Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުމެންޗެސްޓަރ ސިޓީ

ގިނަ ދުވަސްތަކަށް ފަހު ބޮޑު މޮޅެއް ލިބުމުން ގާޑިއޯލާ ހަމަޖެހިފައި

14 ޖެނުއަރީ 2025 | އަންގާރަ 04:17

މެޗުގައި ސިޓީގެ ކުރީގައި ތިބި ކުޅުންތެރިންގެ ފަރާތުން ވަރަށް ރަނގަޅު ކުޅުމެއް ފެނުނު ކަމަށާއި، މުޅި ޓީމުގެ ކުޅުމާ މެދު ހިތްހަމަ ޖެހޭ ކަމަށް ގާޑިއޯލާ ބުންޏެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 14 ޖެނުއަރީ 2025 | އަންގާރަ 04:17
މެންޗެސްޓަރ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ

މެންޗެސްޓަރ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ

ގިނަ ދުވަސްތަކަކަށްފަހު މެންޗެސްޓަރ ސިޓީ އަށް ބޮޑު މޮޅެއް ލިބުމުން، އެކަމާ ހިތްހަމަ ޖެހި އަދި އުފާވެފައި ހުރި ކަމަށް އެ ޓީމުގެ ކޯޗު ޕެޕް ގާޑިއޯލާ ބުނެފި އެވެ.

ގާޑިއޯލާ މިހެން ބުނީ އިނގިރޭސި އެފްއޭ ކަޕްގެ ތިން ވަނަ ބުރުގައި ސަފޯލްޑް ސިޓީއާ ދެކޮޅަށް ކުޅުނު މެޗުން މޮޅުވެ، މުބާރާތުގެ އަނެއް ބުރުން ސިޓީ ޖާގަ ހޯދި މެޗަށްފަހު ނޫސްވެރިންނާ ވާހަކަ ދައްކަމުންނެވެ. އެ މެޗުގައި ސިޓީން އަށް ލަނޑުގެ މޮޅެއް ހޯދިއިރު، މިދޭތެރެއިން ސިޓީގެ ނަތީޖާތައް ވަރަށް ބޮޑަށް ދަށްވި އެވެ. ނަމަވެސް މި ފަހުން އަނެއްކާ ވެސް ސިޓީން އަންނަނީ އެ ޓީމުގެ ނަތީޖާތައް ރަނގަޅު ކުރަމުންނެވެ.

ގާޑިއޯލާ ބުނީ، ގިނަ ދުވަސްތަކަކަށްފަހު ސިޓީ އަށް ބޮޑު ތަފާތަކުން މޮޅެއް ލިބިއްޖެ ކަމަށެވެ. ސަލްފޯޑް ސިޓީގެ ކުޅުންތެރިންނަށް އޮތީ އޭނާގެ އިޙުތިރާމްކަން ފާހަގަ ކުރަމުން ގާޑިއޯލާ ބުނީ، އެ ޓީމާ ދެކޮޅަށް ކުޅުމުގައި ވެސް އެންމެ ފަސޭހަ ނޫން ކަމަށެވެ. އެހެން ނަމަވެސް މެޗުގައި ސިޓީގެ ކުރީގައި ތިބި ކުޅުންތެރިންގެ ފަރާތުން ވަރަށް ރަނގަޅު ކުޅުމެއް ފެނުނު ކަމަށާއި، މުޅި ޓީމުގެ ކުޅުމާ މެދު ހިތްހަމަ ޖެހޭ ކަމަށް ގާޑިއޯލާ ބުންޏެވެ.

މީގެ އިތުރުން ގާޑިއޯލާ ވަނީ ސިޓީ އަށް ކުޅެމުން އަންނަ ޖެކް ގްރީލީޝްގެ ވާހަކަ ފާހަގަކޮށްފަ އެވެ. އޭނާ ބުނީ މެޗުގައި ގްރީލީޝް ލަނޑެއް ޖަހާފައިވާއިރު، އިތުރު ލަނޑެއް ޖަހަން އޭނާ ފުރުސަތު ތަނަވަސްކޮށްދީފައިވާ ކަމަށެވެ. ގްރީލީޝް އަކީ ޚާއްސަ ކުޅުންތެރިޔެއްކަން ފާހަގަ ކުރަމުން ގާޑިއޯލާ ބުނީ، އޭނާ ގިނަ ލަނޑުތަކެއް ނުޖެހި ނަމަވެސް ލަނޑު ޖެހުމުގައި އޭނާގެ ދައުރު ބޮޑު ކަމަށް ގާޑިއޯލާ ބުންޏެވެ.

މަޑުމަޑުން ސިޓީ އަންނަނީ މިހާރު ވެސް ކުރިއެރުންތަކެއް ހޯދަމުން ކަމަށާއި، ޙާލަތު މަޑުމަޑުން ބަދަލުވާ ކަމުގެ އިޙުސާސް ކުރެވޭ ކަމަށް ވެސް ގާޑިއޯލާ ބުންޏެވެ. އޭނާގެ އިރުޝާދުގެ ދަށުން މިހާތަނަށް ސިޓީން 500 އަށް ވުރެ ގިނަ މެޗު ކުޅެފައިވާއިރު، އެއިން ކޮންމެ މެޗަކީ ވެސް ވަރަށް އަގުހުރި ހަނދާންތަކެއް ކަމަށް ވެސް ގާޑިއޯލާ ވަނީ ބުނެފަ އެވެ.

މި ސީޒަންގެ އިނގިރޭސި ޕްރިމިއާ ލީގުގައި ވެސް ސިޓީގެ ނަތީޖާތައް ދަށްވެފައިވާއިރު، އެ ޓީމު އޮތީ ވެސް ހަ ވަނައިގަ އެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

އިތުރަށް ކިޔާލަން

23 ޖެނުއަރީ 2017

އެންމެ ފަހުން ޑިޕޭ ލިޔޯން އަށް ސޮއިކޮށްފި

23 ޖެނުއަރީ 2017
އެންމެ ފަހުން ޑިޕޭ ލިޔޯން އަށް ސޮއިކޮށްފި
22 ޖެނުއަރީ 2017

ބޮޑު އަށް ކުލަބަށް އަންނަ މަހު ފައިސާ ދެވޭނެ: އެފްއޭއެމް

22 ޖެނުއަރީ 2017
ބޮޑު އަށް ކުލަބަށް އަންނަ މަހު ފައިސާ ދެވޭނެ: އެފްއޭއެމް
20 ޖެނުއަރީ 2017

އާސެނަލް ދޫކޮށްލުމަށް ފަހު ސަންޗޭޒް ބަޔާންއާ ގުޅުން ކައިރި: އޮންރީ

20 ޖެނުއަރީ 2017
އާސެނަލް ދޫކޮށްލުމަށް ފަހު ސަންޗޭޒް ބަޔާންއާ ގުޅުން ކައިރި: އޮންރީ
18 ޖެނުއަރީ 2017

އެންމެ ފަހުން ކޯސްޓާ ޗެލްސީގެ ފަރިތަކުރުންތަކާ ގުޅިއްޖެ

18 ޖެނުއަރީ 2017
އެންމެ ފަހުން ކޯސްޓާ ޗެލްސީގެ ފަރިތަކުރުންތަކާ ގުޅިއްޖެ
18 ޖެނުއަރީ 2017

ކެރިއަރުގައި ލިބުނު އެންމެ ބޮޑު ކާމިޔާބަކީ އެފްއޭ ކަޕް ޔުނައިޓެޑާއެކު ކާމިޔާބުކުރުން: ވެންހާލް

18 ޖެނުއަރީ 2017
ކެރިއަރުގައި ލިބުނު އެންމެ ބޮޑު ކާމިޔާބަކީ އެފްއޭ ކަޕް ޔުނައިޓެޑާއެކު ކާމިޔާބުކުރުން: ވެންހާލް
14 ޖެނުއަރީ 2017

ރާއްޖޭގައި ކުޅުނު ގިނަ ބިދެސީ ކުޅުންތެރިންތަކެއް ވިކްޓްރީއަށް

14 ޖެނުއަރީ 2017
ރާއްޖޭގައި ކުޅުނު ގިނަ ބިދެސީ ކުޅުންތެރިންތަކެއް ވިކްޓްރީއަށް
12 ޖެނުއަރީ 2017

ގިނަ ކުޅުންތެރިންތަކެއް ސޮއިކޮށް، ރިލޭގެ ކޮންޓްރެކްޓް އާކޮށްފި

12 ޖެނުއަރީ 2017
ގިނަ ކުޅުންތެރިންތަކެއް ސޮއިކޮށް، ރިލޭގެ ކޮންޓްރެކްޓް އާކޮށްފި
08 ޖެނުއަރީ 2017

އެފްއޭކަޕް: ފަހުވަގުތު ޖިރޫޑް ކާމިޔާބުކުރި ލަނޑުން އަނެއްކާވެސް އާސެނަލް ސަލާމަތްވެއްޖެ

08 ޖެނުއަރީ 2017
އެފްއޭކަޕް: ފަހުވަގުތު ޖިރޫޑް ކާމިޔާބުކުރި ލަނޑުން އަނެއްކާވެސް އާސެނަލް ސަލާމަތްވެއްޖެ
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ފަހު ވަގުތު ޖިރޫ ކާމިޔާބުކޮށްދިން ލަނޑުން އާސެނަލް ސަލާމަތްވެއްޖެ

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ފަހު ވަގުތު ޖިރޫ ކާމިޔާބުކޮށްދިން ލަނޑުން އާސެނަލް ސަލާމަތްވެއްޖެ
04 ޖެނުއަރީ 2017

މާލޭގައި ދިރިނޫޅެވިގެން ގިނަ އާއިލާތަކެއް އަނބުރާ ވަނީ ރަށަށް ގޮސްފަ: ޝިފާ

04 ޖެނުއަރީ 2017
މާލޭގައި ދިރިނޫޅެވިގެން ގިނަ އާއިލާތަކެއް އަނބުރާ ވަނީ ރަށަށް ގޮސްފަ: ޝިފާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް