Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ހއ. ދިއްދޫ

ރައީސް މުއިއްޒު ހއ. ދިއްދޫ އަށް ވަޑައިގަތުމަށް ހަމަޖެހިފައި ވަނިކޮށް އެމްޑީޕީ ދިއްދޫ ދާއިރާގެ އިސް ދެ އޮފިޝަލަކު ފުލުހަށް ހާޒިރުކޮށްފި

ހާޒިރު ކުރީ މައުލޫމާތު ސާފު ކުރަން ކަމަށް އެނގިފައިވޭ

ރާއްޖެ އެމްވީ | 26 ޖެނުއަރީ 2025 | އާދީއްތަ 18:57
2025 ޖެނުއަރީ 26 - ހއ. ދިއްދޫ ދާއިރާގެ އެމްޑީޕީގެ އިސް ދެ އޮފިޝަލަކު ފުލުހަށް ހާޒިރުވަނީ

2025 ޖެނުއަރީ 26 - ހއ. ދިއްދޫ ދާއިރާގެ އެމްޑީޕީގެ އިސް ދެ އޮފިޝަލަކު ފުލުހަށް ހާޒިރުވަނީ

ރައީސް ޑރ. މުހައްމަދު މުއިއްޒް ހއ. ދިއްދޫ އަށް ވަޑައިގަތުމަށް ހަމަޖެހިފައިވަނިކޮށް މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) ގެ ދިއްދޫ ދާއިރާގެ އިސް ދެ އޮފިޝަލަކު ފުލުހަށް ހާޒިރުކޮށްފިއެވެ.

އާދިއްތަ ދުވަހުގެ ރޭ ދިއްދޫ ޕޮލިސް ސްޓޭޝަނަށް ހާޒިރު ކުރީ އެމްޑީޕީ ދިއްދޫ ދާއިރާގެ ނައިބު ރައީސް އަފްއާން އަލީ އާއި ހިންގާ ކޮމެޓީގެ މެންބަރ މަހްމޫދު ޝަފީޤް ކަމަށް މައުލޫމާތު ލިބިފައިވެއެވެ.

ދިއްދޫ ދާއިރާގެ އިސް ދެ އޮފިޝަލަކު ފުލުހަށް ހާޒިރު ކޮށް މައުލޫމާތު ސާފު ކޮށްފައިވާއިރު، ރައީސް މުއިއްޒު ދިއްދޫ އަށް ކުރައްވާ ދަތުރުފުޅަށް ހުރަސް އެޅޭ އެއްވެސް ކަމެއް ނުކުރުމަށް ދިއްދޫ ކައުންސިލުން އެމްޑީޕީ އަށް ވަނީ އަންގައިފައެވެ.

ދިއްދޫ ކައުންސިލުގެ ރައީސް އަބްދުﷲ ރަޝީދު ސޮއި ކުރައްވާ، އެމްޑީޕީގެ ދިއްދޫ ދާއިރާގެ ރައީސް އަބްދުﷲ ވަހީދަށް ފޮނުއްވި ސިޓީ އެއް ގައި ރައީސް މުއިއްޒު ދިއްދޫ އަށް 2025 ޖަނަވަރީ 28 ވަނަ ދުވަހު ޒިޔާރަތް ކުރައްވާ ގޮތަށް ހަމަޖެހިފައިވާ ކަމަށް ބުނެފައިވެއެވެ. އަދި އެ ދަތުރުފުޅަށް ހުރަސް އެޅޭ ފަދަ އެއްވެސް ކަމެއް އެމްޑީޕީ އިން ކޮށްގެން ނުވާނެ ކަމަށް ވެސް ބުނެފައިވެއެވެ.

"މިދަތުރުފުޅާ ގުޅިގެން އިންތިޒާމް ކުރާ ޙަރަކާތް ތަކަށް ހުރަސްއެޅޭ ފަދަ އެއްވެސް ކަމެއް ތިޔަ ޕާޓީއިން ނުކުރެއްވުމަށާއި ރައީސުލްޖުމްހޫރިއްޔާ ދިއްދޫ ރައްޔިތުންނާއެކު ބާއްވާ ރަސްމީ ބައްދަލުވުމަށް ދަތިވާފަދަ ގޮތަށް ލައުޑް ސްޕީކަރ މެދުވެރިކޮށް ނުވަތަ އެނޫންވެސް ވަސީލަތެއް މެދުވެރިކޮށް އެއްވެސް ކަމެއް ނުކުރުމަށް މި ކައުންސިލުން އިލްތިމާސް ކުރަމެވެ." ޖެނުއަރީ 25 ގެ ތާރީޚުގައި ކައުންސިލްގެ އިދާރާ އިން ފޮނުވާފައިވާ ސިޓީގައި ވެއެވެ.

ސިޓީ އާ ބެހޭ ގޮތުން ދިއްދޫ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަން ވެސް ކުރެއްވި އަބްދުﷲ ވަހީދު ވިދާޅުވީ، ކުރީގެ ރައީސް ސާލިހް ދިއްދޫ އަށް ކުރެއްވި ދަތުރުފުޅުތަކަށް ހުރަސް އެޅުމަށް މިހާރުގެ ކައުންސިލުގެ ރައީސް އިސްވެ ހުންނަވާ ހިންގެވި ހަރަކާތްތަކުގެ މަތިން ހަނދާން ވުމުން ފޮނުވި ސިޓީ އެއް ކަމަށް ގަބޫލު ކުރެވޭ ކަމަށެވެ.

ދިއްދޫ އިން މި ނޫހަށް ވާހަކަ ދެއްކި ފަރާތަކުން ބުނި ގޮތުގައި ރައީސް ރަށްރަށަށް ވަޑައިގަންނަވަނީ ރައްޔިތުންގެ ހާލު ބައްލަވަން ކަމަށް ވުމާއެކު ހާލު އޮތް ގޮތް ރައީސް އަށް ސާފު ކޮށްދިނުމަށް ޝުއޫރު ފާޅު ކޮށް ސުލްހަވެރި ސިޔާސީ ހަރަކާތް ހިންގުމަށް ތައްޔާރު ވަމުން ދާ ކަމަށެވެ.

ދިއްދޫ އިން ވާހަކަ ދެއްކި ފަރާތުން ހާމަ ކޮށްފައިވާ ގޮތުގައި މިދިޔަ ރައްޔިތުންގެ މަޖިލިސް އިންތިޚާބުގައި ވޯޓު ހޯދުމަށް ދިއްދޫ ގައި އެއަރޕޯޓެއް އެޅުމަށް އެމްޓީސީސީ އާ އެކުު ކޮންޓްރެކްޓްގައި ސޮއި ކުރުމުގެ ރަސްމިއްޔާތު ބޭއްވި ފަހުން އެ ކަމާ ބެހޭ އެއްވެސް ޚަބަރެއް ރައްޔިތުންނަށް ލިބިފައެއް ނުވެއެވެ. އޭގެ އިތުރުން ވެސް ކުރީ ސަރުކާރުން ހިންގަން ފަށާފައި ހުރި ގިނަ މަޝްރޫއުތައްވެސް ހުރީ ހުއްޓިފައެވެ.                 

ހއ. ދިއްދޫމޯލްޑިވިއަން ޑިމޮކްރެޓިކް ޕާރޓީ (އެމް.ޑީ.ޕީ)ހއ. ދިއްދޫ ކައުންސިލް

ކޮމެންޓް

އިތުރަށް ކިޔާލަން

ހއ. ދިއްދޫ އަތޮޅު ހޮސްޕިޓަލްގެ ގިނަ ޚިދުމަތްތައް ހުއްޓުމަކަށް، އޮޕަރޭޝަންތައް ވެސް ނުކުރެވޭ

ހއ. ދިއްދޫ އަތޮޅު ހޮސްޕިޓަލްގެ ގިނަ ޚިދުމަތްތައް ހުއްޓުމަކަށް، އޮޕަރޭޝަންތައް ވެސް ނުކުރެވޭ

09 ނޮވެމްބަރު 2025
ހއ. އަތޮޅުގެ ތިލައުތުރު އެވޯޑަށް ރައީސް މުއިއްޒާއި، ނައިބު ރައީސް ވަޑައިނުގަތުމުން، އެންމެ ފަހުން ރައީސް ޔާމިން

ހއ. އަތޮޅުގެ ތިލައުތުރު އެވޯޑަށް ރައީސް މުއިއްޒާއި، ނައިބު ރައީސް ވަޑައިނުގަތުމުން، އެންމެ ފަހުން ރައީސް ޔާމިން

26 އޮކްޓޯބަރު 2025
އިންތިޚާބުތަކާއި ދިމާކޮށް ރައީސް މުއިއްޒު ރަށްރަށް ގޮސް ކަންކަން ކޮށްދެނީ "ދީފަ އަތުލާ ފީފާ ބުރިއެއް" ގެ އުސޫލުން: ތޯރިގް

އިންތިޚާބުތަކާއި ދިމާކޮށް ރައީސް މުއިއްޒު ރަށްރަށް ގޮސް ކަންކަން ކޮށްދެނީ "ދީފަ އަތުލާ ފީފާ ބުރިއެއް" ގެ އުސޫލުން: ތޯރިގް

18 އޮކްޓޯބަރު 2025
ކުރީގެ ބަންޑާރަ ނައިބު ރިފްއަތު އޭސީސީ އަށް ހާޒިރު ކޮށްފި

ކުރީގެ ބަންޑާރަ ނައިބު ރިފްއަތު އޭސީސީ އަށް ހާޒިރު ކޮށްފި

16 އޮކްޓޯބަރު 2025
ކުރީގެ އެޑިއުކޭޝަން މިނިސްޓަރު އޭސީސީ އަށް ހާޒިރު ކޮށްގެން ބަލަމުން ދާ މައްސަލަ އިންވެސްޓިގޭޓަރުންނަށް ސާފެއް ނުވޭ: މައުރޫފް

ކުރީގެ އެޑިއުކޭޝަން މިނިސްޓަރު އޭސީސީ އަށް ހާޒިރު ކޮށްގެން ބަލަމުން ދާ މައްސަލަ އިންވެސްޓިގޭޓަރުންނަށް ސާފެއް ނުވޭ: މައުރޫފް

15 އޮކްޓޯބަރު 2025

އަހަރުތަކުން މިއަދު

1 އެޕްރީލު
އިންޑިއާއިން ރާއްޖެއަށް ކާޑުގެ ބާވަތްތަކާއި ޒަރޫރީ އެހެނިހެން ބާވަތްތައް އެކްސްޕޯޓްކުރުމުގެ ހުއްދަ ދީފި
20251 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އިންޑިއާއިން ރާއްޖެއަށް ކާޑުގެ ބާވަތްތަކާއި ޒަރޫރީ އެހެނިހެން ބާވަތްތައް އެކްސްޕޯޓްކުރުމުގެ ހުއްދަ ދީފި

ޔާމީން ހިޔަޅަކާ އެއްގޮތްކުރާ ޓްވީޓެއް ރައީސް ރީޓްވީޓުކުރެއްވި ވާހަކަ ނޫސްތަކުން ޖެހުމުން، ރީޓްވީޓް ޑިލީޓްކޮށްލައްވައިފި
20242 އަހަރު ކުރިން
ރާއްޖެ

ޔާމީން ހިޔަޅަކާ އެއްގޮތްކުރާ ޓްވީޓެއް ރައީސް ރީޓްވީޓުކުރެއްވި ވާހަކަ ނޫސްތަކުން ޖެހުމުން، ރީޓްވީޓް ޑިލީޓްކޮށްލައްވައިފި

ޑިޕްރެޝަންއާއެކު މަސްތުވާތަކެތީގެ ޝިކާރައަކަށް!
20233 އަހަރު ކުރިން
ރިޕޯޓު

ޑިޕްރެޝަންއާއެކު މަސްތުވާތަކެތީގެ ޝިކާރައަކަށް!

ދިވެހިރާއްޖޭގެ މިޒަމާނުގެ ފުރަތަމަ މަހާރެހެންދި
20224 އަހަރު ކުރިން
މީހުން

ދިވެހިރާއްޖޭގެ މިޒަމާނުގެ ފުރަތަމަ މަހާރެހެންދި

އައު އިސްލާހާއެކު، ލައިސެންސް ދޫކުރާނީ ގަވައިދަށް އުޅުމަށް އެއްބަސްވުމެއް އެކުލަވާލާފައި
20215 އަހަރު ކުރިން
ރާއްޖެ

އައު އިސްލާހާއެކު، ލައިސެންސް ދޫކުރާނީ ގަވައިދަށް އުޅުމަށް އެއްބަސްވުމެއް އެކުލަވާލާފައި

ވައްކަމުގެ ނަތީޖާ ރައީސްގެ ދޫފުޅުން: މިހާރު ދޮރު ނުލެއްޕޭ، އަލަމާރި ވެސް ނުވެއްދޭ!
20197 އަހަރު ކުރިން
ރާއްޖެ

ވައްކަމުގެ ނަތީޖާ ރައީސްގެ ދޫފުޅުން: މިހާރު ދޮރު ނުލެއްޕޭ، އަލަމާރި ވެސް ނުވެއްދޭ!

ދުނިޔޭގެ ކްރިމިނަލް ކޯޓަށް ރައީސް ޔާމީން ގެންދެވިދާނެ: ދިޔާނާ
20188 އަހަރު ކުރިން
ރާއްޖެ

ދުނިޔޭގެ ކްރިމިނަލް ކޯޓަށް ރައީސް ޔާމީން ގެންދެވިދާނެ: ދިޔާނާ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު