Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ޕީއެންއެފް ޖަލްސާ

ފުލުހުންނަކީ ޤާނޫނީ ގޮތުން ކުރަން ޖެހޭ އެއްވެސް މަސައްކަތެއް ކުރާ ބައެއް ނޫން. އެއީ ނިވާފަތްގަނޑެއްގައި ފޮރުވިގެން ތިބި ބައެއް: ރައީސް ޔާމީން

ޑީއެންއާރުގައި ހުރި މައުލޫމާތުތައް ވަގަށް ނަގައިގެން ސަރުކާރު ހިންގާ ޕާޓިއަށް ވެއްދުމުގެ ޒިންމާ ނަގަން ޖެހޭނީ ސީދާ ރައީސް ޑރ. މުޙައްމަދު މުއިއްޒު

އަބްދުލް ހަންނާން މުހައްމަދް
އަބްދުލް ހަންނާން މުހައްމަދް, ރާއްޖެ އެމްވީ | 17 ޖެނުއަރީ 2025 | ހުކުރު 14:16
ރައީސް ޔާމީން ޕީއެންއެފް ޖަލްސާގައި ވާހަކަދައްކަވަނީ

ރައީސް ޔާމީން ޕީއެންއެފް ޖަލްސާގައި ވާހަކަދައްކަވަނީ

ރާއްޖޭގެ ފުލުހުންނަކީ ޤާނޫނީ ގޮތުން ކުރަން ޖެހޭ އެއްވެސް މަސައްކަތެއް ކުރާ ބައެއް ނޫން ކަމަށާއި އެއީ ނިވާފަތްގަނޑެއްގެ ތެރޭގައި ކަނޑިކި އަދެގެން ތިބި ބައެއް ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމް ވިދާޅު ވެއްޖެއެވެ.

ރައީސް ޔާމީން މިފަދައިން ވިދަޅުވީ ބުރާސްފަތި ދުވަހުގެ ރޭ ޕީއެންއެފުން ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުންނެވެ.

Advertisement - newsAdvertisement

މި ޖަލްސާގައި ރައީސް ޔާމީން ވަނީ ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ މި ސަރުކާރުގެ ސިޔާސަތުތަކަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެ ވާހަކަތައް ދައްކަވާފައެވެ. މިވަގުތު އެންމެ ބޮޑަށް ދެކެވޭ އެއް ވާހަކަ ކަމަށްވާ، މީހުންގެ ޒާތީ މައުލޫމާތުތައް ވަގަށް ނަަގައިގެން ވެރިކަން ކުރާ ޕާޓީ ޕީއެންސީއަށް މެމްބަރުން އިތުރުކުރުމަށް މި ސަރުކާރުން ކުރަމުން ގެންދާ ވައްކަމުގެ އިތުރުން ރާއްޖޭގައި ހެދިފައި އޮތް ޤާނޫނު ތަަކަށް މި ސަރުކާރުން ބޯ ނުލަބައި ބޭނުންހާ ގޮތަކަށް ކަންކަން ކުރަމުން ގެންދާތީ އެކަމާއި ގުޅުވައި ރައީސް ޔާމީން ވަނީ ވާހަކަދައްކަވާފައެވެ.

ރައީސް ޔާމީން ވިދާޅުވީ، ޑީއެންއާރުގައި ހުރި މައުލޫމާތުތައް ވަގަށް ނަގައިގެން އެ ބޭނުންކޮށް ރައްޔިތުންނަށް އެނގުމަކާ ނުލާ މި ސަރުކާރު ހިންގާ ޕާޓިއަށް ވެއްދުމުގެ ޒިންމާ ނަގަން ޖެހޭނީ ހޯމް މިނިސްޓަރު އަލީ އިހުސާން ކަމަށް ގިނަ ބަޔަކު ބުނަމުންދާ ކަމަށެވެ. އެހެން ނަމަވެސް ރައީސް ޔާމީން ވިދާޅުވީ، އެމަނިކުފާނުގެ ނަޒަރުގައި އެކަމުގެ ފުރިހަމަ ޒިންމާ ނަގަން ޖެހޭނީ ސީދާ ރައީސް ޑރ. މުޙައްމަދު މުއިއްޒު ކަމަށެވެ.

ރައީސް ޔާމީން ވިދާޅުވީ، ތަހުގީގީ އިދާރާތަކުން މިކަންކަން ތަހުގީގުކުރަން ޖެހޭނީ އިސްވެ ކަމަށާއި ނަމަވެސް އަދިވެސް ޕީޖީއިން ވެސް މިކަމަށް އިސް ނުނަގާ ކަމަށާ ފުލުހުންވެސް އަމިއްލަ ފަރާތްތަކުން ހުށަހެޅި މައްސަލަތައް ބަލާނެ ކަމާ މެދުވެސް ސުވާލު އުފެދޭ ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.

ރައީސް ޔާމީން ވިދާޅުވީ، ދައުލަތުން ދައުލަތުގައި ހުރި ރައްޔިތުންގެ ޒާތީ މައުލޫމާތުން ވައްކަން ކުރުމަކީ މައުލޫމާތު ލޯންޑަރ ކުރުން ކަމަށާ އެއަށް ވުރެ ބޮޑު ޖިނާއީ ކުށެއް ނޯންނާނެ ކަމަށެވެ. އަދި މިފަދަ ކަންކަމުން ރައްޔިތުންގެ އިތުބާރު ދައުލަތަށް ގެއްލިގެން ދާނެ ކަމަށް ވެސް ރައީސް ޔާމީން ވިދާޅުވިއެވެ.

ރައީސް ޔާމީން ވިދާޅުވީ މި ހުރިހާކަމެއް ހިނގަމުންދާއިރުވެސް މިކަން ބެލޭނޭ ކޯޓެއްވެސް އަދި މުއައްސަސާއެއްވެސް ނެތްކަމަށެވެ. އެގޮތުން ފުލުހުންނަކީ މީގެން އެއްވެސް ކަމެއް ބަލާ ބައެއް ނޫން ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ. ރައީސް ޔާމީން ވިދާޅުވީ ފުލުހުންނަށް ގައުމުގައި މިހިނގާ ކަންކަން ނުބެލޭވާހަކަ އެމަނިކުފާނު ދައްކަވާތީ އެކަމާވެސް ހިތްޕުޅާއި ނުވާކަމަށާއި ނަމަވެސް އެވާހަކަތަށް ދައްކަވާނޭ ކަމަށް ރައީސް ޔާމީން ވަނީ ވިދާޅުވެފައެވެ.

ރައީސް ޔާމީން ވިދާޅުވީ ފުލުހުންނަކީ އެއްވެސް ގޮތަކަށް ފިރިހެން މަސައްކަތެއް ކުރާ ބައެއް ނޫން ކަމަށެވެ. އަދި އެއީ ނިވާފަތްގަނޑެއްގެ ތެރޭގައި ކަނޑިކި އަދެގެން ފޮރުވިފައި ތިބި ބައެއްކަމަށް ޔާމީން ވިދާޅުވިއެވެ.

ރައީސް ޔާމީން އިތުރަށް ވިދާޅުވީ ގައުމުގައި މިހާބޮޑެތި ވައްކަންތަކާއި ކަރަޕްޝަންގެ އަމަލުތައް އިންތިހާއަށް މައްޗަށް ގޮސްފައިވާއިރު، ގާނޫނީ ގޮތުން ކުރަން ޖެހޭ އެއްވެސް މަސައްކަތެއް ފުލުހުން ކުރަމުން ނުދާކަމަށާއި ފުލުހުން އެތިބީ އެ ހުރިހާކަމަކުން ރެކިގެން ކަމަށެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ހާޑްޑިސްކުގެ މައްސަލާގައި ރައީސް މައުމޫނާ ސުވާލު ކުރަން ޖެހޭ ގާނޫނީ ހުއްޖަތެއް ނެތް: މައުމޫން ހަމީދު

ހާޑްޑިސްކުގެ މައްސަލާގައި ރައީސް މައުމޫނާ ސުވާލު ކުރަން ޖެހޭ ގާނޫނީ ހުއްޖަތެއް ނެތް: މައުމޫން ހަމީދު

13 ޖެނުއަރީ 2017
ހިތުހުރި ގޮތެއް ހަދަން ދޫކޮށްލައިފި ނަމަ ރިޔާސީ އިންތިޚާބުގައި ހިތާމަކުރަން ޖެހޭނެ: ޝިދާތާ

ހިތުހުރި ގޮތެއް ހަދަން ދޫކޮށްލައިފި ނަމަ ރިޔާސީ އިންތިޚާބުގައި ހިތާމަކުރަން ޖެހޭނެ: ޝިދާތާ

13 ޖެނުއަރީ 2017
ކައުންސިލް އިންތިހާބު ހިލާލުމަށް ހިންގާ ޖަރީމާތަކާ ދެކޮޅު ހަދަންޖެހޭ: އަމީން އިބްރާހިމް

ކައުންސިލް އިންތިހާބު ހިލާލުމަށް ހިންގާ ޖަރީމާތަކާ ދެކޮޅު ހަދަންޖެހޭ: އަމީން އިބްރާހިމް

12 ޖެނުއަރީ 2017
ސިވިލް ސާވިސް މުވައްޒިފުންނަށް ވެސް އެލަވަންސް ދޭންޖެހޭ:އަބްދުﷲ ރިޔާޒު

ސިވިލް ސާވިސް މުވައްޒިފުންނަށް ވެސް އެލަވަންސް ދޭންޖެހޭ:އަބްދުﷲ ރިޔާޒު

12 ޖެނުއަރީ 2017
އިލެކްޝަންސް ކޮމިޝަންގެ މެމްބަރުން އިސްތިއުފާދެއްވަންޖެހޭ: އަލީ ޒާހިރު

އިލެކްޝަންސް ކޮމިޝަންގެ މެމްބަރުން އިސްތިއުފާދެއްވަންޖެހޭ: އަލީ ޒާހިރު

09 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

19 ޖޫން
"އިސްރާއީލާ ގުޅުން ކަނޑާލާ": ޕާކިސްތާނުން އީރާނަށް އެހީތެރިކަން ފޯރުކޮށްދޭނެ ކަމުގެ ޔަޤީންކަން ދީފި
20251 އަހަރު ކުރިން
ދުނިޔެ

"އިސްރާއީލާ ގުޅުން ކަނޑާލާ": ޕާކިސްތާނުން އީރާނަށް އެހީތެރިކަން ފޯރުކޮށްދޭނެ ކަމުގެ ޔަޤީންކަން ދީފި

އަލަށް ކުށްކުރާ ކުޑަކުދިން ޖަލަށްލުމަކީ އެކުދިން އަލިފާނުން ރައްކާތެރިކުރަން އަލިފާން ގެންގުޅޭ ތަނަކަށް ގެންދިއުން ކަހަލަ ކަމެއް: ޕީޖީ
20242 އަހަރު ކުރިން
ރާއްޖެ

އަލަށް ކުށްކުރާ ކުޑަކުދިން ޖަލަށްލުމަކީ އެކުދިން އަލިފާނުން ރައްކާތެރިކުރަން އަލިފާން ގެންގުޅޭ ތަނަކަށް ގެންދިއުން ކަހަލަ ކަމެއް: ޕީޖީ

ހުޅުމާލޭގައި ހިނގި އެކްސިޑެންޓެއްގައި ދިވެހި ފިރިހެނަކު ނިޔާވެއްޖެ
20233 އަހަރު ކުރިން
ރާއްޖެ

ހުޅުމާލޭގައި ހިނގި އެކްސިޑެންޓެއްގައި ދިވެހި ފިރިހެނަކު ނިޔާވެއްޖެ

އެސްޓީއޯއިން "ހަމަ ހިޓާޗީ"ގެ ނަމުގައި ޕްރޮމޯޝަނެއް ފަށައިފި
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އެސްޓީއޯއިން "ހަމަ ހިޓާޗީ"ގެ ނަމުގައި ޕްރޮމޯޝަނެއް ފަށައިފި

މާލޭ ގުދަނެއްގެ ތެރެއިން ބޮޑު ހަރުފައެއް ފެނިއްޖެ
20215 އަހަރު ކުރިން
ރާއްޖެ

މާލޭ ގުދަނެއްގެ ތެރެއިން ބޮޑު ހަރުފައެއް ފެނިއްޖެ

ޑރ. ޖަމީލާއި ވަކީލް ސަލީމްގެ ފަރާތުން ހުތުރު މަންޒަރުތަކެއް!
20197 އަހަރު ކުރިން
ރިޕޯޓު

ޑރ. ޖަމީލާއި ވަކީލް ސަލީމްގެ ފަރާތުން ހުތުރު މަންޒަރުތަކެއް!

ސަޢީދު: އެންމެ ބޭކާރު ވަޒީރު
20188 އަހަރު ކުރިން
ރިޕޯޓު

ސަޢީދު: އެންމެ ބޭކާރު ވަޒީރު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު