Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ރައީސް މުއިއްޒު އަޒުލުކުރުން

ދައުރު ހަމަވަންދެން މި ވެރިކަން އޮންނަން ޖެހޭ ކަމަށް ޤަބޫލެއް ނުކުރަން، ކުރިންވެސް ވެރިކަން ބަދަލުކުރަން މަޖިލީހުގެތެރެއިން މަސައްކަތްކުރިން - އާޒިމް

ރައީސް މުއިއްޒު މަސައްކަތްކުރައްވަނީ އެ މަނިކުފާނަށް ހުރިހާ އެއްޗެއްވެސް އެނގިވަޑައިގަންނަވާ ކަމަށް ދެކިވަޑައިގެން ކަމަށް އާޒިމް ވިދާޅުވި

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު, ރާއްޖެ އެމްވީ | 12 ޖެނުއަރީ 2025 | އާދީއްތަ 04:28
މަޖިލީހުގެ ކުރީގެ މެމްބަރު އަލީ އާޒިމް

މަޖިލީހުގެ ކުރީގެ މެމްބަރު އަލީ އާޒިމް

ދައުރު ހަމަވަންދެން މި ވެރިކަން އޮންނަން ޖެހޭ ކަމަށް ޤަބޫލު ނުކުރައްވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެމްބަރު އަލީ އާޒިމް ވިދާޅުވެއްޖެއެވެ.

އާޒިމް އެފަދައިން ވިދާޅުވީ ރާއްޖެޓީވީގެ ފަށާއިރު ޕްރޮގްރާމްގައި ވާހަކަދައްކަވަމުންނެވެ. އާޒިމް ވިދާޅުވި ގޮތުގައި އޮންނަ ހަމައިގެން ތެރެއިން، ޤާނޫނު އަސާސީ ބުނާ ހަމައިގެ ތެރެއިން މި ވެރިކަން ބަަދަލުކުރުމަކީ މިހާރު ކުރަން ޖެހޭ ކަމެކެވެ.

Advertisement - newsAdvertisement

ނިމިދިޔަ ޑިސެމްބަރު މަހުގެ ފަހުކޮޅު ދަ ވޮޝިންގޓަން ޕޯސްޓުގައި ޝާއިއުކުރި ރިޕޯޓްގައި ބުނެފައި ވަނީ އެމްޑީޕީގެ މަޖިލިސް މެމްބަރުންތަކެއް ޕީއެންސީ އަށް ގެންދިޔައީ ވެރިކަމުން ޑރ. މުއިއްޒު އަޒުލު ކުރަން އުޅޭ ކަމުގެ މައުލޫމާތު އެމަނިކުފާނަށް ލިބިވަޑައިގަތުމުން އެކަން ވިޔަ ނުދިނުމަށް ކަމުގައެވެ. އަދި އެ ރިޕޯޓްގައި ބުނެފައިވަނީ އެމްޑީޕީ އަށް ނިސްބަތްވާ ބައެއް މެމްބަރުންނަށް ރައީސް މުއިއްޒު ގާތްގަނޑަކަށް 200،000 އެމެރިކާ ޑޮލަރުގެ ރިޝްވަތު ދެއްވި ކަމަށެވެ.

ދަ ވޮޝިންގޓަން ޕޯސްޓުގައި ޝާއިއު ކުރި ތަހުގީގީ ރިޕޯޓުގައި ބުނެފައިވަނީ މުޢިއްޒު ވެރިކަމުން އަޒުލު ކުރުމަށް ރޭވެމުން ދާކަމުގެ މައުލޫމާތު ލިބިވަޑައިގަތުމުން، އެކަން ވިޔަ ނުދިނުމުގެ ގޮތުން އެމަނިކުފާނަށް ވަފާތެރި ދެ މެމްބަރުންނަށް އިރުޝާދު ދެއްވީ، އެމްޑީޕީގެ މެމްބަރުން އެމަނިކުފާނުގެ ޕާޓީއަށް ބަދަލުވުމަށް ގާތްގަނޑަކަށް 200،000 ޑޮލަރުގެ ރިޝްވަތެއް ހުށަހެޅުމަށް ކަމަށް ޕީއެންސީ އަށް ނިސްބަތްވާ ތިން މެމްބަރުން އެ ނޫހަށް މައުލޫމާތު ދެމުން ބުނެފައިވާ ކަމަށެވެ. ރިޝްވަތު ދީގެން މުޢިއްޒު އަށް 11 މެމްބަރުން ޕާޓީ ބަދަލުކުރެވުނު ކަމަށާއި މިކަމުގެ ސަބަބުން އިތުބާރު ނެތް ކަމުގެ މައްސަލަ އަށް ބޭނުންވާ އަގުހުރި ވޯޓުތަކެއް އިދިކޮޅު ފަރާތްތަކަށް ގެއްލުނު ކަމަށް ވެސް އެ ނޫހުގައި ބުނެފައިވެއެވެ.

އޭރު މުއިއްޒު ވެރިކަމުން އަޒުލުކުރަން އުޅުން އެއީ ރަނގަޅު ކަމެއް ކަމަށް ޤަބޫލުކުރައްވަންތޯ ސުވާލުކުރުމުން އާޒިމް ވަނީ އެކަމަށް އޭނާ ތާއީދުކުރައްވާކަން ހާމަކުރައްވާފައެވެ. އާޒިމް ވަނީ މުއިއްޒު އަޒުލުކުރުމަށް 19 ވަނަ މަޖިލީހުގެ ފަހުކޮޅު އޭނާ އިސްކޮށް ހުންނަވައިގެން މަސައްކަތްތަކެއް ކުރައްވާފައި ވާނެކަމަށް ވިދާޅުވެފައެވެ.

މީގެ އިތުރުން މި މަހުގެ 31ގައި އެމްޑީޕީން އެއްވުމެއް ބާއްވަން ނިންމާފައި ވަނިކޮށް، މަސްލަހަތު ނަގާލުމަށް ފުރުސަތު ނުދެއްވާނެ ކަމަށް ވިދާޅުވެ ރައީސް މުއިއްޒު ދެއްކެވި ވާހަކަފުޅަކީ އެއީ އިންޒާރެއް ކަމަށް އޭނާ ވަނީ ސިފަކުރައްވާފައެވެ. އާޒިމް އެކަމާއި ގުޅޭ ގޮތުން ވިދާޅުވީ އަބަދުވެސް ރައީސް މުއިއްޒު އަކީ ކަންކަމާއި މެދު ވަރަށް ހަރުކަށިކޮށް އިންޒާރުދެއްވަމުން ގެންދަވާ ބޭފުޅެއް ކަމަށެވެ. އެގޮތުން ސިޔާސީ ޕާޓީތަކަށް ވެސް ރައީސް މުއިއްޒު ގެންދަވަނީ ބޮޑެތި އިންޒާރުތައް ދެއްވަމުން ކަމަށް ފާހަގަކުރައްވާ އާޒިމް ވަނީ ސިޔާސީ ޕާޓީތަކުން އުޅެނީ މި ވެރިކަން މަގުމަތިން ވައްޓާލަން ނޫންކަމަށް ވިދާޅުވެފައެވެ. ސަރުކާރު ޖަވާބުދާރީކޮށް ޒިންމާދާރުކުރުވާނީ އުސޫލާއި އެއްގޮތަށް ކަމަށް ވެސް އާޒިމް ވިދާޅުވިއެވެ.

ރައީސް މުއިއްޒު މަސައްކަތްކުރައްވަނީ އެ މަނިކުފާނަށް ހުރިހާ އެއްޗެއްވެސް އެނގިވަޑައިގަންނަވާ ކަމަށް ދެކިވަޑައިގެން ކަމަށާއި، ރައީސް މުއިއްޒު މަސައްކަތްކުރައްވަނީ ޚުދުމުހުތާރު ވެރިކަމެއްކުރުމަށް ކަމަށް އާޒިމް ވިދާޅުވިއެވެ.

އިތުރަށް ކިޔާލަން

12 ޖެނުއަރީ 2017

ސިވިލް ސާވިސް މުވައްޒިފުންނަށް ވެސް އެލަވަންސް ދޭންޖެހޭ:އަބްދުﷲ ރިޔާޒު

12 ޖެނުއަރީ 2017
ސިވިލް ސާވިސް މުވައްޒިފުންނަށް ވެސް އެލަވަންސް ދޭންޖެހޭ:އަބްދުﷲ ރިޔާޒު
11 ޖެނުއަރީ 2017

ގަދަބާރުން ވެރިކަން ކުރުމަށްޓަކައި މަގުބޫލު ލީޑަރުންގެ ފަހަތުން އަޅައިގަނެގެން އުޅޭނެ: ޝިފާޒް

11 ޖެނުއަރީ 2017
ގަދަބާރުން ވެރިކަން ކުރުމަށްޓަކައި މަގުބޫލު ލީޑަރުންގެ ފަހަތުން އަޅައިގަނެގެން އުޅޭނެ: ޝިފާޒް
09 ޖެނުއަރީ 2017

އިލެކްޝަންސް ކޮމިޝަންގެ މެމްބަރުން އިސްތިއުފާދެއްވަންޖެހޭ: އަލީ ޒާހިރު

09 ޖެނުއަރީ 2017
އިލެކްޝަންސް ކޮމިޝަންގެ މެމްބަރުން އިސްތިއުފާދެއްވަންޖެހޭ: އަލީ ޒާހިރު
08 ޖެނުއަރީ 2017

މައުލޫމާތު ފެތުރުމުގެ ފުރިހަމަ ބާރާއި ކޮންޓްރޯލް އޮންނަން ޖެހޭނީ ދައުލަތުގައި: އިކުރާމް

08 ޖެނުއަރީ 2017
މައުލޫމާތު ފެތުރުމުގެ ފުރިހަމަ ބާރާއި ކޮންޓްރޯލް އޮންނަން ޖެހޭނީ ދައުލަތުގައި: އިކުރާމް
08 ޖެނުއަރީ 2017

އިންތިހާބު ބާއްވާނެ ތާރީޚެއް އިއުލާނުކުރާނީ ގާނޫނީ ގޮތުން ބަލަންޖެހޭ ކަންތައްތައް ބެލުމަށް ފަހު: އީސީ

08 ޖެނުއަރީ 2017
އިންތިހާބު ބާއްވާނެ ތާރީޚެއް އިއުލާނުކުރާނީ ގާނޫނީ ގޮތުން ބަލަންޖެހޭ ކަންތައްތައް ބެލުމަށް ފަހު: އީސީ
ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު