Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއޮކްޓޯބަރު 7 ގެ ހާދިސާ

އިސްރާއީލުގެ ސިފައިންގެ އެންމެ އިސްވެރިޔާ އޮކްޓޯބަރު 7 ގެ "ފެއިލްވުމުގެ" ޒިންމާ ނަގާ އިސްތިއުފާދީފި

22 ޖެނުއަރީ 2025 | ބުދަ 09:28

ޣައްޒާ ހަނގުރާމައިގައި އިސްރާއީލު ސިފައިންނަށް ހުރިހާ ލަނޑުދަނޑިތަކެއް ހާސިލު ނުވާ ކަމަށް އިސްތިއުފާ ސިޓީގައި ވޭ.

ރާއްޖެ އެމްވީ | 22 ޖެނުއަރީ 2025 | ބުދަ 09:28
އިސްރާއީލުގެ ޗީފް އޮފް ދަ ޖެނެރަލް ސްޓާފް ލެފްޓިނަންޓް ޖެނެރަލް ހެރްޒީ ހަލޭވީ

އިސްރާއީލުގެ ޗީފް އޮފް ދަ ޖެނެރަލް ސްޓާފް ލެފްޓިނަންޓް ޖެނެރަލް ހެރްޒީ ހަލޭވީ

އިސްރާއީލުގެ ސިފައިންގެ އެންމެ އިސްވެރިޔާ، ލެފްޓިނަންޓް ޖެނެރަލް ހެރްޒީ ހަލޭވީ، 2023 ވަނަ އަހަރުގެ އޮކްޓޯބަރު 7 ވަނަ ދުވަހު ފަލަސްތީނުގެ ހަމާސް އިން ދިން ހަމަލާގައި އަސްކަރިއްޔާ "ފެއިލްވުމުގެ" ޒިންމާ އޭނާ އުފުލާ ކަމަށް ބުނެ އަންގާރަ ދުވަހު އިސްތިއުފާދީފިއެވެ.

ސިފައިންގެ ފަރާތުން އާންމު ކޮށްފައިވާ އޭނާގެ އިސްތިއުފާގެ ސިޓީގައި ހަލޭވީ ބުނެފައިވަނީ "އޮކްޓޯބަރު 7 ގައި (ސިފައިން) ފެއިލްވުމުގެ ޒިންމާ ނަގަން ޖެހޭނެ ކަމަށް ޤަބޫލުކުރާތީ" އިސްތިއުފާ ދިނީ ކަމަށެވެ.

އޭނާގެ ސިޓީގައި އިސްރާއީލުގެ ސިފައިންނަށް "ފާހަގަކޮށްލެވޭ ކާމިޔާބީތަކެއް" ލިބިފައިވާ ވަގުތެއްގައި އިސްތިއުފާ ދޭން ނިންމި ކަމަށް ފާހަގަ ކުރަމުން، އެހެން ނަމަވެސް އިސްރާއީލުން ކަނޑައެޅި ހަނގުރާމައިގެ ހުރިހާ ލަނޑުދަނޑިތައް ހާސިލުވެފައި ނުވާކަން ވެސް ވަނީ ފާހަގަ ކޮށްފައެވެ.

"ހަނގުރާމައިގެ ހުރިހާ ލަނޑުދަނޑިތައް ހާސިލުވެފައެއް ނުވޭ. ސިފައިންގެ އޮޕަރޭޝަން ކުރިއަށް ގެންދާނީ ހަމާސް އާއި ހަމާސް ގެ ވެރިކަމުގެ ޤާބިލުކަން އިތުރަށް ނައްތާލުމަށާއި، ރަހީނުން އަނބުރާ ގެނައުން ކަށަވަރު ކުރުމަށް" ކަމަށް އޭނާގެ އިސްތިއުފާގެ ސިޓީގައި ވެއެވެ.

ޣައްޒާ އަށް ޒިންމާވާ އިސްރާއީލުގެ ދެކުނު ސަރަޙައްދުގެ ސިފައިންގެ ވެރިޔާ، މޭޖަރ ޖެނެރަލް ޔަރޯން ފިންކެލްމަން ވެސް ވަނީ އިސްތިއުފާ ދީފައެވެ.

އިސްރާއީލުގެ އަސްކަރިއްޔާގެ އިސް ދެ އޮފިޝަލަކު އިސްތިއުފާ ދީފައި މިވަނީ އިސްރާއީލުގެ ތާރީޚުގައި އެގައުމަށް ދިން އެންމެ ނުރައްކާތެރި ހަމަލާ އިން ފެށުނު ހަނގުރާމައަށް 15 މަސްދުސް ވީ ފަހުން އެ ހަނގުރާމަ ހުއްޓުމަކަށް ގެނައުމަށް ހަމާސް އާ އެކު ހެދި އެއްބަސްވުން ތަންފީޒު ކުރަން ފެށިތާ ދެތިން ދުވަހުގެ ތެރޭގައެވެ.

ހަލޭވީ ނިންމާފައިވަނީ މާރިޗު 6 ގައި މަޤާމުން ވަކިވުމަށެވެ. "އެހާތަނަށް، އޮކްޓޯބަރު 7 ގެ ހާދިސާތަކުގެ ތަޙުޤީޤުތައް ނިންމައި (ސިފައިންގެ) އިންތިޒާމުތައް ވަރުގަދަކުރާނަން" ކަމަށް ބުނެފައިވެއެވެ.

2023 ވަނަ އަހަރުގެ އޮކްޓޯބަރު 7 ވަނަ ދުވަހު އެތައް ހާސް ފަލަސްތީނުގެ ހަނގުރާމަވެރިން ޣައްޒާގެ ދެކުނުން އިސްރާއީލަށް ވަދެ، 1,200 މީހުން މަރާލައި، 250 އަށްވުރެ ގިނަ މީހުން ރަހީނުންގެ ގޮތުގައި ވަނީ ގެންގޮސްފައެވެ.

އޭގެ ފަހުން، ޣައްޒާ އަށް އިސްރާއީލުން ދިން ހަމަލާތަކުގައި މެޑިކަލް އޮފިޝަލުން ބުނާގޮތުގައި 47,000 އަށްވުރެ ގިނަ ފަލަސްތީނު މީހުން ޝަހީދުވެފައިވެއެވެ.

އެންމެ ހިނގާ

1

އީރާނުގެ ޕައިލެޓުން ޖީޕީއެސް ނެތި އެމެރިކާގެ މަރުކަޒުތަކަށް ބޮން އެޅި

2

ސިގްނަލްތަކަށް ހުރަސްއަޅައިގެން އިސްރާއީލުގެ ހާމީސް ޑްރޯނަކާއި އެމެރިކާގެ ރީޕަރ ޑްރޯނެއް އެއްވެސް ގެއްލުމެއް ނުދީ އަތުލައިގެންފައިވާ މަންޒަރު އީރާނުން ދައްކާލައިފި

3

ޚާމަނާއީއާ މުއާމަލާތް ކުރުން "ވަރަށް އުނދަގޫ" - ރައީސް ޕެޒެޝްކިއަން

4

ސްޕޭސްއެކްސްގެ ރޮކެޓަކުން ވަކިވި ހަތަރު ޓަނުގެ ބޮޑު އެތިގަނޑެއް ހަނދުގައި ޖެހި ވަޅުގަނޑެއް ހެދިއްޖެ

5

ތުރުކީގެ އަޝްޓާޝް އިން 300 މިލިއަން ޑޮލަރުގެ ލަގްޒަރީ ރިސޯޓެއް ރާއްޖޭގައި ތަރައްގީކުރަނީ

އިތުރަށް ކިޔާލަން

01 ޖޫން 2017

ފިލިޕިންސް ސިފައިންނަށް އޮޅިގެން އެގައުމުގެ ސިފައިންގެ 10 މީހުން މަރާލެވިއްޖެ

01 ޖޫން 2017
ފިލިޕިންސް ސިފައިންނަށް އޮޅިގެން އެގައުމުގެ ސިފައިންގެ 10 މީހުން މަރާލެވިއްޖެ
22 މެއި 2017

ސީރިޔާގެ ހޮމްސް ސަރުކާރު ސިފައިންގެ ކޮންޓްރޯލްގެ އަތްދަށަށް ގެނެސްފި

22 މެއި 2017
ސީރިޔާގެ ހޮމްސް ސަރުކާރު ސިފައިންގެ ކޮންޓްރޯލްގެ އަތްދަށަށް ގެނެސްފި
08 މެއި 2017

އަފްގާނިސްތާނުގައި ހަރަކާތްތެރިވާ އައިއެސް ގެ އިސްވެރިޔާ އަބްދުލް ހާސިބް މަރާލައިފި

08 މެއި 2017
އަފްގާނިސްތާނުގައި ހަރަކާތްތެރިވާ އައިއެސް ގެ އިސްވެރިޔާ އަބްދުލް ހާސިބް މަރާލައިފި
24 އެޕްރީލު 2017

އަފްޣާނިސްތާނު ސިފައިންގެ އިސްވެރިޔާ އިސްތިއުފާ ދެއްވައިފި

24 އެޕްރީލު 2017
އަފްޣާނިސްތާނު ސިފައިންގެ އިސްވެރިޔާ އިސްތިއުފާ ދެއްވައިފި
24 އެޕްރީލު 2017

އަފްޣާންގެ އަސްކަރީ ބޭހަށް ދިން ހަމަލާގައި މަރުވި ސިފައިންގެ އަދަދު 100 އަށް އަރައިފި

24 އެޕްރީލު 2017
އަފްޣާންގެ އަސްކަރީ ބޭހަށް ދިން ހަމަލާގައި މަރުވި ސިފައިންގެ އަދަދު 100 އަށް އަރައިފި
09 މާރިޗު 2017

އެމެރިކާ އަސްކަރިއްޔާގެ 1000 ސިފައިންގެ ފައުޖެއް ކުވައިތަށް ފޮނުވަން އެމެރިކާ އިން ވިސްނަނީ

09 މާރިޗު 2017
އެމެރިކާ އަސްކަރިއްޔާގެ 1000 ސިފައިންގެ ފައުޖެއް ކުވައިތަށް ފޮނުވަން އެމެރިކާ އިން ވިސްނަނީ
25 ފެބުރުއަރީ 2017

އަޒާރިއާގެ އަދަބު މާ ކުޑަ، އިސްރާއީލުގެ ޝަރުޢީ ނިޒާމަށް އޮތް އިތުބާރު ކުޑަވެއްޖެ: އދ

25 ފެބުރުއަރީ 2017
އަޒާރިއާގެ އަދަބު މާ ކުޑަ، އިސްރާއީލުގެ ޝަރުޢީ ނިޒާމަށް އޮތް އިތުބާރު ކުޑަވެއްޖެ: އދ
13 ފެބުރުއަރީ 2017

ގެމްބިއާގެ ރައީސް އަޑަމާ ބަރޯ ނަމާދަށް ވަޑައިގެންނެވި މިސްކިތުގައި ފިސްތޯލައެއް ހިފައިގެންހުރި ސިފައިންގެ މީހަކު ހައްޔަރު ކޮށްފި

13 ފެބުރުއަރީ 2017
ގެމްބިއާގެ ރައީސް އަޑަމާ ބަރޯ ނަމާދަށް ވަޑައިގެންނެވި މިސްކިތުގައި ފިސްތޯލައެއް ހިފައިގެންހުރި ސިފައިންގެ މީހަކު ހައްޔަރު ކޮށްފި
10 ފެބުރުއަރީ 2017

ރަޝިއާގެ ވައިގެ ހަމަލާއެއްގައި ތުރުކީގެ ސިފައިންގެ ތިން މީހުން މަރުވެއްޖެ

10 ފެބުރުއަރީ 2017
ރަޝިއާގެ ވައިގެ ހަމަލާއެއްގައި ތުރުކީގެ ސިފައިންގެ ތިން މީހުން މަރުވެއްޖެ
30 ޖެނުއަރީ 2017

ޓްރަމްޕުގެ ވެރިކަމުގައި މަރުވި ފުރަތަމަ އެމެރިކާ ސިފައިންގެ މީހާ ޔަމަނުގައި މަރުވެއްޖެ

30 ޖެނުއަރީ 2017
ޓްރަމްޕުގެ ވެރިކަމުގައި މަރުވި ފުރަތަމަ އެމެރިކާ ސިފައިންގެ މީހާ ޔަމަނުގައި މަރުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް