Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެތަރައްގީގެ މަސައްކަތްތައް

ހުރިހާ ކަމެއްވެސް ރައްޔިތުން އެދިވަޑައިގަންނަވާ ގޮތަށް ކޮށްދިނުމުގައި ސަރުކާރުން ބާރު ދުވެލީގައި ކުރިއަށްދާނެ - ރައީސް

23 ޖެނުއަރީ 2025 | ބުރާސްފަތި 06:27

އިންނަމާދޫގައި 50 ޔުނިޓްގެ ހައުސިންގް މަޝްރޫޢެއް ހިންގާނެ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 23 ޖެނުއަރީ 2025 | ބުރާސްފަތި 06:27
ރައީސް ޑރ. މުހައްމަދު މުއިއްޒު އިންނަމާދޫރައްޔިތުންނާއި ބައްދަލުކުރައްވާ ވާހަކަދައްކަވަނީ

ރައީސް ޑރ. މުހައްމަދު މުއިއްޒު އިންނަމާދޫރައްޔިތުންނާއި ބައްދަލުކުރައްވާ ވާހަކަދައްކަވަނީ

ރަށުގެ ތަރައްޤީއަށްޓަކައި އެކިއެކި މަސައްކަތްތައް ކުރަންޖެހިފައި އެބަހުރި ކަމަށާ، އެ ހުރިހާ ކަމެއްވެސް ރައްޔިތުން އެދިވަޑައިގަންނަވާ ގޮތަށް ކޮށްދިނުމުގައި އަދުގެ ސަރުކާރުން ބާރު ދުވެލީގައި ކުރިއަށްދާނެ ކަމުގެ ޔަޤީންކަން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ރ. އިންނަމާދޫގެ ރައްޔިތުންނަށް ދެއްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ މި ޔަޤީންކަން ދެއްވީ، މާޅޮސްމަޑުލު އުތުރުބުރީގެ ބައެއް ރަށްތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެ އަތޮޅު އިންނަމާދޫއަށް ވަޑައިގެން، އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައެވެ.

Advertisement - newsAdvertisement

މިހާރު ފާސްކޮށްފައި އޮތް ބަޖެޓުގެ ތެރެއިން، މިފަދަ އެކި ކަންކަމުގައި ޢަމަލީ ސިފަޖެހިގެންދާނެ ކަމުގެ ޔަޤީންކަން ދެއްވައި، ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، މި ހިނގާ 2025 ވަނަ އަހަރަށް ފާސްކޮށްފައި އޮތް ބަޖެޓުން އެންމެ އިސްކަމެއް ދެއްވަނީ ބޯހިޔާވަހިކަމުގައި ހުރި ދަތިކަމަށް ދާއިމީ ޙައްލު ހޯއްދަވައިދެއްވަން ކަމުގައި ވާއިރު، ރަށު ކައުންސިލުން ބިން ކަނޑައަޅައި ހަމަޖައްސަވައި ދެއްވުމާއެކު ކޮންޓްރެކްޓަރުން ހަމަޖެހުނުހާ އަވަހަކަށް، ރ. އިންނަމާދޫގައި 50 ޔުނިޓްގެ ހައުސިންގް މަޝްރޫޢެއް ހިންގަވަން ނިންމަވާފައިވާ ކަމުގައެވެ.

ބޯހިޔާވަހިކަމުގެ ދަތިކަމަށް ދާއިމީ ޙައްލު ހޯއްދަވައިދެއްވުމަށް ފަހު ދެން އެންމެ ބޮޑު އިސްކަމެއް ދެއްވަނީ ތަޢުލީމީ އަދި ޞިއްޙީ ދާއިރާއަށް ކަމުގައި ވީ ނަމަވެސް، ވަކިވަކި ރަށްރަށުގެ ޚާއްޞަ ބޭނުންތަކަށް އިސްކަންދެއްވާނެކަން ފާހަގަކުރައްވައި ވާހަކަފުޅުކުރިއަށް ގެންދަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ، ރ. އިންނަމާދޫ ބަނދަރުގެ ޖާގައިގެ ދަތިކަމަށް ޙައްލު ހޯއްދަވައި ދެއްވުމަށް އިސްކަން ދެއްވާނެކަމަށް ވިދާޅުވެފައެވެ. އެގޮތުން، ބަނދަރުގެ މައްސަލަ ޙައްލު ކުރުމަށް ފަށާފައިވާ މަޝްރޫޢު ޢަމަލީ ގޮތުން ހިންގަވައިދެއްވައި، ނިންމަވައިދެއްވާނެ ކަމުގެ ޔަޤީންކަން، ރައީސުލްޖުމްހޫރިއްޔާ ވަނީ ދެއްވާފައެވެ.

ރ. އިންނަމާދޫގެ ތަޢުލީމީ ދާއިރާއާއި ޞިއްޙީ ދާއިރާއަށް ބޭނުންވެފައިވާ ތަރައްޤީ ގެނެސްދެއްވާނެކަމުގެ ޔަޤީންކަންވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ ދެއްވާފައެވެ. އެގޮތުން ޞިއްޙީ ދާއިރާއަށް ގެންނަން ބޭނުންވެފައިވާ ޢުމްރާނީ އަދި އިންސާނީ ވަޞީލަތުގެ ތަރައްޤީއާއި، ތަކެތީގެ ގޮތުން ގެންނަންޖެހޭ ތަރައްޤީއާއި ޚިދުމަތުގެ ވަގުތު އިތުރުކުރުމުގެ ކަންކަން، ރައްޔިތުން އެދިވަޑައިގެންފައިވާ ގޮތަށް މި އަހަރު ތެރޭގައި ކުރިއަށް ގެންގޮސްދެއްވާނެ ކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ވަނީ ތަކުރާރުކޮށް ދެއްވާފައެވެ.

ހަމަ މިއާއެކު ސްކޫލަށް ބޭނުންވާ ވަޞީލަތްތަކާއި ޖާގަ އިތުރުކުރުމަށްޓަކައި އައު މަޝްރޫޢެއް ހިންގަންޖެހޭ ކަމަށާ، މި އަހަރުގެ ބަޖެޓުގައި ހަމަޖައްސާފައިވާ ފަދައިން ތަރައްޤީގެ މަޝްރޫޢު ހިނގަމުންދާނެކަމުގެ ޔަޤީންކަންވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ ދެއްވާފައެވެ.

މީގެ އިތުރުން ރަށުގެ ގިރާ ސަރަޙައްދު ހިމާޔަތްކުރުމާއި، ނަރުދަމާގެ މަސައްކަތްތަކާއި، މަގު ހެދުމުގެ މަޝްރޫޢު ފަދަ ތަރައްޤީގެ މަޝްރޫޢުތަކާއި، ޒުވާނުންނަށް ޚާއްޞަކޮށްގެން ހިންގާ ތަރައްޤީގެ މަޝްރޫޢުތަކަކީ މި އަހަރާއި އަންނަ އަހަރުގެ ތެރޭގައި ޢަމަލީ ސިފަޖެހިގެންދާނެ މަޝްރޫޢުތަކެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅު ނިންމަވާލައްވަމުން، ދެން ރ. އިންނަމާދޫއަށް ވަޑައިގަންނަވާނީ ރައްޔިތުންގެ އުންމީދުތަކާ ގުޅިފައިވާ ތަރައްޤީގެ މަޝްރޫޢުތަކެއްގައި ޙަޤީޤީ ކުލަޖެހި، އެކަމުގެ އުފަލުގައި ބައިވެރިވެވަޑައިގަތުމަށް ކަމުގައި ވިދާޅުވެ، ރަށުގެ ރައްޔިތުންނަށް އުންމީދު އައުކޮށްދެއްވިއެވެ.

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

4

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

5

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

އިތުރަށް ކިޔާލަން

22 ޖެނުއަރީ 2017

ރައްޔިތުންނަށް އޮޅުވާލުމަށް ސަރުކާރުން ބޮޑެތި ޒަރީމާތަކެއް ހިންގާ: ޝިފާޒް

22 ޖެނުއަރީ 2017
ރައްޔިތުންނަށް އޮޅުވާލުމަށް ސަރުކާރުން ބޮޑެތި ޒަރީމާތަކެއް ހިންގާ: ޝިފާޒް
22 ޖެނުއަރީ 2017

ސަރުކާރަށް ރައްޔިތުން އިތުބާރެއް ނުކުރޭ، ރައްޔިތުން ބޭނުންވަނީ ސަރުކާރު ބަދަލުކުރަން: ޝާހިދު

22 ޖެނުއަރީ 2017
ސަރުކާރަށް ރައްޔިތުން އިތުބާރެއް ނުކުރޭ، ރައްޔިތުން ބޭނުންވަނީ ސަރުކާރު ބަދަލުކުރަން: ޝާހިދު
20 ޖެނުއަރީ 2017

މާލޭގައި މަރުވާ މީހުން ހުޅުމާލޭގައި ވަޅުލާ ގޮތަށް އަނެއްކާ ވެސް ހަމަޖައްސައިފި

20 ޖެނުއަރީ 2017
މާލޭގައި މަރުވާ މީހުން ހުޅުމާލޭގައި ވަޅުލާ ގޮތަށް އަނެއްކާ ވެސް ހަމަޖައްސައިފި
20 ޖެނުއަރީ 2017

އެމެރިކާގެ ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރު ކުރުން އެއީ އެންމެ އިސްކަންދޭ ކަންތައް: އެމެރިކާ އެމްބަސީ

20 ޖެނުއަރީ 2017
އެމެރިކާގެ ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރު ކުރުން އެއީ އެންމެ އިސްކަންދޭ ކަންތައް: އެމެރިކާ އެމްބަސީ
18 ޖެނުއަރީ 2017

ރައްޔިތުންގެ މަޖިލީހުން ކުރަނީ އިހްލާސްތެރި މަސައްކަތްތަކެއް ނޫން: ޝިފާ

18 ޖެނުއަރީ 2017
ރައްޔިތުންގެ މަޖިލީހުން ކުރަނީ އިހްލާސްތެރި މަސައްކަތްތަކެއް ނޫން: ޝިފާ
16 ޖެނުއަރީ 2017

ކަންކަން ހައްލުކުރެވޭނީ ހަމައެކަނި ރައްޔިތުންގެ އިންޤިލާބަކުން: ޑރ. މުސްތަފާ

16 ޖެނުއަރީ 2017
ކަންކަން ހައްލުކުރެވޭނީ ހަމައެކަނި ރައްޔިތުންގެ އިންޤިލާބަކުން: ޑރ. މުސްތަފާ
11 ޖެނުއަރީ 2017

ކުޑަކުއްޖަކާ ބެހުނު މީހަކު ދޫކޮށްލުމުން ވިލިނގިލީ ރައްޔިތުން ރުޅި ގަދަވެއްޖެ!

11 ޖެނުއަރީ 2017
ކުޑަކުއްޖަކާ ބެހުނު މީހަކު ދޫކޮށްލުމުން ވިލިނގިލީ ރައްޔިތުން ރުޅި ގަދަވެއްޖެ!
07 ޖެނުއަރީ 2017

ރަށްރަށް ތަރައްގީ ކުރެވޭނީ ރައްޔިތުންގެ އިހުސާސް އެނގިގެން: ތޯރިގް

07 ޖެނުއަރީ 2017
ރަށްރަށް ތަރައްގީ ކުރެވޭނީ ރައްޔިތުންގެ އިހުސާސް އެނގިގެން: ތޯރިގް
06 ޖެނުއަރީ 2017

އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް

06 ޖެނުއަރީ 2017
އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް
06 ޖެނުއަރީ 2017

2016 ވަނަ އަހަރަކީ މުޅި ނިޒާމް ހަލާކޮށް، ރައްޔިތުން ނިކަމެތިކޮށްލި އަހަރެއް: އެމްޑިޕީ

06 ޖެނުއަރީ 2017
2016 ވަނަ އަހަރަކީ މުޅި ނިޒާމް ހަލާކޮށް، ރައްޔިތުން ނިކަމެތިކޮށްލި އަހަރެއް: އެމްޑިޕީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް