Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
އެމްޑީޕީ

އެމީހުން އަބަދުވެސް ބުނަނީ މިތުރުންގެ ހިތައް ދަތިކުރި ކަޅު ކޮންމެ ރެއެއްވެސް ފިތުރަތުގެ އުސޫލުން ނިމޭނީ ފަތިހަށް އަލިވިލިގެންނޭ

ގިނަ ފަހަރަށް އެމީހުން ނުކުންނަ ދަތުރު ނިންމާލަނީ އައްސޭރި ހިފާފައެވެ. އަމާން ބަނދަރަކަށް ވާސިލްވެފައެވެ. ދިވެހިން އަމާން ކަމުގެ އައްސޭރިއަށް ގެންގޮސްފައެވެ.

އާމިރު ސަލީމް
އާމިރު ސަލީމް, ރާއްޖެ އެމްވީ | 12 ޖެނުއަރީ 2025 | އާދީއްތަ 11:44
އެމްޑީޕީ ޤައުމީ މަޖިލީހުގެ ޖަލްސާގެ ތެރެއިން

އެމްޑީޕީ ޤައުމީ މަޖިލީހުގެ ޖަލްސާގެ ތެރެއިން

ރައީސް ޑރ މުޙައްމަދު މުއިއްޒުގެ ވެރިކަމަށް އަހަރުވީއިރު، ރާއްޖޭގެ ގިނަ ރައްޔިތުން އެމަނިކުފާނުގެ ވެރިކަމުގެ މަތިން ހިތް ފިލާ ފޫހިވެއްޖެއެވެ.

އެމަނިކުފާނަށް ވޯޓެއް ދިން މީހަކު ތާއީދެއް ކުރާ މީހަކު، ދިމާވުން އެއީ މި ފަހަކަށް އައިސް ދަތި އުދަނގޫ ކަމަކަށް ވެއްޖެއެވެ. ގިނަ މީހުން ބުނާ ގޮތުން އެމީހުން މިވެރިކަމުގެ މަތިން ފޫހިވީ އެމީހުން ހާލުގައި ޖެއްސުމުންނެވެ. ދިރިއުޅުމުގެ ޚަރަދުތައް އިންތިހާ ބޮޑުކޮށް ސަބްސިޑީތައް ކުޑަކޮށް ވިޔަފާރިތައް ބަނގުރޫޓްކޮށް ކޮވިޑްގައި ވެސް ރާއްޖެ ނުވެއްޓޭ ހިސާބަށް އިގްތިސާދީ ގޮތުން ވައްޓާލުމުންނެވެ.

މިހާލަތުގައި އެންމެ ގިނަ ބައެއްގެ ނަޒަރު ހުއްޓުނީ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)އަށެވެ. އޮޕޮޒިޝަން ޕާޓީ ކަމުގައި ވުމުން އެކަންޏެއް ނޫނެވެ. ގައުމު ހާލުގައި ޖެހޭ ކޮންމެ ފަހަރަކު ޑިމޮކްރަސީ ފަހަތަށް ސޮއްސާލަ ކޮންމެ ފަހަރަކު ރައްޔިތުން ނިކަމެތިވާ ކޮންމެ ފަހަރަކު އެކަމާއިގެން ތެދުވާ ޕާޓީއަކީ އެމްޑީޕީ ކަމަށް ވާތީއެވެ. ނަމަވެސް މި ވޭތުވެދިއަ އެއް އަހަރު ސަރުކާރުން ރައްޔިތުންނަށް ދެމުންދިއަ ގެއްލުންތަކާ ދެކޮޅަށް އެމްޑީޕީން ތެދުވާންޖެހޭ ވަރަށް ނުތެދުވާ ކަމަށް ވާހަކަ ދައްކާ މީހުންވެސް މަދެއް ނޫނެވެ. ސަބަބަކީ އެއީ އެމީހުންގެ އުއްމީދާވެސް ގުޅިފައިވާ ޕާޓީއަކީ އެމްޑީޕީ ކަމަށް ވާތީއެވެ.

އަހަރެއް ފާއިތުވެގެން ދިއުމަށް ފަހު މަންޒަރު ވަރަށް ބޮޑަށް ބަދަލުވެއްޖެއެވެ. 2024 ޑިސެމްބަރު 10 ވަނަ ދުވަހު އެމްޑީޕީން ބޭއްވި އާދަޔާ ޚިލާފް ބޮޑު އެއްވުމާއެކު އެމްޑީޕީ ދިރި އޮތްކަމާ އެއީ އަދިވެސް އެމްޑީޕީކަން ދިވެހިންނަށް ސާފުވެއްޖެއެވެ. އެއާއި އެކު މަޑުމަޑުން އެމްޑީޕީގެ އަސްލު ކުލަ ފާޅުވާން ފެށިއެވެ. އެތެރޭގައި ދިމާވި ކުދި ކުދި މައްސަލަތަކުގެ ސަބަބުން އެމްޑީޕީ ދޫކޮށްދިއަ އެތައް ބަޔަކު އެނބުރި އެމްޑީޕީއަށް އަންނަން ފެށިއެވެ. އެންމެ ފަހުން ގޮސް އެމްޑީޕީގެ ލީޑަރޝިޕްގައި މަސައްކަތް ކުރުމަށްފަހު އެމްޑީޕީއާއި ފެޔަށް ޖެހިލި ވަރުގަދަ އެތައް ފަހުލަވާނުންނެއް ވެސް އަލުން އެމްޑީޕީއާއި ގުޅުނީ އެވެ. މިހާ ހިސާބުން އެމްޑީޕީގެ އާއްމު މެމްބަރުންނާ ރައީސް މުއިއްޒު ވެރިކަމާ ދެކޮޅު ދިވެހި ރައްޔިތުންނަށް އައު އުއްމީދެއް ގެނުވީއެވެ. ދެން އޮތީ މުޅިން އައު ދުވަހެކެވެ. އެމްޑީޕީގެ އަސްލު ކުލަޔާ އަސްލު ޖޯޝާ އަސްލު ފޯރީގައި އެމީހުން ފެންނާނެ މުޅިން އައު ދުވަހެކެވެ.

އެމްޑީޕީގެ ޕޯޑިއަމްތަކުން އަބަދުމެ އިވޭ ޅެން ބައިތެއް އޮވެއެވެ. އެމީހުން އަބަދުވެސް ކިޔާދޭ ވާހަކަތަކެއް ހުރެއެވެ. އެމީހުން ބުނާ ގޮތުން މިތުރުންގެ ހިތައް ދަތި ކުރި ކަޅު ކޮންމެ ރެއެއް ވެސް ފިތުރަތުގެ އުސޫލުން އަލިވީލޭނީ ފަތިހަކަށެވެ.

އެމީހުންނަކީ ވެއްޓުނީމާ ތެދުވާ ބައެކެވެ. ތެދުވެ އިހުނަށްވުރެ ބާރަށް ދުއްވައިގަންނަ ބައެކެވެ. ޚިޔާލު ތަފާތުވުމާ ތަފާތު ޚިޔާލަށް ޖާގަ ދޭ ބައެކެވެ. ގުޅިގެން މަސައްކަތް ކުރަން ދަންނަ އާދަޔާ ޚިލާފު ޖޯޝެއް ހުންނަ ބައެކެވެ. ރާއްޖޭގައި ޕާޓީ ސިސްޓަމް އުފެދުނީއްސުރެ މިއަދާ ހަމައަށް އެތައް ޕާޓީއެއް އުފެދިއްޖެއެވެ. އެތައް ޕާޓީއެއް އުވިވެސް ހިނގައްޖެއެވެ. އެކަމަކު އެމްޑީޕީ ކަހަލަ ތަފާތު ޖޯޝެއް އުފައްދާ ކަށިން ހިތްވަރު ނެރޭ ޕާޓީއެއް ނެތް ކަން އެއީ ގިނަ ބަޔަކު ގަބޫލުކުރާ ހަގީގަތެވެ. ސަރުކާރު ޖަވާބުދާރީ ކުރުމަށް މަގުމަތީގެ ހަރަކާތް ހިންގުމަށް، މުޒާހަރާ ކުރުމަށް، އިހުތިޖާޖު ކުރުމަށް، ހައްގުތަކަށް ވަކާލާތު ކުރުމަށް އެއަށްވުރެ ފައްކާވެފައި އޮތް އެހެން ޕާޓީއެއް ނެތްކަން އެއީ ވެސް އެންމެން ދަންނަ ހަގީގަތެކެވެ.

ފިތުރަތުގެ އާއްމު އުސޫލުން އަޑިގަނޑަކަށްފަހު އުސްގަނޑެއް އައުމަކީ ހިނގާ ކަމެކެވެ. މަތިން ދާވަތް ދަށުންދާ ފަހަރު އައުމަކީ ވެސް ދިމާވާ ކަމެކެވެ. މިދިއަ އެއް އަހަރު އެމްޑީޕީ ހޭދަކުރީ މިފަދަ ދުވަސްތަކެއް ކަމަށް ވެދާނެއެވެ. ނަމަވެސް މިއަދު މިފެންނަނީ އެމީހުންގެ ސަފުތައް އަލުން ރުކުރުވާލާ ތަނެވެ. ދިމަ ދިމާއަށް މީހުން ބެހިލާތަނެވެ. ރަނގަޅަށް ތައްޔާރުވެ އަލުން ނުކުންނަ ތަނެވެ. އޮޑީގައި ކުރަން ހުރި މަރާމާތްތައް ކޮށް ދިޔަވާތަންތައް ބައްދާ، ފެހިކަހާ ފެނަށް ގަދަކޮށް, ވާވެލާ ވެލި ހަމަކޮށް، އަލުން އެމްޑީޕީގެ އޮޑި ދިވެހި ސިޔާސީ ކަނޑަށް ނުކުންނަ ތަނެވެ.

އެމީހުން ބުނާ ގޮތުން އެއީ ހުރިހާ ކަނޑަކަށް ހެޔޮވަރު އޮޑިއެކެވެ. ގިނަ ފަހަރަށް އެމީހުން ނުކުންނަ ދަތުރު ނިންމާލަނީ އައްސޭރި ހިފާފައެވެ. އަމާން ބަނދަރަކަށް ވާސިލްވެފައެވެ. ދިވެހިން އަމާން ކަމުގެ އައްސޭރިއަށް ގެންގޮސްފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އެމީހުން "ލޯބި" މަރާނުލިނަމަ....

އެމީހުން "ލޯބި" މަރާނުލިނަމަ....

10 އެޕްރީލު 2020
5 އަހަރުވަންދެން މަރުކަޒީ ބާރު ހިންގި ބަޔަކަށް ލާމަރުކަޒެއް ނުކުރެވޭނެ، އެމީހުން އުޅެނީ ކަޅުފައިސާ ދޮވުނު ވެރިޔަކު ސަލާމަތް ނުކުރެވިގެން

5 އަހަރުވަންދެން މަރުކަޒީ ބާރު ހިންގި ބަޔަކަށް ލާމަރުކަޒެއް ނުކުރެވޭނެ، އެމީހުން އުޅެނީ ކަޅުފައިސާ ދޮވުނު ވެރިޔަކު ސަލާމަތް ނުކުރެވިގެން

03 މާރިޗު 2020
އޭރު އީޔޫ ދޮން މީހުންވަރު ނުބައި ބައެއް ނެތް، މިހާރު އެމީހުންވަރު ހެޔޮ ބަޔަކު ނެތް!

އޭރު އީޔޫ ދޮން މީހުންވަރު ނުބައި ބައެއް ނެތް، މިހާރު އެމީހުންވަރު ހެޔޮ ބަޔަކު ނެތް!

11 ފެބުރުއަރީ 2020
ފުރިފައި ހުންނަ އެއްޗެއް ގުޑުގުޑެއް ނާޅާނެޔޭ ބުނަނީ މިހެންވެ!

ފުރިފައި ހުންނަ އެއްޗެއް ގުޑުގުޑެއް ނާޅާނެޔޭ ބުނަނީ މިހެންވެ!

03 ފެބުރުއަރީ 2020
ބްރިޖަށް 1 އަހަރު: ދިވެހިން އަދިވެސް ބުނަނީ ބްރިޖް އޯކޭ ކަމަށް، ވައްކަން އޯކޭ ނޫން ކަމަށް!

ބްރިޖަށް 1 އަހަރު: ދިވެހިން އަދިވެސް ބުނަނީ ބްރިޖް އޯކޭ ކަމަށް، ވައްކަން އޯކޭ ނޫން ކަމަށް!

30 އޯގަސްޓު 2019

އަހަރުތަކުން މިއަދު

12 ފެބުރުއަރީ
ހިތަދޫ އުުތުރު ދާއިރާގެ މެމްބަރު ސިނާންގެ ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައަޅައި ދިނުމަށް ސުޕްރީމް ކޯޓަށް ހުށަހަޅައިފި
20251 އަހަރު ކުރިން
ރާއްޖެ

ހިތަދޫ އުުތުރު ދާއިރާގެ މެމްބަރު ސިނާންގެ ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައަޅައި ދިނުމަށް ސުޕްރީމް ކޯޓަށް ހުށަހަޅައިފި

އެންމެވެސް ބުނީ އޭނާ ހުރެގެން ރަށަށް ތަށި ނުލިބޭނެ ކަމަށް!
20242 އަހަރު ކުރިން
މީހުން

އެންމެވެސް ބުނީ އޭނާ ހުރެގެން ރަށަށް ތަށި ނުލިބޭނެ ކަމަށް!

ޑރ. މުހައްމަދު އަލީގެ ދުލުން: އެންމެ ހަށިގަނޑެއް ނަގަން ވެސް 7 ގަޑިއިރު މަސައްކަތް ކުރި ވާހަކަ އެމީހުން ބުނި!
20233 އަހަރު ކުރިން
ރިޕޯޓު

ޑރ. މުހައްމަދު އަލީގެ ދުލުން: އެންމެ ހަށިގަނޑެއް ނަގަން ވެސް 7 ގަޑިއިރު މަސައްކަތް ކުރި ވާހަކަ އެމީހުން ބުނި!

ހިތްހަލާކުވަނީ ހަމައެކަނި ލޯބީގެ ސަބަބަކުން ނޫން
20224 އަހަރު ކުރިން
ސިއްހަތު

ހިތްހަލާކުވަނީ ހަމައެކަނި ލޯބީގެ ސަބަބަކުން ނޫން

އިންޑިއާގައި ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި ތިން ޑޮކްޓަރުން ކޮވިޑަށް ޕޮޒިޓިވް ވެއްޖެ
20215 އަހަރު ކުރިން
ދުނިޔެ

އިންޑިއާގައި ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި ތިން ޑޮކްޓަރުން ކޮވިޑަށް ޕޮޒިޓިވް ވެއްޖެ

އެސްއޯއެފްގެ ބޭންކް ސްޓޭޓްމަންޓެއް ލީކު ކޮށްލައިފި
20197 އަހަރު ކުރިން
ރާއްޖެ

އެސްއޯއެފްގެ ބޭންކް ސްޓޭޓްމަންޓެއް ލީކު ކޮށްލައިފި

ދޫނި ރާއްޖެއިން ފޮނުވި ވަފުދަށް ޤައުމުތަކުން ދިން ޖަވާބު
20188 އަހަރު ކުރިން
ރިޕޯޓު

ދޫނި ރާއްޖެއިން ފޮނުވި ވަފުދަށް ޤައުމުތަކުން ދިން ޖަވާބު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު