Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ދުންފަތުން ލިބޭ އާމްދަނީ

ދުންފަތުން ލިބޭ އާމްދަނީ ފިނޭންސް މިނިސްޓްރީން އާމްދަނީގެ ހިސާބު ހަދާ އިރު ނުހިމަނާ ކަމަށް ރައީސް ވިދާޅުވުމުން އެ ފައިސާ އަށް ވާ ގޮތާ މެދު ސުވާލު އުފެދިއްޖެ

މާލިއްޔަތުގެ ގާނޫނުގެ ދަށުން އެއަހަރަކަށް އާމްދަނީ އާއި ޚަރަދުތައް ވަކި ސުރިޚީތަކުގެ ދަށުން ތައްޔާރު ކޮށް މަޖިލިހަށް ހުށަހަޅަން ޖެހޭ

ރާއްޖެ އެމްވީ | 22 ޖެނުއަރީ 2025 | ބުދަ 16:32
2025 ޖެނުއަރީ 22 - ރައީސް މުޢިއްޒު، މަޑުއްވަރީ ކައުންސިލާއި މުއައްސަސާތަކުގެ އިސްވެރިންނާ ބައްދަލުކުރައްވަނީ

2025 ޖެނުއަރީ 22 - ރައީސް މުޢިއްޒު، މަޑުއްވަރީ ކައުންސިލާއި މުއައްސަސާތަކުގެ އިސްވެރިންނާ ބައްދަލުކުރައްވަނީ

ދުންފަތުން ލިބޭ އާމްދަނީ ހިމަނައިގެން ފިނޭންސް މިނިސްޓްރީން އާމްދަނީގެ ހިސާބު ނުހަދާ ކަމަށް ރައީސް ވިދާޅުވުމުން އެ ފައިސާ އަށް ވާ ގޮތާ މެދު ސުވާލު އުފެދިއްޖެއެވެ.

މާލިއްޔަތުގެ ގާނޫނުގެ 32 ވަނަ މާއްދާގެ ދަށުން  ބަޖެޓު އެކުލަވާލެވޭ މާލީ އަހަރަކަށް ދައުލަތުން ހިނގާނެކަމަށް ލަފާކުރި ހަރަދާއި، ދައުލަތަށް ލިބޭނެ ކަމަށް ލަފާކުރާ އެއްޗެއްގެ ހިސާބު ވަކި ސުރުހީތަކެއްގެ ދަށުން ފާހަގަކޮށް ބަޔާން ކުރަންވާނެ ކަމަށް އޮންނަނީ ބަޔާން ކޮށްފައެވެ.

Advertisement - newsAdvertisement

ރައީސް ވަނީ ދުންފަތުގެ ބާވަތްތަކުން ލިބޭ އާމްދަނީ އަކީ ސަރުކާރުން މާ ބޮޑު ސަމާލު ކަމެއް ދޭ އެއްޗެއް ނޫން ކަމަށާއި އާމްދަނީގެ ގޮތުގައި ބަލާވެސް އެއްޗެއް ނޫން ކަމަށް ދޭހަވާ ގޮތައް ވާހަކަފުޅު ދައްކަވާފައެވެ.

"އަޅުގަނޑު ބޭނުމެއް ނޫން އެ ދާއިރާ އިން ޓެކްސް ބޮޑުކޮށްގެން އާމްދަނީ އިތުރު ކުރާކަށް، ފިނޭންސް މިނިސްޓްރީގެ ހިސާބުތައް މިހާރު ނަހަދާނެ ދުންފަތުގެ ބާވަތްތައް ގަނެގެން .... އިމްޕޯޓު ކޮށްގެން އިތުރުވާ ޓެކްސް، އެއަށް ބަރޯސާ ވެގެންނެއް ދައުލަތުގެ އާމްދަނީ އެއް ކަލްކިއުލޭޓެއް ނުކުރާނެ މިހާރު؛" ރ. މަޑުއްވަރީ ރައްޔިތުންނާ ބައްދަލު ކުރައްވާ ބުދަ ދުވަހު ރައީސް ވިދާޅުވިއެވެ.

ދުންފަތުގެ ޓެކްސް ބޮޑު ކުރީ އާމްދަނީ އިތުރުކުރަން ނޫން ކަމަށް ރައްޔިތުންގެ ކުރިމަތީގައި ވިދާޅުވި އިރު އެމަކުގެ ހަގީގަތް އޮތީ އެހެން ނޫންކަން 2025 ވަނަ އަހަރުގެ ބަޖެޓު ބަހުސްގައި ބަޖެޓް ކޮމިޓީގެ ޔައުމިއްޔާތަކަށް ބަލާލުމުން ސާފުވެއެވެ.

ސިނގިރޭޓާއި ބިޑިން ނަގާ އިމްޕޯޓް ޑިއުޓީ 3 ރުފިޔާ އިން 8 ރުފިޔާ އަށް މަތިކުރަން ގާނޫނަށް ބަދަލު ގެނެސް އެ ބަދަލަށް މިދިޔަ އަހަރުގެ ނޮވެމްބަރު މަހު އަމަލު ކުރަން ފެށީ ދައުލަތުގެ އާމްދަނީ އިތުރު ކުރަންކަން، ބަޖެޓް ކޮމިޓީގައި އޮޑިޓަރ ޖެނެރަލް ދެއްކެވި ވާހަކައިން ވެސް ސާފުކޮށް އެނގެއެވެ.

އޮޑިޓަރ ޖެނެރަލް ވިދާޅުވީ، ދައުލަތުގެ އާމްދަނީ އިތުރުކުމަށް ބަޖެޓުގައި ކަންތައްތަކެއް ހުށަހަޅާފައިވާ ކަމަށާއި އެ ކަންތައްތަކުގެ ތެރެއިން 6.9 ބިލިއަން ރުފިޔާ އިތުރުވާނެ ކަމަށް އަންދާޒާ ކޮށްފައިވާ ކަމަށެވެ. އެ ގޮތުން 7 ކަމެއް ހުށަހަޅާފައިވާ ކަން އޮޑިޓަރ ޖެނެރަލް ވަނީ ފާހަގަ ކުރައްވާފައެވެ. މި 7 ކަމަކީވެސް އެކިއެކި ގާނޫނުތަކާއި ގަވައިދުތަކާއި ގާނޫނުތަކާއި އުސޫލުތައް އެކި ބަދަލު ގެނެސްގެން ތަންފީޒު ކުރަން ހަމަޖެހިފައިވާ ކަންތައްތައް ކަން ފާހަގަ ކުރައްވަމުން އޭގެ ތެރެއިން ބައެއް ކަންކަން ގާނޫނަށް ބަދަލު ގެނެސްގެން ފުރިހަމަ ކޮށްފައިވާކަން ވެސް ވަނީ ފާހަގަ ކުރައްވާފައެވެ.

ސަރުކާރުގެ ފަރާތުން މި އަހަރަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ބަޖެޓުގައި އާމްދަނީ އިތުރުކުރަން ހުށަހަޅާ 7 ސިޔާސަތުތަކުގެ ތެރޭގައި ގާނޫނަށް ބަދަލު ގެނެސްގެން ދުންފަތުގެ ޑިއުޓީ ބޮޑުކުރުން ވަނީ ހިމަނާފައެވެ.

2024 އިން 2025 އަށް ދައުލަތުގެ އާމްދަނީ 39.7 ބިލިއަން ރުފިޔާ އަށް އިތުރުވާނެ ކަމަށް ބަޖެޓުގައި އަންދާޒާ ކޮށްފައިވާއިރު، ދައުލަތުން އާމްދަނީ އިތުރު ކުރަން ހުށަހެޅި މައިގަނޑު 7 ކަންތަކުގެ ތެރޭގައި ދުންފަތުން ނަގާ ޓެކްސް ބޮޑު ކުރުން ހިމެނޭކަން ޚުދު ފިނޭންސް މިނިސްޓަރ މޫސާ ޒަމީރު ވެސް ވަނީ ވިދާޅުވެފައެވެ.

ހުސްވި އަހަރުގެ ނޮވެމްބަރު 14 ގައި އޮތް ބަޖެޓް ކޮމެޓީގެ ބައްދަލުވުމުގައި ހުޅުމާލެ ދެކުނު ދާއިރާގެ މެމްބަރު އަހްމަދު ޝަމްހީދު ވަނީ ދުންފަތުން ހޯދާ އާމްދަނީ އިތުރުކުރަން ސަރުކާރުން ވިސްނާފައި އޮތީ ލިބުން އެކަށީގެންވާ މިންވަރަށް ވުރެވެސް ބޮޑުކޮށްކަން ފާހަގަ ކުރައްވާފައެވެ. އޭނާ ވިދާޅުވީ، ސަރުކާރުން އާމްދަނީ ލިބޭނެ ކަމަށް ހަދާފައި ހުރީ އޯވަރއެސްޓިމޭޓް ތަކެއް ކަމަށާއި "ޚާއްސަ ކޮށް ޓޮބެކޯ އަށް ލިބޭ ވަން ބިލިއަން ލިބުމަށް ވުރެ ނުލިބުން ގާތް ކަމަށް" ވިދާޅުވިއެވެ.

ޝަމްހީދުގެ ވާހަކަފުޅަށް ޖަވާބު ދެއްވަމުން މިނިސްޓަރ ޒަމީރު ވިދާޅުވީ، "ޓޮބެކޯގެ މި ގެނެވުނު ބަދަލާ އެއްކޮށް އަޅުގަނޑުމެންނަށް މި އެސްޓިމޭޓް ކުރާ އަދަދު ނުލިބިދާނެ" ކަމަށެވެ. އެއާ އެކު އޭނާ އިތުރަށް ވިދާޅުވީ، މިކަން ތަންފީޒު ކުރަމުންދާއިރު ދިމާވާ ބައެއް "ޓްވީކްސް" އެބަހުރި ކަމަށާއި، ތަންފީޒު ކުރެވޭ ގޮތުން ފަހަރެއްގައި އާމްދަނީ ސޮއްސާލައި ކަމެއް ވަންޏާ އެއަށް ބަލާފައި އެއަށް ގެންނަން ޖެހޭ އެޖަސްޓްމަންޓް ކަސްޓަމްސް އާ ގުޅިގެން ގެންނާނެ ކަމަށެވެ.

ޒަމީރުގެ ވާހަކަފުޅުން ދޭހަވި ގޮތުގައި ދުންފަތުން ލިބޭނެ އާމްދަނީ ދަށްވެދާނެ ކަމަށް ސަރުކާރުން އޮތީ ވިސްނާ އެކަމަށް އަޅާނެ ފިޔަވަޅުތަކަށް ވެސް ސަމާލުވެއެވެ. އެ ގޮތުން ދުންފަތުން ލިބޭ އާމްދަނީ ދަށްވެދާނެ އެއް ހާލަތު ސާފުކޮށްދެއްވަމުން ޒަމީރު ވިދާޅުވީ، ސިނގިރޭޓް ސްމަގްލް ކުރުން ފަދަ ކަންކަމުން އާމްދަނީ ދަށަށް ހިނގައިދޭނެ ކަމަށް ބަލާ ތަންފީޒީ އިދާރާތަކާ ގުޅިގެން މިއަށް ވުރެ ރަނގަޅު ކުރެވޭތޯ ބައްލަވާނެ ކަމަށެވެ.

2025 ވަނަ އަހަރަށް، ޖުމްލަ އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި 39.7 ބިލިއަން ރުފިޔާ  ލިބޭނެ ކަމަށް އަންދާޒާ ކޮށް ފިނޭންސް މިނިސްޓްރީން ރައްޔިތުންގެ މަޖިލިހަށް ހުށަހެޅި ބަޖެޓުން ފެންނަން ހުރި އިރު، ސިނގިރޭޓާއި ބިޑިން ނަގާ އިމްޕޯޓު ޑިއުޓީ ބޮޑުކޮށްގެން މި އަހަރު އިތުރަށް އެއް ބިލިއަން ރުފިޔާގެ އާމްދަނީ ލިބޭނެ ކަމަށް ފިނޭންސުން އޮތީ ލިޔެކިޔުމުން ހުށަހަޅާފައެވެ.

މިހާ ސާފުކޮށް މިކަންކަން ފެންނަން ހުރި އިރު ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންގެ ކުރިމަތީގައި އިތުރުފުޅު ހައްދަވާ ދުންފަތުގެ ބާވަތްތަކުން ލިބޭ އާމްދަނީ ދައުލަތުގެ އާމްދަނީގެ ގޮތުގައި ހިމަނައިގެން ފިނޭންސް މިނިސްޓްރީން ހިސާބު ނުހަދާ ކަމަށް ވިދާޅުވުމުން، ބަޖެޓް މަރުހަލާގައި ކުރި ހުރިހާ ގާނޫނީ މަސައްތަކަތްތަކެއް ތާކުން ތާކުން ނުޖެހި ދިޔުމުގެ އިތުރުން މިހާރު ދައުލަތުން ދުންފަތުގެ ބާވަތްތަކުން ނަގާ ބޮޑު ޓެކްސް އަށް ހަދަނީ ކިހިނެއްތޯ މިވަނީ ސުވާލު އުފެދިފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ރައީސް ނަޝީދުގެ ސަރުކާރުގައި ހެލްތް މިނިސްޓްރީން ކުއްޔަށް ހިފި ގުދަނަށް ކުލި ދެއްކުމުގައި ކޮރަޕްޝަނެއް ނެތް

ރައީސް ނަޝީދުގެ ސަރުކާރުގައި ހެލްތް މިނިސްޓްރީން ކުއްޔަށް ހިފި ގުދަނަށް ކުލި ދެއްކުމުގައި ކޮރަޕްޝަނެއް ނެތް

29 ޖެނުއަރީ 2017
ނަޝީދު ސަރުކާރުގައި ފިޝަރީޒް މިނިސްޓްރީން ޤަވާއިދާ ޚިލާފަށް ވަޒީފާ ދިން ވާހަކައަކީ ދޮގެއް: އޭސީސީ

ނަޝީދު ސަރުކާރުގައި ފިޝަރީޒް މިނިސްޓްރީން ޤަވާއިދާ ޚިލާފަށް ވަޒީފާ ދިން ވާހަކައަކީ ދޮގެއް: އޭސީސީ

25 ޖެނުއަރީ 2017
ފ. އަތޮޅު ވިއްކާލި ކަމަށް ބުނާ ވާހަކަތަކަށް ބާރުލިބޭ ގޮތަށް ރައީސް ޔާމީން ވާހަކަފުޅު ދައްކަވައިފި

ފ. އަތޮޅު ވިއްކާލި ކަމަށް ބުނާ ވާހަކަތަކަށް ބާރުލިބޭ ގޮތަށް ރައީސް ޔާމީން ވާހަކަފުޅު ދައްކަވައިފި

24 ޖެނުއަރީ 2017
އައިހެވެން އަށް ޕްރޮޕޯސަލެއް ނުލިބޭ، ދަރަނި ކޮންޓްރޯލް ކުރާނަން:ޑރ ޝައިނީ

އައިހެވެން އަށް ޕްރޮޕޯސަލެއް ނުލިބޭ، ދަރަނި ކޮންޓްރޯލް ކުރާނަން:ޑރ ޝައިނީ

24 ޖެނުއަރީ 2017
ފިނޭންސްގެ 40 މުވައްޒަފަކަށް ވަޒީފާ އުވިފައިވާ ކަން އަންގައިފި

ފިނޭންސްގެ 40 މުވައްޒަފަކަށް ވަޒީފާ އުވިފައިވާ ކަން އަންގައިފި

22 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

31 ޖެނުއަރީ
އެމްޑީއޭ އާއި އެކު ކޯލިޝަން އެގްރިމަންޓަކީ ނެތް އެއްޗެއް ކަމަށް ބުނާ ނަމަ އެ އެގްރީމެންޓް ލީކުކުރާނަން - އައްބާސް
20251 އަހަރު ކުރިން
ރާއްޖެ

އެމްޑީއޭ އާއި އެކު ކޯލިޝަން އެގްރިމަންޓަކީ ނެތް އެއްޗެއް ކަމަށް ބުނާ ނަމަ އެ އެގްރީމެންޓް ލީކުކުރާނަން - އައްބާސް

މަޖިލިސް އިންތިޚާބުގެ އެމްޑީޕީ ޕްރައިމަރީ: 40 ދާއިރާއަށް 149 ކެންޑިޑޭޓަކު ވާދަކުރާނެ
20242 އަހަރު ކުރިން
ރާއްޖެ

މަޖިލިސް އިންތިޚާބުގެ އެމްޑީޕީ ޕްރައިމަރީ: 40 ދާއިރާއަށް 149 ކެންޑިޑޭޓަކު ވާދަކުރާނެ

އޮލަނބު ދަނޑެއްގެ ވާހަކަ އަޑު އެހިންތަ؟
20233 އަހަރު ކުރިން
ތަފާތު ޚަބަރު

އޮލަނބު ދަނޑެއްގެ ވާހަކަ އަޑު އެހިންތަ؟

ޔާމީން ސަރުކާރުގައި އިންޑިއާ "އިން" ކުރީވެސް މަޖިލީހަށް އަންގާފައެއް ނޫން: ރީކޯ މޫސަ
20224 އަހަރު ކުރިން
ރާއްޖެ

ޔާމީން ސަރުކާރުގައި އިންޑިއާ "އިން" ކުރީވެސް މަޖިލީހަށް އަންގާފައެއް ނޫން: ރީކޯ މޫސަ

މިޔަންމާގައި އަސްކަރިއްޔާ އިން ބަޣާވާތްކޮށް ސޫޗީ ބަންދު ކޮށްފި
20215 އަހަރު ކުރިން
ރާއްޖެ

މިޔަންމާގައި އަސްކަރިއްޔާ އިން ބަޣާވާތްކޮށް ސޫޗީ ބަންދު ކޮށްފި

ރާއްޖޭގައި މިހާތަނަށް ހޮވި އެންމެ ބޮޑު މާވަހަރު އަހުމަދު މަނިކު ހޮވައިފި
20197 އަހަރު ކުރިން
ރާއްޖެ

ރާއްޖޭގައި މިހާތަނަށް ހޮވި އެންމެ ބޮޑު މާވަހަރު އަހުމަދު މަނިކު ހޮވައިފި

ޝަހީބުގެ އަބުރުފުޅާ ގުޅޭ ތަފާތު މަންޒަރެއް
20188 އަހަރު ކުރިން
ރާއްޖެ

ޝަހީބުގެ އަބުރުފުޅާ ގުޅޭ ތަފާތު މަންޒަރެއް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު