ ގެކޮޅުގައި ބޭނުންކުރަން ޗައިނާ އިމްޕޯޓެޑް ލަގްޒަރީ ފެން
20242 އަހަރު ކުރިން
ރިޕޯޓު

ރައްޔިތުން ބޯންވީމަ އިސްކުރު ފެން، ރައީސްގެ ގެކޮޅުގައި ބޭނުންކުރަން ޗައިނާ އިމްޕޯޓެޑް ލަގްޒަރީ ފެން

ސުމާއާއި އާސިމާ: ރަންތާޖު ގުރުއާން މުބާރާތުގައި މަންމައާއި ދަރިފުޅު!
20233 އަހަރު ކުރިން
ރިޕޯޓު

ސުމާއާއި އާސިމާ: ރަންތާޖު ގުރުއާން މުބާރާތުގައި މަންމައާއި ދަރިފުޅު!

ޕެޓްރޯލް އޮފިސީ ސެލެބްރިޓީ ރޭހުގެ ބައެއް މަންޒަރުތައް ދައްކުވައިދޭ ޓްރެއިލަރެއް
20224 އަހަރު ކުރިން
ރިޕޯޓު

ޕެޓްރޯލް އޮފިސީ ސެލެބްރިޓީ ރޭހުގެ ބައެއް މަންޒަރުތައް ދައްކުވައިދޭ ޓްރެއިލަރެއް

ނޭޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމްގެ ދަށުން 3000 ޒުވާނުންނަށް ތަމްރީނު ދިނުމަށް ހުޅުވާލައިފި
20215 އަހަރު ކުރިން
ރާއްޖެ

ނޭޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމްގެ ދަށުން 3000 ޒުވާނުންނަށް ތަމްރީނު ދިނުމަށް ހުޅުވާލައިފި

އަޅުގަނޑުގެ ކެންޑިޑޭޓަކީ ސައްލެ، ވޯޓު ދެއްވުމަށް އާދޭހާ އެކު އެދެން: މިނިސްޓަރު އައިޝާ
20197 އަހަރު ކުރިން
ރާއްޖެ

އަޅުގަނޑުގެ ކެންޑިޑޭޓަކީ ސައްލެ، ވޯޓު ދެއްވުމަށް އާދޭހާ އެކު އެދެން: މިނިސްޓަރު އައިޝާ

އދ.ގެ ޕޮލިޓިކަލް އެފެއަރޒް ޑިޕާޓްމަންޓްގެ ޓީމެއް ރާއްޖޭގައި!
20188 އަހަރު ކުރިން
ރާއްޖެ

އދ.ގެ ޕޮލިޓިކަލް އެފެއަރޒް ޑިޕާޓްމަންޓްގެ ޓީމެއް ރާއްޖޭގައި!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު