Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އިސްރާއީލު-އެމެރިކާ ގުޅުން

ވައިޓް ހައުސް އަށް ވަޑައިގަތުމަށް ރައީސް ޓްރަމްޕްގެ ދައުވަތު ދެއްވި ފުރަތަމަ ލީޑަރަކަށް އިސްރާއީލުގެ ބޮޑުވަޒީރު

ވައިޓް ހައުސް އަށް ވަޑައިގަތުމަށް ރައީސް ޓްރަމްޕްގެ ދައުވަތު ފުރަތަމަ ދެއްވި ބޭރުގައުމެއްގެ ލީޑަރަކަށް އިސްރާއީލުގެ ބޮޑުވަޒީރު ނަތަންޔާހޫ.

ރާއްޖެ އެމްވީ | 29 ޖެނުއަރީ 2025 | ބުދަ 12:30
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އާއި އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ޖެރޫސަލަމްގައި އޮތް އިވެންޓެއްގައި

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އާއި އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ޖެރޫސަލަމްގައި އޮތް އިވެންޓެއްގައި

އެމެރިކާގެ ރައީސް ކަމަށް ދެވަނަ ފަހަރަށް ވަޑައިގެންނެވި ޑޮނަލްޑް ޓްރަމްޕްގެ ދެވަނަ ދައުރުގައި ވައިޓް ހައުސްގައި ފުރަތަމަ ބައްދަލުކުރައްވާ ބޭރުގެ ލީޑަރަކަށް އިސްރާއީލުގެ ބޮޑުވަޒީރު ނަތަންޔާހޫ ވެވަޑައިގެންފިއެވެ.

އެގޮތުން އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނެތަންޔާހޫ އަންނަ ހަފްތާ ވައިޓް ހައުސަށް ޒިޔާރަތްކުރައްވާނެއެވެ.

އިޒްރޭލު ސަރުކާރުން އަންގާރަ ދުވަހު ކަށަވަރުކޮށްދިން ގޮތުގައި ޓްރަމްޕް ވަނީ ނަތަންޔާހޫ އަށް ފެބްރުއަރީ 4 ގައި ވައިޓް ހައުސަށް ވަޑައިގަތުމަށް ދަޢުވަތު އަރުވާފައެވެ.

ނަތަންޔާހޫ ވައިޓް ހައުސް އަށް ވަޑައިގަންނަވާ ކަމުގެ އިއުލާނު މި ކުރެވުނީ ޣައްޒާގެ އާބާދީ އުރުދުން އާއި މިޞްރަށް ބަދަލުކުރުމަށް ޓްރަމްޕް ގޮވާލެއްވިތާ މަދު ދުވަސްކޮޅެއްގެ ތެރޭގައެވެ. މި ހުށަހެޅުން ސަރަޙައްދުގެ ލީޑަރުން ބަލައި ނުގަންނަކަން ވަނީ ހާމަ ކުރައްވާފައެވެ. އަދި އެއީ ނަސްލު ނައްތާލުމުގެ ގޮތުގައި ސަރަހައްދުގެ ގައުމުތަކުން ވަނީ ފާހަގަ ކޮށްފައެވެ.

ޓްރަމްޕް ހުވާކުރެއްވުމުގެ ކުރީ ދުވަހު ޣައްޒާގައި ޢަމަލުކުރަން ފެށުނު ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމުގެ ކްރެޑިޓް ޓްރަމްޕް ވަނީ ނަންގަވާފައެވެ.

މި އެއްބަސްވުމުގެ ދަށުން މިހާތަނަށް ހަނގުރާމަ ވަގުތީގޮތުން ހުއްޓި، އަދި ހަމާސް އިން ބަންދު ކޮށްފައި ތިބި ރަހީނުންގެ ތެރެއިން 7 އިޒްރޭލު މީހުން މިނިވަން ކޮށް، އޭގެ އިތުރުން އިސްރާއީލުގެ ޖަލުތަކުން އެތައް ސަތޭކަ ފަލަސްތީން މީހުން ވަނީ މިނިވަން ކޮށްފައެވެ. ހަނގުރާމަ ހުއްޓާލުމުގެ ސަބަބުން ޣައްޒާގެ އުތުރުގައި ރެފިއުޖީންގެ ގޮތުގައި އުޅެމުން އައި އެތައް ސަތޭކަ ހާސް ފަލަސްތީނު މީހުންނަށް އަނބުރާ އެމީހުންގެ ގެދޮރަށް ދެވޭނެ މަގު ތަނަވަސްވެގެން ދިޔައެވެ.

ޣައްޒާގައި ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަކަށް ގެނައުމަށް ޓްރަމްޕްގެ ދައުރު ފާހަގަ ކުރެވިފައިވީ ނަމަވެސް އަލުން ހަނގުރާމަ ފެށިދާނެ ކަމުގެ އިންޒާރު ވެސް އޭނާ ވަނީ ދެއްވާފައެވެ. ޓްރަމްޕް ވިދާޅުވެފައިވަނީ މި އެއްބަސްވުން ދެމި އޮންނާނެ ކަމާމެދު އޭނާ އަށް "ޔަޤީންކަން ނެތް" ކަމަށް.

"އެއީ އަހަރެމެންގެ ހަނގުރާމައެއް ނޫން؛ އެއީ އެމީހުންގެ ހަނގުރާމައެއް،" އެމެރިކާގެ ރައީސް ނޫސްވެރިންނަށް ވިދާޅުވިއެވެ.

އެމެރިކާ އަކީ އިސްރާއީލުގެ އެންމެ ގާތް އެކުވެރިޔާ އަށް ވުމުގެ އިތުރުން އެމެރިކާއިން އިޒްރޭލަށް ކޮންމެ އަހަރަކު އެތައް ބިލިއަން ޑޮލަރުގެ އަސްކަރީ އެހީ ފޯރުކޮށް ދެއެވެ. ޓްރަމްޕްގެ ވެރިކަމުގައި ނެރުއްވި އެކްޒެކެޓިވް އޯޑަރަކުން ބޭރުގެ ހުރިހާ ގައުމަކަށް ދޭ އެހީ ހުއްޓާލެއްވި އިރު އޭގެ ތެރޭގައި، މިޞްރާއި އިޒްރޭލް ހިމެނިފައެއް ނުވެއެވެ.

ފާއިތުވި ހަފްތާގައި، ޓްރަމްޕް ވަނީ އިޒްރޭލަށް 900 ކިލޯގްރާމް (2,000 ޕައުންޑް) ގެ ބޮން ވިއްކުމަށް ވެސް ހުއްދަ ދެއްވާފައެވެ. މިއީ ކުރީގެ ރައީސް، ޖޯ ބައިޑަން، ފާއިތުވި އަހަރުގެ މޭ މަހުން ފެށިގެން އިސްރާއީލަށް ފޯރުކޮށްދިނުން ހުއްޓާލާފައިވާ ނުރައްކާތެރި ހަތިޔާރެކެވެ.

ޣައްޒާގައި ހިންގި ހަނގުރާމައިގެ ކުށްތަކާ ގުޅިގެން އިންޓަރނޭޝަނަލް ކްރިމިނަލް ކޯޓު (އައިސީސީ) އިން ހައްޔަރު ކުރުމުގެ އަމުރު ނެރެފައިވާ ނަތަންޔާހޫ، އާދީއްތަ ދުވަހު ޓްރަމްޕްގެ މި ނިންމުމަށް ޝުކުރު އަދާކުރެއްވިއެވެ.

"ޝުކުރިއްޔާ ރައީސް ޓްރަމްޕް، އިޒްރޭލަށް އަމިއްލަ ނަފްސު ދިފާޢުކުރުމަށް ބޭނުންވާ ވަސީލަތްތައް ދިނުމަށާއި، އަހަރެމެންގެ ދުޝްމިނުންނާ ކުރިމަތިލުމަށާއި، ސުލްޙަވެރިކަމާއި ފާގަތިކަމުގެ މުސްތަޤްބަލެއް ޔަޤީންކުރުމަށް މަނިކުފާނު ވެފައިވާ ވަޢުދު ފުއްދައިދެއްވި ކަމަށްޓަކައި،" އިޒްރޭލުގެ ބޮޑުވަޒީރު ސޯޝަލް މީޑިއާގައި ޕޯސްޓެއް ކުރެއްވިއެވެ.

ޓްރަމްޕަކީ އިޒްރޭލަށް ވަރަށް ބޮޑަށް ތާއީދުކުރައްވާ ބޭފުޅެކެވެ. އޭނާގެ ފުރަތަމަ ދައުރުގައި، އެމެރިކާގެ އެމްބަސީ ޖެރޫސަލަމަށް ބަދަލުކުރެއްވިއެވެ. އަދި ސޫރިއާގެ ގޯލަން ހައިޓްސް އިން އިސްރާއީލުން ގަދަކަމުން ހިފާފައިވާ ސަރަހައްދަކީ އިސްރާއީލުގެ ތަނެއްކަމަށް އެ ގައުމުން ކުރާ ދައުވާ އަށް ޓްރަމްޕް ތާއީދު ކުރެއްވިއެވެ.

ނަމަވެސް ކެންޑިޑޭޓެއްގެ ގޮތުގައި އަދި ފާއިތުވި ހަފްތާގައި ހުވާކުރެއްވުމުގެ ތަޤްރީރުގައި، ޓްރަމްޕް ވަޢުދުވެވަޑައިގަތީ އޭނާ ވެ ވަޑައިގަންނަވާނީ ދުނިޔެއަށް ސުލްހަ ގެނެސްދެއްވާ ރައީސް އެއް ކަމުގައެވެ.                                        

އެމެރިކާ-އިސްރާއީލުގެ ގުޅުންޑޮނަލްޑް ޓްރަމްޕްބެންޖަމިން ނަތަންޔާހޫ

ކޮމެންޓް

އިތުރަށް ކިޔާލަން

ޓްރަމްޕްގެ ގޯލްޑް ކާޑު ހޯދަން އެއް މިލިއަން ޑޮލަރު ބޭނުންވޭ

ޓްރަމްޕްގެ ގޯލްޑް ކާޑު ހޯދަން އެއް މިލިއަން ޑޮލަރު ބޭނުންވޭ

11 ޑިސެމްބަރު 2025
މެކްރޮން، ސްޓާމާ އަދި މާޒް، ޔުކްރެއިންގެ މައްސަލައާ ގުޅޭ ގޮތުން ޓްރަމްޕްއާ މަޝްވަރާ ކުރައްވައިފި

މެކްރޮން، ސްޓާމާ އަދި މާޒް، ޔުކްރެއިންގެ މައްސަލައާ ގުޅޭ ގޮތުން ޓްރަމްޕްއާ މަޝްވަރާ ކުރައްވައިފި

11 ޑިސެމްބަރު 2025
އިސްލާޙު ކޮށްފައިވާ ސުލްޙައިގެ ޕްލޭން، އެމެރިކާއާ ހިއްސާ ކުރާނެ ކަމަށް ޒެެލެންސްކީ ވިދާޅުވެއްޖެ

އިސްލާޙު ކޮށްފައިވާ ސުލްޙައިގެ ޕްލޭން، އެމެރިކާއާ ހިއްސާ ކުރާނެ ކަމަށް ޒެެލެންސްކީ ވިދާޅުވެއްޖެ

09 ޑިސެމްބަރު 2025
ހެގްސެތުގެ ދަތުރުފަތުރު ބަޖެޓުގެ 75 އިންސައްތަ ހިފެހެއްޓުމަށް ކޮންގްރެސް އިން ނިންމަނީ

ހެގްސެތުގެ ދަތުރުފަތުރު ބަޖެޓުގެ 75 އިންސައްތަ ހިފެހެއްޓުމަށް ކޮންގްރެސް އިން ނިންމަނީ

09 ޑިސެމްބަރު 2025
އެމެރިކާގެ ހުށަހެޅުން ޒެލެންސްކީ ވިދާޅުވެފައި ނެތުމުން، ޓްރަމްޕް ހިތްހަމަ ނުޖެހިއްޖެ

އެމެރިކާގެ ހުށަހެޅުން ޒެލެންސްކީ ވިދާޅުވެފައި ނެތުމުން، ޓްރަމްޕް ހިތްހަމަ ނުޖެހިއްޖެ

09 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

17 ޖެނުއަރީ
ފަލާޙުގެ ރުޅި ގަނޑާއި، މިސްކިތު ހުޅު ޖެހި މީހާގެ ވާހަކަ!
20251 އަހަރު ކުރިން
ރިޕޯޓު

ފަލާޙުގެ ރުޅި ގަނޑާއި، މިސްކިތު ހުޅު ޖެހި މީހާގެ ވާހަކަ!

ކޯ ގްރޫޕް ބައްދަލުވުމުގައި، މަޝްރޫއުތައް ހިންގުން އަވަސްކުރުމާ ބެހޭގޮތުން މަޝްވަރާކުރި - އިންޑިއާ
20242 އަހަރު ކުރިން
ރާއްޖެ

ކޯ ގްރޫޕް ބައްދަލުވުމުގައި، މަޝްރޫއުތައް ހިންގުން އަވަސްކުރުމާ ބެހޭގޮތުން މަޝްވަރާކުރި - އިންޑިއާ

ވިލިމާލޭގައި އެމްޓީސީސީން ބަހުގެ ޚިދުމަތް ފެށުން މުއިއްޒުއަށް ކަމަކު ނުދިޔަ
20233 އަހަރު ކުރިން
ރާއްޖެ

ވިލިމާލޭގައި އެމްޓީސީސީން ބަހުގެ ޚިދުމަތް ފެށުން މުއިއްޒުއަށް ކަމަކު ނުދިޔަ

އަލިފާން ރޯވީ ފްލައިޓްގެ ކޮކްޕިޓްކައިރީގައި ހިނގި ހާދިސާއަކުން: މޯލްޑިވިއަން
20224 އަހަރު ކުރިން
ރާއްޖެ

އަލިފާން ރޯވީ ފްލައިޓްގެ ކޮކްޕިޓްކައިރީގައި ހިނގި ހާދިސާއަކުން: މޯލްޑިވިއަން

ހުވާ ކުރުމާއެކު \'މުސްލިމް ބޭން\' އަމުރު އުވައިލަން ބައިޑެން ނިންމަވައިފި
20215 އަހަރު ކުރިން
ދުނިޔެ

ހުވާ ކުރުމާއެކު \'މުސްލިމް ބޭން\' އަމުރު އުވައިލަން ބައިޑެން ނިންމަވައިފި

ހިންނަވަރު ދާއިރާގެ ޓިކެޓް ޖީހާން ކާމިޔާބުކޮށްފި
20197 އަހަރު ކުރިން
ރާއްޖެ

ހިންނަވަރު ދާއިރާގެ ޓިކެޓް ޖީހާން ކާމިޔާބުކޮށްފި

ދުފުން – އާދަކާދައާއި ގުޅިފައިވާ ނުރައްކާތެރި ދުޝްމަނެއް
20188 އަހަރު ކުރިން
ރިޕޯޓު

ދުފުން – އާދަކާދައާއި ގުޅިފައިވާ ނުރައްކާތެރި ދުޝްމަނެއް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު