Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ލުބުނާނުގެ މަސްރަހް

އެއްބަސްވެފައިވާ ގޮތައް އިސްރާއީލު ސިފައިން ދެކުނު ލުބުނާނުން ފޭބުމަށް ލުބުނާނުގެ ރައީސް ގޮވާލައްވައިފި

އދ.ގެ ގުޓެރެސް އެ ޤައުމަށް ކުރެއްވި ޒިޔާރަތުގައި ލުބުނާނަށް އިތުރު ބައިނަލްއަޤްވާމީ އެހީތެރިކަން ފޯރުކޮށްދެއްވާނެ ކަމަށް ވަޢުދުވެވަޑައިގަތް އިރު، އެމެރިކާއިން ހޮނިހިރު ދުވަހު އެ ޤައުމަށް 117 މިލިއަން ޑޮލަރަށްވުރެ ގިނަ އަދަދެއްގެ ފައިސާގެ އެހީ ދޭނެ ކަމަށް ވަނީ އިއުލާން ކޮށްފައެވެ.

ރާއްޖެ އެމްވީ | 19 ޖެނުއަރީ 2025 | އާދީއްތަ 03:07
ޖެނުއަރީ 18، 2025 - އދ.ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރޭސް ލުބުނާނުގެ ރައީސް ޖޯސެފް އައުންއާ ރިޔާސީ ގަނޑުވަރުގައި ބައްދަލުކުރައްވަނީ

ޖެނުއަރީ 18، 2025 - އދ.ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރޭސް ލުބުނާނުގެ ރައީސް ޖޯސެފް އައުންއާ ރިޔާސީ ގަނޑުވަރުގައި ބައްދަލުކުރައްވަނީ | ރޮއިޓާސް

އިސްރާއީލު-ހިޒްބުﷲ ހަނގުރާމަ ހުއްޓާލުމަށް ފާއިތުވި އަހަރު އެއްބަސްވެފައިވާ ގޮތައް ޖެނުއަރީ 26 ގެ ސުންގަޑި އަށް އިސްރާއީލުން އެ ޤައުމުގެ ދެކުނުން ފައިބަންޖެހޭނެ ކަމަށް ލުބުނާނުގެ އައު ރައީސް ވިދާޅުވެއްޖެއެވެ. ލުބުނާނުގެ ރައީސް މިހެން ވިދާޅުވީ ހަނގުރާމައިގައި ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ އެ ޤައުމަށް ޒިޔާރަތްކުރެއްވި އދ. ގެ ސެކްރެޓަރީ ޖެނެރަލްއާ ބައްދަލުކުރެއްވުމަށްފަހުގައެވެ.

"އެއްގަމާއި ވައިގެ މަގުން އިސްރާއީލުން ގެންދަނީ ލުބުނާނުގެ ސިޔާދަތައް އަރައިގަންނަމުން، ޚާއްޞަކޮށް އާންމުންގެ ގެތައް ގޮއްވާލުމާއި ބޯޑަރު ސަރަޙައްދުގެ އަވަށްތައް ސުންނާފަތި ކުރުމަކީ، ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމުގައި ބަޔާންކޮށްފައިވާ ކަންތައްތަކާ މުޅިން ޚިލާފު ކަމެކެވެ. އަދި މިއީ ލުބުނާނުގެ ސިޔާދަތާއި ބައިނަލްއަޤްވާމީ މުޖުތަމަޢުގެ ފިކުރާ ޚިލާފުވުން ކަމުގައި ބެލެވެއެވެ،" ރައީސް ޖޯސެފް އައޫންގެ އޮފީހުން ނެރުނު ބަޔާނެއްގައި ބުނެފައިވެއެވެ. މި ބަޔާން ނެރެފައިވަނީ ހޮނިހިރު ދުވަހު އެންޓޯނިއޯ ގުޓެރެސް އާއެކު ބޭއްވުނު ބައްދަލުވުމަށްފަހުގައެވެ.

ގުޓެރެސް ވިދާޅުވެފައިވަނީ ނޮވެމްބަރު 27 ގައި ވެވުނު އެއްބަސްވުމުގައި ކަނޑައެޅިފައިވާ ޖެނުއަރީ 26 ގެ ސުންގަޑި އަށް "ފަރުވާތެރިކަމާއެކު" ސިފައިން އަނބުރާ ގެންދިއުމަށް "އެންމެ މަތީ ދަރަޖައިގައި މަސައްކަތް" ކުރައްވާނެ ކަމަށެވެ.

ގުޓެރެސް ވިދާޅުވެފައިވަނީ އައޫންގެ ވެރިކަމުގެ ދަށުން ލުބުނާނަށް "އުއްމީދީ މުސްތަޤުބަލެއް" އޮތް ކަމަށާއި، އެ ޤައުމަށް ހަމަޖެހުން ގެނެވި، މެދުއިރުމަތީގެ މުހިންމު މަރުކަޒަކަށް ވެވިދާނެ ކަމަށެވެ.

އައޫން ރައީސް ކަމަށް ހޮވިވަޑައިގެންފައިވަނީ ޖެނުއަރީ މަހުގައެވެ. އެއީ ލުބުނާނުގެ ސިޔާސީ ޕާޓީތަކުގެ މެދުގައި ވެވުނު އެއްބަސްވުމަކާ ގުޅިގެންނެވެ. މި އެއްބަސްވުމާ އެކު ރައީސް ކަމުގެ މަގާމު ދެ އަހަރު ދުވަހު ހުހަށް އޮތް އޮތުން ވަނީ ނިމުމަކަށް އައިސްފައެވެ. މި ހުސްކަމުގެ ސަބަބުން އިސްރާއީލުގެ ހަމަލާތަކާއި އިޤްތިޞާދީ ހަލަބޮލިކަމާ ކުރިމަތިލާންޖެހިފައިވާ އެ ޤައުމު އިތުރަށް ހީނަރުވަމުން ދިޔަކަން ފާހަގަ ކުރެވެއެވެ.

ކުރީގެ އަސްކަރީ އެންމެ އިސްވެރިޔާ ކަމުގައި ހުންނެވި ރައީސް އައޫން ވަނީ އދ. ގެ ވަގުތީ ބާރު (ޔޫނިފިލް) އަށް އެމަނިކުފާނުގެ ތާއީދު އޮތްކަން ފާޅުކުރައްވާފައެވެ. ޔޫނިފިލްގެ މަސްއޫލިއްޔަތަކީ 2006 ވަނަ އަހަރު އިސްރާއީލާއި ހިޒްބުﷲ އާ ދެމެދު ހިނގި ހަނގުރާމަ ނިމުމަކަށް ގެނައި އދ. ގެ ޤަރާރު 1701 ގެ ދަށުން އެ ޤައުމުގެ ދެކުނު ސަރަޙައްދު ރައްކާތެރިކުރުމެވެ.

ހުކުރު ދުވަހު ބެއިރޫތައް ޒިޔާރަތްކުރެއްވި ފްރާންސްގެ ރައީސް އެމެނުއެލް މެކްރޯން ވިދާޅުވީ، އެ ސަރަޙައްދުން އިސްރާއީލުގެ ސިފައިން މުޅިން ފޭބުން "އަވަސް" ކުރަންޖެހޭ ކަމަށާއި ލުބުނާންގެ ސިފައިންގެ ގާބިލުކަން ވަރުގަދަ ކުރަންޖެހޭ ކަމަށެވެ.

އދ.ގެ ގުޓެރެސް އެ ޤައުމަށް ކުރެއްވި ޒިޔާރަތުގައި ލުބުނާނަށް އިތުރު ބައިނަލްއަޤްވާމީ އެހީތެރިކަން ފޯރުކޮށްދެއްވާނެ ކަމަށް ވަޢުދުވެވަޑައިގަތް އިރު، އެމެރިކާއިން ހޮނިހިރު ދުވަހު އެ ޤައުމަށް 117 މިލިއަން ޑޮލަރަށްވުރެ ގިނަ އަދަދެއްގެ ފައިސާގެ އެހީ ދޭނެ ކަމަށް ވަނީ އިއުލާން ކޮށްފައެވެ. އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މި ފައިސާ ދޭނީ އދ.ގެ ސަލާމަތީ މަޖިލީހުގެ ޤަރާރު 1701 ތަންފީޒުކުރުމަށްޓަކައި ލުބުނާންގެ ސިފައިންނާއި ސަލާމަތީ ބާރުތަކަށް ވެދޭ އެހީތެރިކަމުގެ ބައެއްގެ ގޮތުގައި ކަމަށެވެ.

ލުބުނާނުގެ ސިފައިންނާއި އދ. އަދި ފްރާންސް އިން އިސްރާއީލަށް ތުހުމަތުކޮށްފައިވަނީ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމާ ތަކުރާރުކޮށް "ޚިލާފުވެފައިވާ" ކަމަށެވެ. އެއީ އެ އެއްބަސްވުން "ތަންފީޒުކުރުމަށް" މަސައްކަތްކުރާ ކަމަށް ބުނެ އިސްރާއީލުން ގިނަ ހަމަލާތަކެއް ދީފައިވާތީއެވެ.

ހޮނިހިރު ދުވަހު ޓީވީ މެދުވެރިކޮށް ދެއްކެވި ވާހަކަފުޅެއްގައި ހިޒްބުﷲ ގެ ލީޑަރު ނައީމް ޤާސިމް ވިދާޅުވީ އިސްރާއީލުގެ ސިފައިންވަނީ އެ އެއްބަސްވުމާ "ސަތޭކަ" ފަހަރަށްވުރެ ގިނައިން ޚިލާފުވެފައި ކަމަށެވެ.                   

ކޮމެންޓް

އިތުރަށް ކިޔާލަން

ތުރުކީ ސިފައިން މަރުވި ހަމަލާ: ރަޝިއާގެ ވާހަކަ ތުރުކީން ދޮގުކޮށްފި

ތުރުކީ ސިފައިން މަރުވި ހަމަލާ: ރަޝިއާގެ ވާހަކަ ތުރުކީން ދޮގުކޮށްފި

11 ފެބުރުއަރީ 2017
ތިން ވަނައަށް އެންމެ ރެފިއުޖީން ގިނަ ގައުމަކަށް ދެކުނު ސޫދާން

ތިން ވަނައަށް އެންމެ ރެފިއުޖީން ގިނަ ގައުމަކަށް ދެކުނު ސޫދާން

11 ފެބުރުއަރީ 2017
ދެކުނު އެފްރިކާގެ ރައީސް އާ ދެކޮޅަށް މަޖިލީހުގައި ހިނގި ހަމަނުޖެހުމުގެ ވީޑިއޯ ވައިރަލް ވެއްޖެ

ދެކުނު އެފްރިކާގެ ރައީސް އާ ދެކޮޅަށް މަޖިލީހުގައި ހިނގި ހަމަނުޖެހުމުގެ ވީޑިއޯ ވައިރަލް ވެއްޖެ

10 ފެބުރުއަރީ 2017
ރަޝިއާގެ ވައިގެ ހަމަލާއެއްގައި ތުރުކީގެ ސިފައިންގެ ތިން މީހުން މަރުވެއްޖެ

ރަޝިއާގެ ވައިގެ ހަމަލާއެއްގައި ތުރުކީގެ ސިފައިންގެ ތިން މީހުން މަރުވެއްޖެ

10 ފެބުރުއަރީ 2017
 ފަލަސްތީނު ރައްޔިތުންގެ ބިންތައް އަތުލެވޭ ގާނޫނު އިސްރާއީލުން ފާސްކޮށްފި

ފަލަސްތީނު ރައްޔިތުންގެ ބިންތައް އަތުލެވޭ ގާނޫނު އިސްރާއީލުން ފާސްކޮށްފި

07 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

27 އެޕްރީލު
ޔުމްނުގެ މައްސަލަ ބަލާ ކޮމިޝަނަށް އައްޔަން ކުރި ހަބީބުއާއި ރައުދު އާއި އާއިލީ ގުޅުން އޮވޭ، އިސްތިއުފާ ދީފި
20251 އަހަރު ކުރިން
ރާއްޖެ

ޔުމްނުގެ މައްސަލަ ބަލާ ކޮމިޝަނަށް އައްޔަން ކުރި ހަބީބުއާއި ރައުދު އާއި އާއިލީ ގުޅުން އޮވޭ، އިސްތިއުފާ ދީފި

އިންޑިއާއާއެކު ވެފައިވާ އެއްބަސްވުންތައް ހާމަކުރާނެކަމަށް ސަރުކާރުން ބުނި ވާހަކައިގެ ރާގު ބަދަލުވެއްޖެ
20242 އަހަރު ކުރިން
ރާއްޖެ

އިންޑިއާއާއެކު ވެފައިވާ އެއްބަސްވުންތައް ހާމަކުރާނެކަމަށް ސަރުކާރުން ބުނި ވާހަކައިގެ ރާގު ބަދަލުވެއްޖެ

ޗާގޯސް "ދެބޯގެރި" ޗޮކުން!
20233 އަހަރު ކުރިން
ރިޕޯޓު

ޗާގޯސް "ދެބޯގެރި" ޗޮކުން!

"ލަމްހާއަކީ ގޭންގަކަށް ނިސްބަތްވާ މީހެއް ނޫން، ނުވަތަ ސީރިއަލް ކިލަރ އެއް ނޫން"
20224 އަހަރު ކުރިން
ރާއްޖެ

"ލަމްހާއަކީ ގޭންގަކަށް ނިސްބަތްވާ މީހެއް ނޫން، ނުވަތަ ސީރިއަލް ކިލަރ އެއް ނޫން"

ޝަވަރުމާ ޕިއްޒާ
20215 އަހަރު ކުރިން
ލައިފް ސްޓައިލް

ޝަވަރުމާ ޕިއްޒާ

ލަންކާގައި ދިރިއުޅޭ ގިނަ އަދަދެއްގެ ދިވެހިން މާލެ އަންނަނީ
20197 އަހަރު ކުރިން
ރާއްޖެ

ލަންކާގައި ދިރިއުޅޭ ގިނަ އަދަދެއްގެ ދިވެހިން މާލެ އަންނަނީ

ލ. ގަމުގައި މައުމޫނުގެ ސަޕޯޓަރުން ރައީސް ޔާމީނާ ދެކޮޅަށް ތެދުވުމުން މާފަތިން މަރުހަބާ ކިޔާއިފި
20188 އަހަރު ކުރިން
ރާއްޖެ

ލ. ގަމުގައި މައުމޫނުގެ ސަޕޯޓަރުން ރައީސް ޔާމީނާ ދެކޮޅަށް ތެދުވުމުން މާފަތިން މަރުހަބާ ކިޔާއިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު