Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
މޫސުމަށް ބަދަލު އައުން

2024 ވަނަ އަހަރަކީ ދުނިޔޭގެ ފިނިހޫނުމިން 1.5 ޑިގްރީ ސެލްސިއަސް އިތުރުވި ފުރަތަމަ އަހަރު

ވޭތުވެދިޔަ 10 އަހަރަކީ މިހާތަނަށް ރެކޯޑުކުރެވިފައިވާ އެންމެ ހޫނު 10 އަހަރު.

ރާއްޖެ އެމްވީ | 10 ޖެނުއަރީ 2025 | ހުކުރު 15:19
ކަނޑުބޯޓެއްގެ ދުންހޮޅި ތަކުން ޖައްވަށް ދުން ބޭރު ކުރަނީ - މޫސުމަށް އަންނަ ބަދަލުތަކުގެ އެންމެ ބޮޑު އެއް ސަބަބަކީ ތެޔޮ އަންދައިގެން ބޭރު ކުރާ ގޭސް

ކަނޑުބޯޓެއްގެ ދުންހޮޅި ތަކުން ޖައްވަށް ދުން ބޭރު ކުރަނީ - މޫސުމަށް އަންނަ ބަދަލުތަކުގެ އެންމެ ބޮޑު އެއް ސަބަބަކީ ތެޔޮ އަންދައިގެން ބޭރު ކުރާ ގޭސް

ދުނިޔޭގެ ލީޑަރުން މީގެ 10 އަހަރު ކުރިން މިކަން ހުއްޓުވުމަށް މަސައްކަތްކުރައްވާނެ ކަމަށް ވަޢުދުވެފައި ވީނަމަވެސް، އައު ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ދުނިޔޭގެ ފިނިހޫނުމިން އިތުރުވާ މިންވަރު 1.5 ޑިގްރީ ސެލްސިއަސްއަށްވުރެ މައްޗަށް ދިއުމާ ވަރަށް ކައިރިވެއްޖެއެވެ.

ދުނިޔޭގެ މައިގަނޑު ތަފާސްހިސާބު ފޯރުކޮށްދޭ ފަރާތްތަކުގެ ތެރެއިން އެއް ފަރާތް ކަމުގައިވާ ޔޫރަޕިއަން ކޮޕަރނިކަސް ކްލައިމެޓް ސަރވިސް އިން ހުކުރު ދުވަހު ބުނެފައިވަނީ 2024 ވަނަ އަހަރަކީ މި ތްރެޝްހޯލްޑް ފަހަނައަޅައި ދިޔަ ފުރަތަމަ އަހަރު ކަމަށާއި، އަދި ދުނިޔޭގެ އެންމެ ހޫނު އަހަރު ކަމަށެވެ.

2024 ވަނަ އަހަރުގެ ހޫނުމިން މައްޗަށް ދިޔަކަން ފާހަގަ ކުރެވުނު ނަމަވެސް ބައެއް ތަޖުރިބާކާރުންގެ ނަޒަރުގައި އަދި މިހާ ހިސާބުން ބައިނަލްއަޤްވާމީ 1.5 ޑިގްރީ ސެލްސިއަސްގެ ލަނޑުދަނޑި މުޅިން ގެއްލުނީ ކަމަކަށް ނުބެލެވޭނެއެވެ. އެއީ އެ ލަނޑުދަނޑި ބިނާވެފައިވަނީ ގިނަ އަހަރުތަކެއްގެ އެވްރެޖްގެ މައްޗަށް ކަމަށްވާތީއެވެ. ނަމަވެސް، ތެޔޮ އަންދައިގެން ބޭރުވަމުންދާ ގޭހުން ޖައްވު ހޫނުކުރަމުން ދާތީ، އެ ލަނޑުދަނޑި ގެއްލުމާ ކައިރިވަމުންދާ ކަމަށް ވެސް ތަޖުރިބާކާރުން ބުނެއެވެ.

ފާއިތުވި ހަފްތާގައި އދ.ގެ ސެކްރެޓަރީ ޖެނެރަލް އަންޓޯނިއޯ ގުޓެރެސް ވަނީ ފަހަކަށް އައިސް ފެންނަމުންދާ ފިނިހޫނު މިނުގެ ރެކޯޑުތައް "މޫސުމީ ބަދަލުތަކުގެ ނުރައްކާތެރިކަމުގެ" ގޮތުގައި ސިފަކުރައްވާފައެވެ.

"އަހަރެމެން ހަލާކުގެ މަގުން ނުކުންނަން ޖެހެއެވެ - އަދި އަހަރެމެންނަށް ގެއްލުވާލާކަށް ވަގުތެއް ނެތެވެ،" އައު އަހަރުގެ މެސެޖުގައި ސެކްރެޓަރީ ޖެނެރަލް ވިދާޅުވެފައިވެއެވެ. އަދި 2025 ވަނަ އަހަރު ޤައުމުތަކުން ދުނިޔެ ހޫނުކުރާ ގޭސްތައް ބޭރުކުރާ މިންވަރު މަދުކުރުމަށް ގޮވާލައްވާފައިވެއެވެ.

ކޮޕަރނިކަސްގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި 2024 ވަނަ އަހަރުގެ ދުނިޔޭގެ އެވްރެޖް ޓެމްޕަރޭޗަރ ސިނާއީ އިންގިލާނުގެ ކުރީގެ ދުވަސްވަރާ އަޅާބަލާއިރު - އިންސާނުން ގިނަ އަދަދަކަށް ފޮސިލް ފިއުލް އަންދަން ފެށުމުގެ ކުރީގެ ދުވަސްވަރާ އަޅާބަލާއިރު - ގާތްގަނޑަކަށް 1.6 ޑިގްރީ ސެލްސިއަސް މަތިވެފައިވެއެވެ.

މިއީ ހޫނު މިން އެންމެ މައްޗަށް ދިޔަ 2023 ވަނަ އަހަރުގެ ރެކޯޑަށްވުރެ 0.1 ޑިގްރީ ސެލްސިއަސް އިތުރު އަދަދެކެވެ. އަދި މީގެ މާނައަކީ ވޭތުވެދިޔަ 10 އަހަރަކީ މިހާތަނަށް ރެކޯޑުކުރެވިފައިވާ އެންމެ ހޫނު 10 އަހަރު ކަމެވެ.

ދުނިޔޭގެ ގައުމުތަކުގެ މެޓް އޮފީސްތަކުންނާއި، ނާސާ އަދި އެހެނިހެން މޫސުމާބެހޭ މުއައްސަސާ ތަކުން އެ ފަރާތްތަކުގެ ތަފާސްހިސާބުތައް ހުކުރު ދުވަހުގެ ފަހުން ޝާއިޢުކުރާނެ ކަމަށް ބެލެވެއެވެ. ހުރިހާ ފަރާތްތަކުންވެސް 2024 އަކީ މިހާތަނަށް ރެކޯޑުކުރެވިފައިވާ އެންމެ ހޫނު އަހަރު ކަމަށް އެއްބަސްވާނެ ކަމަށް ބެލެވެއެވެ. ނަމަވެސް، ވަކިވަކި އަދަދުތަކުގައި ކުދި ތަފާތުތަކެއް ހުރެދާނެއެވެ.

ފާއިތުވި އަހަރުގެ ހޫނުމިން މައިގަނޑު ގޮތެއްގައި އިތުރުވެފައިވަނީ އިންސާނުންގެ ޙަރަކާތްތަކުގެ ސަބަބުން ބޭރުވާ ދުނިޔެ ހޫނުކުރާ ގޭސްތަކުގެ ސަބަބުންނެވެ. މިސާލަކަށް ކާބަން ޑައިއޮކްސައިޑްގެ މިންވަރު އަދިވެސް ރެކޯޑު އަދަދެއްގައި ހުރިކަން ފާހަގަކުރެވެއެވެ.

"އަހަރެމެންގެ މޫސުމަށް އެންމެ ބޮޑު އަސަރެއް ކުރަނީ ޖައްވުގައި ހުންނަ ގްރީންހައުސް ގޭސްތަކުގެ މިންވަރެވެ،" ކޮޕަރނިކަސްގެ ޑެޕިއުޓީ ޑައިރެކްޓަރ ސަމަންތާ ބަރގެސް ބީބީސީއަށް ދެއްވި ބަސްދީގަތުމެއްގައި ވިދާޅުވިއެވެ.

1.5 ޑިގްރީ ސެލްސިއަސްގެ މިންގަނޑަކީ 2015 ވަނަ އަހަރުގެ ޕެރިސް އެއްބަސްވުމުގެ ފަހުން، ބައިނަލްއަޤްވާމީ މޫސުމީ މަޝްވަރާތަކުގައި ވަރަށް މުހިންމު ނިޝާނަކަށް ވެފައިވާ މިންގަނޑެކެވެ. އަދި ތިމާވެށީގެ އެންމެ ނާޒުކު ޤައުމުތަކުން މިއީ އެ ޤައުމުތަކުގެ ދެމިއޮތުމާ ނުއޮތުމުގެ މިންގަނޑެއްގެ ގޮތުގައި ވެސް އަންނަނީ ބަލަމުންނެވެ.

2018 ވަނަ އަހަރުގެ އދ.ގެ މުހިންމު ރިޕޯޓެއްގައި ބަޔާންކޮށްފައިވާ ގޮތުގައި، މޫސުމީ ބަދަލުތަކުގެ ސަބަބުން ކުރިމަތިވާ ހޫނުގަދަ ދުވަސްތައް އިތުރުވުމާއި، ކަނޑުގެ ލޮނުގަނޑު އުފުލުމާއި އަދި ދިރޭތަކެތި ނެތިދިއުން ފަދަ މައްސަލަތައް 1.5 ޑިގްރީ ސެލްސިއަސްގެ ހޫނުމިނުގައި ހުރުމަށްވުރެ 2 ޑިގްރީ ސެލްސިއަސްގެ ހޫނުމިނުގައި ހުރުމުން މާ ބޮޑުތަން އިތުރުވާނެއެވެ.

މިކަން މިހެން އޮތް އިރު، 1.5 ޑިގްރީ ސެލްސިއަސްގެ މިންގަނޑު ފަހަނައަޅައި ދިއުމާ ދުނިޔެ ދަނީ ވަރަށް ކައިރިވަމުންނެވެ.

"ދިގު މުއްދަތަކަށް ބަލައިގެން 1.5 ޑިގްރީ ސެލްސިއަސްގެ މިންގަނޑު ފަހަނަ އަޅާ ދާނީ ކިހާ ހިސާބެއްގައިކަން ބުނަން އުނދަގޫ، އެކަމަކު މިހާރު ވަރަށް ކައިރިވެއްޖެ،" އޮކްސްފޯޑް ޔުނިވަރސިޓީގެ ފިޒިކްސް ޑިޕާޓްމަންޓްގެ އަދި އދ. ރިޕޯޓު ލިޔުމުގައި ބައިވެރިވެ ލެއްވި މައިލްސް އެލެން ވިދާޅުވިއެވެ.

މިހާރުގެ ހާލަތުގައި، ދިގު މުއްދަތަކަށް ބަލާއިރު 1.5 ޑިގްރީ ސެލްސިއަސްގެ ހޫނުމިން ހަމަކުރާނެ ކަމަށް ލަފާކުރެވެނީ 2030 ގެ އަހަރުތަކުގެ ކުރީކޮޅުގައެވެ. މިއީ ސިޔާސީ ގޮތުން ވަރަށް މުހިންމު ކަމަކަށް ވާނެއެވެ. ނަމަވެސް މިއީ މޫސުމީ ބަދަލުތަކާ ދެކޮޅަށް ކުރެވޭ މަސައްކަތްތައް ނިމުމަކަށް އައުން ކަމަކަށް ނުބެލެވޭނެއެވެ.

2024 ވަނަ އަހަރު މައްޗަށް ދިޔައީ ހަމަ އެކަނި ވައިގެ ފިނިހޫނުމިން އެކަންޏެއް ނޫނެވެ. ދުނިޔޭގެ ކަނޑުތަކުގެ މަތީފަށަލައިގެ ފިނިހޫނުމިންވެސް ޑެއިލީ އެވްރެޖް އެންމެ މައްޗަށް ދިޔައީ ވެސް ހުސްވި އަހަރުއެވެ. އަދި ޖައްވުގައި ހުރި ޖުމްލަ ތެތްކަމުގެ މިންވަރުވެސް ރެކޯޑު އަދަދަކަށް އަރާފައިވެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ދުނިޔޭގެ ބޮޑު ބަޔަކަށް އިންސްޓަގްރާމް އަދި ފޭސްބުކްގެ ޚިދުމަތް މެދުކެނޑިއްޖެ

ދުނިޔޭގެ ބޮޑު ބަޔަކަށް އިންސްޓަގްރާމް އަދި ފޭސްބުކްގެ ޚިދުމަތް މެދުކެނޑިއްޖެ

25 ޖެނުއަރީ 2018
ނުވަރައެލިޔާގެ ފިނިހޫނުމިން ވަރަށް ބޮޑަށް ދަށަށް ހިނގައްޖެ

ނުވަރައެލިޔާގެ ފިނިހޫނުމިން ވަރަށް ބޮޑަށް ދަށަށް ހިނގައްޖެ

08 ޖެނުއަރީ 2018
ދުނިޔޭގެ ހާލަތާއި މެދު ގުޓަރޭސް ރެޑް އެލާޓް ނެރުއްވައިފި

ދުނިޔޭގެ ހާލަތާއި މެދު ގުޓަރޭސް ރެޑް އެލާޓް ނެރުއްވައިފި

01 ޖެނުއަރީ 2018
ޓެރަރިޒަމް ވީޑިއޯގައި އިންތިފާޟާގެ މަންޒަރެއް ހިމެނި މައްސަލައިގައި އިސްލާމީ ދުނިޔޭގެ ފާޑުކިޔުން ސައުދީ އަރަބިއާއަށް

ޓެރަރިޒަމް ވީޑިއޯގައި އިންތިފާޟާގެ މަންޒަރެއް ހިމެނި މައްސަލައިގައި އިސްލާމީ ދުނިޔޭގެ ފާޑުކިޔުން ސައުދީ އަރަބިއާއަށް

28 ނޮވެމްބަރު 2017
ދުނިޔޭގެ ކޮންމެ 10 މީހެއްގެ ތެރެއިން 3 މީހުންނަށް ރައްކާތެރި ބޯފެން ނުލިބޭ:ޑަބްލިޔުއެޗްއޯ

ދުނިޔޭގެ ކޮންމެ 10 މީހެއްގެ ތެރެއިން 3 މީހުންނަށް ރައްކާތެރި ބޯފެން ނުލިބޭ:ޑަބްލިޔުއެޗްއޯ

30 އޯގަސްޓު 2017

އަހަރުތަކުން މިއަދު

29 މާރިޗު
އީދު ބޮކި: ދިއްލުނު ބޮކިން ނުފެންނަ ބޮކި
20251 އަހަރު ކުރިން
ރިޕޯޓު

އީދު ބޮކި: ދިއްލުނު ބޮކިން ނުފެންނަ ބޮކި

ބާކީކޮށް ފޮނުވާލީ ބަކަރި ދަނޑަށް، ހުރައަށް ކުޅެން ދިޔައީ ކެނޯއެއްގައި ފަލި ޖަހާފައި، މިހާރު ގަދަ ވިޔަފާރިވެރިއެއް
20242 އަހަރު ކުރިން
މީހުން

ބާކީކޮށް ފޮނުވާލީ ބަކަރި ދަނޑަށް، ހުރައަށް ކުޅެން ދިޔައީ ކެނޯއެއްގައި ފަލި ޖަހާފައި، މިހާރު ގަދަ ވިޔަފާރިވެރިއެއް

އެންމެ މަދުން މީހުން ދިރިއުޅެނީ ރަކީދޫގައި، އެންމެ 63 ދިވެހީން!
20233 އަހަރު ކުރިން
ރާއްޖެ

އެންމެ މަދުން މީހުން ދިރިއުޅެނީ ރަކީދޫގައި، އެންމެ 63 ދިވެހީން!

މެކްރޮން ޕުޓިންއަށް: ގޭހަށް ރަޝިޔާގެ ކަރަންސީން އަގު އަދާކުރުމަކީ ކުރެވޭނެ ކަމެއްނޫން
20224 އަހަރު ކުރިން
ދުނިޔެ

މެކްރޮން ޕުޓިންއަށް: ގޭހަށް ރަޝިޔާގެ ކަރަންސީން އަގު އަދާކުރުމަކީ ކުރެވޭނެ ކަމެއްނޫން

ވިއެނާ ކޮންވެންޝަނުގައި ބައިވެރިވުމުން ރާއްޖޭގެ ލައިސަންސް ބޭނުންކޮށްގެން މެންބަރު ގައުމުތަކުގައި ދުއްވޭނެ :ނަހުލާ
20215 އަހަރު ކުރިން
ރާއްޖެ

ވިއެނާ ކޮންވެންޝަނުގައި ބައިވެރިވުމުން ރާއްޖޭގެ ލައިސަންސް ބޭނުންކޮށްގެން މެންބަރު ގައުމުތަކުގައި ދުއްވޭނެ :ނަހުލާ

ތިމަރަފުށި ކެމްޕެއިން ފޯރީގައި އަންވަރުގެ ލޮލުން ކަރުނަ، މުސްތަފާ މައާފަށް!
20197 އަހަރު ކުރިން
ރިޕޯޓު

ތިމަރަފުށި ކެމްޕެއިން ފޯރީގައި އަންވަރުގެ ލޮލުން ކަރުނަ، މުސްތަފާ މައާފަށް!

ފަހު ފިޔަވަޅުމަތީގައި ވެސް މަހުލޫފު ދެއްކި ހިތްވަރު ދެކިބަލަ!
20188 އަހަރު ކުރިން
ރިޕޯޓު

ފަހު ފިޔަވަޅުމަތީގައި ވެސް މަހުލޫފު ދެއްކި ހިތްވަރު ދެކިބަލަ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު