Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
މަގޭ ރިޕޯޓް

ޝުކުރިއްޔާ އޭޓީއެމް!

ތީމުގެ ދޮށަށް ސިޓީ ހިފައިގެން ގޮސް، ބަލިވާ ކޮންމެ ފަހަރަކު ރައީސުލްޖުމްހޫރިއްޔާ ދެއްވާ ދެކޮޅު ޓިކެޓާއި 200 ޑޮލަރު ހިފައިގެން ބޭސްފަރުވާއަށް ދިޔަ ޒަމާން ދިވެހިން ހަނދާން ނެތޭހާ ދުވަހެއް ނުވެއެވެ. އޭރު ކޮންމެ މީހަކުވެސް ގަބޫލް ކުރަނީ އެއީ ރައީސްގެ ހެޔޮފުޅުކަމުން ދެއްވާ އެއްޗެއް ކަމަށެވެ.

އާމިރު ސަލީމް
އާމިރު ސަލީމް, ރާއްޖެ އެމްވީ | 25 ޖެނުއަރީ 2025 | ހޮނިހިރު 11:21
ބީއެމްއެލްގެ މެޝިނަކުން އަންހެނަކު ލާރި ނަގަނީ - ސަރުކާރުން ދޭހާ އެއްޗަކީ ރައީސް މުއިއްޒު ދޭ އެއްޗެއް ކަމަށްވާނަމަ ފައިސާ ދެނީވެސް އޭޓީއެމުންނޭ ބުނާ މީހުންވެސް މަދެއް ނޫން

ބީއެމްއެލްގެ މެޝިނަކުން އަންހެނަކު ލާރި ނަގަނީ - ސަރުކާރުން ދޭހާ އެއްޗަކީ ރައީސް މުއިއްޒު ދޭ އެއްޗެއް ކަމަށްވާނަމަ ފައިސާ ދެނީވެސް އޭޓީއެމުންނޭ ބުނާ މީހުންވެސް މަދެއް ނޫން

އޭޓީއެމް އެއްގެ ދޮށަށް ފައިސާ ނަގަން ގޮސް ހުރި މީހެކެވެ. ކާޑު ޖަހާ ފައިސާތައް ނެގުމަށް ފަހު އޭނާ ބުނީ "ޝުކުރިއްޔާ އޭޓީއެމް" މިހެންނެވެ. ކައިރީގައި ހުރި އެހެން މީހަކު ކަލޭ އޭޓީއެމް އަށް ޝުކުރު އަދާކުރީ ކީއްވެތޯ އެހުމުން އޭނާ ބުނީ، ފައިސާ ދިނީ އޭޓީއެމް އިން ނޫން ހެއްޔެވެ. ޝުކުރު އަދާކުރީ އެހެން ވެގެންނެވެ. ރައްޔިތުންގެ ޓެކްސް ފައިސާ އިން ތަރައްޤީގެ މަޝްރޫއުތައް ސަރުކާރުން ހިންގުމުން ޝުކުރިއްޔާ ރައީސް އޭ ބުނަންޏާ، ފައިސާ ލިބުމުން ޝުކުރިއްޔާ އޭޓީއެމްއޭ ނުބުނެވެންވީ ކީއްވެގެން ހެއްޔެވެ.

މިވާހަކަތައް އަޑުއިވުމާއެކު އަޅުގަނޑުގެ ހަނދާނަށް އައީ މަޝްހޫރު ސިޔާސީ ތަޖުރިބާކާރަކު ވިދާޅުވެފައި އޮތް ވާހަކައެކެވެ. ރައްޔިތުންގެ ޓެކްސް ފައިސާ އިން މަގުތައް ހަދާ ބަނދަރުތައް ހަދާ މުވައްޒަފުންނަށް މުސާރަ ދިނުމުން އެއީ ރައީސް ކޮށްދެއްވި ކަމަކަށް ހަދައިގެން ރައީސް އަށް ޝުކުރު އަދާކުރާނަމަ، ކާޑު ޖަހައިގެން ފައިސާ އަންނަ އޭޓީއެމް އަށް ޝުކުރު އަދާކުރުމާ އެކަމާ ތަފާތެއް ނެތެވެ. ސަބަބަކީ އޭޓީއެމްގައި ވެސް ހުންނަނީ އެމީހާގެ ފައިސާއެވެ. ގައުމުގެ ތިޖޫރީގައި ހުންނަނީވެސް އެމީހާ ޓެކުހުގެ ގޮތުގައި ދެއްކި ފައިސާއެވެ. އެއްވެސް ތަފާތެއް ނެތެވެ.

މިވާހަކަ ހަނދާންވުމާއެކު މިވާހަކަޔާއި އަޅުގަނޑަށް ގުޅުވާލެވެނީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ "ހެޔޮފުޅުކަމުން'' ކޮށްދެއްވަމުން މި ގެންދަވާ ކަންކަމެވެ. 2024 ވަނަ އަހަރުގެ ބަޖެޓަށް އެކަނި ބަލާލިނަމަވެސް ބަޖެޓުގެ ދެބައިކުޅަ އެއްބަޔަށްވުރެ ބޮޑީ ޓެކްސް ފައިސާއެވެ. އެކަމަކު ރޯދަޔަށް ކޮންމެ ގޭބިސީ އަކަށް މަސްދަޅު ކޭހެއް ދެއްވަނީވެސް ރައީސް މުއިއްޒުއެވެ. ފުޓުބޯޅަ ކުޅޭ ދެ ދަނޑު އޮންނަ ރަށުގައި އިތުރު ދަނޑެއް އަޅުއްވައި ދެއްވަނީ ވެސް ރައީސް މުއިއްޒުއެވެ. މަސްވެރިން ބާނާ މަސް، ސަރުކާރުގެ މަސް ފެކްޓްރީ ތަކަށް ކިރުވާފައި އެ ކިރުވި މަހަށް ފައިސާ ދެއްވަނީ ވެސް ރައީސް މުއިއްޒުއެވެ. މިދިޔަ ރަމަޟާން މަހު ގޭގެޔަށް ދިން 10 ކިލޯ ހަނޑުލާއި 10 ކިލޯ ފުށް އެއީވެސް ރައީސް މުއިއްޒުގެ ހެޔޮފުޅުކަމުން ދެއްވި އެއްޗިއްސެވެ. މިއިން ކޮންމެ ކަމެއްގެ ޝުކުރު ރައީސަށް އަދާ ކުރަމުން ދަނީ އިންތިހާ އަށެވެ. ހީވަނީ މިއީ ރައީސް މުއިއްޒުގެ މުސާރައިން ބާކީ ކޮށްގެން އަމިއްލަފުޅު ޖީބުން ދެއްވަމުންދާ އެއްޗެހި ހެންނެވެ. ނޫނީ ދިވެހިރާއްޖޭގެ ޚަޒާނާގައި ހުރީ ރައީސް މުއިއްޒުއަށް ވާރުތައިން ލިބިފައި ހުރި ނުވަތަ އެތައް ދުވަހެއް ވަންދެން އެ މަނިކުފާނު ކުރެއްވި ވިޔަފާރިއަކުން ފައިދާގެ ގޮތުގައި ލިބިފައި ހުރި ފައިސާތަކެއް ހެންނެވެ.

ތީމުގެ ދޮށަށް ސިޓީ ހިފައިގެން ގޮސް، ބަލިވާ ކޮންމެ ފަހަރަކު ރައީސުލްޖުމްހޫރިއްޔާ ދެއްވާ ދެކޮޅު ޓިކެޓާއި 200 ޑޮލަރު ހިފައިގެން ބޭސްފަރުވާއަށް ދިޔަ ޒަމާން ދިވެހިން ހަނދާން ނެތޭހާ ދުވަހެއް ނުވެއެވެ. އޭރު ކޮންމެ މީހަކުވެސް ގަބޫލް ކުރަނީ އެއީ ރައީސްގެ ހެޔޮފުޅުކަމުން ދެއްވާ އެއްޗެއް ކަމަށެވެ. ނަމަވެސް އެކަން ދިވެހިން ބަދަލުކުރީ އެގޮތް ކަމުނުދާތީއެވެ. މަލްޓިޕާޓީ ޑިމޮކްރަސީ އެއް ދިވެހިން ގެނައީ މިޤައުމުގެ ވަސީލަތްތަކުން ލިބޭ އާމްދަނީން ރައްޔިތުންނަށް ސަރުކާރުންދޭ އެއްޗަކީ ރައީސް ދެއްވާ އެއްޗެއްގެ ގޮތުގައި އޮތް އޮތުމަށް ނިމުމެއް ގެންނާށެވެ. ތިން ބާރު ވަކިވެފައި އޮތް ނިޒާމަކާއި ޓެކްސް ނަގައިގެން ސަރުކާރު ހިންގާ ނިޒާމު ދިވެހިން ގަބޫލް ކުރީ ކުރިން އޮތް ގޮތަކީ ކަމުނުދާ، ބޯދާ ގޮތަކަށް ވާތީއެވެ.

ނަމަވެސް މި ހުރިހާ ނިޒާމެއްގެ ތެރެއިން ވެރިކަން ކުރަން ވަޑައިގެން ހުންނެވި ރައީސް ޑރ. މުހައްމަދު މުއިއްޒު 2025 ވަނަ އަހަރުވެސް އުޅުއްވާތީ މި ފެންނަނީ ހަމަ އެ ބޯދާ ގޮތްތައް މި ޤައުމަށް ގެންނަވާށެވެ. ދިވެހިންނަށް ކަމުނުގޮސްގެން ދޫކޮށްލި ކަޓު ގޮތް އަލުން އިޔާދަކުރައްވާށެވެ. ސަރުކާރުގެ އާމްދަނީގެ ބޮޑު ބައެއް ޓެކުހަށް ބަރޯސާވެ ރައްޔިތުންގެ އަތުން އެތައް ނަމެއްގައި އެތައް ޓެކުހެއް ނަގައިގެން އަދިވެސް މަސައްކަތްޕުޅު ކުރައްވަނީ ސަރުކާރުން ކުރާ ކޮންމެ ކަމެއް އެއީ ރައީސް މުއިއްޒު ކޮށްދެއްވާ، އެމަނިކުފާނުގެ ހެޔޮފުޅު ކަމުން ކޮށްދެއްވާ ކަމަކަށް ހަދައިގެން އެންމެންގެ ދުލުން ޝުކުރާއި ތައުރީފުގެ ބަސް ހޯއްދަވާށެވެ.

ގަބޫލްފުޅު ކުރައްވާށެވެ. ފެލިވަރަކީ ދިވެހި ދައުލަތުގެ ތަނެކެވެ. އެތަނުގެ މުވައްޒަފުންގެ މުސާރައާއި މެޝިނަރީއަށް ކުރާ ޚަރަދާއި ކަރަންޓާއި ފެނުގެ ބިލުތަކާއި ތަން ހިންގުމަށް ކުރާ ޚަރަދާއި، ތަނަށް ގަންނަ މަހަށް ދައްކާ ފައިސާވެސް ދައްކަނީ ދިވެހި ރައްޔިތުންގެ ޓެކްސް ފައިސާއިންނެވެ. ވީއިރު ހަމަ އެ ފެލިވަރުން އުފައްދާ މަސްދަޅު ކޭސް ގޭގެޔަށް ބައްސަވާފައި، މިއީ ތިމަން މަނިކުފާނުގެ ހެޔޮފުޅުކަމުން ދެއްވާ އެއްޗެއް ކަމަށް ހައްދަވަން ތި އުޅުއްވަނީ ކޮން ބަޔަކަށް ކޮން އެއްޗެއް އޮޅުވާލައްވަންތޯއެވެ؟ ދިވެހި ދައުލަތުން މިހާތަނަށް ކުރި އެއްވެސް ޚަރަދެއްގައިވެސް އަދި ކުރިއަށް ކުރަން ހުރި އެއްވެސް ޚަރަދެއްގައިވެސް އެ މަނިކުފާނުގެ މުސާރައިން ނުވަތަ މަނިކުފާނުގެ އަމިއްލަފުޅު ވިޔަފާރިއަކުން ލިބިވަޑައިގެންނެވި ލޯ ލާރިއެއްވެސް ނުހިމެނޭނެކަން އެއީ އެންމެން ދަންނަ ހަގީގަތެކެވެ. އޭގެ ބަދަލުގައި ރައްޔިތުންނަށް ޚިދުމަތް ކޮށްދިނުމަށްޓަކައި ރައީސް މުއިއްޒުއަށްވެސް މުސާރައާއި ކޭންބުއިމާއި ދިރިއުޅޭނެ ތަނާއި ދަތުރުފަތުރު ކުރާނެ ގޮތާއި ސަލާމަތީ ކަންތައްތަކާވެސް ބަލަހައްޓަމުން ގެންދަނީ ހަމަ ދިވެހިންގެ ޓެކްސް ފައިސާއިން ނޫންތޯއެވެ؟

ވީއިރު ތިޔަ ބާވަތުގެ ޕީއާރު ސްޓަންޓް ނުހައްދަވާށެވެ. އެކަން މިހާރު ވަނީ ޖޯކަކަށެވެ. ކުޑަކުދިންތަކަކާ ކަންމަތިން ބައްދަލު ކުރައްވާ، ރައީސް އޭ އަޅުގަނޑުމެންނަށް ފުޓްސަލް ދަނޑެކޭ ބުނާ އިރަށް، އާނ އެކަން ހަމަ ޖެހޭނޭ ވިދާޅުވާއިރު އެއީ ރައީސް ހެޔޮފުޅު ކަމުން ކޮށްދެއްވި ކަމެއްގެ ގޮތުގައި ހައްދަވަން ނޫޅުއްވާށެވެ. ފުޓްސަލް ދަނޑު ލިބިގެން މަނިކުފާނަށް ޝުކުރު އަދާކުރަންޖެހޭނަމަ ފައިސާ ދޫކުރަނީ އޭޓީއެމް އިން ކަމަށް ވާތީ ޝުކުރު އަދާކުރަންވެސް ޖެހޭނީ އޭޓީއެމް އަށް ތާއެވެ.

މަގޭ ރިޕޯޓްރައީސުލްޖުމްހޫރިއްޔާ، ޑރ. މުޙައްމަދު މުޢިއްޒު

ކޮމެންޓް

އިތުރަށް ކިޔާލަން

ދުވާފަރު ގައި ގަވާއިދާ ޚިލާފަށް ދޫކޮށްފައި އޮތް ބިމެއް ގައި ޕީއެންސީ އިން ޖަގަހައެއް ހަދައިފި

ދުވާފަރު ގައި ގަވާއިދާ ޚިލާފަށް ދޫކޮށްފައި އޮތް ބިމެއް ގައި ޕީއެންސީ އިން ޖަގަހައެއް ހަދައިފި

09 ޑިސެމްބަރު 2025
ރައީސް މުޢިއްޒުގެ ރައްޔިތުންގެ ބައްދަލުވުން: ފުރުސަތު ހޯދަން ޖެހުނީ ހަޅޭ ޖަހައި، އިހުތިޖާޖު ކޮށްގެން

ރައީސް މުޢިއްޒުގެ ރައްޔިތުންގެ ބައްދަލުވުން: ފުރުސަތު ހޯދަން ޖެހުނީ ހަޅޭ ޖަހައި، އިހުތިޖާޖު ކޮށްގެން

09 ޑިސެމްބަރު 2025
ގޮނޑި ގެއްލޭ އިސްލާހު ފާސްކުރީ ރައްޔިތުންގެ ނިންމުމަށް އިހުތިރާމް ކުރުމަށް ކަމަށް ރައީސް ވިދާޅުވުމުން މެންބަރު އަބްދުއްރަޙްމާންގެ ސުވާލެއް

ގޮނޑި ގެއްލޭ އިސްލާހު ފާސްކުރީ ރައްޔިތުންގެ ނިންމުމަށް އިހުތިރާމް ކުރުމަށް ކަމަށް ރައީސް ވިދާޅުވުމުން މެންބަރު އަބްދުއްރަޙްމާންގެ ސުވާލެއް

08 ޑިސެމްބަރު 2025
ހަފްތާއަކު ހަތަރު ރޭ ބޯޅަ ކުޅެން އާރަށަށް ވަޑައިގެންނެވޭ، ރައްޔިތަކާ ބައްދަލު ކުރައްވަން ވަގުތެއް ނެތް!

ހަފްތާއަކު ހަތަރު ރޭ ބޯޅަ ކުޅެން އާރަށަށް ވަޑައިގެންނެވޭ، ރައްޔިތަކާ ބައްދަލު ކުރައްވަން ވަގުތެއް ނެތް!

08 ޑިސެމްބަރު 2025
ރައީސް މުއިއްޒު ގެ މެނިފެސްޓޯ އަކީ ގައުމީ ތަރައްގީގެ ޕްލޭން ކަމަށް ވިދާޅުވެ، މެނިފެސްޓޯ ގައި ހުރި ވައުދު ތަކަކީ ޕްލޭނު ގައި ހުންނާނެ ވައުދުތައް ކަމަށް ވިދާޅުވެއްޖެ

ރައީސް މުއިއްޒު ގެ މެނިފެސްޓޯ އަކީ ގައުމީ ތަރައްގީގެ ޕްލޭން ކަމަށް ވިދާޅުވެ، މެނިފެސްޓޯ ގައި ހުރި ވައުދު ތަކަކީ ޕްލޭނު ގައި ހުންނާނެ ވައުދުތައް ކަމަށް ވިދާޅުވެއްޖެ

08 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

21 ޖެނުއަރީ
ގުރުބާން ކުރާ ކަންބަޅިންގެ ތެރެއަށް އިތުރު ތިން ކަންބަޅި އިތުރުވެއްޖެ
20251 އަހަރު ކުރިން
ރިޕޯޓު

ގުރުބާން ކުރާ ކަންބަޅިންގެ ތެރެއަށް އިތުރު ތިން ކަންބަޅި އިތުރުވެއްޖެ

ވެރިކަމަށް ގެނައުމަށް މަސައްކަތް ކުރި މީހުންގެ މޫނުގައި މުއިއްޒާއި ވެރިކަން ކުރާ ޕާޓީން މި ޖެހީ ހެޔޮވަރު ވަރެއްގެ ތަފާލެއް
20242 އަހަރު ކުރިން
ރިޕޯޓު

ވެރިކަމަށް ގެނައުމަށް މަސައްކަތް ކުރި މީހުންގެ މޫނުގައި މުއިއްޒާއި ވެރިކަން ކުރާ ޕާޓީން މި ޖެހީ ހެޔޮވަރު ވަރެއްގެ ތަފާލެއް

ހިސާންއަށް ހެދިގޮތް: އިންސާނިއްޔަތުކަމެއްވެސް ނެތީތަ؟
20233 އަހަރު ކުރިން
ރިޕޯޓު

ހިސާންއަށް ހެދިގޮތް: އިންސާނިއްޔަތުކަމެއްވެސް ނެތީތަ؟

މަރުހޫމް ވަހީދަށް ހުތުރު ބަހުން މުޚާތަބް ކުރާނެ މީހަކަށް ގޮނޑި ނުދެވޭނެ - ރާޝިދު
20224 އަހަރު ކުރިން
ރާއްޖެ

މަރުހޫމް ވަހީދަށް ހުތުރު ބަހުން މުޚާތަބް ކުރާނެ މީހަކަށް ގޮނޑި ނުދެވޭނެ - ރާޝިދު

ފިނޮޅަކަށް ގެއްލުން ދިން މައްސަލައެއް ފުލުހުން ބަލަނީ، އީ.ޕީ.އޭ.އިން ބުނަނީ ފިޔަވަޅުއަޅަން ފަސް ނުޖެހޭނެކަމަށް
20215 އަހަރު ކުރިން
ރާއްޖެ

ފިނޮޅަކަށް ގެއްލުން ދިން މައްސަލައެއް ފުލުހުން ބަލަނީ، އީ.ޕީ.އޭ.އިން ބުނަނީ ފިޔަވަޅުއަޅަން ފަސް ނުޖެހޭނެކަމަށް

\'\'އަހަރެންގެ މަރުގެ ޒިންމާ ނަގަންޖެހޭނީ އައިމަން\'\'
20197 އަހަރު ކުރިން
ތަފާތު ޚަބަރު

\'\'އަހަރެންގެ މަރުގެ ޒިންމާ ނަގަންޖެހޭނީ އައިމަން\'\'

އިސްލާމް ދީން ބިނާވެގެން ވަނީ ފަސް ރުކުނެއްގެ މައްޗަށް
20188 އަހަރު ކުރިން
އިސްލާމް

އިސްލާމް ދީން ބިނާވެގެން ވަނީ ފަސް ރުކުނެއްގެ މައްޗަށް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު