Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމެންބަރުން ހައްޔަރުކުރުން

ވިލިނގިލި ދާއިރާގެ މެންބަރު ސައުދު ހުސެއިން ހައްޔަރުކޮށްފި

28 ޖުލައި 2017 | ހުކުރު 11:17

ސައުދު މިއަދު ފުލުހަށް ހާޒިރުވީ ހޯދަން އިއުލާނު ކުރީ ކޮން މައްސަލައެއްގައި ތޯ ބެއްލެވުމަށް

އާމިނަތު ނުޒުހާ
އާމިނަތު ނުޒުހާ | 28 ޖުލައި 2017 | ހުކުރު 11:17
ވިލިނގިލި ދާއިރާގެ މެންބަރު ސައުދު ހުސެއިން ފުލުހުންގެ އިދާރާއަށް ހާޒިރު ވަނީ

ވިލިނގިލި ދާއިރާގެ މެންބަރު ސައުދު ހުސެއިން ފުލުހުންގެ އިދާރާއަށް ހާޒިރު ވަނީ

ރައްޔިތުންގެ މަޖިލީހުގެ ވިލިނގިލި ދާއިރާގެ މެންބަރު ސައުދު ހުސެއިން ހައްޔަރުކޮށްފިއެވެ.

ސައުދު ހައްޔަރުކޮށްފައި މި ވަނީ ފުލުހުން ބަލަމުންދާ މައްސަލަ އަކާއި ގުޅިގެން، އެބޭފުޅާ ހޯދުމަށް ފޮޓޯއާއި އެކު އިޢުލާނުކުރިތާ 24 ގަޑިއިރުވެސް ނުވަނީހެވެ.

Advertisement - newsAdvertisement

ސައުދު ވަނީ ހުކުރު ދުވަހުގެ ހަވީރުގެ ވަގުތެއްގައި، ފުލުހުން އެބޭފުޅާ ހޯދުމަށް އިޢުލާނު ކުރި ސަބަބު އޮޅުންފިލުވުމަށް ފުލުހުންގެ އިދާރާއަށް އަމިއްލައަށް ހާޒިރުވެވަޑައިގެންފައެވެ.

މަޢުލޫމާތު ލިބިފައިވާ ގޮތުގައި އެބޭފުޅާ ހައްޔަރު ކުރީ، އަމިއްލައަށް ފުލުހަށް ހާޒިރުވެވަޑައިގަތުމުންނެވެ.

ސައުދު ހޯދުމަށް ފުލުހުން ނެރުނު ބަޔާނުގައި ބުނެފައިވަނީ ފުލުހުން ތަހުގީގު ކުރަމުންދާ މައްސަލައަކާއި ގުޅިގެން ގއ. ވިލިނގިލި އަޅިވިލާގެ އުމުރުން 36 އަހަރުގެ ސައުދު ހުސައިން ހޯދަމުންދާ ކަމަށެވެ. ސައުދު ހުސައިންގެ އެއްވެސް މައުލޫމާތެއް ލިބިފައިވާ ނަމަ ފުލުހުންގެ ސީރިއަސް އެންޑް އޮގަނައިޒު ކްރައިމް ޑިޕާޓްމެންޓަށް ގުޅައި، އެ މައުލޫމާތު ހިއްސާކުރުމަށް އެދޭކަމަށެވެ.

ސައުދު ހޯދުމަށް ފުލުހުން އިޢުލާނުކުރުމާއި ގުޅިގެން އޭނާ ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފަިއވަނީ، ފުލުހުންގެ ޒިންމާދާރުކަން ވަރަށް ކުޑަ ކަމަށެވެ. އަދި ގެއްލުވާލަން އުޅުނު ނަމަވެސް ނުގެއްލޭނެ ކަމަށާއި، ނުވެސް ފިއްލަވާނެކަމަށް ސައުދު ވިދާޅުވެފައިވެއެވެ. އެއާއެކު އަމުރު ރަނގަޅުތޯ ސައުދު ވަނީ ސުވާލުކުރައްވާފައެވެ.

ހުކުރު ދުވަހު ފުލުހުންގެ އިދާރާއަށް ހާޒިރުވެވަޑައިގަތުމުން އެބޭފުޅާ ހައްޔަރުކުރި އިރު، މިދިޔަ އަންގާރަ ދުވަހު ރޭ ވެސް ސައުދު ހައްޔަރުކުރިއެވެ. އެހެން ނަމަވެސް ކޯޓުއަމުރުގައި ހުރި މައްސަލަތަކަކާއި ގުޅިގެން އޭނާ ވަނީ ފަހުން ދޫކޮށްލާފައެވެ.

އޭނާ އެފަހަރު ހައްޔަރުކޮށްފައިވަނީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ނޫން ކަމަށް ރައްޔިތުންގެ މަޖިލީޙުން ކަނޑައަޅާފައިވަނިކޮށް، ފުލުހުންގެ ސަފުތައް ފަޅާލައި ރައްޔިތުންގެ މަޖިލީހުގެ އިދާރާއަށް ވަދެފައިވާކަމުގެ ތުހުމަތުގައެވެ. އެހެން ނަަމަވެސް އަމުރުގައި ހައްޔަރުކުރުމަށް ބޭނުންވާ ސަބަބުގެ ގޮތުގައި ހިމަނާފައިވާ ބައިގައި ވަނީ މުހައްމަދު އަމީތު އަހްމަދު މަނިކުގެ ނަމެވެ.

މީގެ އިތުރުން ހޯމަ ދުވަހު ތުލުސްދޫ ދާއިރާގެ މެންބަރު މުހައްމަދު ވަހީދު އިބްރާހިމް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާއިރު އަންގާރަ ދުވަހު އޭނާގެ ބަންދަށް ކްރިމިނަލް ކޯޓުން ވަނީ 15 ދުވަސް ޖަހައިދީފައެވެ.

ސައުދު، އަމީތު އަދި ވަހީދުގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުންނާއި މަޖިލީހުން ކަނޑައަޅާފައިވާއިރު، ގޮނޑި ގެއްލުނު މައްސަލައިގައި ސުޕްރީމް ކޯޓުން އަދި ވަކި ގޮތެއް ނިންމާފައެއް ނުވެއެވެ. އެ މައްސަލަ އެ މެމްބަރުން ވަނީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށްވެސް ހުށައަޅުއްވަފަ އެވެ. އަދި އެ މައްސަލާގެ ޝަރީއަތްތައް ވަރަށް އަވަހަށް ފަށާނެކަންވެސް އެ ކޯޓުން އެ މެމްބަރުންނަށް އަންގާފައިވެއެވެ.

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

3

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

4

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

5

އީރާނުގެ ހަމަލާތަކުން އިސްރާއީލު ދިފާއުކުރެވޭނެ ގާބިލުކަމެއް އެމެރިކާ އަކު ނެތް ކަމަށް އެމެރިކާގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ

އިތުރަށް ކިޔާލަން

06 ފެބުރުއަރީ 2017

ރިޔާސީ ބަޔާން އިއްވި ޖަލްސާގައި މެމްބަރު ހުސެއިން އަރީފް އިހުތިޖާޖްކޮށްފި

06 ފެބުރުއަރީ 2017
ރިޔާސީ ބަޔާން އިއްވި ޖަލްސާގައި މެމްބަރު ހުސެއިން އަރީފް އިހުތިޖާޖްކޮށްފި
04 ފެބުރުއަރީ 2017

އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެންބަރު ވަހީދު ޕޮލިހަށް ހާޒިރުކުރަނީ

04 ފެބުރުއަރީ 2017
އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެންބަރު ވަހީދު ޕޮލިހަށް ހާޒިރުކުރަނީ
02 ފެބުރުއަރީ 2017

ތައުލީމީ ދާއިރާގެ ބަޖެޓް ބަލަހައްޓާ މުއައްޒަފުންނަށް މާލީހިސާބު ތައްޔާރުކުރުމަށް އަހުލުވެރިކުރުވަނީ

02 ފެބުރުއަރީ 2017
ތައުލީމީ ދާއިރާގެ ބަޖެޓް ބަލަހައްޓާ މުއައްޒަފުންނަށް މާލީހިސާބު ތައްޔާރުކުރުމަށް އަހުލުވެރިކުރުވަނީ
30 ޖެނުއަރީ 2017

މިނިސްޓަރު އިރުތިޝާމް އާއި މެންބަރު ޝާޑު ކައިވެނި ކުރައްވަނީ!

30 ޖެނުއަރީ 2017
މިނިސްޓަރު އިރުތިޝާމް އާއި މެންބަރު ޝާޑު ކައިވެނި ކުރައްވަނީ!
29 ޖެނުއަރީ 2017

މަޖްލިސް މެންބަރުންގެ ބޮލަށް އެއްވެސް ކަމެއް ނުކެނޑޭނެ، ހުރިހާ ގޯހެއް ހަދަނީ ރައްޔިތުން: މުސްތޮފާ

29 ޖެނުއަރީ 2017
މަޖްލިސް މެންބަރުންގެ ބޮލަށް އެއްވެސް ކަމެއް ނުކެނޑޭނެ، ހުރިހާ ގޯހެއް ހަދަނީ ރައްޔިތުން: މުސްތޮފާ
27 ޖެނުއަރީ 2017

އަނިޔާވެރި ވެރިއެއް ރައްޔިތުންގެ މައްޗަށް އަންނަނީ ރައްޔިތުން އަނިޔާވެރިވުމުން: ޝެއިހް ހުސެއިން

27 ޖެނުއަރީ 2017
އަނިޔާވެރި ވެރިއެއް ރައްޔިތުންގެ މައްޗަށް އަންނަނީ ރައްޔިތުން އަނިޔާވެރިވުމުން: ޝެއިހް ހުސެއިން
27 ޖެނުއަރީ 2017

ރައީސް ޔާމީނަކީ ޕީޕީއެމްއެއް ނޫން: މެންބަރު އަރީފު

27 ޖެނުއަރީ 2017
 ރައީސް ޔާމީނަކީ ޕީޕީއެމްއެއް ނޫން: މެންބަރު އަރީފު
21 ޖެނުއަރީ 2017

ކޮންމެ ކަމަކަށް ކުރިމަތި ލިޔަސް އެމްޑީޕީގެ މެންބަރުންގެ އުއްމީދު ކަސިޔާރެއް ނުވާނެ: ޝިފާޒް

21 ޖެނުއަރީ 2017
ކޮންމެ ކަމަކަށް ކުރިމަތި ލިޔަސް އެމްޑީޕީގެ މެންބަރުންގެ އުއްމީދު ކަސިޔާރެއް ނުވާނެ: ޝިފާޒް
19 ޖެނުއަރީ 2017

ރައީސް މައުމޫނަށް މެންބަރުންނަށް ބައްދަލު ނުކުރެވޭނެކަމަށް އެންގި މައްސަލަ ފުލުހުންނަށް ހުށަހަޅައިފި

19 ޖެނުއަރީ 2017
ރައީސް މައުމޫނަށް މެންބަރުންނަށް ބައްދަލު ނުކުރެވޭނެކަމަށް އެންގި މައްސަލަ ފުލުހުންނަށް ހުށަހަޅައިފި
18 ޖެނުއަރީ 2017

ރިޓަޔަރމެންޓް ޕެންޝަން ސްކީމުގައި 80،000 މެންބަރުން ހިމެނޭ: ޕެންޝަން އޮފީސް

18 ޖެނުއަރީ 2017
 ރިޓަޔަރމެންޓް ޕެންޝަން ސްކީމުގައި 80،000 މެންބަރުން ހިމެނޭ: ޕެންޝަން އޮފީސް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް