Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އެމްޑީޕީގެ ނޫސްވެރިންގެ ބައްދަލުވުން

އަމިއްލަ ޒާތީ ދިރިއުޅުމުގެ ހުރިހާ ކަމަކަށް މި ސަރުކާރުން އަތްބާނައި ޚަރާބުކޮށްފި: ޝާހިދު

މިހާރުގެ ހާލަތަށް ބަލައިފި ނަމަ، ގައުމު ފުރޮޅިގެން މިދަނީ މީގެ ކުރިން ރައްޔިތުން ތަހައްމަލް ކުރަމުން ގެންދިޔަ ދަތި، ހިތްދަތި ދިރިއުޅުމަށްކަމަށް

އަބްދުލް ހަންނާން މުހައްމަދް
އަބްދުލް ހަންނާން މުހައްމަދް, ރާއްޖެ އެމްވީ | 13 ޖެނުއަރީ 2025 | ހޯމަ 08:20
ކުރީގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު

ކުރީގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު

ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ މި ސަރުކާރުން ޤާނޫނަކީ ކުޅޭކުޅޭ އެއްޗަަކަށް ހަދައިފި ކަމަށާއި އެގޮތުން މިއަދު އަމިއްލަ ޒާތީ ދިރިއުޅުމުގެ ހުރިހާކަމަކަށް ވެސް މި ސަރުކާރުން ވަނީ އަތްބާނާފައި ކަަމަށް ކުރީގެ ފޮރިން މިނިސްޓަރ އަދި އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

މިމަހުގެ 31 ވަނަ ދުވަހު ކުރިއަށް ގެންދިއުމަށް އެމްޑީޕީން ރާވާފައިވާ ހަރަކާތްތަކާއި ގުޅޭގޮތުން މައުލޫމާތު ދިނުމަށް ހޯމަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޝާހިދު ވިދާޅުވީ މިހާރުގެ ހާލަތަށް ބަލައިފި ނަމަ، ގައުމު ފުރޮޅިގެން މިދަނީ މީގެ ކުރިން ރައްޔިތުން ތަހައްމަލް ކުރަމުން ގެންދިޔަ ދަތި، ހިތްދަތި ދިރިއުޅުމަށް ކަމަށާއި އެގޮތުން މި މަހުގެ 31 ވަނަ ދުވަހު އެމްޑީޕީން މަގުމައްޗަށް ނުކުންނަށް ނިންމީ އެ ސަބަބަށްޓަކައި ކަމަށެވެ.

ޝާހިދު ވިދާޅުވީ މިއަދު މި ތަޖުރިބާކުރަމުން ގެންދާ ހާލަތަށް ބަލާލައިފި ނަމަ މިއަދު މި ވަނީ ދިވެހިން ސަލާންޖަހަން މަޖުބޫރުކޮށް އަލުންބަލުން އަސާސީ ކަންކަން ހޯދަންޖެހިކަމަށެވެ. އަދި މިކަމުގެ ނަތީޖާ އަކީ ރައްޔިތުން ފުނޑިގެން ދިއުންކަމަށް ވެސް ޝާހިދު ވިދާޅުވިއެވެ. މިހާރު ރާއްޖެ ދަނީ މާޒީގައި ރައްޔިތުން ދެކެފައިވާ ފަދަ ހިތި ދުވަސްތަކަކާއި ދިމާއަށް ކަމަށް ވެސް ޝާހިދު ވިދާޅުވިއެވެ.

ޝާހިދު ވިދާޅުވީ 2008 ވަނަ އަހަރު ފާސްކުރި ޤާނޫނު އަސާސީގައި މަނާނުކުރާ ކަންކަމަކީ ހުއްދަކަންކަންކަމުގައި ވެފައިވާ ކަމަށާއި ނަމަވެސް މިއަދު އެ ހުރިހާ ކަމެއްވެސް މި ސަރުކާރުން މަނާކޮށް ނިމްމައިފިކަމަށެވެ.

ޝާހިދު ވިދާޅުވީ މިއަދު މި ސަރުކާރުން ޒާތީ ދިރިއުޅުމުގެ ހުރިހާ ކަމަކަށް އަތް ބާނާ އެ ހުރިހާކަމަކާއި ވެސް ބެހެމުން އަތްގަދަ ކުރަމުން ގެންދާ ކަމަށާއި އެގޮތުން ލާންވީ ގަމީހާއި، ބޮލުގެ އިސްތަށިގަނޑު ހުންނަންވީ ގޮތާއި ދުއްވަންވީ ސައިކަލާއި އެކުގައި ކޮފީއަށް އަރަންވީ ފަރާތްތައްވެސް ކަނޑައަލަނީ މިއަދު މި ސަރުކާރުން ކަމަށެވެ. އަދި އާންމުން ކިޔަންވީ ކޮންކަހަލަ ޚަބަރެއް ކަމާއި ބޯންވީ ކޮންކަހަލަ ސިނގިރެޓެއް ކަންވެސް މިއަދު ނިންމާފައި މިވަނީ ސަރުކާރުން ކަމަށް ޝާހިދު ވިދާޅުވިއެވެ.

ޝާހިދު އިތުރަށް ވިދާޅުވީ ސިޔާސީ ފިކުރަށް ބެލުމެއް ނެތި ރާއްޖޭގެ ހުރިހާ ރައްޔިތުން އެ ހަރަކާތަށް އެއްވުމަށް ދައުވަތު ދެއްވާ ކަމަށެވެ. އެ ހިނގާލުމުގައި ބައިވެރިވެ އަޑު އުފުލުން މުހިންމުކަމަށާއި ކަންކަމާއި އަޑު ނުއުފުލާ ހިމޭނުން ތިބެއްޖެނަމަ ކަންކަން އަލުން ހަރުދަނާ ނުކުރެވޭ ވަރަށް ހަރާބުގެ މަގަށް ކަންކަން ހިނގައިދާނެ ކަމަށް ވެސް ޝާހިދު ވިދާޅުވިއެވެ.

އަދި ސަރުކާރުން ނުރަނގަޅުކޮށް ކުރާ ފަސް ކަމެއް ޝާހިދު ވަނީ ފާހަގަކުރައްވާފައެވެ. އެގޮތުން ސަބްސިޑީ ކަނޑާލުމާއި އިންތިހާ އަށް ޓެކްސް ބޮޑުވުން އެއީ ކަންބޮޑުވުމެއް ކަމަށް ޝާހިދު ވިދާޅުވިއެވެ. މަހުން މަހަށް ދިވެހިން ކުރާ ޚަރަދު އިތުރުވާނެކަން 2025 ގެ ބަޖެޓުން ވަރަށް ސާފުކޮށް އެނގެން އޮތް ކަމަށް ޝާހިދު ވިދާޅުވިއެވެ.

ގާނޫނު އަސާސީގެ ދިފާއުގައި އެމްޑީޕީން މަގުމައްޗަށް ނުކުންނަން އެ ޕާޓީގެ ގައުމީ މަޖިލީހުން ފާސްކުރީ 9 ޖެނުއަރީ 2025ގައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ކޮންމެ ކަމަކަށް ކުރިމަތި ލިޔަސް އެމްޑީޕީގެ މެންބަރުންގެ އުއްމީދު ކަސިޔާރެއް ނުވާނެ: ޝިފާޒް

ކޮންމެ ކަމަކަށް ކުރިމަތި ލިޔަސް އެމްޑީޕީގެ މެންބަރުންގެ އުއްމީދު ކަސިޔާރެއް ނުވާނެ: ޝިފާޒް

21 ޖެނުއަރީ 2017
ސަރުކާރުން ޕްރޮޖެކްޓްތައް ހިންގަނީ ތިން ގުނަ އަގު ބޮޑުކޮށް: އާޒިމް

ސަރުކާރުން ޕްރޮޖެކްޓްތައް ހިންގަނީ ތިން ގުނަ އަގު ބޮޑުކޮށް: އާޒިމް

16 ޖެނުއަރީ 2017
ކޮންމެ ދުވަހަކު އިވެނީ ރައީސް ޔާމީންގެ ސަރުކާރުން ހިންގާ ޖަރީމާތަކުގެ ވާހަކަ: ޝިފާޒު

ކޮންމެ ދުވަހަކު އިވެނީ ރައީސް ޔާމީންގެ ސަރުކާރުން ހިންގާ ޖަރީމާތަކުގެ ވާހަކަ: ޝިފާޒު

16 ޖެނުއަރީ 2017
ސަރުކާރުންދޭ ލޯން ގެރެންޓީއަކީ ރޭވިގެންކުރާ ބޮޑު ޖަރީމާއެއް: ޑރ. ޖަމީލް

ސަރުކާރުންދޭ ލޯން ގެރެންޓީއަކީ ރޭވިގެންކުރާ ބޮޑު ޖަރީމާއެއް: ޑރ. ޖަމީލް

15 ޖެނުއަރީ 2017
ތިން ބިލިއަން ރުފިޔާގެ ލޯނެއް ނަގަން ސަން ސިޔާމަށް ސަރުކާރުން ގެރެންޓީ ދެނީ!

ތިން ބިލިއަން ރުފިޔާގެ ލޯނެއް ނަގަން ސަން ސިޔާމަށް ސަރުކާރުން ގެރެންޓީ ދެނީ!

15 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

17 އެޕްރީލު
ދެމަފިރިއަކު ނުކުމެ އަމިއްލަ އެދުމަށް ދަރިފުޅު ގުރުބާންކޮށްފި، މިއަދު އެމްޑީޕީ އަށް މި އޮތީ ބެލެނިވެރިއަކަށް ވާންޖެހިފައި - ފައްޔާޒް
20251 އަހަރު ކުރިން
ރާއްޖެ

ދެމަފިރިއަކު ނުކުމެ އަމިއްލަ އެދުމަށް ދަރިފުޅު ގުރުބާންކޮށްފި، މިއަދު އެމްޑީޕީ އަށް މި އޮތީ ބެލެނިވެރިއަކަށް ވާންޖެހިފައި - ފައްޔާޒް

ކުޅުދުއްފުށި ދެކުނު ދާއިރާގެ ޕީޕީއެމްގެ ރައީސް އެ ދައިރާގެ އެމްޑީޕީގެ ކެނޑިޑޭޓް އަލީ ވަހީދު އެންޑޯސްކޮށްފި
20242 އަހަރު ކުރިން
ރާއްޖެ

ކުޅުދުއްފުށި ދެކުނު ދާއިރާގެ ޕީޕީއެމްގެ ރައީސް އެ ދައިރާގެ އެމްޑީޕީގެ ކެނޑިޑޭޓް އަލީ ވަހީދު އެންޑޯސްކޮށްފި

"ޖިންސީ ގޯނާއެއް ނުކުރަން، ކުރިކަމެއް ކުރީ ދެ މީހުން ރުހިގެން"
20233 އަހަރު ކުރިން
ކުޅިވަރު

"ޖިންސީ ގޯނާއެއް ނުކުރަން، ކުރިކަމެއް ކުރީ ދެ މީހުން ރުހިގެން"

ކުޅަދާނަ ކައްޕިތާނެއް ގައުމުގެ ހުންގާނުގައި ނެތްނަމަ މިއޮޑި ފަރަށް އެރީސް: މެމްބަރު ސަލީމް
20224 އަހަރު ކުރިން
ރާއްޖެ

ކުޅަދާނަ ކައްޕިތާނެއް ގައުމުގެ ހުންގާނުގައި ނެތްނަމަ މިއޮޑި ފަރަށް އެރީސް: މެމްބަރު ސަލީމް

ވެކްސިން ދިނުމުގައި ވަކިބަޔަކަށް ވަކި އުސޫލެއް، އެޗްޕީއޭއަށް އެކަން އެނގުނީ ނޫސްވެރިން ސުވާލުކުރުމުން!
20215 އަހަރު ކުރިން
ރިޕޯޓު

ވެކްސިން ދިނުމުގައި ވަކިބަޔަކަށް ވަކި އުސޫލެއް، އެޗްޕީއޭއަށް އެކަން އެނގުނީ ނޫސްވެރިން ސުވާލުކުރުމުން!

ފްރާންސް އަންހެން ކުއްޖާ ކުރި ތުހުމަތުތައް ގާޒީ އާދަމް އާރިފް ދޮގުކުރައްވައިފި
20197 އަހަރު ކުރިން
ރާއްޖެ

ފްރާންސް އަންހެން ކުއްޖާ ކުރި ތުހުމަތުތައް ގާޒީ އާދަމް އާރިފް ދޮގުކުރައްވައިފި

އަލީ ހުސެއިން މަސްކަނޑަށް ޖެހުނު ސަބަބު މިއޮތީ!
20188 އަހަރު ކުރިން
ރިޕޯޓު

އަލީ ހުސެއިން މަސްކަނޑަށް ޖެހުނު ސަބަބު މިއޮތީ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު