Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ރައީސް ވާދޫ އަށް ވަޑައިގަތުން

ބޮޑު ހިލަ ނުލިބިގެން ތަރައްގީގެ މަޝްރޫއުތައް ހުއްޓުނުކަަމަށް ބުނާ ވާހަކަ ވާދޫގައި ވެސް ރައީސް ތަކުރާރުކުރައްވައިފި

ބޮޑުހިލަ ލިބުމާއި އެކު ހުއްޓިފަ ހުރި މަސައްކަތް އަލުން ފަށައިގެން ކުރިއަށް ގެންދަވާނެ ކަމުގެ ޔަޤީންކަން ރައީސް ވަނީ ދެއްވާފަ

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު, ރާއްޖެ އެމްވީ | 21 ޖެނުއަރީ 2025 | އަންގާރަ 06:34
ރައްޔިތުންނާ ބައްދަލުކުރައްވާ ރައީސް ޑރ.މުހައްމަދު މުއިއްޒު ވާހަކަދައްކަވަނީ

ރައްޔިތުންނާ ބައްދަލުކުރައްވާ ރައީސް ޑރ.މުހައްމަދު މުއިއްޒު ވާހަކަދައްކަވަނީ

ބައެއް މަޝްރޫޢުތައް މަޑުޖެހިފައި ވަނީ ބޮޑު ހިލައިގެ ދަތިކަން ހުރުމުން ކަމަށާއި އެކަން ހައްލުކުރަމުންދާ ކަމަށް ރައީސް ޑރ.މުހައްމަދު މުއިއްޒު ވިދާޅުވާ ވާހަކަ އަނެއްކާވެސް ތަކުރާރުކުރައްވައިފިއެވެ.

ރައީސް އެފަދައިން ވިދާޅުވީ ރ.އަތޮޅުގެ ބައެއް ރަށްރަށަށް މިހާރު ކުރައްވަމުންދާ ދަތުރުފުޅުގެ ތެރެއިން ރ.ވާދޫގެ ރައްޔިތުންނާއި ބައްދަލުކުރައްވާ ވާހަކަދައްކަވަމުންނެވެ.

Advertisement - newsAdvertisement

މަޝްރޫޢުތައް ކުރިއަށް ނުގެންދެވުމުން ސަރުކާރުން އެކި ފަހަރު ދައްކަވަނީ އެކި ވާހަކައެވެ. ވެރިކަަމަށް އައީއްސުރެ މަޝްރޫޢުތައް ހުއްޓިފައި ހުރި ނަމަވެސް މަޝްރޫޢުތަކަށް ކަނޑައެޅި ބަޖެޓް ހިމެނޭހެން 2024ގެ ބަޖެޓް ވަނީ ހޭދަކޮށް ހުސްކޮށްފައެވެ. ނަމަވެސް އެ ޚަރަދުތަކުގެ ތަފްސީލް ސަރުކާރުން ވަނީ ހާމަނުކޮށް ހިފަހައްޓާފައެވެ. މީގެ ކުރިން ސަރުކާރުން ބުނަމުން އައީ މަޝްރޫޢުތައް ކުރިއަށް ނުދަނީ އެކަށީގެންވާ ބަޖެޓެއް ނެތުމުން ކަަމަށެވެ.

މީގެ ކުރިން ހުވަދު އަތޮޅުގެ ރަށްތަކަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން ގދ.ރަތަފަންދޫ ރައްޔިތުންނާ ބައްދަލުކުރައްވައި މިއަދު ދެއްކެވި ވާހަކަފުޅުގައި ރައީސް ވިދާޅުވީ އެ ރަށުގެ ގިރާ ސަރަހައްދު ހިމާޔަތްކުރުމުގެ މަޝްރޫއު މަޑުޖެހިފައި އޮތީ މަސައްކަތަށް ބޭނުންވާ ތަކެތި ނުލިބުމާއި ފައިސާގެ ދަތިކަމާހުރެ ކަމަށެވެ. މި މޭރުމުން ރައީސް ވާހަކަދައްކަވަން ފައްޓަވާފައި މި ވަނީ ފައިސާ ނެތިގެން މަޝްރޫއު ނުހިންގޭ ކަމަށް ބުނާތީ އާއްމުންގެ ފާޑުކިޔުން އިތުރުވެފައިވާ ދަނޑިވަޅެއްގައެވެ.

އަންގާރަ ދުވަހު ވާދޫގައި ވާހަކަދައްކަވަމުން އެ ރަށުގެ ގިރާ ސަރަަހައްދުގެ މައްސަލަ އަށް އަވަސް ހައްލެއް ހޯއްދަވާދެއްވާނެ ކަމަށް ރައީސް ވައުދުވެވަޑައިގަންނަވާފައިވެއެވެ. އެ ރަށުގެ ބަންދަރުގެ މަސައްކަތް ކުރިއަށް ނުދާ ސަބަބާއި މެދު ވާހަކަދައްކަވަމުން އެ މަނިކުފާނު ވިދާޅުވީ ބޮޑުހިލަޖެހުމަކީ އެ މަޝްރޫޢުގެ އެންމެ ބޮޑު މަސައްކަތް ކަމަށެވެ. އެކަން ނުކުރެވި ވަނީ ބޮޑުހިލަ ސަޕްލައި ލިބުމުގައި މައްސަލަ ދިމާވުމުގެ ސަބަބުން ކަމަށް ވެސް ރައީސް ވިދާޅުވިއެވެ. މިހާރު ފިނޭންސް މިނިސްޓްރީ އާއި އެސްޓީއޯ އާއި އެކު މަޝްވަރާކޮށްގެން އެކަން ހައްލުކުރުމުގެ މަސައްކަތް ކުރަމުންދާ ކަަމަށް ރައީސް ވިދާޅުވިއެވެ. އެގޮތުން ބަލްކްކޮށް ބޮޑުހިލަ ގެނެސް އެކަން ހައްލުކޮށްދެއްވާނެ ކަމަށް ރައީސް ވިދާޅުވި ނަމަވެސް އެމަސައްކަތް މިހާރު އޮތް މަރުހަލާ އާއި އެކަން ކޮށް ނިންމާނެ ތާރީހެއް ރައީސް ހާމައެއް ނުކުރައްވައެވެ.

އެހެންނަމަވެސް ބޮޑުހިލައިގެ ދަތިކަން ދިމާވުމުން ރާއްޖޭގެ ބައެއް ރަށްރަށުގައި ރަށްގިރުމާއި ބަނދަރުގެ މަސައްކަތް ހުއްޓިފައި އެބަ ހުރި ކަމަށާއި، ބޮޑުހިލަ ލިބުމާއި އެކު ހުއްޓިފަ ހުރި މަސައްކަތް އަލުން ފަށައިގެން ކުރިއަށް ގެންދަވާނެ ކަމުގެ ޔަޤީންކަން ރައީސް ވަނީ ދެއްވާފައެވެ.

ވާދޫގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން އެ ރަށުގެ ރައްޔިތުން ސަރުކާރުގެ އެދެމުންދާ ކަންކަމާއި އެ ރަށުގައި ހުރި ދަތިތަކަށް ރައީސް މުއިއްޒު ވަނީ އަލިއަޅުވާލައްވާފައެވެ. އެގޮތުން މީގެ ކުރިން އެ މަނިކުފާނު ދެއްވާފައިވާ ޔަޤީންކަމާއި އެއްގޮތަށް އެ ރަށުން ގޯތި ދިނުމަށް ބަލާއިރު، އެ ރަށުގެ ކުނިކޮށި ހުރި ސަރަހައްދުގެ ސަބަބުން ގޯތިތައް ދިނުމުގައި ދަތިތަކާއި ކުރިމަތިލާންޖެހިފައިވާކަމަށް ވަނީ ފާހަގަކުރައްވާފައެވެ. އެކަން ހައްލުކޮށްދެއްވާނެކަމުގެ ޔަޤީންކަން ދެއްވަމުން ރައީސް ވަނީ ކުނިކޮށީގެ މައްސަލަ ހައްލުވެގެންދާއިރު އެ ރަށަށް ދިމާވެފައިވާ ކުނި މެނޭޖްކުރުމުގެ މައްސަލަ އަށް ޖުމުލަ ހައްލެއް ހޯއްދަވައިދެއްވާނެ ކަމަށެވެ. އަދި ކުނީގެ މައްސަލަ ހައްލުވުމާއި އެކު އެ ރަށުން ގޯތި ނުދެވުމުގެ މައްސަލަ ނިމުމަކަށް އަންނާނެ ކަމަށް ރައީސް ވަނީ ފާހަގަކުރައްވާފައެވެ. ރައީސް އެ މައްސަލަ ހައްލުކޮށްދެއްވާނެ ކަމަށް ވިދާޅުވި ނަމަވެސް މީގެ ކުރިން ދެއްވި ޔަޤީންކަމާއި އެއްގޮތަށް މިހާތަނަށް އައި އިރު އެ މައްސަލަ ހައްލު ނުކުރެވިވާ ސަބަބު ހާމަކޮށްދެއްވާފައެއް ނުވެއެވެ.

ވާދޫގައި ވާހަކަދައްކަވަމުން ރައީސް ވަނީ އެ ރަށުގެ ސްކޫލްގެ މަސައްކަތާއި އެ ރަށަށް ބޭނުންވާ އެހެނިހެން ބައެއް ކަންކަން ކޮށްދެއްވާނެ ކަމަށް ވައުދުވެވަޑައިގަންނަވާފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ފުވައްމުލަކު ގޮނޑުދޮށަށް ލެއްގި ހިލަތައް އަދިވެސް ނަގާ ނުނިމޭ: އީޕީއޭ

ފުވައްމުލަކު ގޮނޑުދޮށަށް ލެއްގި ހިލަތައް އަދިވެސް ނަގާ ނުނިމޭ: އީޕީއޭ

19 އޮކްޓޯބަރު 2017
އިންޑިޔާ އަށް ވުރެ ވެސް ރާއްޖޭގައި ކޮރަޕްޝަން ބޮޑު: ސީޕީއައި

އިންޑިޔާ އަށް ވުރެ ވެސް ރާއްޖޭގައި ކޮރަޕްޝަން ބޮޑު: ސީޕީއައި

26 ޖެނުއަރީ 2017
ތަރައްގީގެ މަޝްރޫއުތައް ހިންގުމަށް އިންޑިޔާ ފަދަ ގައުމުތަކަށް ރާއްޖެއިން އަބަދުވެސް މަރުހަބާ ކިޔަން : ޝައިނީ

ތަރައްގީގެ މަޝްރޫއުތައް ހިންގުމަށް އިންޑިޔާ ފަދަ ގައުމުތަކަށް ރާއްޖެއިން އަބަދުވެސް މަރުހަބާ ކިޔަން : ޝައިނީ

20 ޖެނުއަރީ 2017
ރަނގަޅު ވެރިކަމެއްގައި މިސަރުކާރުގެ ބޮޑުން ތިބޭނީ ޖަލުގައި: ނާދިރާ

ރަނގަޅު ވެރިކަމެއްގައި މިސަރުކާރުގެ ބޮޑުން ތިބޭނީ ޖަލުގައި: ނާދިރާ

20 ޖެނުއަރީ 2017
ސަރުކާރުން ޕްރޮޖެކްޓްތައް ހިންގަނީ ތިން ގުނަ އަގު ބޮޑުކޮށް: އާޒިމް

ސަރުކާރުން ޕްރޮޖެކްޓްތައް ހިންގަނީ ތިން ގުނަ އަގު ބޮޑުކޮށް: އާޒިމް

16 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

27 އެޕްރީލު
ޔުމްނުގެ މައްސަލަ ބަލާ ކޮމިޝަނަށް އައްޔަން ކުރި ހަބީބުއާއި ރައުދު އާއި އާއިލީ ގުޅުން އޮވޭ، އިސްތިއުފާ ދީފި
20251 އަހަރު ކުރިން
ރާއްޖެ

ޔުމްނުގެ މައްސަލަ ބަލާ ކޮމިޝަނަށް އައްޔަން ކުރި ހަބީބުއާއި ރައުދު އާއި އާއިލީ ގުޅުން އޮވޭ، އިސްތިއުފާ ދީފި

އިންޑިއާއާއެކު ވެފައިވާ އެއްބަސްވުންތައް ހާމަކުރާނެކަމަށް ސަރުކާރުން ބުނި ވާހަކައިގެ ރާގު ބަދަލުވެއްޖެ
20242 އަހަރު ކުރިން
ރާއްޖެ

އިންޑިއާއާއެކު ވެފައިވާ އެއްބަސްވުންތައް ހާމަކުރާނެކަމަށް ސަރުކާރުން ބުނި ވާހަކައިގެ ރާގު ބަދަލުވެއްޖެ

ޗާގޯސް "ދެބޯގެރި" ޗޮކުން!
20233 އަހަރު ކުރިން
ރިޕޯޓު

ޗާގޯސް "ދެބޯގެރި" ޗޮކުން!

"ލަމްހާއަކީ ގޭންގަކަށް ނިސްބަތްވާ މީހެއް ނޫން، ނުވަތަ ސީރިއަލް ކިލަރ އެއް ނޫން"
20224 އަހަރު ކުރިން
ރާއްޖެ

"ލަމްހާއަކީ ގޭންގަކަށް ނިސްބަތްވާ މީހެއް ނޫން، ނުވަތަ ސީރިއަލް ކިލަރ އެއް ނޫން"

ޝަވަރުމާ ޕިއްޒާ
20215 އަހަރު ކުރިން
ލައިފް ސްޓައިލް

ޝަވަރުމާ ޕިއްޒާ

ލަންކާގައި ދިރިއުޅޭ ގިނަ އަދަދެއްގެ ދިވެހިން މާލެ އަންނަނީ
20197 އަހަރު ކުރިން
ރާއްޖެ

ލަންކާގައި ދިރިއުޅޭ ގިނަ އަދަދެއްގެ ދިވެހިން މާލެ އަންނަނީ

ލ. ގަމުގައި މައުމޫނުގެ ސަޕޯޓަރުން ރައީސް ޔާމީނާ ދެކޮޅަށް ތެދުވުމުން މާފަތިން މަރުހަބާ ކިޔާއިފި
20188 އަހަރު ކުރިން
ރާއްޖެ

ލ. ގަމުގައި މައުމޫނުގެ ސަޕޯޓަރުން ރައީސް ޔާމީނާ ދެކޮޅަށް ތެދުވުމުން މާފަތިން މަރުހަބާ ކިޔާއިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު