Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެސިޔާސީ މަސްރަޙު

ހަމަ މަގުން ނެއްޓޭ ކޮންމެ ފަހަރަކު، އެކަންކަމާ ދެކޮޅަށް އަބަދު ވެސް ބަސް ބުނަން: އާޒިމް

އެމްޑީޕީ އަކީ ވަރަށް ބޮޑު މުއައްސަސާއެއް ކަމަށާއި، އެއީ ރާއްޖޭގައި އޮތް ސިޔާސީ އެންމެ ބޮޑު މުއައްސަސާ ކަމަށް ޤަބޫލު ކުރަން ޖެހޭ ކަމަށް ވެސް އާޒިމް ވަނީ ވިދާޅުވެފައި

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 12 ޖެނުއަރީ 2025 | އާދީއްތަ 04:07
އެފްއޭއެމްގެ ކުރީގެ ރައީސް އަދި މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް

އެފްއޭއެމްގެ ކުރީގެ ރައީސް އަދި މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް

ޤައުމުގެ ކަންކަން ހަމަ މަގުން ނެއްޓޭ ކޮންމެ ފަހަރަކު ވެސް، އެކަންކަމާ ދެކޮޅަށް ބަސް ބުނެ، ކަންކަން ރަނގަޅު ކުރަން މަސައްކަތް ކުރައްވާ ކަމަށް، ރައްޔިތުންގެ މަޖިލީހުގެ މެދު ހެންވޭރު ދާއިރާގެ ކުރީގެ މެމްބަރު އަލީ އާޒިމް ވިދާޅުވެއްޖެ އެވެ.

އާޒިމް މިހެން ވިދާޅުވީ، އާދީއްތަ ދުވަހުގެ ހެނދުނު ރާއްޖެ ޓީވީގެ ފަށާއިރު ޕްރޮގްރާމްގެ ޚާއްސަ މެހުމާނެއްގެ ގޮތުގައި ބައިވެރިވެ ވަޑައިގެން ވާހަކަ ދައްކަވަމުންނެވެ. އާޒިމް ވިދާޅުވީ ފާއިތުވި 17 ވަރަކަށް އަހަރުގެ ތެރޭގައި، ރާއްޖޭގެ ސިޔާސީ މަސްރަޙުގައި ހިނގާފައިވާ ގިނަ ކަންކަމުގައި އޭނާގެ ބައިވެރިވުން އޮންނާނެ ކަމަށެވެ. އެގޮތުން މި ފާއިތުވި އަހަރުތަކުގައި ރާއްޖޭގެ ސިޔާސީ މަސްރަޙުގައި ކަންކަން ހަމަ މަގުން ނެއްޓިގެންދާ ކޮންމެ ފަހަރަކު، ކޮންމެ ވެރިކަމެއް އޮތް ނަމަވެސް އެކަންކަމާ ދެކޮޅަށް ވަކާލާތު ކުރައްވާ ކަމަށް އާޒިމް ވިދާޅުވެފައިވެ އެވެ.

Advertisement - newsAdvertisement

އެގޮތުން ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލް ޤައްޔޫމުގެ ވެރިކަމުގައި ރައްޔިތުންގެ މަޖިލީހުގެ ތެރޭގައި ކަންތައް ވެގެން ދިޔަ ގޮތުގެ ވާހަކަ އާޒިމް ވަނީ ފާހަގަ ކުރައްވައިފަ އެވެ. ޤާނޫނާއި ޤަވާއިދަށް ބެލުމެއް ނެތި، ހުދުމުހުތާރު ވެރިކަމެއް އަށަގަންނަމުން ދިޔަކަން ފާހަގަ ކުރައްވައި އާޒިމް ވިދާޅުވީ، އޭރު މަޖިލީހުގައި މައިކު ބޭނުންކޮށްގެން ވާހަކަ ދެއްކުމުގެ ފުރުސަތު ވެސް މެމްބަރުންނަށް ނޯންނަ ކަމަށެވެ. އެކަންކަމާ ދެކޮޅަށް އޭރު މަޖިލީހުގެ ތެރޭގައި ބައެއް ކަންކަން ކޮށްފައިވާނެ ކަމަށް އާޒިމް ވިދާޅުވި އެވެ.

މީގެ އިތުރުން އާޒިމް ވިދާޅުވީ، ނިމިދިޔަ އެމްޑީޕީން ވެސް އޭނާ ވަކި ކުރަން ޖެހުނީ އެފަދަ ގޮތަކަށް ބަސްބުނުމުން ކަމަށެވެ. އެހެން ނަމަވެސް، އަލުން އެމްޑީޕީ އަށް ވަނުމުގެ ފުރުސަތު ލިބިގެން ދިޔުމުން، ސިޔާސީ ގޮތުން ރަނގަޅު މަސައްކަތެެއް ކުރެވޭނީ އެމްޑީޕީގައި ހުރެގެން ކަމަށް ޤަބޫލު ކުރެވުނު ކަމަށް އާޒިމް ވިދާޅުވި އެވެ. އެމްޑީޕީ އަކީ ވަރަށް ބޮޑު މުއައްސަސާއެއް ކަމަށާއި، އެއީ ރާއްޖޭގައި އޮތް ސިޔާސީ އެންމެ ބޮޑު މުއައްސަސާ ކަމަށް ޤަބޫލު ކުރަން ޖެހޭ ކަމަށް ވެސް އާޒިމް ވަނީ ވިދާޅުވެފަ އެވެ.

މީގެ އިތުރުން އާޒިމް ވަނީ އަލުން އެމްޑީޕީ އަށް ގުޅިވަޑައިގަންނަވާކަން ކަށަވަރުކޮށްދެއްވައިފަ އެވެ. އެގޮތުން އަލުން އެމްޑީޕީ އަށް ސޮއި ކުރުމުގެ މަސައްކަތް ކުރިއަށް ދާ ކަމަށާއި، އާދީއްތަ ދުވަހު ނުވަތަ ހޯމަ ދުވަހުގެ ވަގުތެއްގައި އެކަން ފުރިހަމަ ވެގެންދާނެ ކަމަށް އާޒިމް ވަނީ ވިދާޅުވެފަ އެވެ. އެމްޑީޕީ އަށް ބަދަލުވުމަށްޓަކައި އާޒިމް ވަނީ ހޮނިހިރު ދުވަހު ދަ ޑިމޮކްރަޓްސް އިން އިސްތިއުފާ ވެސް ދެއްވައިފަ އެވެ.

ނިމިދިޔަ 19 ވަނަ ރައްޔިތުންގެ މަޖިލީހުގައި މެދު ހެންވޭރު ދާއިރާގެ މެމްބަރުކަން ވެސް ކުރެއްވި އާޒިމް ވަނީ، އެ ދައުރުގައި އެމްޑީޕީގެ ޕާލިމެންޓަރީ ގުރޫޕު (ޕީޖީ) ލީޑަރުކަން ވެސް ކުރައްވައިފަ އެވެ. މެދު ހެންވޭރު ދާއިރާގެ މެމްބަރު ކަމުގައި އާޒިމް ވަނީ ތިން ދައުރު ފުރިހަމަ ކުރައްވައިފަ އެވެ. އެމްޑީޕީގެ ތެރޭގައި އުފެދިގެން އައި ދެބައިވުމުގެ ތެރޭގައި އާޒިމް ވެސް ވަނީ ޑިމޮކްރަޓްސް އަށް ސޮއި ކުރައްވައިފަ އެވެ.

އިތުރަށް ކިޔާލަން

20 ޖެނުއަރީ 2017

މާލޭގައި މަރުވާ މީހުން ހުޅުމާލޭގައި ވަޅުލާ ގޮތަށް އަނެއްކާ ވެސް ހަމަޖައްސައިފި

20 ޖެނުއަރީ 2017
މާލޭގައި މަރުވާ މީހުން ހުޅުމާލޭގައި ވަޅުލާ ގޮތަށް އަނެއްކާ ވެސް ހަމަޖައްސައިފި
20 ޖެނުއަރީ 2017

ޕާޓީގެ ހަމަޖެހުން އޮންނާނީ އުސޫލުތަކަށް ތަބާވެގެން: ރައީސް ޔާމިން

20 ޖެނުއަރީ 2017
ޕާޓީގެ ހަމަޖެހުން އޮންނާނީ އުސޫލުތަކަށް ތަބާވެގެން: ރައީސް ޔާމިން
17 ޖެނުއަރީ 2017

ނޯތު ހާބަރަށް ވެހިކަލް ވަންނަ ކޮންމެ ފަހަރު ފީނަގަން ނިންމައިފި

17 ޖެނުއަރީ 2017
ނޯތު ހާބަރަށް ވެހިކަލް ވަންނަ ކޮންމެ ފަހަރު ފީނަގަން ނިންމައިފި
16 ޖެނުއަރީ 2017

ކަންކަން ހައްލުކުރެވޭނީ ހަމައެކަނި ރައްޔިތުންގެ އިންޤިލާބަކުން: ޑރ. މުސްތަފާ

16 ޖެނުއަރީ 2017
ކަންކަން ހައްލުކުރެވޭނީ ހަމައެކަނި ރައްޔިތުންގެ އިންޤިލާބަކުން: ޑރ. މުސްތަފާ
16 ޖެނުއަރީ 2017

ކޮންމެ ދުވަހަކު އިވެނީ ރައީސް ޔާމީންގެ ސަރުކާރުން ހިންގާ ޖަރީމާތަކުގެ ވާހަކަ: ޝިފާޒު

16 ޖެނުއަރީ 2017
ކޮންމެ ދުވަހަކު އިވެނީ ރައީސް ޔާމީންގެ ސަރުކާރުން ހިންގާ ޖަރީމާތަކުގެ ވާހަކަ: ޝިފާޒު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު