Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެދެކުނު ކޮރެއާ

ދެކުނު ކޮރެއާގެ ރައީސް ހައްޔަރު ކޮށްފި

ރައީސް ޔޫން ސުކް-ޔެއޯލް ހައްަޔަރު ކުރީ އޭނާގެ މައްޗަށް ހިންގަމުންދާ ތަހުގީގަށް ހާޒިރު ނުވުމުގެ ސަބަބުންނެވެ. ހައްޔަރު ކުރި އިރު އޭނާގެ މައްޗަށް ހިންގަމުންދާ އިމްޕީޗްމަންޓް ޝަރީއަތައް ވެސް ހާޒިރުވެފައެއް ނުވެއެވެ. ޔޫން ހައްޔަރު ކުރީ ތަހުގީގު ކުރާ މީހުން ހަރުގަނޑު ބަހައްޓައިގެން އަރާ އޭނާގެ ގެކޮޅަށް ވަދެގެންނެވެ.

ރާއްޖެ އެމްވީ | 15 ޖެނުއަރީ 2025 | ބުދަ 06:54
2025 ޖެނުއަރީ 15 – އިތުބާރު ނެތް ކަމަށް ފާސްކޮށްފައިވާ ދެކުނު ކޮރެއާގެ ރައީސް ޔޫން ސުކް-ޔެއޯލް ދެކުނު ކޮރެއާގެ ގްވާޗިއޮން ސިޓީގައި ހުންނަ ކޮރަޕްޝަން އިންވެސްޓިގޭޝަން އޮފީހަށް ވަޑައިގަންނަވަނީ

2025 ޖެނުއަރީ 15 – އިތުބާރު ނެތް ކަމަށް ފާސްކޮށްފައިވާ ދެކުނު ކޮރެއާގެ ރައީސް ޔޫން ސުކް-ޔެއޯލް ދެކުނު ކޮރެއާގެ ގްވާޗިއޮން ސިޓީގައި ހުންނަ ކޮރަޕްޝަން އިންވެސްޓިގޭޝަން އޮފީހަށް ވަޑައިގަންނަވަނީ

ދެކުނު ރައީސް ޔޫން ސުކް-ޔެއޯލް ހައްޔަރު ކޮށްފިއެވެ.

ދެކުނު ކޮރެއާގެ ތަޙުޤީޤުކުރާ ފަރާތްތަކުން، އިތުބާރުނެތް ކަމަށް ފާސްކޮށްފައިވާ ރައީސް ޔޫން ސުކް-ޔެއޯލް ހައްޔަރުކޮށްފައިވަނީ، އެ ޤައުމުގެ ގާނޫނު ހަދާ މަޖިލީހުން ބާޠިލުކުރި ކުރު މުއްދަތެއްގެ މާޝަލް ލޯ ތަންފީޒުކުރަން މަސައްކަތްކުރުމުގެ ސަބަބުން ބަޣާވާތެއް ކުރަން އުޅުއްވި ކަމުގެ ތުހުމަތުގައެވެ.

"ޖޮއިންޓް އިންވެސްޓިގޭޝަން ހެޑްކުއާޓަރސްއިން މިއަދު [ޖަނަވަރީ 15] ހެނދުނު 10:33 ގައި ރައީސް ޔޫން ސުކް-ޔެއޯލް ހައްޔަރުކުރުމުގެ އަމުރު ތަންފީޒުކޮށްފިއެވެ،" ބުދަ ދުވަހު ނެރުނު ބަޔާނެއްގައި އޮތޯރިޓީތަކުން ބުނެފައިވެއެވެ.

މިއީ ދަކުނު ކޮރެއާގެ ތާރީޚުގައި މަޤާމުގައި ހުންނަވަނިކޮށް ހައްޔަރުކުރެވުނު ފުރަތަމަ ރައީސެވެ.

ކޮރެއާގެ ޔޮންހަޕް ނިއުސް އޭޖެންސީން ރިޕޯޓުކޮށްފައިވާ ގޮތުގައި، ކޮރެއާގެ ކޮރަޕްޝަން އިންވެސްޓިގޭޝަން އޮފީސް (ސީއައިއޯ) ގެ ޑެޕިއުޓީ ޗީފް، ލީ ޖޭ-ސޫންގް، ބުދަ ދުވަހުގެ ހެނދުނުން ފެށިގެން ސުވާލުކުރާ ކޮޓަރިއެއްގައި ޔޫން އާ ސުވާލުކުރުމުގައި އިސްކޮށް ހަރަކާތްތެރިވެފައިވެއެވެ. އަދި ޔޫންގެ ޤާނޫނީ ވަކީލުންވެސް އެތަނުގައި ތިބިކަމަށް ބުނެފައިވެއެވެ.

ރޮއިޓަރސް އިން ރިޕޯޓުކޮށްފައިވާ ގޮތުގައި، ސީއައިއޯއިން ބުނެފައިވަނީ ސުވާލުކުރުމަށްފަހު ޔޫން ބަންދުކުރެވޭނީ އުއިވަންގް ގައި ހުންނަ ސޯލް ޑިޓެންޝަން ސެންޓަރުގައި ކަމަށެވެ.

ހައްޔަރުކުރުމުގެ ކުރިން ރެކޯޑުކޮށްފައިވާ ވީޑިއޯ މެސެޖެއްގައި ޔޫން ވިދާޅުވެފައިވަނީ، އޭނާ މާޝަލް ލޯ ތަންފީޒުކުރަން ކުރި މަސައްކަތާ ގުޅިގެން ސުވާލުކުރުމަށް ހައްޔަރުވާން ނިންމީ ލޭއޮހުރުވުމަކަށް ފުރުސަތު ނުދިނުމުގެ ގޮތުންނެވެ.

"އަޅުގަނޑު ނިންމީ ކޮރަޕްޝަން އިންވެސްޓިގޭޝަން އޮފީހަށް ޖަވާބުދާރީވާން،" ޔޫން ވިދާޅުވިއެވެ. އަދި އޭނާ އިތުރަށް ވިދާޅުވެފައިވަނީ، ތަޙުޤީޤުގެ ޤާނޫނީ ހައިސިއްޔަތު ޤަބޫލުނުކުރެއްވި ނަމަވެސް، "ހިތާމަވެރި ލޭއޮހޮރުވުމެއް ހުއްޓުވުމަށްޓަކައި" އެކަމަށް އެއްބާރުލުން ދެއްވަން ނިންމެވީ ކަމަށެވެ.

ދަކުނު ކޮރެއާގެ ތަޙުޤީޤުކުރާ ފަރާތްތަކާއި ފުލުހުން ސިޑި ބޭނުންކޮށްގެން ޔޫންގެ ގެކޮޅަށް ވަދެފައިވަނީ، ޕްރެޒިޑެންޝަލް ސެކިއުރިޓީ ސަރވިސްއިން އެތަނަށް ވަނުން ހުރަސްއެޅުމަށް، ވެހިކަލްތައް ބޭނުންކޮށްގެން ގެކޮޅުގެ ދޮރާށި ބަންދުކުރުމުންނެވެ.

ރިޕޯޓުތަކުގައިވާ ގޮތުން، ޔޫންގެ ގެކޮޅުގެ ބޭރުގައި އެތައް ހާސް ބަޔަކު ވަނީ އެއްވެފައެވެ. އޭގެ ތެރޭގައި އޭނާއަށް ތާއީދުކުރާ މީހުންވެސް ހިމެނެއެވެ. އަދި ވެރިކަންކުރާ ކޮންޒަވޭޓިވް ޕީޕަލްސް ޕަވަރ ޕާޓީގެ މެންބަރުންގެ ގްރޫޕަކާއި ޔޫންގެ ވަކީލުންވެސް ގެކޮޅުގެ ތެރޭގައި ރައީސް ހައްޔަރުކުރުން ހުއްޓުވަން މަސައްކަތްކޮށްފައިވާކަމަށް ރިޕޯޓުތަކުގައި ބުނެފައިވެއެވެ.

ހައްޔަރުކުރުމަށްފަހު، ޔޫންގެ ރިޔާސީ މޮޓަރކޭޑު ފުލުހުންގެ އެސްކޯޓާއެކު އޭނާގެ ގެކޮޅުން ނުކުތްތަން ނޫސްވެރިންނަށް ފެނިފައިވެއެވެ. އަދި ޔޫން ދަތުރުކުރެއްވި ކަމަށް ބެލެވޭ އުޅަނދެއް ފަހުން ގްވަޗޯން ސިޓީގައި ހުންނަ ކޮރަޕްޝަން އިންވެސްޓިގޭޝަން އޮފީސް ފޯރ ހައި-ރޭންކިންގ އޮފިޝަލްސް އަށް ގޮސްފައިވެއެވެ.

ޔޫންގެ ރިޔާސީ ގެކޮޅުގައި މި ހަމަނުޖެހުން ހިނގީ، ޑިސެމްބަރު 3 ވަނަ ދުވަހު އޭނާ ކުރު މުއްދަތަކަށް މާޝަލް ލޯ ތަންފީޒުކުރެއްވުމާ ގުޅިގެން ކުރެވުނު އިމްޕީޗްމަންޓް ޝަރީޢަތުގެ ފުރަތަމަ އަޑުއެހުމަށް އޭނާ ހާޒިރުނުވިތާ ގަޑިއިރުތަކެއް ފަހުންނެވެ.

ރައީސްގެ ގެކޮޅުގައި ހިންގުނު ހައްޔަރުކުރުމުގެ އޮޕަރޭޝަންގައި އަންދާޒާކުރެވޭ ގޮތުގައި 1,000 ފުލުހުން ބައިވެރިވެފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.

ރިޕޯޓުތައް ބުނާ ގޮތުގައި ކޮރަޕްޝަން ތަޙުޤީޤު އޮފީހަށް އޭނާ ގިނަވެގެން 48 ގަޑިއިރަށް ބަންދުގައި ބެހެއްޓިދާނެއެވެ. އޭގެ ފަހުން، ރައީސް ބަންދުގައި ބެހެއްޓުމަށް ވޮރަންޓަކަށް އެދުމާމެދު ގޮތެއް ނިންމަން ޖެހޭނެއެވެ.

އަންގާރަ ދުވަހު އޭނާގެ އިމްޕީޗްމަންޓް ޝަރީޢަތް ފެށުނު އިރު ޔޫން ހާޒިރުވެ ވަޑައިނުގަންނަވައެވެ. އަދި ދެކުނު ކޮރެއާގެ ކޮންސްޓިޓިއުޝަނަލް ކޯޓުން ބުނެފައިވަނީ އޭނާ އަޑުއެހުންތަކަށް ހާޒިރުވުން ކޯޓުން ބޭނުންވާ ކަމަށެވެ.

އިތުރަށް ކިޔާލަން

17 ޖެނުއަރީ 2017

ސައުދީއަށް ރައްތަށް ވިއްކުމާ ދެކޮޅު ނިންމުމަށް މިސްރުގެ މަތީކޯޓުން ވެސް ތާއީދުކޮށްފި

17 ޖެނުއަރީ 2017
ސައުދީއަށް ރައްތަށް ވިއްކުމާ ދެކޮޅު ނިންމުމަށް މިސްރުގެ މަތީކޯޓުން ވެސް ތާއީދުކޮށްފި
17 ޖެނުއަރީ 2017

ތުރުކީގެ ނައިޓް ކްލަބަށް ހަމަލާދިނުމުގައި އިންޓެލިޖެންސް ބައިވެރިވާ ކަމަށް ސަރުކާރުން ތުހުމަތުކޮށްފި

17 ޖެނުއަރީ 2017
ތުރުކީގެ ނައިޓް ކްލަބަށް ހަމަލާދިނުމުގައި އިންޓެލިޖެންސް ބައިވެރިވާ ކަމަށް ސަރުކާރުން ތުހުމަތުކޮށްފި
13 ޖެނުއަރީ 2017

ގެމްބިއާގެ ރައީސް ޔަހްޔާ ޖަމްމޭހް އަށް ނާއިޖީރިއާއިން ސިޔާސީ ހިމާޔަތް ދިނުމަށް ފާސްކޮށްފި

13 ޖެނުއަރީ 2017
ގެމްބިއާގެ ރައީސް ޔަހްޔާ ޖަމްމޭހް އަށް ނާއިޖީރިއާއިން ސިޔާސީ ހިމާޔަތް ދިނުމަށް ފާސްކޮށްފި
12 ޖެނުއަރީ 2017

ބޭރުގެ ޕްރެޝަރަށް އިޖާބަ ނުދެއްވާނަން: ރައީސް ޔަހްޔާ ޖަމްމޭހު

12 ޖެނުއަރީ 2017
ބޭރުގެ ޕްރެޝަރަށް އިޖާބަ ނުދެއްވާނަން: ރައީސް ޔަހްޔާ ޖަމްމޭހު
11 ޖެނުއަރީ 2017

އުތުރު ކޮރެއާގެ "ނުރައްކާތެރި މިސައިލްތަަކަކަށް ނުވާ ނަމަ" ވައްޓައެއް ނުލާނެ: އެމެރިކާ

11 ޖެނުއަރީ 2017
އުތުރު ކޮރެއާގެ "ނުރައްކާތެރި މިސައިލްތަަކަކަށް ނުވާ ނަމަ" ވައްޓައެއް ނުލާނެ: އެމެރިކާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު