Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެރ.އިންނަމާދޫ

ރައީސް މުޢިއްޒު ހުޅުވައި ދެއްވީ ރައީސް ޞާލިޙުގެ ސަރުކާރުގެ ވޮލީ ކޯޓެއް

އެ މަޝްރޫޢު ކުރިއަށް ގެންދިޔުމަށް ކުންފުންޏަކާ ހަވާލުކޮށްފައި ވަނީ އެ އަހަރުގެ މެއި މަހުގެ 18 ވަނަ ދުވަހު

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 27 ޖެނުއަރީ 2025 | ހޯމަ 04:46
ރައީސް މުޢިއްޒު، އިންނަމާދު ވޮލީ ކޯޓު ހުޅުވައި ދެއްވަނީ

ރައީސް މުޢިއްޒު، އިންނަމާދު ވޮލީ ކޯޓު ހުޅުވައި ދެއްވަނީ

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުޙައްމަދު މުޢިއްޒު ރ.އަތޮޅުގެ ރަށްތަކަށް ކުރެއްވި ދަތުރުފުޅުގެ ތެރޭގައި، އެ އަތޮޅު އިންނަމާދޫގައި ހުޅުވައި ދެއްވި ވޮލީ ކޯޓަކީ، ކުރީގެ ރައީސް އިބްރާޙީމް މުޙައްމަދު ޞާލިޙުގެ ސަރުކާރުގެ މަޝްރޫޢެއްކަން ހާމަވެއްޖެ އެވެ.

ރައީސް މުޢިއްޒު އިންނަމާދޫ އަށް ވަޑައިގެން، އެ ރަށުގައި ކުރީ ސަރުކާރުން ފަށާފައިވާ އައުޓް ޑޯ ވޮލީ ކޯޓު ރަސްމީކޮށް ހުޅުވައި ދެއްވީ މިދިޔަ ހަފުތާގެ އަންގާރަ ދުވަހު އެވެ. ނަމަވެސް އެ މަޝްރޫޢަކީ ކުރީގެ ރައީސް ޞާލިޙުގެ ސަރުކާރުގައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ވޮލީ ކޯޓުތައް ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ދަށުން ކުރިއަށް ގެންދިޔަ މަޝްރޫޢެކެވެ.

Advertisement - newsAdvertisement

އެގޮތުން އިންނަމާދޫގައި ވޮލީ ކޯޓެއް ތަރައްޤީ ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރީގެ ކުޅިވަރު ވުޒާރާ އިން އިއުލާން ކޮށްފައި ވަނީ 2023 ވަނަ އަހަރުގެ ޖަނަވަރީ މަހުގެ 12 ވަނަ ދުވަހު އެވެ. އަދި އެ މަޝްރޫޢު ކުރިއަށް ގެންދިޔުމަށް ކުންފުންޏަކާ ހަވާލުކޮށްފައި ވަނީ އެ އަހަރުގެ މެއި މަހުގެ 18 ވަނަ ދުވަހު އެވެ. އެ މަސައްކަތް ހަވާލުކޮށްފައި ވަނީ ބޮޑުތިލަ އިންވެސްޓުމަންޓާ އެވެ.

ރައީސް މުޢިއްޒު އަތޮޅު ތެރޭގެ ރަށްތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ގިނަ މަޝްރޫޢުތަކެއް ހުޅުވައިދެއްވާއިރު، އެއީ ކުރީގެ ސަރުކާރުން ފަށާފައިވާ މަޝްރޫޢުތަކެއްކަން ފާހަގަ ކުރެވެ އެވެ. އެގޮތުން ރަށް ރަށުގައި ފެނުގެ ނިޒާމު ޤާއިމު ކުރުމާއި، ނަރުދަމާގެ ނިޒާމު ޤާއިމު ކުރުން އަދި ކުޅިވަރު ކުޅޭ ތަންތަން ޤާއިމު ކުރުމުގެ މަޝްރޫޢުތައް ވެސް ހިމެނެ އެވެ.

ރައީސުލްޖުމްހޫރިއްޔާ، ޑރ. މުޙައްމަދު މުޢިއްޒުއެމްޑީޕީގެ އެޑްވައިޒަރު އަދި ކުރީގެ ރައީސް އިބްރާޙީމް މުޙައްމަދު ޞާލިޙުރ. އިންނަމާދޫ

އިތުރަށް ކިޔާލަން

09 ޑިސެމްބަރު 2025

ދުވާފަރު ގައި ގަވާއިދާ ޚިލާފަށް ދޫކޮށްފައި އޮތް ބިމެއް ގައި ޕީއެންސީ އިން ޖަގަހައެއް ހަދައިފި

09 ޑިސެމްބަރު 2025
ދުވާފަރު ގައި ގަވާއިދާ ޚިލާފަށް ދޫކޮށްފައި އޮތް ބިމެއް ގައި ޕީއެންސީ އިން ޖަގަހައެއް ހަދައިފި
09 ޑިސެމްބަރު 2025

ރައީސް މުޢިއްޒުގެ ރައްޔިތުންގެ ބައްދަލުވުން: ފުރުސަތު ހޯދަން ޖެހުނީ ހަޅޭ ޖަހައި، އިހުތިޖާޖު ކޮށްގެން

09 ޑިސެމްބަރު 2025
ރައީސް މުޢިއްޒުގެ ރައްޔިތުންގެ ބައްދަލުވުން: ފުރުސަތު ހޯދަން ޖެހުނީ ހަޅޭ ޖަހައި، އިހުތިޖާޖު ކޮށްގެން
08 ޑިސެމްބަރު 2025

ގޮނޑި ގެއްލޭ އިސްލާހު ފާސްކުރީ ރައްޔިތުންގެ ނިންމުމަށް އިހުތިރާމް ކުރުމަށް ކަމަށް ރައީސް ވިދާޅުވުމުން މެންބަރު އަބްދުއްރަޙްމާންގެ ސުވާލެއް

08 ޑިސެމްބަރު 2025
ގޮނޑި ގެއްލޭ އިސްލާހު ފާސްކުރީ ރައްޔިތުންގެ ނިންމުމަށް އިހުތިރާމް ކުރުމަށް ކަމަށް ރައީސް ވިދާޅުވުމުން މެންބަރު އަބްދުއްރަޙްމާންގެ ސުވާލެއް
08 ޑިސެމްބަރު 2025

ހަފްތާއަކު ހަތަރު ރޭ ބޯޅަ ކުޅެން އާރަށަށް ވަޑައިގެންނެވޭ، ރައްޔިތަކާ ބައްދަލު ކުރައްވަން ވަގުތެއް ނެތް!

08 ޑިސެމްބަރު 2025
ހަފްތާއަކު ހަތަރު ރޭ ބޯޅަ ކުޅެން އާރަށަށް ވަޑައިގެންނެވޭ، ރައްޔިތަކާ ބައްދަލު ކުރައްވަން ވަގުތެއް ނެތް!
08 ޑިސެމްބަރު 2025

ރައީސް މުއިއްޒު ގެ މެނިފެސްޓޯ އަކީ ގައުމީ ތަރައްގީގެ ޕްލޭން ކަމަށް ވިދާޅުވެ، މެނިފެސްޓޯ ގައި ހުރި ވައުދު ތަކަކީ ޕްލޭނު ގައި ހުންނާނެ ވައުދުތައް ކަމަށް ވިދާޅުވެއްޖެ

08 ޑިސެމްބަރު 2025
ރައީސް މުއިއްޒު ގެ މެނިފެސްޓޯ އަކީ ގައުމީ ތަރައްގީގެ ޕްލޭން ކަމަށް ވިދާޅުވެ، މެނިފެސްޓޯ ގައި ހުރި ވައުދު ތަކަކީ ޕްލޭނު ގައި ހުންނާނެ ވައުދުތައް ކަމަށް ވިދާޅުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު