Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއިނގިރޭސި ޕްރިމިއަރ ލީގު

ކްލުއިވާޓްގެ ހެޓްރިކާ އެކު ބޯންމައުތުން ނިއުކާސަލް ބަލިކޮށްފި

މެޗުން މޮޅުވެ، ތިން ވަނައިގައި އޮތް ނޮޓިންހަމް ފޮރެސްޓާ ޕޮއިންޓުގެ ގޮތުން ހަމަކުރުމުގެ ފުރުސަތު ނިއުކާސަލަށް އޮތް ނަމަވެސް، ބަލިވުމާ އެކު އެ ޓީމަށް ވަނީ އެ ފުރުސަތު ގެއްލިފަ އެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 19 ޖެނުއަރީ 2025 | އާދީއްތަ 03:24
މެޗުގައި ލަނޑު ޖެހުމަށްފަހު ކްލުއިވާޓް އުފާ ފާޅު ކުރަނީ

މެޗުގައި ލަނޑު ޖެހުމަށްފަހު ކްލުއިވާޓް އުފާ ފާޅު ކުރަނީ

އިނގިރޭސި ޕްރިމައަރ ލީގުގައި ބޯންމައުތާ ދެކޮޅަށް ކުޅުނު މެޗުން ބަލިވެ، ނިއުކާސަލް ޔުނައިޓެޑުން ފުރުސަތު ނަގާލައިފި އެވެ.

ނިއުކާސަލް ޔުނައިޓެޑުގެ އަމިއްލަ ދަނޑުގައި ހޮނިހިރު ދުވަހުގެ ރޭ ކުޅުނު މެޗުގައި ބޯންމައުތުން ވަނީ 4-1 އިން އެ ޓީމުގެ މައްޗަށް ކުރި ހޯދައިފަ އެވެ. މެޗުގައި ބޯންމައުތުން ލަނޑު ޖަހައި ކުރި ހޯދާފައި ވަނިކޮށް، ނިއުކާސަލް އިން ލަނޑު ޖަހައި ނަތީޖާ ހަމަހަމަ ވެސް ކުރި އެވެ. ނަމަވެސް އޭގެ ފަހުން މެޗުގައި އިތުރު ތިން ލަނޑު ޖަހައިގެން ބޯންމައުތު ވަނީ މެޗުން މޮޅުވެފަ އެވެ.

މެޗު ފަށައިގެން ހަ ވަނަ މިނެޓުގައި ބޯންމައުތަށް ކުރި ހޯދައިދިނީ ޖަސްޓިވް ކްލުއިވާޓް އެވެ. އޭގެ ފަހުން މެޗުގެ ފުރަތަމަ ހާފުގެ 25 ވަނަ މިނެޓުގައި ބްރޫނޯ ގުއިމާރޭސް ޖެހި ލަނޑުން ނިިއުކާސަލުން ވަނީ ނަތީޖާ ހަމަހަމަ ކޮށްފަ އެވެ. މެޗުގެ ފުރަތަމަ ހާުފުގެ ފުރިހަމަ ވަގުތު ހަމަވާން މިނެޓަކަށް ވެފައި ވަނިކޮށް، ކްލުއިވާޓް ވަނީ ދެ ވަނަ ލަނޑެއް ޖަހައި، ދެ ވަނަ ފަހަރަށް ބޯންމައުތަށް ކުރި ހޯދައިދީފަ އެވެ.

މެޗުގެ ދެ ވަަނ ހާފުގައި ބޯންމައުތުން ތިން ވަނަ ލަނޑެއް ޖަހަން ލިބުނު ފުރުސަތުގައި އެ ޓީމުގެ ޑަންގޯ އޮޓާރާ ލަނޑެއް ޖެހި ނަމަވެސް، ވީޑިއޯ އެސިސްޓެންޓް ރެފްރީ (ވީއޭއާރު) އިން ވަނީ އެ ލަނޑު ބަލައި ނުގަންނަން ނިންމައިފަ އެވެ. މެޗުގައި ބޯންމައުތުގެ ފަހު ދެ ލަނޑު ވެސް ޖެހީ ކްލުއިވާޓް އެވެ. އެ ދެ ލަނޑު ވެސް އޭނާ ޖެހީ މެޗުގެ ފުރިހަމަ ވަގުތު ހަަމަވެ، އިތުރަށް ދެއްކި ވަގުތުގަ އެވެ.

މެޗުން މޮޅުވެ، ތިން ވަނައިގައި އޮތް ނޮޓިންހަމް ފޮރެސްޓާ ޕޮއިންޓުގެ ގޮތުން ހަމަކުރުމުގެ ފުރުސަތު ނިއުކާސަލަށް އޮތް ނަމަވެސް، ބަލިވުމާ އެކު އެ ޓީމަށް ވަނީ އެ ފުރުސަތު ގެއްލިފަ އެވެ. ލީގު ތާވަލްގެ ހަތަރު ވަނައިގައި ނިއުކާސަލް އޮތީ އެ ޓީމު ކުޅުނު 22 މެޗުން 38 ޕޮއިންޓާ އެކު އެވެ. ތިން ވަނައިގައި ފޮރެސްޓަށް 41 ޕޮއިންޓު ލިބެނީ ނިއުކާސަލަށް ވުރެ އެއް މެޗު މަދުން ކުޅެގެންނެވެ.

އިތުރަށް ކިޔާލަން

17 ޖެނުއަރީ 2017

މޮޅު ކުޅުންތެރިޔާގެ އެވޯޑާއެކު ހުވަފެން ހަގީގަތަކަށް ވެއްޖެ: ސެންޓޭ

17 ޖެނުއަރީ 2017
މޮޅު ކުޅުންތެރިޔާގެ އެވޯޑާއެކު ހުވަފެން ހަގީގަތަކަށް ވެއްޖެ: ސެންޓޭ
16 ޖެނުއަރީ 2017

ގޮންޖެހުންތަކާ އެކު ފުޓުބޯޅައިގެ ރަސްގެފާނުގެ ގޮތުގައި ނިއުރޭޑިއަންޓް

16 ޖެނުއަރީ 2017
ގޮންޖެހުންތަކާ އެކު ފުޓުބޯޅައިގެ ރަސްގެފާނުގެ ގޮތުގައި ނިއުރޭޑިއަންޓް
16 ޖެނުއަރީ 2017

ނިއުގެ ފުޓުބޯޅަ ސީޒަން އިފްތިތާހުކޮށް އާ ކޯޗާއެކު އެއްބަސްވުމުގައި ސޮއިކޮށްފި

16 ޖެނުއަރީ 2017
ނިއުގެ ފުޓުބޯޅަ ސީޒަން އިފްތިތާހުކޮށް އާ ކޯޗާއެކު އެއްބަސްވުމުގައި ސޮއިކޮށްފި
15 ޖެނުއަރީ 2017

ކޭންގެ ހެޓްރިކާއެކީ ޓޮޓެންހަމް ލީގުގެ ދެވަނައަށް

15 ޖެނުއަރީ 2017
ކޭންގެ ހެޓްރިކާއެކީ ޓޮޓެންހަމް ލީގުގެ ދެވަނައަށް
15 ޖެނުއަރީ 2017

މޮޅަކާއެކު އާސެނަލް ލީގުގެ ތިންވަނައަށް

15 ޖެނުއަރީ 2017
މޮޅަކާއެކު އާސެނަލް ލީގުގެ ތިންވަނައަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު