Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ"ފުޑް އެންޑް ބެވަރެޖް ޝޯ"

40ށްވުރެ ގިނަ އެގްޒަބިޓަރުންނާއެކު، "ފުޑް އެންޑް ބެވަރެޖް ޝޯ"ގެ 8 ވަނަ އެޑިޝަން ފަށައިފި

23 ޖެނުއަރީ 2025 | ބުރާސްފަތި 16:21

މިއީ ހައިރައިޒްއިން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ ފުޑް އެންޑް ބެވަރެޖް ޝޯގެ 8 ވަނަ އެޑިޝަން

އަބްދުލް ހަންނާން މުހައްމަދް
އަބްދުލް ހަންނާން މުހައްމަދް | 23 ޖެނުއަރީ 2025 | ބުރާސްފަތި 16:21
"ފުޑް އެންޑް ބެވަރެޖް ޝޯ"ގެ 8 ވަނަ އެޑިޝަން ފެށުމުގެ ރަސްމިއްޔާތުގެ ތެރެއިން، ނައިބު ރައީސް އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް ސްޓޯލަކަށް ޒިޔާރަތްކުރެއްވުމުގެ ތެރެއިން

"ފުޑް އެންޑް ބެވަރެޖް ޝޯ"ގެ 8 ވަނަ އެޑިޝަން ފެށުމުގެ ރަސްމިއްޔާތުގެ ތެރެއިން، ނައިބު ރައީސް އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް ސްޓޯލަކަށް ޒިޔާރަތްކުރެއްވުމުގެ ތެރެއިން

ހައިރައިޒްއިން ކޮންމެ އަހަރަކު ވެސް އިންތިޒާމުކޮށްގެން ކުރިއަށްގެންދާ ފުޑް އެންޑް ބެވަރެޖް ޝޯގެ 8 ވަނަ އެޑިޝަން ފަށައިފިއެވެ.

ބުރާސްފަތި ދުވަހުގެ ހަވީރު ހުޅުމާލޭގެ ސެންޓްރަލް ޕާކުގައި މިކަމަށް ބޭއްވި ރަސްމިއްޔާތެއްގައި މި ހަރަކާތް ފައްޓަވައިދެއްވީ ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް އެވެ.

Advertisement - newsAdvertisement

މި ޝޯއަކީ ރާއްޖޭގައި ކާބޯތަކެތީގެ ދާއިރާއިން ބާއްވާ އެންމެ ބޮޑު ހަރަކާތެކެވެ. މިއަހަރުގެ ހަރަކާތް ކުރިއަށްދާނީ ހޮނިހިރު ދުވަހުގެ ނިޔަލަށް ކޮންމެ ދުވަހެެއްގެ ހަވީރު 4:00ން ރޭގަނޑު 11:00ށް ހުޅުމާލޭ ސެންޓްރަލް ޕާކުގައެވެ.

ހައިރައިޒްއިން އިންތިޒާމްކޮށްގެން ކުރިއަށްގެންދާ މި ހަރަކާތަކީ ރާއްޖޭގައި ތިބި އެފް އެންޑް ބީ ދާއިރާގެ ފަރާތްތައް އެއްތަނަކުން ދިމާވެ އެ ފަރާތްތަކުގެ ޕްރޮޑަކްޓުތައް އާއްމުންނަށާއި ވިޔަފާރިވެރިންނަށް ދައްކާލުމުގެ ބޭނުމުގައި ބާއްވާ ހަރަކާތެކެވެ. މި ހަރަކާތް ކުރިއަށްދާ މުއްދަތުގައި އެގްޒަބިޓަރުންގެ އުފެއްދުންތަކުގެ އަޖުމަ ބަލާލައި އެ ފަރާތްތަކުގެ ލަކީޑްރޯތަކުގައި ބައިވެރިވުމުގެ ފުރުސަތު އާއްމުންނަށް ލިބޭނެއެވެ.

ފުޑް އެންޑް ބެވަރެޖް ޝޯ އާއި ގުޅިގެން ހައިރައިޒްގެ ޑިރެކްޓަރ ސޭލްސް އޮފް މާކެޓިން މާއިޝާ ވިދާޅުވީ، މިފަދަ ހަރަކާތްތަކަކީ ރާއްޖޭގެ ކާބޯތަކެތީގެ ދާއިރާއަށް ވަރަށް މުހިންމު ހަރަކާތްތަކެއް ކަމަށެވެ. މި ހަރަކާތުގެ ސަބަބުން ފަތުރުވެރިކަމުގެ ދާއިރާއާއި ކާބޯތަކެތީގެ ދާއިރާގެ ވިޔަފާރިތަކަށާއި އާންމުންނަށްވެސް އޭގެ ފައިދާ ކުރާނެކަމަށް އޭނާ ވިދާޅުވިއެވެ. އަދި މިފަހަރުގެ މި ޝޯރގައި އަލަށް މާކެޓަށް ނުކުންނަ މުޅިންތަފާތު ޕްރޮޑަކްޓްތަކެއް އެބަ އުޅޭކަމަށާއި 40 އަށްވުރެ ގިނަ އެގްޒަބިޓަރުން މި އިވެންޓުގައި ބައިވެރިވާއިރު، ތަފާތު ގިން ސްޓޯލްތަކެއް ވެސް ހުރި ކަން މާއިޝާ ވަނީ ފާހަގަކޮށްފައެވެ.

މާއިޝާ އިތުރަށް ވިދާޅުވީ މި އިވެންޓުގައި އެންމެ ޚާއްސަކަމަކަށް މޯލްޑިވްސް ސީޖީއެމްއާއި ގުޅިގެން ޔަންގް ސެފްސް ޕްރޮމޯޓު ކުރުމުގެ މަގުސަދުގައި ވަރަށް ޚާއްސަ ކޭކް ޑިސްޕެލޭ އަކާއި ކުދި ވިޔަފާރިތަކަށް ޚާއްސަކޮށްގެން ދެވަނަ ޓެންޓުގައި މައުލޫމާތު ސެސަންތަކެއް ކުރިއަށް ދާނޭ ކަމަށެވެ. އަދި މީގެ އިތުރުން އެ ފަރާތްތަކަށް ޓްރެއިނިންގ ތަކެއް ވެސް ކުރިއަށް ދާނެކަމަށް އޭނާ ވިދާޅުވިއެވެ.

މާއިޝާ ވިދާޅުވީ މިފަދަ ޝޯއެއްގެ ސަބަބުން ރާއްޖޭގެ ވިޔަފާރިތަކުގެ މެދުގައި ވާދަވެރިކަން އިތުރުވެ ކާބޯތަކެތީގެ އަގު ހެޔޮވުމަށް ވެސް ފުރުސަތު ލިބޭނެކަމަށެވެ.

މިއަހަރުގެ މި ޝޯގައި 40 އަށްވުރެ ގިނަ އެގްޒަބިޓަރުން ބައިވެރިވެއެވެ. މީގެ ތެރޭގައި ދިވެހި ކުންފުނިތަކާއި ރާއްޖޭގައި ވިޔަފާރިކުރާ ބޭރުގެ ކުންފުނިތައްވެސް ހިމެނެއެވެ.

ޝޯ ކުރިއަށްދާ މުއްދަތުގައި އެތަނަށް ޒިޔާރަތްކުރާ މީހުންގެ މެދުގައިވެސް ގުރުއަތު ނެގުން އޮންނާނެއެވެ. އަދި އެތަނުން ގަންނަ ތަކެތިން ޚާއްސަ ޑިސްކައުންޓްތައް ލިބޭއިރު، ތަކެތީގެ ރަހަ ބަލާލުމުގެ ފުރުސަތުވެސް ލިބޭނެއެވެ.

މީގެ އިތުރުން އެގްޒަބިޓަރުން ވިއްކާ ތަކެއްޗާ ގުޅޭ މައުލޫމާތު ވެސް ޒިޔާރަތްކުރާ ފަރާތްތަކަށް ފޯރުކޮށްދޭނެއެވެ.

މި އިވެންޓުގެ މެއިން ސްޕޮންސަރ އަކީ ނެސެލްސް އެވެ. އަދި ކޯސްޕޮންސަރުންގެ ތެރޭގައި ހިމެނެނީ އެމްއެޗްއޭ އަދި ސޯސަން ފިހާރައެވެ.

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

10 އަހަރު ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުމަށް ފަހު، ރޮނާލްޑޯ އާއި ޖޯޖީނާ ކައިވެނިކޮށްފި

އިތުރަށް ކިޔާލަން

10 ފެބުރުއަރީ 2017

މިދިޔަ އަހަރު އެކަނި ވެސް 1000 އަށްވުރެ ގިނަ ކުދިން ދަސްވާރު ޕްރޮގުރާމް ފުރުހަމަ ކޮށްފައިވޭ: އެޑިއުކޭޝަން މިނިސްޓަރު

10 ފެބުރުއަރީ 2017
މިދިޔަ އަހަރު އެކަނި ވެސް 1000 އަށްވުރެ ގިނަ ކުދިން ދަސްވާރު ޕްރޮގުރާމް ފުރުހަމަ ކޮށްފައިވޭ: އެޑިއުކޭޝަން މިނިސްޓަރު
05 ފެބުރުއަރީ 2017

ހަތަރު ރަށެއްގެ ނަރުދަމާ ޑިޒައިން ކުރުމަށް ދެ މިލިއަނަށްވުރެ ގިނަ ރުފިޔާއަށް ފެނަކަ ކޯޕަރޭޝަނާ ހަވާލުކޮށްފި

05 ފެބުރުއަރީ 2017
ހަތަރު ރަށެއްގެ ނަރުދަމާ ޑިޒައިން ކުރުމަށް ދެ މިލިއަނަށްވުރެ ގިނަ ރުފިޔާއަށް ފެނަކަ ކޯޕަރޭޝަނާ ހަވާލުކޮށްފި
01 ފެބުރުއަރީ 2017

އައިޖީއެމްއެޗަށް ލިބެން ޖެހޭ 360 މިލިއަނަށްވުރެ ގިނަ ރުފިޔާ ނުލިބި އެބައޮތް: އޮޑިޓަރ ޖެނެރަލް

01 ފެބުރުއަރީ 2017
އައިޖީއެމްއެޗަށް ލިބެން ޖެހޭ 360 މިލިއަނަށްވުރެ ގިނަ ރުފިޔާ ނުލިބި އެބައޮތް: އޮޑިޓަރ ޖެނެރަލް
01 ފެބުރުއަރީ 2017

ހެލްތުން މުއްދަތުގައި ބިލްތައް ނުދައްކައިގެން 8 މިލިއަނަށްވުރެ ގިނަ ރުފިޔާ ޖޫރިމަނާއަށް ދައްކަން ޖެހިއްޖެ

01 ފެބުރުއަރީ 2017
ހެލްތުން މުއްދަތުގައި ބިލްތައް ނުދައްކައިގެން 8 މިލިއަނަށްވުރެ ގިނަ ރުފިޔާ ޖޫރިމަނާއަށް ދައްކަން ޖެހިއްޖެ
01 ފެބުރުއަރީ 2017

މަސް ނިމުނުއިރު ދައުލަތުގެ ގިނަ މުވައްޒަފުންނަށް މުސާރައެއް ނުދޭ

01 ފެބުރުއަރީ 2017
މަސް ނިމުނުއިރު ދައުލަތުގެ ގިނަ މުވައްޒަފުންނަށް މުސާރައެއް ނުދޭ
31 ޖެނުއަރީ 2017

މައްސަލައެއްގަ ފުލުހުން އަތުލައިގަނެފައިވާ ގިނަ އަދަދެއްގެ މަސްތުވާތަކެތި ނައްތާލައިފި

31 ޖެނުއަރީ 2017
މައްސަލައެއްގަ ފުލުހުން އަތުލައިގަނެފައިވާ ގިނަ އަދަދެއްގެ މަސްތުވާތަކެތި ނައްތާލައިފި
30 ޖެނުއަރީ 2017

2016 އޯލެވެލް އިމްތިހާނު: 500 އަށް ވުރެ ގިނަ ކުދިން ވަނީ ޓޮޕް ޓެން އަށް ގޮސްފަ

30 ޖެނުއަރީ 2017
2016 އޯލެވެލް އިމްތިހާނު: 500 އަށް ވުރެ ގިނަ ކުދިން ވަނީ ޓޮޕް ޓެން އަށް ގޮސްފަ
26 ޖެނުއަރީ 2017

މިނިސްޓަރު ތޯރިގް އޮމަދުއަށް ވަޑައިތުމުން ގިނަ އަދަދެއްގެ ރައްޔިތިން ނިކުމެ އިޚްތިޖާޖު ކޮށްފި

26 ޖެނުއަރީ 2017
މިނިސްޓަރު ތޯރިގް އޮމަދުއަށް ވަޑައިތުމުން ގިނަ އަދަދެއްގެ ރައްޔިތިން ނިކުމެ އިޚްތިޖާޖު ކޮށްފި
15 ޖެނުއަރީ 2017

ރެއިންބޯގެ ދެ ލައްކައަށްވުރެ ގިނަ ރުފިޔާ ފޭރިގަތް ހަތަރު މީހަކު ހައްޔަރުކޮށްފި

15 ޖެނުއަރީ 2017
ރެއިންބޯގެ ދެ ލައްކައަށްވުރެ ގިނަ ރުފިޔާ ފޭރިގަތް ހަތަރު މީހަކު ހައްޔަރުކޮށްފި
06 ޖެނުއަރީ 2017

ވަގަށް ނަގާފައިވާ ގިނަ އަދަދެއްގެ ފައިސާ ހޯދާ މީހަކު ހައްޔަރުކޮށްފި

06 ޖެނުއަރީ 2017
ވަގަށް ނަގާފައިވާ ގިނަ އަދަދެއްގެ ފައިސާ ހޯދާ މީހަކު ހައްޔަރުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް