Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ސުޕްރީމް ކޯޓުގެ ހުކުމް

ހުކުމް ލިޔެފި، އަބަދު ސަރުކާރުން ބޭނުންވާ ގޮތަށް ހުކުމެއް ނާންނާނެ: ގުޅިފައިވާ ޕާޓީތައް

އަވަހަށް ސުޕްރީމް ކޯޓުން ހުކުމް ކޮށް އިންސާފު ގާއިމްކޮށްދޭންޖެހޭ

އަޒުމޫން އަހުމަދު
އަޒުމޫން އަހުމަދު, ރާއްޖެ އެމްވީ | 21 އޯގަސްޓު 2017 | ހޯމަ 10:58
ސުޕްރީމް ކޯޓުން ނިކުމެވަޑައިގެން ޕާޓީތަކުގެ އިސްވެރިން މީޑިއާއަަށް މައުލޫމާތު ދެއްވަނީ

ސުޕްރީމް ކޯޓުން ނިކުމެވަޑައިގެން ޕާޓީތަކުގެ އިސްވެރިން މީޑިއާއަަށް މައުލޫމާތު ދެއްވަނީ

ރައްޔިތުންގެ މަޖިލީހުގެ ހަތަރު މެންބަރެއްގެ ގޮނޑި ގެއްލިފައިވާ ކަމަށް ބުނާ މައްސަލައިގައި ސުޕްރީމް ކޯޓުގެ ހުކުމް ލިޔެފައިވާ ކަމަށާއި އަބަދު ސަރުކާރުން ބޭނުންވާ ގޮތަށް ހުކުމް ނާންނާނެ ކަމަށް ގުޅިފައިވާ ޕާޓީތަކުން ބުނެފި އެވެ.

ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނާ މައްސަލަ، ތުލުސްދޫ ދާއިރާގެ މެންބަރު މުހައްމަދު ވަހީދު އިބްރާހިމާއި، ވިލިނގިލީ ދާއިރާގެ މެންބަރު ސައުދު ހުސެއިނާއި، މަޑުއްވަރީ ދާއިރާގެ މެންބަރު މުހައްމަދު އަމީތުގެ އިތުރުން ދިއްދޫ ދާއިރާގެ މެންބަރު އަބްދުލްލަތީފް މުހައްމަދު ވަނީ ސުޕްރީމް ކޯޓަށް ހުށަހަޅުއްވާފަ އެވެ. އެ މައްސަލައިގެ އަޑުއެހުންތައް ސުޕްރީމް ކޯޓުން ނިންމާލާފައިވަނީ އޯގަސްޓް 13 ވަނަ ދުވަހު އެވެ.

Advertisement - newsAdvertisement

މައްސަލައިގެ އަޑުއެހުންތައް ނިންމާލިތާ ހަފްތާއަކަށް ވުރެ ގިނަ ދުވަސްވީއިރު ވެސް ހުކުމް އިއްވާފައިނުވާތީ ކަންބޮޑުވުންތައް ހިއްސާ ކުރެއްވުމަށް ގުޅިފައިވާ ޕާޓީތަކުގެ އިސްވެރިން ހޯމަ ދުވަހު ސުޕްރީމް ކޯޓަށް ވަޑައިގެންނެވި އެވެ. އެހެން ނަމަވެސް، ސުޕްރީމްކޯޓުގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދުގެ އިތުރުން ކޯޓުގެ ރަޖިސްޓްރާއާ ވެސް ބައްދަުކުރެވޭ ގޮތެއް ނުވި އެވެ.

ކޯޓުން ނިކުމެވަޑައިގެން ނޫސްވެރިންނާ ބައްދަލުކުރައްވައި ޔުމްނާ މައުމޫން ވިދާޅުވީ ހަތަރު މެންބަރުންގެ ގޮނޑީގެ މައްސަލައިގައި ސުޕްރީމް ކޯޓުގެ ހުކުމް ލަސްވަމުންދާތީ އިންތިހާއަށް ކަންބޮޑުވެވަޑައިގަންނަވާ ކަމަށެވެ. ޔުމްނާ ވިދާޅުވީ ކޯޓުގެ ހުކުމް ލިޔެ ނިމިފައިވާ ކަމަށް މައުލޫމާތު ލިިބޭ ކަމަށާއި ނަމަވެސް ކޮންމެވެސް ފަރާތަކުން ނުފޫޒު ފޯރުވާތީ ހުކުމް ކުރުން ލަސްވަމުންދާ ކަމަށެވެ.

ޔުމްނާ ވިދާޅުވީ މި މައްސަލައަކީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި އެ މެންބަރުން ތަމްސީލު ކުރައްވާ ރައްޔިތުންގެ ހައްގުތަކާ ގުޅިފައިވާ މައްސަލައެއް ކަމަށާއި މިއީ މުޅި ގައުމުގެ މަސްލަހަތާ ގުޅިފައިވާ ކަމެއް ކަމަށެވެ.

"އަޅުގަނޑުމެންނަށް އަޑުތައް އިވޭ ގޮތުގައި މިކަމާ ގުޅޭގޮތުން ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ވަނީ މަޝްވަރާކުރައްވާފަ އަދި ގޮތްތަކެއް ވެސް ނިންމަވާފަ އެހެންނަމަވެސް ކޮންމެވެސް ސަބަބަކާ ހުރެ، ކޮންމެވެސް ނުފޫޒަކާ ހުރެ ހުކުމް ލަސްވަމުން މިދަނީ، އެހެންވީމަ އެކަމާ ކަންބޮޑުވުން ފާޅުކުރަން އެކަން އަވަސް ކޮށްދެއްވާތޯ ދަންނަވަން އަޅުގަނޑުމެން އައީ އުއްތަމަ ފަނޑިޔާރާ ބައްދަލުކޮށްލަން،" ޔުމްނާ ވިދާޅުވި އެވެ.

ޔުމްނާ ވިދާޅުވީ އަންގާރަ ދުވަހު މަޖިލީހުގެ ޖަލްސާއެއް ބާއްވަން އެޖެންޑާ ކޮށްފައިވާއިރު، ޖަލްސާގެ ކުރިން މެންބަރުންގެ ގޮނޑިއާ މެދު ވެފައިވާގޮތް ސުޕްރީމް ކޯޓުން ސާފުކޮށްދޭންޖެހޭނެ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.

ޔުމްނާ ވިދާޅުވީ މި މައްސަލައިގައި ސުޕްރީމް ކޯޓުން ނިންމާފައިވާ ނިންމުން ދިވެހި ރައްޔިތުންނަށް އެނގެންޖެހޭ ކަމަށެވެ. ޔުމްނާ ވަނީ ހުކުމް އަވަސް ކޮށްދިނުމަށް އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދަށް ގޮވާލައްވާފަ އެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެމްޑީޕީ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހިމް މުހައްމަދު ސޯލިހު(އިބޫ) ވިދާޅުވީ ސުޕްރީމް ކޯޓަށް މި މައްސަލަ ހުށަހެޅިފައިވާތާ މަހެއްހާ ދުވަސް ވެފައިވާއިރު، މިފަދަ ބޮޑު މައްސަލައެއްގައި ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ގޮތެއް ނުނިންމަވާ ތިއްބަވާނެ ކަމަށް ގަބޫލުނުކުރައްވާ ކަމަށެވެ.

"ގަބޫލުކުރައްވަންޖެހޭނެ ހަގީގަތަކީ ކޮންމެ ފަހަރަކު ސަރުކާރާ އެއްކޮޅަކަށް ހުކުމެއް ނުނިކުމެ ދާނެ، އެހެންނަމަވެސް އުއްތަމަ ފަނޑިޔާރުގެ މަސްއޫލިއްޔަތެއް ޒިންމާއެއް ވާޖިބެއް އެއީ އަވަހަށް ރައްޔިތުންނަށް ޝަރީއަތުގައި އެ ނިންމޭ ގޮތެއް ހާމަކުރުން، އެހެން ނޫނިއްޔާ ގެއްލިގެން އެ ދަނީ ވަރަށް ގިނަ ބައެއް ހައްގު،" އިބޫ ވިދާޅުވި އެވެ.

އިބޫ ވިދާޅުވީ ފަނޑިޔާރުންގެ މަޖިލީހުން ކޮންމެ ގޮތަކަށް ނިންމާފައި އޮތް ނަމަވެސް، ހުކުމެއްގެ ގޮތުގައި އެ ނިންމުމެއް ރައްޔިތުންނާ ހަމައަށް ހާމަކުރަންޖެހޭ ކަމަށެވެ. އަދި ބައެއް ފަހަރު އުއްތަމަ ފަނޑިޔާރު ބޭނުންފުޅު ނުވާ ގޮތަށް ވެސް ކަންތައްތައް ނިމިދާނެ ކަމަށާއި އެހެންނަމަވެސް ހުކުމް އަވަސް ކުރައްވަންޖެހޭނެ ކަމަށް އިބޫ ވިދާޅުވި އެވެ.

"ބައެއް ފަހަރު އުއްތަމަ ފަނޑިޔާރު ގަބޫލުނޫން ގޮތަށް ވެސް ނިމިގެން ހިނގައިދާނެ، އެބަހުރި މީގެ ކުރިންވެސް ވެފަ، އަނެއް ބައި ފަހަރު އެހެން ފަނޑިޔާރުން ގަބޫލުނޫން ގޮތަށް ވެސް ނިމިގެން ހިނގައިދާނެ، އެހެންވީމަ އެއަށް ނުބައްލަވާ އަވަހަށް ޝަރީއަތުން މީގަ ހުކުމެއް އިއްވަވާ ދެއްވާށޭ،" އިބޫ ވިދާޅުވި އެވެ.

އެ ބައްދަލުވުމުގައި ޖުމްހޫރީ ޕާޓީގެ ޑެޕިއުޓީ ލީޑަރު އަބްދުﷲ ރިޔާޒު ވިދާޅުވީ މި މައްސަލައިގައި އެންމެ ފަހުން ބޭއްވި އަޑުއެހުމުގައި ދެން އޮންނާނީ ހުކުމް އިއްވުން ކަމަށް އުއްތަމަ ފަނޑިޔާރު އިއުލާނު ކުރައްވާފައިވާއިރު، ހުކުމް އިއްވުން ލަސްވަމުންދާ ކޮންމެވެސް ސަބަބެއް އޮންނާނެ ކަމަށެވެ.

ރިޔާޒު ވިދާޅުވީ މި މައްސަލައިގެ ތެރެއަށް ސަރުކާރުގެ ނުފޫޒު ވަރަށް ބޮޑަށް ވަދެފައިވާ ކަމާއި އެކިއެކި ފަނޑިޔާރުންނަށް ބިރު ދައްކަމުންދާކަމުގެ މައުލޫމާތު ލިބެމުންދާ ކަމަށެވެ.

"މީގަ ހަމައެކަނި ހުކުމަކާ ހަމައަށް ޝެޑިއުލް ނުކުރެވިގެންތޯ މިއުޅެނީ ކާކުގެ ނުފޫޒުތޯ، އަޅުގަނޑުމެންނަށް މައުލޫމާތު އެބަލިބޭ ސަރުކާރުގެ ނުފޫޒު ވަރަށް ބޮޑަށް އެބައޮތް ކަމަށް ވެސް، އެކިއެކި ފަނޑިޔާރުންނަށް ބިރުދައްކާ ކަމުގެ އަޑުތައްވެސް އެބަ އިވޭ، އަޅުގަނޑެއް ގަބޫލެއް ނުކުރަން ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް އެއްވެސް ބަޔަކަށް ބިރުދެއްކިދާނެ ކަމަކަށް، ސަލާމަތީ ޚިދުމަތްތަކުގެ މަސްއޫލިއްޔަތެއް އެބޭފުޅުންގެ ސަލާމަތާ ރައްކާތެރިކަން ހިފަހެއްޓުމަކީ" ރިޔާޒް ވިދާޅުވި އެވެ.

ރިޔާޒު ވިދާޅުވީ ސުޕްރީމް ކޯޓަކީ އަބަދު ސަރުކާރުން ބޭނުންވާ ގޮތަށް ކަންކަން ނިންމަންޖެހޭ ބައެއް ނޫން ކަމަށާއި ސުޕްރީމް ކޯޓުގެ މަސްއޫލިއްޔަތަކީ އަދުލު އިންސާފު ގާއިމްކޮށްދިނުން ކަމަށެވެ. އަދި ސުޕްރީމް ކޯޓަކީ ރައްޔިތުންގެ އިތުބާރު އޮންނަ ތަނަކަށް ވެސް ވާންޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.

އަދާލަތު ޕާޓީގެ ނައިބު ރައީސް އަލީ ޒާހިރު ވިދާޅުވީ އަދުލު އިންސާފަށް އެއްވެސް ފަރާތަކުން ހުރަސްއަޅައިގެން ނުވާނެ ކަމަށް ގާނޫނު އަސާސީގައި ބަޔާންކޮށްފައިވާއިރު، އަދުލު އިންސާފަށް އެއްވެސް ފަރާތަކުން ހުރަސްއަޅާނަމަ އެއީ ވަރަށް ބޮޑު ކުށެއް ކަމަށެވެ.

އަލީ ޒާހިރު ވިދާޅުވީ ސުޕްރީމް ކޯޓުން ކަންކަން ނިންމާއިރު، ފަނޑިޔާރުންގެ ރައުޔު ތަފާތުވާނަމަ ތަފާތުވާ ރައުޔު ވެސް ލިޔެވޭނެ ކަމަށެވެ. އޭނާ ވިދާޅުވީ ރައުޔު ތަފާތު ވިޔަސް ހުކުމް ނެރެވެންވާނެ ކަމަށާއި ހުކުމް ލަސްކޮށްގެން ނުވާނެ ކަމަށެވެ.

"ސުޕްރީމް ކޯޓަކީ ޝަރުއީ ދާއިރާގެ އެންމެ މަތީ ފަރާތްކަމުގައިވާއިރު އެފަރާތަށް ވެސް މިނިވަންކަމާއެކު މަސައްކަތް ކުރެވެންޖެހޭނެ އެއްވެސް ފަރާތެއް ނުފޫޒެއް ބިރު ދެއްކުމެއް އޮވެގެން ނުވާނެ، އަދި އެފަރާތުން ވެސް އެއްވެސް ފަރާތެއްގެ ބިރުދެއްކުމަށް ނުވަތަ ނުފޫޒަކަށް ބޯލަނބައިގެން ވެސް ނުވާނެ،" އަލީ ޒާހިރު ވިދާޅުވި އެވެ.

ޕާޓީތަކުގެ އިސްވެރިން ސުޕްރީމް ކޯޓަށް ވަޑައިގެން އުއްތަމަ ފަނޑިޔާރާ ވެސް އަދި ރަޖިސްޓްރާއާ ވެސް ބައްދަލުކުރެވިފައިނުވާތީ، އަންގާރަ ދުވަހު ވެސް ކޯޓަށް ވަޑައިގަންނަވަން ވަނީ ނިންމާފަ އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ކޮންމެ ދުވަހަކު އިވެނީ ރައީސް ޔާމީންގެ ސަރުކާރުން ހިންގާ ޖަރީމާތަކުގެ ވާހަކަ: ޝިފާޒު

ކޮންމެ ދުވަހަކު އިވެނީ ރައީސް ޔާމީންގެ ސަރުކާރުން ހިންގާ ޖަރީމާތަކުގެ ވާހަކަ: ޝިފާޒު

16 ޖެނުއަރީ 2017
ސަރުކާރުންދޭ ލޯން ގެރެންޓީއަކީ ރޭވިގެންކުރާ ބޮޑު ޖަރީމާއެއް: ޑރ. ޖަމީލް

ސަރުކާރުންދޭ ލޯން ގެރެންޓީއަކީ ރޭވިގެންކުރާ ބޮޑު ޖަރީމާއެއް: ޑރ. ޖަމީލް

15 ޖެނުއަރީ 2017
ތިން ބިލިއަން ރުފިޔާގެ ލޯނެއް ނަގަން ސަން ސިޔާމަށް ސަރުކާރުން ގެރެންޓީ ދެނީ!

ތިން ބިލިއަން ރުފިޔާގެ ލޯނެއް ނަގަން ސަން ސިޔާމަށް ސަރުކާރުން ގެރެންޓީ ދެނީ!

15 ޖެނުއަރީ 2017
ދީން ނިކަމެތިކޮށްލަން ސަރުކާރުން މަސައްކަތްކުރޭ: އާޒިމް

ދީން ނިކަމެތިކޮށްލަން ސަރުކާރުން މަސައްކަތްކުރޭ: އާޒިމް

14 ޖެނުއަރީ 2017
ރާއްޖެޓީވީގެ ކެމެރާމަން ޒަރީރަށް ހުކުމް ކުރުން ހޯމަ ދުވަހު

ރާއްޖެޓީވީގެ ކެމެރާމަން ޒަރީރަށް ހުކުމް ކުރުން ހޯމަ ދުވަހު

14 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

22 އެޕްރީލު
އިހުސާން ކޮރަޕްޝަންގެ އަމަލުތަކެއް ރައީސް މުއިއްޒުގެ ސަމާލުކަމަށް ގެނައި!
20251 އަހަރު ކުރިން
ރާއްޖެ

އިހުސާން ކޮރަޕްޝަންގެ އަމަލުތަކެއް ރައީސް މުއިއްޒުގެ ސަމާލުކަމަށް ގެނައި!

އިންސާނަކަށް ކަމޭހިތުމުން ލިބޭނެ ދެރައެއް ނޯންނާނެއެވެ.
20242 އަހަރު ކުރިން
އިސްލާމް

އިންސާނަކަށް ކަމޭހިތުމުން ލިބޭނެ ދެރައެއް ނޯންނާނެއެވެ.

ފުލުހަކަށް ހަމަލާދީގެން ހައްޔަރުކުރި މީހުންގެ ތެރޭގައި ނަދީމްގެ މަރުގެ މައްސަލައިގެ ދައުވާ އުފުލި މަފާޒް
20233 އަހަރު ކުރިން
ރާއްޖެ

ފުލުހަކަށް ހަމަލާދީގެން ހައްޔަރުކުރި މީހުންގެ ތެރޭގައި ނަދީމްގެ މަރުގެ މައްސަލައިގެ ދައުވާ އުފުލި މަފާޒް

މިއީ ނަމެއްނެތް، އެންމެ ހިޓް ގްރޫޕް؟
20224 އަހަރު ކުރިން
ރިޕޯޓު

މިއީ ނަމެއްނެތް، އެންމެ ހިޓް ގްރޫޕް؟

ފޭރިގަތީ ފައިސާކޮޅު، ޒަރޫރީ ބޭނުން ކުރާނެވަރުވެސް ނެތް!
20215 އަހަރު ކުރިން
ރިޕޯޓު

ފޭރިގަތީ ފައިސާކޮޅު، ޒަރޫރީ ބޭނުން ކުރާނެވަރުވެސް ނެތް!

އެންމެފަހުން ޢަބްދުއްރަޙީމް ވެސް ރައީސް ޔާމީނާ އިދިކޮޅަށް!؟
20197 އަހަރު ކުރިން
ރިޕޯޓު

އެންމެފަހުން ޢަބްދުއްރަޙީމް ވެސް ރައީސް ޔާމީނާ އިދިކޮޅަށް!؟

ގެއްލުނު ކެޕްޓަން މަރުވެފައި އޮއްވާ ކަނޑުގެ އަޑިން ފެނިއްޖެ
20188 އަހަރު ކުރިން
ރާއްޖެ

ގެއްލުނު ކެޕްޓަން މަރުވެފައި އޮއްވާ ކަނޑުގެ އަޑިން ފެނިއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު