Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުމެންޗެސްްޓަރ ސިޓީ

ގާޑިއޯލާ ބުނީ ސިޓީ އެނބުރި އަންނަނީ ކަމަށް!

ފާއިތުވި 10 ވަރަކަށް އަހަރުގެ ތެރޭގައި ސިޓީން ދައްކާފައިވާ ކުޅުމާއި، ކޮށްފައިވާ ކަންކަމަށް ބަލާއިރު، އަނެއްކާ ވެސް އެ މިސްރާބުގައި ސިޓީ ކުރިއަށް ދާ ކަމަށް ޤަބޫލު ކުރެވޭ ކަމަށް ގާޑިއޯލާ ބުންޏެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 21 ޖެނުއަރީ 2025 | އަންގާރަ 04:13
މެންޗެސްޓަރ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ

މެންޗެސްޓަރ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ

މެންޗެސްޓަރ ސިޓީގެ ނަތީޖާތައް ދަށްވެފައި އޮތް ނަމަވެސް، މިހާރު އަނެއްކާ ސިޓީ އަލުން އެނބުރި އަންނަނީ ކަމަށް އެ ޓީމުގެ ކޯޗު ޕެޕް ގާޑިއޯލާ ބުނެފި އެވެ.

ގާޑިއޯލާ މިހެން ބުނީ އިނގިރޭސި ޕްރިމިއާ ލީގުގައި ރަށުން ބޭރުގައި އިޕްސްވިޗް ޓައުންއާ ދެކޮޅަށް ސިޓީ ކުޅުނު މެޗަށްފަހު ނޫސްވެރިންނާ ވާހަކަ ދައްކަމުންނެވެ. އެ މެޗުގައި ސިޓީން ވަނީ ހަ ލަނޑުގެ ބޮޑު މޮޅެއް ހޯދައި، ލީގު ތާވަލްގެ ހަތަރު ވަނަ އަށް ޖެހިލައިފަ އެވެ.

ސިޓީގެ ޙާލަތާ ގުޅޭ ގޮތުން ވާހަކަ ދައްކަމުން ގާޑިއޯލާ ބުނީ، މިވަގުތު އޭނާ އާއި މުޅި ޓީމު ވެސް އޮތީ ވަރަށް ބޮޑަށް ހިތްހަމަ ޖެހިފައި ކަމަށެވެ. ފާއިތުވި 10 ވަރަކަށް އަހަރުގެ ތެރޭގައި ސިޓީން ދައްކާފައިވާ ކުޅުމާއި، ކޮށްފައިވާ ކަންކަމަށް ބަލާއިރު، އަނެއްކާ ވެސް އެ މިސްރާބުގައި ސިޓީ ކުރިއަށް ދާ ކަމަށް ޤަބޫލު ކުރެވޭ ކަމަށް ގާޑިއޯލާ ބުންޏެވެ. ޚާއްސަކޮށް އެ މެޗުން ލިބުނު ތިން ޕޮއިންޓަކީ ވަރަށް ބޮޑު ހިތްހަމަ ޖެހުމެއް ކަމަށާއި، ލީގު ތާވަލްގައި ކުރިއަށް ޖެހިލުމަކީ ވެސް ހިތްހަމަ ޖެހުމެއް ކަމަށް ގާޑިއޯލާ ބުންޏެވެ.

މީގެ އިތުރުން ގާޑިއޯލާ ބުނީ ލީގު ތާވަލްގެ ކުރިއަށް ސިޓީ ޖެހިލާފައިވާއިރު، ގަދަ ހަތަރެއްގައި އޮވެ، ޔުއެފާ ޗެމްޕިއަންސް ލީގުގެ ޖާގައެއް ހޯދުމުގެ އުންމީދު ވެސް އައު ވެއްޖެ ކަމަށެވެ. އޭނާ ބުނީ މިހާރު ސިޓީ އަށް ބަލާއިރު، އެ ޓީމުން ވަރަށް ބޮޑު ކުރިއެރުމެއް ހޯދާފައިވާ ކަމަށާއި، ސިޓީގެ ކުޅުން ވެސް ވަރަށް ބޮޑަށް ރަނގަޅުވެފައިވާ ކަަމެވެ. އަދިވެސް ސިޓީ އަށް ދެއްކެނީ އެ ޓީމުގެ އެންމެ މޮޅު ކުޅުމަށް ނުވެދާނެ ކަމަށާއި، ނަމަވެސް ސިޓީ ބޭނުންވާ މިސްރާބުގައި އެ ޓީމު ކުރިއަށް ދާ މަންޒަރު ފެންނަ ކަމަށް ގާޑިއޯލާ ބުނެފައިވެ އެވެ.

އިތުރަށް ވާހަކަ ދައްކަމުން ގާޑިއޯލާ ބުނެފައި ވަނީ ކޮންމެ ޙާލަތެއް ކުރިމަތިވީ ނަމަވެސް، ސިޓީން ކުޅެން ބޭނުންވާ ވައްޓަފާޅި އާއި އެ ޓީމުގެ އުސޫލުތައް ބަދަލު ނުކުރާ ކަމަށެވެ. އުނދަގޫ ޙާލަތްތަކުގައި ވެސް ސިޓީން މަސައްކަތް ކުރާނީ އެމީހުންގެ ކުޅުމުގެ ވައްޓަފާޅީގައި ކުރިއަށް ދާން ކަމަށާއި، މިހާތަނަށް ވެސް ސިޓީން އެކަން ފެނިފައިވާނެ ކަމަށް ގާޑިއޯލާ ބުންޏެވެ.

މޮޅާއެކު ސިޓީ ހަތަރު ވަނަ އަށް ޖެހިލާފައިވާއިރު، މިހާތަނަށް ލީގުގައި ކުޅެފައިވާ 22 މެޗުން އެ ޓީމަށް ލިބެނީ 38 ޕޮއިންޓެވެ. ހަމަ އެ އަދަދަށް މެޗު ކުޅެގެން ފަސް ވަނައިގައި ނިއުކާސަލް ޔުނައިޓެޑަށް ވެސް ލިބެނީ 38 ޕޮއިންޓެވެ. ސީޒަންގެ ވަކި ހިސާބަކުން ސިޓީގެ ނަތީޖާތައް ދަށްވީއިރު، އަންނަ ސީޒަންގެ ޗެމްޕިއަންސް ލީގަށް ވެސް ސިޓީ ކޮލިފަައި ނުވެދާނެ ކަމުގެ ބިރު އޮތް ކަމަށް އޭރު ގާޑިއޯލާ ވަނީ ބުނެފަ އެވެ.

އިތުރަށް ކިޔާލަން

23 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ކޯސްޓާ އެނބުރި އައި މެޗުން ޗެލްސީ މޮޅުވެ 8 ޕޮއިންޓްގެ ލީޑެއް

23 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ކޯސްޓާ އެނބުރި އައި މެޗުން ޗެލްސީ މޮޅުވެ 8 ޕޮއިންޓްގެ ލީޑެއް
23 ޖެނުއަރީ 2017

ޓޮޓެންހަމް އާއި ސިޓީ އެއްވަރުވިއިރު ޔުނައިޓެޑް ސަލާމަތްވީ ކިރިޔާ

23 ޖެނުއަރީ 2017
ޓޮޓެންހަމް އާއި ސިޓީ އެއްވަރުވިއިރު ޔުނައިޓެޑް ސަލާމަތްވީ ކިރިޔާ
20 ޖެނުއަރީ 2017

ބްރެޒިލްގެ ފޯވާޑް ގެބްރިއަލް ޖީސަސް ސިޓީ އަށް ބަދަލުވެއްޖެ

20 ޖެނުއަރީ 2017
ބްރެޒިލްގެ ފޯވާޑް ގެބްރިއަލް ޖީސަސް ސިޓީ އަށް ބަދަލުވެއްޖެ
18 ޖެނުއަރީ 2017

އިންސްޓަގްރާމްގައި ކުރި ޕޯސްޓަކުން ސިޓީގެ ސަގްނާ ޖޫރިމައިނާކޮށްފި

18 ޖެނުއަރީ 2017
އިންސްޓަގްރާމްގައި ކުރި ޕޯސްޓަކުން ސިޓީގެ ސަގްނާ ޖޫރިމައިނާކޮށްފި
17 ޖެނުއަރީ 2017

އަލުން ފުޓުބޯޅަ ކުޅެން ފަށަން ރޮނާލްޑީނިއޯ އަންނަނީ ވިސްނަމުން: އެޖެންޓް

17 ޖެނުއަރީ 2017
އަލުން ފުޓުބޯޅަ ކުޅެން ފަށަން ރޮނާލްޑީނިއޯ އަންނަނީ ވިސްނަމުން: އެޖެންޓް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު