Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެރަޝިޔާ-ޔޫކްރެއިން

ރަޝިޔާ -ޔޫކްރެއިން ހަމަނުޖެހުމުގައި ރާއްޖެއިން ޔޫކްރެއިން އަށް ތާއީދު ކުރަން އެއްބަސްވެއްޖެ

ދެ ފަރާތުން މަޝްވަރާ ކުރި ކަންތައްތަކުގެ ތެރޭގައި ޔޫކްރެއިން އަށް އެހީތެރިވުން ހިމެނޭ ކަމަށް އެސްޓޯނިއާގެ ގާނޫނު ހަދާ މަޖިލީހުން ބުނެފައިވޭ

ރާއްޖެ އެމްވީ | 15 ޖެނުއަރީ 2025 | ބުދަ 21:12
ޔޫކްރެއިންގެ ގާނޫނު ހަދާ މަޖިލިސް - ރީޖިކިގޫ ގެ ރައީސް ލައުރީ ހުޒާރް އާއި ރައީސް މުއިއްޒު ބައްދަލު ކުރައްވަނީ

ޔޫކްރެއިންގެ ގާނޫނު ހަދާ މަޖިލިސް - ރީޖިކިގޫ ގެ ރައީސް ލައުރީ ހުޒާރް އާއި ރައީސް މުއިއްޒު ބައްދަލު ކުރައްވަނީ

ރަޝިޔާ-ޔޫކްރެއިން ހަމަނުޖެހުމުގައި ރާއްޖެއިން ޔޫކްރެއިން އަށް ތާއީދު ކުރާ ކަމަށް އެސްޓޯނިއާގެ ގާނޫނު ހަދާ މަޖިލީހުން ހާމަ ކޮށްފިއެވެ.

ރާއްޖޭގެ ޚާރިޖީ ސިޔާސަތުގެ ދަށުން ދެ ގައުމެއްގެ ދެމެދުގައި ހިނގަމުންދާ ބޮޑު ހަމަ ނުޖެހުމެއްގައި ވަކި ގައުމަކަށް ތާއީދުކޮށް އެ ހަމަނުޖެހުމުގެ ތެރެއަށް ރާއްޖެ ވަތް ކަމަށް ބެލެވޭ މިއީ ފުރަތަމަ ފަހަރެވެ.

އެސްޓޯނިއާ އަށް ރައީސް މުއިއްޒު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެގައުމުގެ ގާނޫނު ހަދާ މަޖިލީސް ރީޖިކިގޫ ގެ ރައީސް ލައުރީ ހުޒާރް އާ ވަނީ ބައްދަލު ކުރައްވާފައެވެ.

އެ ބައްދަލުވުމާ ގުޅިގެން އެސްޓޯނިއާގެ ގާނޫނު ހަދާ މަޖިލީހުން އެކްސް ގައި ކުރި ޕޯސްޓެއްގައި "އ.ދ.ގައި ޔޫކްރެއިން އަށް ތާއީދު ކުރާ ކަމަށްޓަކައި ދިވެހިރާއްޖެ އަށް އެސްޓޯނިއާގެ ގާނޫނު ހަދާ މަޖިލީހުގެ ރައީސް ޝުކުރު އަދާކުރެއްވި ކަމަށް ލިޔެފައިވެއެވެ.

އެސްޓޯނިއާ އަކީ ރަޝިޔާ-ޔޫކްރެއިން ހަނގުރާމާގައި ޔޫކްރެއިން އަށް ވަރަށް ބޮޑަށް ތާއީދު ކުރާ ގައުމެކެވެ.

އެސްޓޯނިއާގެ ގާނޫނު ހަދާ މަޖިލީހުގެ ރައީސް މި ބައްދަލު ކުރެއްވުމުގައި ދެއްކެވި ވާހަކަފުޅުގައި އެސްޓޯނިއާ އާއި ދިވެހިރާއްޖެ އަކީ ވަރަށް ދުރުގައި އޮތް ދެ ޤައުމު ކަމުގައި ވިޔަސް، ކުދި ޤައުމުތަކުގެ ގޮތުން ދެ ގައުމުންވެސް ޝައުގުވެރިވާ އެއް ކަންތައްތަކެއް ހުރި ކަމަށް ވިދާޅުވެފައިވެއެވެ.

ދެ ފަރާތުން ކުރި މަޝްވަރާތައް އަމާޒުކުރެވިފައިވަނީ ސަލާމަތާއި ރައްކާތެރިކަމަށާއި، ޔޫކްރެއިން އަށް އެހީތެރިވުމަށާއި، އަދި ބައިނަލްއަޤްވާމީ ޤާނޫނު ދިފާޢުކުރުމަށް ކަމަށް އެސްޓޯނިއާގެ ގާނޫނު ހަދާ މަޖިލީހުން ބުނެފައިވެއެވެ.

އިތުރަށް ކިޔާލަން

04 އެޕްރީލު 2017

ރަޝިޔާގައި ދިން ބޮމުގެ ހަމަލާގެ ތުހުމަތު ރަޝިޔާ މީހަކަށް ކުރެވިއްޖެ

04 އެޕްރީލު 2017
ރަޝިޔާގައި ދިން ބޮމުގެ ހަމަލާގެ ތުހުމަތު ރަޝިޔާ މީހަކަށް ކުރެވިއްޖެ
02 އެޕްރީލު 2017

ރައީސް ޔާމީންގެ ސިޔާސީ ތާއީދު އެ ދަނީ ފުނޑެމުން، ސައުދުގެ ނިންމެވުމަށް މަރުހަބާ: ރައީސް ނަޝީދު

02 އެޕްރީލު 2017
ރައީސް ޔާމީންގެ ސިޔާސީ ތާއީދު އެ ދަނީ ފުނޑެމުން، ސައުދުގެ ނިންމެވުމަށް މަރުހަބާ: ރައީސް ނަޝީދު
30 މާރިޗު 2017

ޕީޕީއެމްގެ ގިނަ މެމްބަރުންގެ ތާއީދު ލިބިއްޖެ، ދެން ވަންނާނީ ހުރިހާ ކަމަކަށް ތައްޔާރުވެގެން: އިބޫ

30 މާރިޗު 2017
ޕީޕީއެމްގެ ގިނަ މެމްބަރުންގެ ތާއީދު ލިބިއްޖެ، ދެން ވަންނާނީ ހުރިހާ ކަމަކަށް ތައްޔާރުވެގެން: އިބޫ
22 މާރިޗު 2017

ވޯޓް ނުލެވޭ ގޮތް ހެދުމަށް ސިފައިން ތާއީދު ކުރޭ: އާދަމް ޝަރީފް

22 މާރިޗު 2017
ވޯޓް ނުލެވޭ ގޮތް ހެދުމަށް ސިފައިން ތާއީދު ކުރޭ: އާދަމް ޝަރީފް
08 މާރިޗު 2017

މަޖިލީހުގެ ރައީސް ކަމުން މަސީހު ބޭރުކުރަން ފުރިހަމައަށް ތާއީދު ކުރަން: ރައީސް މައުމޫން

08 މާރިޗު 2017
މަޖިލީހުގެ ރައީސް ކަމުން މަސީހު ބޭރުކުރަން ފުރިހަމައަށް ތާއީދު ކުރަން: ރައީސް މައުމޫން
03 މާރިޗު 2017

ވަލު ޖަނަވާރާއި ގަސްގަހާގެހި ހިމާޔަތް ކުރުމުގައި ރާއްޖެއިން ވަނީ ބޮޑު ކާމިޔާބީއެއް ހޯދާފައި: އެންވަޔަރަމަންޓް މިނިސްޓްރީ

03 މާރިޗު 2017
ވަލު ޖަނަވާރާއި ގަސްގަހާގެހި ހިމާޔަތް ކުރުމުގައި ރާއްޖެއިން ވަނީ ބޮޑު ކާމިޔާބީއެއް ހޯދާފައި: އެންވަޔަރަމަންޓް މިނިސްޓްރީ
28 ފެބުރުއަރީ 2017

އިޒްރާއީލް ކުށްވެރިކޮށް ފަލަސްތީނުގެ ބިންތަކުން ފޭބުމަށް ރާއްޖެއިން ގޮވާލައިފި

28 ފެބުރުއަރީ 2017
އިޒްރާއީލް ކުށްވެރިކޮށް ފަލަސްތީނުގެ ބިންތަކުން ފޭބުމަށް ރާއްޖެއިން ގޮވާލައިފި
26 ފެބުރުއަރީ 2017

ރާއްޖެއިން ބޭރުގެ ޓްރަރިސްޓް ޖަމާއަތެއްގެ ބޮޑެއްގެ ގޮތުގައި ހުރި މީހާގެ މައްޗަށް ހިންގާ ޝަރީއަތް ސިއްރުކޮށްފި

26 ފެބުރުއަރީ 2017
ރާއްޖެއިން ބޭރުގެ ޓްރަރިސްޓް ޖަމާއަތެއްގެ ބޮޑެއްގެ ގޮތުގައި ހުރި މީހާގެ މައްޗަށް ހިންގާ ޝަރީއަތް ސިއްރުކޮށްފި
23 ފެބުރުއަރީ 2017

ބިދޭސީންނަށް ރާއްޖެއިން ބިން އަމިއްލަކުރެވޭ އިސްލާޙު އަނބުރާ ގެންދަންޖެހޭ: ރައީސް މަޢުމޫން

23 ފެބުރުއަރީ 2017
ބިދޭސީންނަށް ރާއްޖެއިން ބިން އަމިއްލަކުރެވޭ އިސްލާޙު އަނބުރާ ގެންދަންޖެހޭ: ރައީސް މަޢުމޫން
20 ޖެނުއަރީ 2017

ތަރައްގީގެ މަޝްރޫއުތައް ހިންގުމަށް އިންޑިޔާ ފަދަ ގައުމުތަކަށް ރާއްޖެއިން އަބަދުވެސް މަރުހަބާ ކިޔަން : ޝައިނީ

20 ޖެނުއަރީ 2017
ތަރައްގީގެ މަޝްރޫއުތައް ހިންގުމަށް އިންޑިޔާ ފަދަ ގައުމުތަކަށް ރާއްޖެއިން އަބަދުވެސް މަރުހަބާ ކިޔަން : ޝައިނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު