Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
މޯދީގެ ދަތުރުފުޅު 2019

އިންޑިއާ: އަބަދުވެސް ރާއްޖެެއާ އެކު އޮންނަ، ރާއްޖޭގެ ތަރައްޤީގެ މުހިންމު ބައިވެރިއެއް!

ކޮންމެ ވަގުތަކުވެސް އެހީއަށް އެދި ގޮވާލުމުން، ރާއްޖެއަށް އެންމެ ފުރަތަމަ އެހީދޭ ޤައުމަކީ އިންޑިއާ

އަބުދުﷲ ނަސީރު އިބްރާހިމް
އަބުދުﷲ ނަސީރު އިބްރާހިމް, ރާއްޖެ އެމްވީ | 7 ޖޫން 2019 | ހުކުރު 15:14
އައިޖީއެމްއެޗުގެ ހިދުމަތް ދޭން ފެށިއިރު އެތަނުގެ ބޭރު ނަން ބޯޑާއި ގޭޓް

އައިޖީއެމްއެޗުގެ ހިދުމަތް ދޭން ފެށިއިރު އެތަނުގެ ބޭރު ނަން ބޯޑާއި ގޭޓް

އަބަދުވެސް އިންޑިއާއަކީ ރާއްޖޭގެ އެންމެ ގާތް އަވަށްޓެރިޔާ އެވެ. 1965 ވަނަ އަހަރުު ދިވެހިންނަށް މިނިވަންކަން ލިބުމާ އެކު އެންމެ ފުރަތަމަ ހާރިޖީ ގުޅުން ޤާއިމްކުރި ޤައުމުތަކުގެ ތެރޭގައި ވެސް އަވަށްޓެރި އިންޑިއާ ހިމެނެ އެވެ. އެ ތާރީހަށް ފަހު ޒަމާނުއްސުރެ ރާއްޖޭގެ ހުރިހާ ވެރިކަންތަކުން ވެސް ދަމަހައްޓަމުން އައި އެއް ކަމަކީ ރާއްޖެ އާއި އިންޑިއާއާ ދެމެދު އޮންނަ ގާތް ގުޅުމެވެ.

2013 ގައި ކުރިން ރާއްޖޭގެ ވެރިކަން ކުރެއްވި ހުރިހާ ވެރިން ވެސް އެ ގުޅުމަށް ހީނަރުކަން އަންނާނެ ފަދަ އެއްވެސް ކަމެއް ނުކުރުމަށް ހާއްސަ އިސްކަމެއްދީފައި ވެއެވެ. ގާތް އަވަށްޓެރިއެއްގެ އިތުރުން ރާއްޖެއިން ބޭނުންވި ކޮންމެ ވަގުތެއްގައި ވެސް ރާއްޖެއަށް އެހީތެރިކަން އެންމެ އަވަހަށް ފޯރުކޮށްދިން ޤައުމަކީ އަވަށްޓެރި އިންޑިއާއެވެ. ރާއްޖެއަށް ދިމާވި ބޮޑެތި ކާރިސާތަކުން ފެށިގެން، ރާއްޖެއަށް އެންމެ ނުރައްކާވި ދަނޑިވަޅުތަކުގައި އެންމެ ފުރަތަމަ އެހީތެރިކަމުގެ އަތެއް ދިއްކޮލި ޤައުމަކީ އަވަށްޓެރި އިންޑިއާ އެވެ.

އިންޑިއާ އާއި ރާއްޖެއާ ދެމެދު އޮންނަ ގާތް ގުޅުން އެންމެ ބޮަޑަށް ރަމްޒުކޮށްދިން އެއް ހާދިސާއަކީ، 1988 ވަނަ އަހަރު ދިވެހިންގެ ތެރެއިން ބަޔަކު އިސްވެ ތިބެ ދިވެހި ޤައުމުގެ މިނިވަންކަން ނަގާލުމަށް ހިންގި އުދުވާނެ އެވެ. އެ ދުވަހުގެ އެ ނުރައްކާތެރި ހާދިސާގައި އެތައް ދިވެހިންނެއް ޝަހީދުކޮށްލިއިރު، ދިވެހިންގެ ހިމާޔަތުގައި އެންމެ ފުރަތަމަ ތެދުވި ޤައުމަކީ އިންޑިއާއެވެ. އޭރުގެ ރައީސުލްޖުމްހޫރިއްޔާ މައުމޫން އަބްދުއްލަޤައްޔޫމް އެ ނުރައްކާތެރި ދަނޑިވަޅުގައި އިންޑިއާގެ އެހީތެރިކަމަށް އެދިވަޑައިގަތުމާ އެކު އިންޑިއާ ސިފައިންނާ އެކު، އެ ޤައުމުގެ އަސްކަރީ މަނަވަރެއް ފޮނުއްވައިދެއްވި އެވެ.

1988 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 3 ވަނަ ދުވަހުގެ އެ ހާދިސާ އަށް ފަހު، ދެ ޤައުމުގެ ގުޅުން އިތުރަށް ހަރުދަނާވެގެން ގޮސް، ރާއްޖެއަށް ކުރިމަތިވި ސުނާމީ ކާރިސާގައި ވެސް އިންޑިއާގެ އެހީތެރިކަން ދިވެހިންނަށް އެތައް ގޮތްތަކުން ލިބިގެންގޮސްފައިވެއެވެ. އަދި އޭގެ ފަހުން 2014 ވަނަ މާލެއިން ފެނުގެ ހިދުމަތް ކެނޑުމާ އެކު، ރާއްޖެއަށް އެންމެ ފުރަތަމަ ފެން ފޯރުކޮށްދީ އެހީތެރިކަން ދިން ޤައުމަކީ ވެސްް އަވަށްޓެރި އިންޑިއާ އެވެ.

ރާއްޖެއާއި އިންޑިއާ ދެމެދު ވިޔަފާރީގެ އެއްބަސްވުމެއްގައި ރަސްމީ ގޮތެއްގައި ސޮއިކުރެވިފައި ވަނީ 1981 ވަނަ އަހަރު އެވެ. އޭގެ ފަހުން އިންޑިއާ ވެގެންގޮސްފައި ވަނީ ރާއްޖޭގެ އިޤްތިސާދުގެ މުހިންމު ބައިވެރިއެއްގެ ގޮތުގަ އެވެ. ހާއްސަ ރޭޓުތަކެއްގައި ވަކި ކޯޓާތަކެއް ހަމަޖައްސައިގެން އިންޑިއާ އިން ތަކެތި އެކްޕޯޓްކުރާ ޤައުމުތަކުގެ ތެރޭގައި ރާއްޖެ ހިމެނިގެން ގޮސްފައި ވެއެވެ. ވަކިން ހާއްސަކޮށް، ހިލަ، ހިލަވެލިން ފެށިގެން ގޮސް، ހަނޑޫ، ހަކުރު އަދި ފިޔާ، އަލުވި ރާއްޖެއަށް އެންމެ ގިނައިން އެތެރެކުރާ ޤައުމަކީވެސް އިންޑިއާ އެވެ. އިންޑިއާގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން އަހަރެއްގެ މައްޗަށް ގާތްގަނޑަކަށް 400 ކޮރޯރ ރުޕީސްގެ މުދާ ރާއްޖެއަށް އެ ޤައުމުން އެކްސްޕޯޓްކުރެ އެވެ.

އޭގެ އިތުރުން މާލީ ގުޅުންތަކުގެ ތެރެއިން ސްޓޭޓް ބޭންކް އޮފް އިންޑިއާ މެދުވެރިކޮށް، އެ ޤައުމުން ފޯރުކޮށްދޭ އެހީއަކީ ވެސް ފާހަގަކޮށްލެވޭ އެހީތެރިކަމެވެ. އެގޮތުން ސްޓޭޓް ބޭންކް އޮފް އިންޑިއާ މެދުވެރިކޮށް ރާއްޖޭގެ އިޤްތިސާދީ އެކި މަސައްކަތްތަކަށް އެއް ބިލިއަން ޑޮލަރާ ގާތްކުރާ އަދަދަކަށް އިންވެސްޓްކޮށްފައިވާ ކަމަށް 2008 ގެ ތަފާސް ހިސާބުތަކުން ދައްކަ އެވެ.

އެކަންކަމުގެ އިތުރުން ފަތުރުވެރިކަމާއި، ރާއްޖޭގެ އިޤްތިސާދާ ގުޅިފައިވާ އެހެނިހެން ކަންކަމުގައި ވެސް އިންޑިއާއަކީ ރާއްޖެއަށް ފާހަގަކޮށްލެވޭ ބައިވެރިއެކެވެ. 2019 ވަނަ އަހަރު އޭޕްރީލް މަހު ޓޫރިޒަމް މިނިސްޓްރީން އާންމުކޮށްފައިވާ ތަފާސް ހިސާބުތަކަށް ބަލާއިރު، ރާއްޖޭގެ ފަތުރުވެރިކަމުގައި ކުރިއަރަމުން އަންނަ ޤައުމުތަކުގެ ތެރޭގައި ވެސް އިންޑިއާ ފާހަގަކޮށްލެވެއެވެ.

ރާއްޖެ އާއި އިންޑިއާ ދެމެދު އޮންނަ ގާތް ގުޅުުމުގެ ރަމްޒެއްގެ ގޮތުގައި މިއަދުވެސް ފެންނަން ހުރި އެއް ބިނާއަކީ އިންދިރާގާންްދީ މެމޯރިއަލް ހޮސްޕިޓަލް އެވެ. ދިވެހި ސަރުކާރުގެ މައި ހޮސްޕިޓަލްގެ ގޮތުގައި މިއަދާ ހަމައަށް ވެސް ބޭނުންކުރަމުން އަންނަ އައިޖީއެމްއަޗަކީ އިންޑިއާ ސަރުކާރުގެ ހިލޭ އެހީގައި އިމާރަތްކުރި ހޮސްޕިޓަލެކެވެ. އޭގެ ފަހުން އެތަނުގެ މާރާމަތަށް ވެސް އިންޑިއާ ސަރުކާރުން އެކި ފަހަރުތައް މަތިން، އެތައް މިލިއަން ޑޮލަރެއްގެ އެހީތެރިކަން ފޯރުކޮށްދީފައި ވެއެވެ. އެތަނުުގެ ވަސީލަތްތައް ޤާއިމްކުރުމުން ފެށިގެން ގޮސް، މުވައްޒިފުންނާއި ބޭނުންވާ ޑޮކްޓަރުން ހޯދުމުގައި ވެސް އެންމެ ބޮޑު އެހީތެރިކަމެއް މިހާތަނަށް ފޯރުކޮށްދީފައި ވަނީ އިންޑިއާ ސަރުކާރުންނެވެ.

އޭގެ އިތުރުން ރާއްޖޭގެ ދަރިވަރުންނަށް ސްކޮލަޝިޕްތައް ވެސް އެންމެ ގިނައިން ފަހިކޮށްދޭ ޤައުމަކީ އިންޑިއާ އެވެ. އެކި ނަންނަމުގައި ފޯރުކޮށްދިން ސްކޮލަޝިޕްތަކުގެ ތެރެއިން އެތަކެއް ހާސް ދަރިވަރުންނެއް ވަނީ ތައުލޫމާއި ތަމްރީން ހޯދާފަ އެވެ. އެކަމުގައި ވެސް އިންޑިއާއަކީ ދިވެހިންގެ އެންމެ ގާތް އަޙެވެ.

ސަރުކާރުތަކުން އިންޑިއާއާ އެކު ބާއްވަމުން އައި ގާތް ގުޅުމަށް ހީނަރުކަމެއް އައި ނިމުނު އަބްދުﷲ ޔާމީންގެ ސަރުކާރުގެ ތެރޭގަ އެވެ. އެމަނިކުފާނުގެ ސަރުކާރުގެ ދުވަަސްވަރު އިންޑިއާއާ އެކު އޮންނަ ގުޅުން ދުވަހަކު ވެސް ދަށަށް ނުދާ މިންވަރަށް ދަށަށް ގޮސްފައި ވެއެވެ.

މުޅި ބައިނަލްއަޤުވާމީ މައިދާނުގައި އެންމެ ގާތް އަވަށްޓެރިޔާއާ ދެކޮޅުކަން ހާމަކޮށް، އެ ސަރުކާރުން ކުރި ކަންތައްތަކުގެ ނަތީޖާއަކަށްވީ، އެކަމުގެ ދަތިތައް ދިވެހިންނަށް އުފުލަންޖެހުމެވެ. އެތައް ރޮނގަކުން ދިވެހިންނަށް ލިބެމުން އައި އެހީތައް މެދުކެނޑި، އެ ޤައުމަށް އެކި ބޭނުންތަކުގައި ދަތުރުކުރާ ދިވެހިންނަށް ވެސް އެކަމުގެ ސަބަބުން އެތައް ތުރާލަކާއި ކުރިމަތިލާންޖެހިފައި ވެއެވެ. އެގޮތުން ވިސާގެ އުސޫލު ހަރުކަށިކޮށް، އެކި ދާއިރާތައް ކުރިއެރުވުމަށް އެ ޤައުމުން ދެމުން އައި އެހީތައް އެ ސަރުކާރުން މެދުކަނޑާލައިފައިވެއެވެ. ރާއްޖެ އަށް އާންމުކޮށް ބޭނުންވާ ހިލަ، ހިލަވެއްޔާއި، އަލުވި، ފިޔާ ފަދަ ކާބޯތަކެތީގެ ބާވަތްތަކުގެ ކޯޓާ ދަށްކުރުމުގެ ނަތީޖާއަކަށްވީ މާދުރު މާކެޓްތަކުން އެތަކެތި އެތެރެކުރަންޖެހި ތަކެތީގެ އަގު އުފުލުމެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވެރިކަމާ ހަވާލުވެވަޑައިގަތުމަށް ހުވާކުރެއްވުމުގެ ރަސްމިއްޔާތަށް އިންޑިއާގެ ބޮޑު ވަޒީރު ނަރެންދުރަ މޯދީ ވަޑައިގެންފައި ވެއެވެ. އަބްދުﷲ ޔާމީންް ވެރިކަމުގައި އެންމެ ފަހަރަކު ވެސް މޯދީ ރާއްޖެއަށް ވަޑައިގެންފައެއް ނުވެއެވެ. މޯދީގެ އެ ދަތުރުފުޅާ އެކު ދެ ޤައުމުގެ ގުޅުން އައު ހަރަފަތަކަށް ދާނެކަމުގެ ފެހި ސިގްނަލްތައް ވަނީ ލިބިގެންގޮސްފަ އެވެ.

މޯދީގެެ އެ ދަތުރުފުޅަށް ފަހުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ޤައުމުން ބޭރަށް ކުރެއްވި ފުރަތަމަ ދަތުރުފުޅު ވެސް ކުރެއްވީ އަވަށްޓެރި އިންޑިއާއަށެވެ. އެ ދަތުރުފުޅު ފާހަގަކުރެވިގެން ގޮސްފައި ވަނީ ތާރީހީ ދަތުރުފުޅެގެ ގޮތުގަ އެވެ. އެތަކެއް ގޮތް ގޮތުން ރާއްޖެއަށް ބޮޑެތި އެހީތަކެއް އެ ދަތުރުފުޅުގެ ތެރޭގައި ލިބިގެން ގޮސްފައިވެއެވެ. އޮގޮތުން ކުޑަ އިންޓަރެސްޓެއްގައި އެއް ބިލިއަން ޑޮލަރުގެ ކްރެޑިޓް ފެސިލިޓީއެއް ހަމަޖެހިގެން ގޮސްފައިވާއިރު، ހިލޭ އެހީ އާއި ބަޖެޓް ސަޕޯޓްގެ ގޮތުގައި ވެސް އިންޑިއާއިން ވަނީ އެހީތެރިކަން ފޯރުކޮށްދީފަ އެވެ.

އިންޑިއާއަކީ ރާއްޖޭގެ އެންމެ ގާތް އަވަށްޓެރިޔާގެ އިތުރުން ހުރިހާ ގޮތަކުން ވެސް އިންޑިއާއަކީ ރާއްޖެއަށް މުހިންމު ޤައުމެކެވެ. ސަލާމަތީ ގޮތުންްނާއި، އިޤްތިސާދީގޮތުން ވެސް މުހިންމު ބައިވެރިއެކެވެ. މި ގުޅުން އިތުރަށް ހަރުދަނާކުރުމަކީ ކޮންމެހެންވެސް ރާއްޖެ އަށް ނުހަނު ބޭނުންތެރި ކަމެކެވެ.

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

"މޭކް އަވަރ ޕްލެނެޓް ގްރޭޓް އަގެއިން" – ޓްރަމްޕްގެ ނިންމެވުމާ އެކު ދުނިޔެ ކެކެނީ!

"މޭކް އަވަރ ޕްލެނެޓް ގްރޭޓް އަގެއިން" – ޓްރަމްޕްގެ ނިންމެވުމާ އެކު ދުނިޔެ ކެކެނީ!

03 ޖޫން 2017
އިންޑިއާގައި ޒިކާ ވައިރަސް އަސްލު އޮތް މިންވަރު ސިއްރު ކުރަން އުޅެނީ ބާ؟

އިންޑިއާގައި ޒިކާ ވައިރަސް އަސްލު އޮތް މިންވަރު ސިއްރު ކުރަން އުޅެނީ ބާ؟

31 މެއި 2017
މާދަމާ ރޯދަމަހާއެކު ބާޒާރުގެ އަގުތައް އުފުލިފައި، ބައެއް ތަކެތި ވަރަށް މަދު!

މާދަމާ ރޯދަމަހާއެކު ބާޒާރުގެ އަގުތައް އުފުލިފައި، ބައެއް ތަކެތި ވަރަށް މަދު!

26 މެއި 2017
ޔާމީނުގެ މަރާއެކު ސިހުމާއި ބިރުވެރިކަން!

ޔާމީނުގެ މަރާއެކު ސިހުމާއި ބިރުވެރިކަން!

23 އެޕްރީލު 2017
މިއަޑާއެކު އެ އަޑު ކެނޑިއްޖެއެވެ

މިއަޑާއެކު އެ އަޑު ކެނޑިއްޖެއެވެ

16 އެޕްރީލު 2017

އަހަރުތަކުން މިއަދު

23 މާރިޗު
މަންދީގެ ގަޔަށް ކަޅުތެޔޮ ޖެހި މީހުން ހޯދައިފި
20251 އަހަރު ކުރިން
ރާއްޖެ

މަންދީގެ ގަޔަށް ކަޅުތެޔޮ ޖެހި މީހުން ހޯދައިފި

އެންމެ ޓުވީޓެއް، މުޅި ސަރުކާރު ޑިފެންސަށް! ވެއްޓުނީ ހޫނު ފެނަށް!
20242 އަހަރު ކުރިން
ރިޕޯޓު

އެންމެ ޓުވީޓެއް، މުޅި ސަރުކާރު ޑިފެންސަށް! ވެއްޓުނީ ހޫނު ފެނަށް!

ބާސްކެޓްގެ ޗެމްޕިއަނުންނަކީ މިދެމަފިރިން, އެކަކު އަނެކަކަށް ހިތްވަރެއް!
20233 އަހަރު ކުރިން
ރިޕޯޓު

ބާސްކެޓްގެ ޗެމްޕިއަނުންނަކީ މިދެމަފިރިން, އެކަކު އަނެކަކަށް ހިތްވަރެއް!

ވަގަށް ނެގީ ބިސްކޯދު ކޭހެއް، ހައްޔަރު ކުރުމުން އެހީ ކާން ލިބޭނެހޭ
20224 އަހަރު ކުރިން
ރިޕޯޓު

ވަގަށް ނެގީ ބިސްކޯދު ކޭހެއް، ހައްޔަރު ކުރުމުން އެހީ ކާން ލިބޭނެހޭ

ދިފާއީ ނިޒާމަށް އެކަށޭނެ މިންވަރަށް އަސަރު ނުކުރާތީ ޔޫއޭއީން ސިނޮފަރމް ވެކްސިންގެ ތިން ޑޯޒު ޖަހަން ނިންމައިފި
20215 އަހަރު ކުރިން
ދުނިޔެ

ދިފާއީ ނިޒާމަށް އެކަށޭނެ މިންވަރަށް އަސަރު ނުކުރާތީ ޔޫއޭއީން ސިނޮފަރމް ވެކްސިންގެ ތިން ޑޯޒު ޖަހަން ނިންމައިފި

ނަފްސާނީ ބަލިތަކަށް ޚާއްސަ ޑިޕާރޓްމަންޓެއް އައިޖީޢެމްއެޗުގައި މާދަމާ ހުޅުވަނީ
20197 އަހަރު ކުރިން
ރާއްޖެ

ނަފްސާނީ ބަލިތަކަށް ޚާއްސަ ޑިޕާރޓްމަންޓެއް އައިޖީޢެމްއެޗުގައި މާދަމާ ހުޅުވަނީ

އިންޓެލިޖެންސް ރިޕޯޓަކީ ޝަރީއަތުގެ އެއްވެސް މަރުހަލާއެއްގައި ބޭނުން ކޮށްގެންވާނެ އެއްޗެއް ނޫން: ކުރީގެ އޭސީޕީ ފައިރޫޝް
20188 އަހަރު ކުރިން
ރާއްޖެ

އިންޓެލިޖެންސް ރިޕޯޓަކީ ޝަރީއަތުގެ އެއްވެސް މަރުހަލާއެއްގައި ބޭނުން ކޮށްގެންވާނެ އެއްޗެއް ނޫން: ކުރީގެ އޭސީޕީ ފައިރޫޝް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު