Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޔުއެފާ ޗެމްޕިއަންސް ލީގު

ފެޔެނޫޑް އަތުން އޭސީ މިލާން ބަލިވެއްޖެ

މުބާރާތުގެ ގަދަ 16 ވަނަ ބުރުން ޖާގަ ހޯދުމަށް އޭސީ މިލާނަށް ޖެހޭނީ، ފެބްރުވަރީ މަހުގެ 18 ވަނަ ދުވަހު ކުޅޭ ދެ ވަނަ ލެގުގައި ފެޔެނޫޑު ބަލި ކުރާށެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 13 ފެބުރުއަރީ 2025 | ބުރާސްފަތި 07:01
މެޗުގައި ލަނޑު ޖެހުމަށްފަހު ފެޔެނޫޑުގެ ކުޅުންތެރިން އުފާ ފާޅު ކުރަނީ

މެޗުގައި ލަނޑު ޖެހުމަށްފަހު ފެޔެނޫޑުގެ ކުޅުންތެރިން އުފާ ފާޅު ކުރަނީ

ޔުއެފާ ޗެމްޕިއަންސް ލީގުގެ ޕްލޭ އޮފްގެ ފުރަތަމަ ލެގުގައި ފެޔެނޫޑާ ދެކޮޅަށް ކުޅުނު މެޗުން އޭސީ މިލާން ބަލިވެއްޖެ އެވެ.

ފެޔެނޫޑުގެ އަމިއްލަ ދަނޑުގައި ބުދަ ދުވަހުގެ ރޭ ކުޅުނު މެޗުގައި އެ ޓީމުން ވަނީ 1-0 އިން އޭސީ މިލާންގެ މައްޗަށް ކުރި ހޯދައިފަ އެވެ. މެޗުގައި ފެޔެނޫޑުން ލަނޑު ޖެހީ ވެސް މެޗުގެ ފުރަތަމަ ހާފުގަ އެވެ. މެޗުގައި ލަނޑު ޖަހާނެ ފުރުސަތުތަކެއް އޭސީ މިލާނުން ވެސް ވަނީ ތަނަވަސްކޮށްފަ އެވެ.

މެޗު ފަށައިގެން ތިން ވަނަ މިނެޓުގައި ފެޔެނޫޑުން ވަނީ އޭސީ މިލާން ކޮޅަށް ލަނޑު ޖަހައިފަ އެވެ. އެ ލަނޑު އެ ޓީމަށް ޖަހައިދިނީ އިގޯ ޕައިޒާއޯ އެވެ. މެޗުގައި ލަނޑު ޖެހުމަށް މިލާންގެ ރަފައެލް ލިއާއޯ އަށް ފުރުސަތު ލިބުނުއިރު، އެ ޓީމުގެ ޔާއޯ ފެލިކްސް އަށް ވެސް ވަނީ ލަނޑު ޖަހާނެ ފުރުސަތު ލިބިފަ އެވެ. މެޗުގައި ލީޑު ފުޅާ ކުރުމަށް ފެޔެނޫޑުގެ ހޫލިއަން ކަރަންޒާ އަށް ވެސް ވަނީ ފުރުސަތު ލިބިފަ އެވެ.

ފުރަތަމަ ލެގުން އޭސީ މިލާން ބަލިވެފައިވާއިރު، ޕްލޭ އޮފްގެ ދެ ވަނަ ލެގު އޮންނާނީ އެ ޓީމުގެ އަމިއްލަ ދަނޑުގަ އެވެ. މުބާރާތުގެ ގަދަ 16 ވަނަ ބުރުން ޖާގަ ހޯދުމަށް އޭސީ މިލާނަށް ޖެހޭނީ، ފެބްރުވަރީ މަހުގެ 18 ވަނަ ދުވަހު ކުޅޭ ދެ ވަނަ ލެގުގައި ފެޔެނޫޑު ބަލި ކުރާށެވެ.

އިތުރަށް ކިޔާލަން

05 ފެބުރުއަރީ 2017

ޕްރިމިއާ ލީގު: ކޭންގެ ލަނޑުން ޓޮޓެންހަމް ސަލާމަތްވިއިރު، ލިވަޕޫލް ބަލިވެއްޖެ

05 ފެބުރުއަރީ 2017
ޕްރިމިއާ ލީގު: ކޭންގެ ލަނޑުން ޓޮޓެންހަމް ސަލާމަތްވިއިރު، ލިވަޕޫލް ބަލިވެއްޖެ
02 ފެބުރުއަރީ 2017

އެކުވެރިކަމުގެ މެޗުގައި ނިއު އަތުން މާޒިޔާ މޮޅުވެއްޖެ

02 ފެބުރުއަރީ 2017
އެކުވެރިކަމުގެ މެޗުގައި ނިއު އަތުން މާޒިޔާ މޮޅުވެއްޖެ
01 ފެބުރުއަރީ 2017

ކޮޕާ އިޓަލިއާ: އިންޓަމިލާން ކަޓުވާލުމަށް ފަހު ލާޒިއޯ ސެމީ އަށް ދަތުރުކޮށްފި

01 ފެބުރުއަރީ 2017
ކޮޕާ އިޓަލިއާ: އިންޓަމިލާން ކަޓުވާލުމަށް ފަހު ލާޒިއޯ ސެމީ އަށް ދަތުރުކޮށްފި
31 ޖެނުއަރީ 2017

އިންޓަ މިލާން ބަލިކުރެވިއްޖެ ނަމަ ލީގު ތަށި ހޯދުމާ ގާތަށް ޖެހިލެވޭނެ: ހިގުއައިން

31 ޖެނުއަރީ 2017
އިންޓަ މިލާން ބަލިކުރެވިއްޖެ ނަމަ ލީގު ތަށި ހޯދުމާ ގާތަށް ޖެހިލެވޭނެ: ހިގުއައިން
27 ޖެނުއަރީ 2017

ހަލް ސިޓީ އަތުން ބަލިވި ކަމަށް ޤަބޫލެއް ނުކުރަން: މޮރީނިއޯ

27 ޖެނުއަރީ 2017
ހަލް ސިޓީ އަތުން ބަލިވި ކަމަށް ޤަބޫލެއް ނުކުރަން: މޮރީނިއޯ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު