Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ދެކުނު ކޮރެއާ

ދެކުނު ކޮރެއާގެ ރައީސްގެ ބަންދުގެ މުއްދަތު ކޯޓުން އިތުރުކޮށްފި

ޔޫން ވަނީ މަގާމުގައި ހުންނަވަނިކޮށް ބަންދުކުރެވުނު ދެކުނު ކޮރެއާގެ ފުރަތަމަ ރައީސްކަމުގައި ވެފައެވެ. އޭނާއާ ދެކޮޅަށް ކުރެވޭ ތުހުމަތުތަކަކީ ޑިސެމްބަރު 3 ވަނަ ދުވަހު ކުއްލިއަކަށް މާޝަލް ލޯގެ އިއުލާން ކުރައްވާ އަދި އެކަމާ ގުޅިގެން ޤައުމު ސިޔާސީ ހަމަނުޖެހުމަކަށް ވައްޓާލުމާ ގުޅޭ ބަޣާވާތުގެ ތުހުމަތުތަކެކެވެ. 

ރާއްޖެ އެމްވީ | 19 ޖެނުއަރީ 2025 | އާދީއްތަ 07:32
ޖެނުއަރީ 19، 2025 - ޔޫން ގެ ސަޕޯޓަރުން ކޯޓަށް ވަދެގަތް އިރު ގިނަ އަދަދެއްގެ ފުލުހުންގެ އޮފިސަރުން ކޯޓުގެ ބޭރުގައި

ޖެނުއަރީ 19، 2025 - ޔޫން ގެ ސަޕޯޓަރުން ކޯޓަށް ވަދެގަތް އިރު ގިނަ އަދަދެއްގެ ފުލުހުންގެ އޮފިސަރުން ކޯޓުގެ ބޭރުގައި

ދެކުނު ކޮރެއާގެ ރައީސް ޔޫން ސުކް ޔެއޯލް ބަންދު ކޮށްފައިވާ މުއްދަތު 20 ދުވަހަށް އެ ގައުމުގެ ކޯޓަކުން އިތުރުކޮށްފިއެވެ.

ބަންދުގެ މުއްދަތު އިތުރު ކުރުމާ ގުޅިގެން، އޭނާ އަށް ތާއީދު ކުރާ އެތައް ސަތޭކަ މީހުން ރުޅިއައިސް ކޯޓު އިމާރާތުގެ ތެރެއަށް ވަނީ ވަދެގަނެފައެވެ.

ރުޅި އައިސްފައިވާ މީހުން ކުން ކޯޓު އިމާރާތަށް ވަދެ، ކުޑަދޮރުތައް ތަޅާލައި، އެތެރެއަށް ވަދެ މާރާމާރީ ހިންގާފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ. 

އާދީއްތަ ދުވަހުގެ ހެނދުނު ކޯޓުގެ ނިންމުން އިއުލާނުކުރުމާ ދާދި އެއްވަގުތެއްގައި، އޭނާއަށް ތާއީދުކުރާ ފަރާތްތަކުން ކޯޓު އިމާރާތް ކައިރިއަށް އެއްވެ، އެމީހުން ހުއްޓުވަން މަސައްކަތްކުރި ރައިޓް ފުލުހުންނާ ކުރިމަތިލާފައިވެއެވެ. 

ޔޫން ވަނީ މަގާމުގައި ހުންނަވަނިކޮށް ބަންދުކުރެވުނު ދެކުނު ކޮރެއާގެ ފުރަތަމަ ރައީސްކަމުގައި ވެފައެވެ. އޭނާއާ ދެކޮޅަށް ކުރެވޭ ތުހުމަތުތަކަކީ ޑިސެމްބަރު 3 ވަނަ ދުވަހު ކުއްލިއަކަށް މާޝަލް ލޯގެ އިއުލާން ކުރައްވާ އަދި އެކަމާ ގުޅިގެން ޤައުމު ސިޔާސީ ހަމަނުޖެހުމަކަށް ވައްޓާލުމާ ގުޅޭ ބަޣާވާތުގެ ތުހުމަތުތަކެކެވެ. 

މަންޒަރުތަކުން ފެންނަ ގޮތުން، އިހުތިޖާޖުކުރާ ފަރާތްތަކުން ކޯޓުގެ ދޮރުފާރަވެރިންނަށް ތިބި ފުލުހުންނަށް އަލިފާން ނިއްވާ ފުޅިތަކުން ހަމަލާ ދިނުމަށްފަހު، އެތެރެއަށް ވަދެ، އޮފީސް ތަކެއްޗާއި ފަރުނީޗަރު ހަލާކުކޮށްލިއެވެ. 

ހޮނިހިރު ދުވަހު ޔޫން އާއި އޭނާގެ ވަކީލުން ކޯޓުގެ ފަނޑިޔާރުގެ ކުރިމައްޗަށް ހާޒިރުވެ އަޑުއެހުމުގައި ބައިވެރިވެ، އޭނާ ދޫކޮށްލުމަށް ވަކާލާތުކުރިއެވެ. ކޯޓުގެ މި ހުކުމަކީ އޭނާ ދިގު މުއްދަތަކަށް ބަންދުގައި ހުންނަވަން ޖެހުމުގެ ފެށުމެއް ކަމަށް ބައެއް ފަރާތްތަކުން ދެކެއެވެ. 

ދެކުނު ކޮރެއާގައި މާޝަލް ލޯގެ އިއުލާނާ ކުރުމާ ގުޅިގެން ހިނގައިދިޔަ ހަމަނުޖެހުންތަކުގެ ސަބަބުން 1980 ގެ އަހަރުތަކުގެ ފަހުކޮޅު ޑިމޮކްރަސީ އަކަށް ބަދަލުވުމަށްފަހު ޤައުމަށް ދިމާވި އެންމެ ސީރިއަސް ސިޔާސީ ހަމަނުޖެހުންތައް ދަނީ ހިނގަމުންނެވެ. 

މަތީ ފަންތީގެ އޮފިޝަލުންގެ ކޮރަޕްޝަން ތަޙުޤީޤުކުރާ އޮފީހުން ފުލުހުންނާއި ސިފައިންނާ ގުޅިގެން ކުރިއަށްގެންދާ ތަޙުޤީޤުގައި މިހާރު ދެކުނު ކޮރެއާގެ ރައީސްގެ ބަންދު 20 ދުވަހަށް އިތުރުކުރެވިދާނެއެވެ. މި މުއްދަތުގައި އެމީހުން މައްސަލަ ދައުވާ ކުރުމަށްޓަކައި ޕަބްލިކް ޕްރޮސެކިއުޓަރުންނާ ހަވާލުކުރާނެއެވެ.

ޔޫންގެ ވަކީލުންނަށްވެސް ކޯޓުގެ އަމުރާ ދެކޮޅަށް އިސްތިއުނާފު ކުރެވިދާނެއެވެ.         

ކޮމެންޓް

އިތުރަށް ކިޔާލަން

އުތުރު ކޮރެއާގެ ރައްޔިތުންނަށް ވިސާއާ ނުލާ މެލޭޝިއާ އަށް އެތެރެ ނުވެވޭގޮތް ހަދަނީ

އުތުރު ކޮރެއާގެ ރައްޔިތުންނަށް ވިސާއާ ނުލާ މެލޭޝިއާ އަށް އެތެރެ ނުވެވޭގޮތް ހަދަނީ

02 މާރިޗު 2017
އދ. މެމްބަރު ކަމުން އުތުރު ކޮރެއާ ސަސްޕެންޑުކުރަން ޖެހޭ ކަމަށް ދެކުނު ކޮރެއާ އިން ބުނެފި

އދ. މެމްބަރު ކަމުން އުތުރު ކޮރެއާ ސަސްޕެންޑުކުރަން ޖެހޭ ކަމަށް ދެކުނު ކޮރެއާ އިން ބުނެފި

01 މާރިޗު 2017
ކިމް ޖޮން ނަމް މަރާލުމުގައި އުތުރު ކޮރެއާގެ ހަތަރު ޖާސޫސުން ބައިވެރިވޭ: ދެކުނު ކޮރެއާ

ކިމް ޖޮން ނަމް މަރާލުމުގައި އުތުރު ކޮރެއާގެ ހަތަރު ޖާސޫސުން ބައިވެރިވޭ: ދެކުނު ކޮރެއާ

28 ފެބުރުއަރީ 2017
އެމެރިކާގެ އަސްކަރިއްޔާއިން ދެކުނު ޗައިނާ ކަނޑު ޕެޓްރޯލްކުރަން ފަށައިފި

އެމެރިކާގެ އަސްކަރިއްޔާއިން ދެކުނު ޗައިނާ ކަނޑު ޕެޓްރޯލްކުރަން ފަށައިފި

19 ފެބުރުއަރީ 2017
އުތުރު ކޮރެއާގެ ލީޑަރ ކިމް ޖޮންގް-އުންގެ އެއްބަފާ ބޭބެ މެލޭޝިޔާގައ އަވަހާރަ ކޮށްލައިފި

އުތުރު ކޮރެއާގެ ލީޑަރ ކިމް ޖޮންގް-އުންގެ އެއްބަފާ ބޭބެ މެލޭޝިޔާގައ އަވަހާރަ ކޮށްލައިފި

14 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

23 މެއި
ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު 2025ގެ ވަނަތައް ވިއްކާފައިވާ ކަމަށް ތުހުމަތުކޮށްފި
20251 އަހަރު ކުރިން
ރާއްޖެ

ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު 2025ގެ ވަނަތައް ވިއްކާފައިވާ ކަމަށް ތުހުމަތުކޮށްފި

އީރާންގެ ރައީސް ދަތުރު ކުރެއްވި ހެލިކޮޕްޓަރ ވެއްޓުނު ހާދިސާގެ ތަހުގީގު ރިޕޯޓު ނެރެފި
20242 އަހަރު ކުރިން
ދުނިޔެ

އީރާންގެ ރައީސް ދަތުރު ކުރެއްވި ހެލިކޮޕްޓަރ ވެއްޓުނު ހާދިސާގެ ތަހުގީގު ރިޕޯޓު ނެރެފި

ލަމްހާ 100 ދުވަހަށް ޝަރުތުތަކާއެކު ބަންދުން ދޫކޮށްލަން އެދިއްޖެ
20233 އަހަރު ކުރިން
ރާއްޖެ

ލަމްހާ 100 ދުވަހަށް ޝަރުތުތަކާއެކު ބަންދުން ދޫކޮށްލަން އެދިއްޖެ

މޫދު އަޑިން ހޯދި ކަށިތަކުން ނަގާފައިވާ ޑީއެންއޭއާ ލުތުފަރުގެ ދަރިންގެ ޑީއެންއޭއާ ދިމާވޭ
20224 އަހަރު ކުރިން
ރާއްޖެ

މޫދު އަޑިން ހޯދި ކަށިތަކުން ނަގާފައިވާ ޑީއެންއޭއާ ލުތުފަރުގެ ދަރިންގެ ޑީއެންއޭއާ ދިމާވޭ

އޮބާމާއާއި އިންޓަވިއުކުރި "އެންމެ ހަގު ރިޕޯޓަރ" ދެން ނުފެންނާނެ
20215 އަހަރު ކުރިން
ރިޕޯޓު

އޮބާމާއާއި އިންޓަވިއުކުރި "އެންމެ ހަގު ރިޕޯޓަރ" ދެން ނުފެންނާނެ

ޖިންސީ ވިޔަފާރި ކުރާ ނެޓް ވޯކެއްގެ އަތްދަށުން 50 ކުދިން ސަލާމަތް ވެއްޖެ
20197 އަހަރު ކުރިން
ރާއްޖެ

ޖިންސީ ވިޔަފާރި ކުރާ ނެޓް ވޯކެއްގެ އަތްދަށުން 50 ކުދިން ސަލާމަތް ވެއްޖެ

އެމެޓީ ސޭޓް ނިޔާވެއްޖެ
20188 އަހަރު ކުރިން
ރާއްޖެ

އެމެޓީ ސޭޓް ނިޔާވެއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު