Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޖަރުމަނު ލީގު

ކޭންގެ ޕެނަލްޓީން މޮޅުވެ، ބަޔާނުން ލީޑު ފުޅާ ކޮށްފި

މޮޅާއެކު ބަޔާނުން ވަނީ އެއް ވަނައިގައި ހަތަރު ޕޮއިންޓުގެ ލީޑެއް ނަގައިފަ އެވެ. މިހާތަނަށް ކުޅެފައިވާ 16 މެޗުން ބަޔާނަށް ލިބެނީ 39 ޕޮއިންޓެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 12 ޖެނުއަރީ 2025 | އާދީއްތަ 04:10
މެޗުގައި ލަނޑު ޖެހުމަށްފަހު ކޭން އުފާ ފާޅު ކުރަނީ

މެޗުގައި ލަނޑު ޖެހުމަށްފަހު ކޭން އުފާ ފާޅު ކުރަނީ

ޖަރުމަނު ލީގުގައި ބޮރޫޝިއާ މޮންޗެންގްބްލަކާ ދެކޮޅަށް ކުޅުނު މެޗުން މޮޅުވެ، ބަޔާން މިއުނިކް އިން އެއް ވަަނައިގައި ލީޑު ފުޅާ ކޮށްފި އެވެ.

ހޮނިހިރު ދުވަހުގެ ރޭ ރަަށުން ބޭރުގައި ކުޅުނު މެޗު ބަޔާން އިން ކާމިޔާބު ކުރީ 1-0 އިންނެވެ. މެޗުގައި ބަޔާނުން އެ ޓީމުގެ ލަނޑު ޖެހީ ވެސް ދެ ވަނަ ހާފުގަ އެވެ.

މެޗުގައި ބަޔާނުން ރަނގަޅަށް ކުޅެފައިވާއިރު، އެ ޓީމުން ވަނީ ލަނޑު ޖަހާނެ ފުރުސަތުތަކެއް ވެސް ތަނަވަސްކޮށްފަ އެވެ. މެޗުގެ ފުރަތަމަ ހާފުގައި ބަޔާންގެ ލެރޯން ގޮރެޓްޒްކާ ފޮނުވާލި ބޯޅަ ގޯލާ އަމާޒުވާ ގޮތެއް ނުވި އެވެ. އޭގެ ފަހުން ބަޔާންގެ ތޯމަސް މުލާ އަށް ލިބުނު ފުރުސަތުގައި އޭނާ ފޮނުވާލި ބޯޅަ ބްލޮކުވީ މޮންޗެންގްބްލަކްގެ ގޯލު ކީޕަރުގެ ގައިގައި ޖެހިފަ އެވެ.

މެޗުގެ ދެ ވަނަ ހާފުގައި ބަޔާން އަށް ޕެނަލްޓީ ލިބުނީ މޮންޗެންގްބްލަކްގެ އޭރިޔާ ތެރެއިން ބަޔާންގެ މިކޭލް އޮލައިސޭ އަށް ކުރި ފައުލަކާ ގުޅިގެންނެވެ. ޕެނަލްޓީ ކާމިޔާބުކޮށް މެޗުގައި ބަޔާން އަށް ކުރި ހޯދައިދިނީ އިންގްލެންޑުގެ ހެރީ ކޭން އެވެ. މިއީ މި ސީޒަންގެ ޖަރުމަނު ލީގުގައި ކޭން ޖެހި 15 ވަނަ ލަނޑެވެ.

މޮޅާއެކު ބަޔާނުން ވަނީ އެއް ވަނައިގައި ހަތަރު ޕޮއިންޓުގެ ލީޑެއް ނަގައިފަ އެވެ. މިހާތަނަށް ކުޅެފައިވާ 16 މެޗުން ބަޔާނަށް ލިބެނީ 39 ޕޮއިންޓެވެ. ހަމަ އެ އަދަދަށް މެޗު ކުޅެގެން ދެ ވަނައިގައި އޮތް އެންމެ ފަހުގެ ޗެމްޕިއަން ބަޔާ ލެވަކޫސަން އަށް ލިބެނީ 35 ޕޮއިންޓެވެ.

އިތުރަށް ކިޔާލަން

11 ފެބުރުއަރީ 2017

އޮފީސް ނެޓް ބޯޅަ މުބާރާތް: ޕޮލިސް، އެސްޓީއޯ، އިމިގްރޭޝަން އަދި ކަސްޓަމްސް މޮޅުވެއްޖެ

11 ފެބުރުއަރީ 2017
އޮފީސް ނެޓް ބޯޅަ މުބާރާތް: ޕޮލިސް، އެސްޓީއޯ، އިމިގްރޭޝަން އަދި ކަސްޓަމްސް މޮޅުވެއްޖެ
06 ފެބުރުއަރީ 2017

ރާއްޖޭގައި ކުރިން ކުޅުނު ކުޅުންތެރިން އެބަތިބި، މޮޅުވެވޭނެ: ތިމްޕޫގެ ކޯޗު

06 ފެބުރުއަރީ 2017
ރާއްޖޭގައި ކުރިން ކުޅުނު ކުޅުންތެރިން އެބަތިބި، މޮޅުވެވޭނެ: ތިމްޕޫގެ ކޯޗު
05 ފެބުރުއަރީ 2017

ސްޕެނިޝް ލަލީގާ: އެތުލެޓިކް ކްލަބް ބަލިކޮށް ބާސާ ލީޑު ކުޑަކޮށްފި

05 ފެބުރުއަރީ 2017
ސްޕެނިޝް ލަލީގާ: އެތުލެޓިކް ކްލަބް ބަލިކޮށް ބާސާ ލީޑު ކުޑަކޮށްފި
05 ފެބުރުއަރީ 2017

ޕްރިމިއާ ލީގު: ކޭންގެ ލަނޑުން ޓޮޓެންހަމް ސަލާމަތްވިއިރު، ލިވަޕޫލް ބަލިވެއްޖެ

05 ފެބުރުއަރީ 2017
ޕްރިމިއާ ލީގު: ކޭންގެ ލަނޑުން ޓޮޓެންހަމް ސަލާމަތްވިއިރު، ލިވަޕޫލް ބަލިވެއްޖެ
02 ފެބުރުއަރީ 2017

އެކުވެރިކަމުގެ މެޗުގައި ނިއު އަތުން މާޒިޔާ މޮޅުވެއްޖެ

02 ފެބުރުއަރީ 2017
އެކުވެރިކަމުގެ މެޗުގައި ނިއު އަތުން މާޒިޔާ މޮޅުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު