Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޕިރަމިޑް ޕްރޮމޯޝަން

ޕިރަމިޑްގެ ފިހާރަތަކުން "މަންޗީމާރީ ބަންޑްލް ޕެކް" ޕްރޮމޯޝަނެއް ފަށައިގެން ކުރިއަށް ގެންދަނީ

12 ފެބުރުއަރީ 2025 | ބުދަ 14:42

ޕިރަމިޑްގެ ފަރާތުން މިފަހަރު ލޯންޗުކޮށްފައި ވަނީ މަންޗީ ބްރޭންޑްގެ މުޅިން އާ ވައްތަރެއްގެ ސޭވަރީ ބިސްކޯދު ޕެކެޓަކާއި ރިޒްބަރީ ކޫކިންގް ޗޮކްލެޓްގެ ޑާކް ޗޮކްލެޓް ހިމެނޭ ބަންޑްލް ޕެކެއް

އަބްދުލް ހަންނާން މުހައްމަދް
އަބްދުލް ހަންނާން މުހައްމަދް | 12 ފެބުރުއަރީ 2025 | ބުދަ 14:42
ޕިރަމިޑް ހިފާރައިގެ "މަންޗީމާރީ ބަންޑަލް ޕެކް" ޕްރޮމޯޝަނާއި ގުޅޭގޮތުން ޕިރަމިޑްގެ މާރކެޓިންގް މެނޭޖަރު މުހައްމަދު ސޮބާހު ރާއްޖެ ޓީވީއަށް އިންޓަވިއު ދެއްވަނީ

ޕިރަމިޑް ހިފާރައިގެ "މަންޗީމާރީ ބަންޑަލް ޕެކް" ޕްރޮމޯޝަނާއި ގުޅޭގޮތުން ޕިރަމިޑްގެ މާރކެޓިންގް މެނޭޖަރު މުހައްމަދު ސޮބާހު ރާއްޖެ ޓީވީއަށް އިންޓަވިއު ދެއްވަނީ

ޕިރަމިޑްގެ ފިހާރަތަކުން މުޅިން އަލަށް "މަންޗީމާރީ ބަންޑްލް ޕެކް"ގެ ނަމުގައި ޕްރޮމޯޝަނެއް ފަށައިފިއެވެ.

ޕިރަމިޑްގެ ފަރާތުން އަންނަ ރަމަޟާން މަހަށް ޚާއްޞަކޮށްގެން މިފަހަރު ލޯންޗުކޮށްފައި ވަނީ މަންޗީ ބްރޭންޑްގެ މުޅިން އާ ވައްތަރެއްގެ ސޭވަރީ ބިސްކޯދު ޕެކެޓަކާއި ރިޒްބަރީ ކޫކިންގް ޗޮކްލެޓްގެ ޑާކް ޗޮކްލެޓް ހިމެނޭ ބަންޑްލް ޕެކެކެވެ.

Advertisement - newsAdvertisement

"މަންޗީމާރީ ބަންޑްލް ޕެކް" އަކީ ޚާއްޞަކޮށް ރަމަޟާންމަހަށް ފޮނިކާތަކެތި ތައްޔާރުކޮށްލައިގެން ސުފުރާމައްޗަށް އަރުވާލުމުގެ ފުރުސަތު ލިބިގެންދާނޭ ޕެކެއްކަމަށް ޕިރަމިޑްގެ މާރކެޓިންގް މެނޭޖަރު މުހައްމަދު ސޮބާހު ވިދާޅުވިއެވެ. އަދި މި ޕެކާއި އެކު ފްރީކޮށް ކާތަކެތި ތައްޔާރު ކޮށްލެވޭނެ ގޮތުގެ ރެސިޕީތައް މި ފަހަރުގެ މި ޕެކްގައި ހިމަނާފައިވާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ސޮބާ ވިދާޅުވީ މި ބަންޑަލް ޕެކްގެ ޕްރޮމޯޝަން މި މަހުގެ ފުރަތަމަ ހަފަތާއިން ފެށިގެން ހުޅުވާލާފައިވާއިރު، ފިތުރު އީދު ދުވަހުގެ ނިޔަލަށް މި ޕްރޮމޯޝަން ކުރިއަށް ދާނޭ ކަމަށެވެ. އަދި މި ޕްރޮމޯޝަން ކުރިއަށް ދާއިރު، މި ޚާއްސަ ބަންޑަލް ޕެކްތައް ރާއްޖޭގެ ގިނަ ފިހާރަތަކުންނާއި، ސުޕަމާޓްތަކުންނާއި، ޕިރަމިޑްގެ އެކިއެކި ފިހާރަތަކުން ލިބެންހުންނާނޭ ކަމަށް ސޮބާހު ވިދާޅުވިއެވެ.

ސޮބާހު ވިދާޅުވީ ތިން ޖެނެެރޭޝަނަށް ދިގުދެމިގެންދާ މި މަންޗީމާރީގެ ރަހަތަކުން ފޮނިކާތަކެތިން ސުފުރާމަތި ފަޚުރުވެރިކަމާއި އެކު ފަޅުފިލުވާލުމަށް ޕިރަމިޑުން މި ހުޅުވާލި ޕްރޮމޯޝަނުގެ މި ފުރުސަތުގެ ބޭނުން ހިފުމަށް ހުރިހާ ކަސްޓަމަރުންނަށް ވެސް ދައުވަތު އަރުވާކަމަށެވެ.

ސޮބާހު ވިދާޅުވީ މިހާރު ކުރިއަށް ދާ މި ޕްރޮމޯޝަނަކީ އަބަދުވެސް ޕިރަމިޑްގެ ފިހާރާތުން ކޮންމެ ރަމަޟާން މަހަކާއި ދިމާކޮށް، ފަށާ ޕްރޮމޯޝަނެއް ކަމަށާއި އެގޮތުން "މަންޗީމާރީ ބަންޑްލް ޕެކް"ގެ މި ޕެކަކީ އޭގެ ތެރޭގައި ހިމެނޭ ވަރަށް ޑިމާންޑް ބޮޑު ޕްރޮމޯޝަނެއް ކަމަށެވެ.

އޭނާ ވިދާޅުވީ ޕިރަމިޑް އަކީ އަބަދުވެސް ކަސްޓަމަރުންނަށް ޕްރޮމޯޝަންތަކުގެ ތެރެއިން ވަރަށް ގިނަ ބާވަތްތައް އަގުހެޔޮކޮށް، ލިބޭނެ ގޮތްތައް ތަނަވަސްކޮށްދެމުން އަންނަ ފިހާރައެއް ކަމަށެވެ. އަދި އަބަދުވެސް ޕިރަމިޑްގެ ކަސްޓަމަރުންނަށް އެ ފުރުސަތު ހުޅުވިފައި އޮންނާނޭ ކަމަށް ސޮބާހު ވިދާޅުވިއެވެ.

ސޮބާހު ވިދާޅުވީ ޕިރަމިޑް ފިހާރަތަކުން މިހާރު ކުރިއަށް ގެންދާ މި ޕްރޮމޯޝަނަކީ ލިމިޓް ކޮށް ތައްޔާރުކޮށްގެން ގެންނަ އެއްޗެއް ކަމަށާއި އެހެން ކަމުން މަދު ކަސްޓަމަރުންނަށް ނަމަވެސް މި ފުރުސަތު ގެއްލިދާނެ ކަމަށް ގަބޫލުކުރެވޭ ކަމަށެވެ. އެހެން ކަމުން ފުރުސަތު އޮއްވާ އަވަހަކަށް އެ ޕްކެ ބައްލަވައިގަތުމަށް ކަސްޓަމަރުންނަށް ދައުވަތުދޭކަމަށް އޭނާ ވިދަޅުވިއެވެ.

ސޮބާހު ވިދާޅުވީ ޕިރަމިޑްގެ ފިހާރަތަކުން މިހާރު ކުރިއަށް ގެންދާ "މަންޗީމާރީ ބަންޑްލް ޕެކް" ރަސްމީ އަގަކީ 90 ރުފިޔާ ކަމަށާއި ނަމަވެސް މި ޕްރޮމޯޝަނުގެ ތެރޭގައި ބޮޑު ޑިސްކައުންޓަކާއި އެކު މި ޕެކް 70 ރުފިޔާއަށް ލިބިގެންދާނެކަމަށެވެ. އަދި އެއީ މިހާރު ދިވެހިންގެ ދިރިއުޅުމުގެ ޚަރަދައް ބަލާއިރު، އެންމެ ޕެކެޓެއް ގަނެގެންވެސް 20 އަކަށް ރުފިޔާ ސަލާމަތް ކުރެވިދާނެ ފުރުސަތެއް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން އެކި ބްރޭންޑުތަކުގެ ޑޭޓްސް ތަކާއި ޒީބާ ބާސްމަތީ ރައީސް، ސައިފަތުގެ ބާވަތްތައް، ގްރީން ޓީ، މަސާލާ ޗައި ފަދަ ބުއިންތަކަށް ބޭނުންކޮށްލެވޭ ސައުފަތުގެ އިތުރުން، ރިޒްބެރީ ކޭޓާރސް މިލްކް ކޫކިން ޗޮކްލެޓް އަދި ރިޒްބެރީ ކޭޓާރސް މިލްކް ކޫކިން ޑާކް ޗޮކްލެޓް ފަދަ ބާވަތްތައް ޕިރަމިޑްގެ ފިހާރަތަކުން ލިބެން ހުންނާނެކަމަށް ސޮބާހު ވިދާޅުވިއެވެ.

ޕިރަމިޑް އިން ވިއްކާ ހުރިހާ ޕްރޮޑަކްޓެއް ވެސް ރަމަޟާން މަހާއި ދިމާކޮށް މައިގަނޑު ގޮތެއްގައި އަގު ހެޔޮވެގެންދާނެ ކަމަށް އެ ފަރާތުން ވަނީ ބުނެފައެވެ.

ޕިރަމިޑްގެ ފަރާތުން ވަނީ މީގެ ކުރިން ވެސް ޓުޑޭސް ޓޭސްޓް ބްރޭންޑުގެ މަސާލާ ޗާއި އަދި މާރިއޯ ބްރޭންޑުގެ މިލްކް ރަސްކު (ފާރޮށި) ތައާރަފުކޮށް ވިއްކަން ފަށާފައެވެ.

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

10 އަހަރު ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުމަށް ފަހު، ރޮނާލްޑޯ އާއި ޖޯޖީނާ ކައިވެނިކޮށްފި

އިތުރަށް ކިޔާލަން

06 ފެބުރުއަރީ 2019

ފަތުރުވެރިން ތިބޭ ތަންތަން އިންސްޕެކްޓު ކުރަނީ

06 ފެބުރުއަރީ 2019
ފަތުރުވެރިން ތިބޭ ތަންތަން އިންސްޕެކްޓު ކުރަނީ
17 ޖެނުއަރީ 2019

ފަތުރުވެރިން ބަހައްޓާ ހުރިހާ ތަނެއް އިންސްޕެކްޓް ކުރަނީ

17 ޖެނުއަރީ 2019
ފަތުރުވެރިން ބަހައްޓާ ހުރިހާ ތަނެއް އިންސްޕެކްޓް ކުރަނީ
15 ޖެނުއަރީ 2019

ރައީސްގެ އެންގެވުމަށް ފެށި އިންސްޕެކްޝަންތައް ނިންމައި، ރިޕޯޓް ރައީސް އޮފީހަށް

15 ޖެނުއަރީ 2019
ރައީސްގެ އެންގެވުމަށް ފެށި އިންސްޕެކްޝަންތައް ނިންމައި، ރިޕޯޓް ރައީސް އޮފީހަށް
18 ޑިސެމްބަރު 2018

161 ކޮންސްޓްރަކްޝަން ސައިޓެއްގެ އިންސްޕެކްޝަން ފަށައިފި

18 ޑިސެމްބަރު 2018
161 ކޮންސްޓްރަކްޝަން ސައިޓެއްގެ އިންސްޕެކްޝަން ފަށައިފި
17 ޑިސެމްބަރު 2018

ކޮންސްޓްރަކްޝަން ސައިޓުތައް އިންސްޕެކްޓު ކުރުމަށް ރައީސް ސޯލިހު އަންގަވައިފި

17 ޑިސެމްބަރު 2018
ކޮންސްޓްރަކްޝަން ސައިޓުތައް އިންސްޕެކްޓު ކުރުމަށް ރައީސް ސޯލިހު އަންގަވައިފި
17 ޖުލައި 2018

އޯޕެކް ފަންޑުން ތަރައްގީގެ މަޝްރޫއުތަކަށް 40 މިލިއަން ޑޮލަރު ދޭން ނިންމައިފި

17 ޖުލައި 2018
އޯޕެކް ފަންޑުން ތަރައްގީގެ މަޝްރޫއުތަކަށް 40 މިލިއަން ޑޮލަރު ދޭން ނިންމައިފި
13 ޖޫން 2018

ޗޮކްލެޓް ޕެކްކުރެއްވި މެމްބަރުން މިފަހަރު މެޑަމްގެ އީދު ހަދިޔާ ބަންދުކުރުމުގައި

13 ޖޫން 2018
ޗޮކްލެޓް ޕެކްކުރެއްވި މެމްބަރުން މިފަހަރު މެޑަމްގެ އީދު ހަދިޔާ ބަންދުކުރުމުގައި
01 އެޕްރީލު 2018

ދުވާލު ގަޑީގައި ބާޒާރު މަތީ ފިހާރަތަކުން ރަށުތެރޭ ފިހާރަތަކަކަށް މުދަލެއް ނުގެންދެވޭނެ: އިކޮނޮމިކް މިނިސްޓްރީ

01 އެޕްރީލު 2018
ދުވާލު ގަޑީގައި ބާޒާރު މަތީ ފިހާރަތަކުން ރަށުތެރޭ ފިހާރަތަކަކަށް މުދަލެއް ނުގެންދެވޭނެ: އިކޮނޮމިކް މިނިސްޓްރީ
16 ޑިސެމްބަރު 2017

މަސްތުވާ ތަކެތި ކަމަށް ޝައްކުކުރެވޭ ޕެކްޓްތަކަކާއެކު ދާންދޫއިން މީހަކު ހައްޔަރު ކޮށްފި

16 ޑިސެމްބަރު 2017
މަސްތުވާ ތަކެތި ކަމަށް ޝައްކުކުރެވޭ ޕެކްޓްތަކަކާއެކު ދާންދޫއިން މީހަކު ހައްޔަރު ކޮށްފި
02 ޑިސެމްބަރު 2017

ޕީޕީއެމްގެ ނަމުގައި ޕާޓީ ހިންގާ ފަރާތްތަކުން ގާނޫނު އަސާސީއާ އެއްގޮތަށް އަމަލު ކުރަންޖެހޭ: ޕީޕީއެމް މައުމޫން ޕެކްޝަން

02 ޑިސެމްބަރު 2017
ޕީޕީއެމްގެ ނަމުގައި ޕާޓީ ހިންގާ ފަރާތްތަކުން ގާނޫނު އަސާސީއާ އެއްގޮތަށް އަމަލު ކުރަންޖެހޭ: ޕީޕީއެމް މައުމޫން ޕެކްޝަން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް