Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދު
މިނިވަން ވިޔަފާރި

ޗައިނާ ދިވެހިރާއްޖެ މިނިވަން ވިޔަފާރި އެއްބަސްވުން - މަހުގެ އެކްސްޕޯޓު

ވިޔަފާރިއެއް ފަށާނަމަ އެ ބާޒާރެއްގެ އެފުށާ މިފުށް ރަނގަޅަށް އިނގި، ދުރާލާ ކަންކަން މަޝްވަރާކޮށް ރާވާ ތައްޔާރުވާން ޖެހެއެވެ. ބާޒާރެއްގައި ފައިތިލަ ސާބިތުކޮށް ހިފަހައްޓާލަން ފިސާރި މަސައްކަތް ކުރަން ޖެހެއެވެ. އެއީކީ ސަރުކާރެއްވިއަސް، ބުނާ ބުނުމަކަށް ވާކަމެއް ނޫނެވެ.

ރިޔާޒް މަންސޫރު
ރިޔާޒް މަންސޫރު, ރާއްޖެ އެމްވީ | 9 ޖެނުއަރީ 2025 | ބުރާސްފަތި 06:21
މޭލޭ މަސްމާރުކޭޓްގައި މީހަކު އެހެން މީހަކަށް ކަނޑުމަސްތަކެއް ދެނީ

މޭލޭ މަސްމާރުކޭޓްގައި މީހަކު އެހެން މީހަކަށް ކަނޑުމަސްތަކެއް ދެނީ

އާދޭހެވެ. ޗައިނާއަކީ ދުނިޔޭގައި މީހުން އަދަދުން ދެވަނައަށް އެންމެ ބޮޑު ބާޒާރެވެ. އަދި މާލީ ގޮތުންވެސް ދުނިޔޭގައި ދެވަނައަށް އެންމެ ބޮޑު ބާޒާރެވެ. ހަގީގަތުގައިވެސް ވަރަށްވެސް ބޮޑު ބާޒާރެކެވެ. ސަރުކާރުން މިކަން ސިފަކުރަނީ ދިވެހި ވިޔަފާރިއަށް މިހާތަނަށް ލިބުނު އެންމެ ބޮޑު ފުރުސަތުގެ ގޮތުގައެވެ. ސަރުކާރުން ފާހަގަ ކުރަނީ މަހުގެ ގިނަ ބާވަތްތަކަކުން ޑިއުޓީ ކަނޑާލެވިފައިވާތީ، ދިވެހި މަހުގެ އެކްސްޕޯޓަރުންނަށް ބޮޑެތި ފައިދާތަކެއްހޯދި މަސްވެރި ސިނާއަތް ކުރިއަރާ ދާނެކަމަށެވެ.

އެހެންނަމަވެސް ސަރުކާރުގެ އެއްވެސް ފަރާތަކުން އިތުރު ތަފްސީލެއް ނުދެއެވެ. ވިޔަފާރިއަކީ ބާޒާރުގެ ގިނަގުނަ ކަންކަމާ ގުޅިފައިވާ އެއްޗަކަށްވާއިރު މި ހުޅުވިގެންދިޔަ ބޮޑު މަހުގެ ބާޒާރު ދިވެހިރާއްޖޭން ކާމިޔާބު ކުރާނީ ކިހިނެއްކަމެއް އެއްވެސް ވަރަކަށް ހާމަކޮށްފައެއް ނެތެވެ. ސަބަބެއް ނުވަތަ ސަބަބުތަކެއް އޮންނަން ވާނެތާއެވެ. މި ލިޔުމުގައި މި ބަލާލަނީ ދިވެހިރާއްޖޭގެ މަސްވެރި އެކްސްޕޯޓަށް ޗައިނާގެ ބާޒާރު ހޯދުމާއި ބެހޭގޮތުންނެވެ. ވިޔަފާރިއެއް ފަށަން ހުށިޔާރުވެ ބަލަންޖެހޭ ބައެއް އަސާސީ ކަންކަމަށް ބަލާލަމުންނެމެވެ.

Advertisement - businessAdvertisement

(1) މި ވޭތުވެދިޔަ އަހަރުތަކުގައި ޗައިނާއަކީ މަސްވެރި ބާވަތްތައް އެކްސްޕޯޓުކުރުމުގައި ދުނިޔޭގެ އެއްވަނަ ނުވަތަ ދެވަނަ ގައުމެވެ. މީގެ ކޮންމެ އަހަރަކު 15 އިން ފެށިގެން 18 ބިލިއަން ޑޮލަރުގެ މަހުގެ ބާވަތްތަކުގެ އެކްސްޕޯޓު ކޮށްފައިވެއެވެ. ރާއްޖޭގެ މަހުގެ އެކްސްޕޯޓުގައި ހިމެނޭ މައިގަނޑު އެޗްއެސް ކޯޑަކީ 160414 ގައެވެ. އަދި 2023 ގައި ރާއްޖެއިން ދުނިޔެއަށް މިބާވަތުގެ 39 މިލިއަން ޑޮލަރުގެ އެކްސްޕޯޓު ކުރިއެވެ. އަނެއްކޮޅުން ޗައިނާއިން 2023 ގައި ހަމަ މިބާވަތުގެ 832 މިލިއަން ޑޮލަރުގެ އެކްސްޕޯޓު ކުރިއެވެ. މިބާވަތަށް އެކަނި ބަލާނަމަ، ޗައިނާއަކީ ދުނިޔޭގެ 3 ވަނަ އެކްސްޕޯޓަރެވެ. އެހެންކަމުން މިބާވަތް ދިވެހިރާއްޖޭން ޗައިނާއަށް ގަނޑުކޮށް އެކްސްޕޯޓު ކުރެވިދާނެ ކަމާމެދު ސުވާލު އުފެދެއެވެ.

(2) ސަރުކާރުން ބުނަނީ ދިވެހި މަހުގެ އެކްސްޕޯޓަކަށް ހުރަހެއް ނެތް ކަމަށެވެ. ޑިއުޓީ ވަނީ އެއްކޮށް ކަނޑާލާފަ ކަމަށެވެ. އާދޭހެވެ. ޑިއުޓީ ވަނީ ކަނޑާލާފައެވެ. އެހެންނަމަވެސް، ޑިއުޓީ ކަނޑާލުމަކީ އެކްސްޕޯޓު ޔަގީންވުމެއް ނޫނެވެ. މިކަމުގައި ސަރުކާރުގެ އެއްވެސް ފަރާތުން ނުދައްކާ ވާހަކައެއް އެބައޮތެވެ. އެއީ އިމްޕޯޓް ޑިއުޓީ ކުރީގައި ހުރީ ކިހާވަރެއްގަތޯއެވެ. އެއަދަދަކީ 5 އިންސައްތަ އެވެ. ޖުމްލަކޮށް ދިވެހިރާއްޖޭގެ މަހުގެ ގިނަ އެކްސްޕޯޓަށް ކުރިމަތިވެފައިވަނީ 5 އިންސައްތައިގެ އިމްޕޯޓު ޑިއުޓީއެވެ. މި 5 އިންސައްތަ އަދަދަކީ ބާޒާރަކަށް ނުވަދެވޭވަރު ހުރަހެއް ނޫނެވެ. މީގެ މިސާލަކީ 2023 ގައި އިނގިރޭއްސިވިލާތަށް 22 އިންސައްތަ އިމްޕޯޓު ޑިއުޓީގަވެސް 22 މިލިއަން ޑޮލަރުގެ މަހުގެ އެކްސްޕޯޓް ކުރިއެވެ. އެހެންކަމުން، އިމްޕޯޓު ޑިއުޓީ 5 އިންސައްތަ އިން 0 އިންސައްތަ އަށް ދަށްވުމަކީ ކުރީގައި ނުވަދެވިފައިވާ ބާޒާރަކަށް ވަދެވުނީކަމާމެދު ސުވާލު އުފެދެއެވެ.

(3) އެފްޓީއޭ އެއްގެ ތެރޭން ބާޒާރަކަށް ވަންނަން މަސައްކަތްކުރާއިރު، މިހާރު ހަދާފަހުރި އެފްޓީއޭތަކަށް ބަލާލަން ޖެހެއެވެ. އަދި އެ އެފްޓީއޭގެ ތެރޭގައި މަހުގެ ވިޔަފާރި ހިނގަނީ ކިހިނެއްތޯ ބަލާލަން ޖެހެއެވެ. މިގޮތުން ޗައިނާއިން ވިއްސަކަށް އެފްޓީއޭ ހަދާފަވާއިރު އާސިއާން ޗައިނާ އެފްޓީއޭ (އޭސީއެފްޓީއޭ) އަކީ ދިވެހިރާއްޖޭގެ މަހުގެ އެކްސްޕޯޓުގެ ކުރިމަގު ދެނެގަތުމަށް ރަނގަޅު މިންގަނޑެއް ކަމަށް ފެނެއެވެ.

އެސީއެފްޓީއޭ ރަސްމީކޮށް އުފެދުނީ 2010 ގައެވެ. އޭސީއެފްޓީއޭގައި ހިމެނެނީ ޗައިނާ ކައިރީގަ ހުރި ދެކުނު އިރުމަތީ އޭޝިއާގެ ކަނޑުގެ ގައުމުތަކެވެ. ރޯމަސް އިމްޕޯޓުކޮށް ދަޅުމަސްފަދަ ތައްޔާރީމަސް އެކްސްޕޯޓުކުރާ، ތަރައްގީވެފަ ހުރި މަސްވެރި ސިނާއަތްތައް ހުރި ގައުމުތަކެވެ. މީގެ ތެރޭގައި ފިލިޕީންސް، ވިއެޓްނާމް، މެލޭޝިއާ އަދި މަހުގެ ވިޔަފާރީގެ ދުނިޔޭގެ ބާރެއް ކަމަށްވާ ތައިލެންޑްވެސް ހިމެނެއެވެ. އެހެންނަމަވެސް، ތަފާސްހިސާބަށް ބަލާލާއިރު ފާހަގަ ކުރެވެނީ މީން އެއްވެސް ގައުމަކަށް ޗައިނާއަކަށް ފާހަގަ ކުރެވޭ އަދަދަކަށް މަސްވެރި ބާވަތްތަކުގެ އެކްސްޕޯޓެއް ނުކުރެވޭ ކަމެވެ. އޭގެ ބަދަލުގައި، މީގެ ބައެއް ގައުމުތަކުން ކޮންމެވެސް ވަރަކަށް ޗައިނާއިން މަހުގެ ބާވަތްތައް އިމްޕޯޓުކުރާކަންވެސް ފެނެއެވެ. އެހެންކަމުން، ޗައިނާއާއި މާ ގާތުގައި އޮތް ކުރިއަރާފައިވާ ބޮޑެތި މަސްވެރި ސިނާއަތްތަކެއް އޮތް ގައުމުތަކަކަށް، ސުން އިންސައްތަ ޑިއުޓީގައި ޗައިނާއަށް އެކްސްޕޯޓު ކުރެވެން އެތައް އަހަރެއް ލިބި އެކަން ނުވެފައި އޮތް އިރު، ދިވެހިރާއްޖެ މިހުރިހާ ކަމަކުން ފަހަތުގަ އޮވެ ހަމަ މިބާޒާރު ކާމިޔާބު ކުރެވިދާނެކަމާމެދު ސުވާލު އުފެދެއެވެ.

ރާއްޖޭގެ މަސް އެކްސްޕޯޓަރުންގެ ލޮލުން ބަލާނަމަ ޗައިނާ ބާޒާރުގެ ހާލަތަށް އައީ ކޮންބަދަލެއްތޯއެވެ؟ ހަމައެކަނި އައި ބަދަލަކީ 5 އިންސައްތައިގެ އިމްޕޯޓް ޑިއުޓީ ކަނޑާލުމެވެ. ބޮޑު މަންޒަރަށް ބަލާއިރު، މި އަދަދަކީ އޭގެ އަމިއްލަ ޒާތުގަވެސް މާ ބޮޑު އެއްޗެއް ނޫނެވެ. ހާއްސަކޮށް ގިނަ ބޮޑެތި މަސްވެރި ގައުމުތަކަކަށް ސުން އިންސައްތައިގައި ގައި އެކްސްޕޯޓު ނުކުރެވޭތަން ސާފުކޮށް ފެންނަން އޮތް ހިނދު، ދިވެހިރާއްޖޭން ކުރިމަތިލާ އިމްޕޯޓު ޑިއުޓީ ސުން އިންސައްތަ އަށް ބަދަލުވުމަކީ ކުރިއެރުމެއް ލިބޭނެ ބަދަލެއް ކަމަކަށް ގަބޫލެއް ނުކުރެވެއެވެ.

ކަންމިހެން ހުރިއިރު، ދިވެހި މަސް އެކްސްޕޯޓު ޗައިނާގެ ބާޒާރުގައި ކުރިއަރާތަން ފެނޭތޯއެވެ؟

ތެދެކެވެ. ވިޔަފާރިއެއް ފަށާނަމަ އެ ބާޒާރެއްގެ އެފުށާ މިފުށް ރަނގަޅަށް އިނގި، ދުރާލާ ކަންކަން މަޝްވަރާކޮށް ރާވާ ތައްޔާރުވާން ޖެހެއެވެ. ބާޒާރެއްގައި ފައިތިލަ ސާބިތުކޮށް ހިފަހައްޓާލަން ފިސާރި މަސައްކަތް ކުރަން ޖެހެއެވެ. އެއީކީ ސަރުކާރެއްވިއަސް، ބުނާ ބުނުމަކަށް ވާކަމެއް ނޫނެވެ.

ދިވެހި މަސްވެރިންނާއި މަސްވެރި ސިނާއަތުގައި މަސައްކަތްކުރާ ހުރިހާ ފަރާތަކަށް ކާމިޔާބަށް އެދެމެވެ.

ލިޔުމާއި ގުޅުންހުރި މައުލޫމާތު:

އޭސީއެފްޓީއޭވެބްސައިޓު

ބައިނަލްއަގުވާމީ ވިޔާފާރި މައުލޫމާތުވެބްސައިޓް(ޑަބްލިއުޓީއޯ، ޔޫއެން އަދި އީޔޫގެ ބައިވެރިވުމެއް)

ކޮމެންޓް

Like & Win

Giveaway
Powered by: Click Computers
Acer Travelmate P2

Acer Travelmate P2

i3 • 4GB • 256GB SSD • 14" FHD

Tap

އިތުރަށް ކިޔާލަން

އުރީދޫ އަކީ ރާއްޖޭގައި ބޭރުގެ އިންވެސްޓަރުންނަށް ކާމިޔާބު ވިޔަފާރި ކުރެވޭ ކަމުގެ ފުރިހަމަ މިސާލެއް: އަޒީމާ

އުރީދޫ އަކީ ރާއްޖޭގައި ބޭރުގެ އިންވެސްޓަރުންނަށް ކާމިޔާބު ވިޔަފާރި ކުރެވޭ ކަމުގެ ފުރިހަމަ މިސާލެއް: އަޒީމާ

18 އެޕްރީލު 2017
ކުދި ވިޔަފާރިތަކުން ދައްކަންޖެހޭ ޓެކްސްއާ ގުޅޭ ޖޫރިމަނާތައް މީރާއިން މަޢާފް ކުރަނީ!

ކުދި ވިޔަފާރިތަކުން ދައްކަންޖެހޭ ޓެކްސްއާ ގުޅޭ ޖޫރިމަނާތައް މީރާއިން މަޢާފް ކުރަނީ!

13 އެޕްރީލު 2017
ރާއްޖޭގެ ވިޔަފާރިތަކަށް ހޮންކޮންގައި ވިޔަފާރު ކުރުމުގެ ފުރުސަތު ވަނީ ހުޅުވާލެވިފައި: މިނިސްޓަރު ސައީދު

ރާއްޖޭގެ ވިޔަފާރިތަކަށް ހޮންކޮންގައި ވިޔަފާރު ކުރުމުގެ ފުރުސަތު ވަނީ ހުޅުވާލެވިފައި: މިނިސްޓަރު ސައީދު

31 މާރިޗު 2017
ޗައިނާގެ ސީއޯޓީޓީއެމް ފެއާގައި ރާއްޖޭގެ ރީތިކަން ދައްކާ ލުމުގެ ފުރުސަތު ވަަރަށް ފުރިހަމަ އަށް ލިބިއްޖެ: އެމްއެމްޕީއާރުސީ

ޗައިނާގެ ސީއޯޓީޓީއެމް ފެއާގައި ރާއްޖޭގެ ރީތިކަން ދައްކާ ލުމުގެ ފުރުސަތު ވަަރަށް ފުރިހަމަ އަށް ލިބިއްޖެ: އެމްއެމްޕީއާރުސީ

29 މާރިޗު 2017
ޗައިނާގެ ޒޮންޝެންއިން ރާއްޖޭގެ ސީޕްލޭންގެ ވިޔަފާރިއަށް ޝައުގުވެރިކަން ފާޅުކޮށްފި

ޗައިނާގެ ޒޮންޝެންއިން ރާއްޖޭގެ ސީޕްލޭންގެ ވިޔަފާރިއަށް ޝައުގުވެރިކަން ފާޅުކޮށްފި

17 މާރިޗު 2017

އަހަރުތަކުން މިއަދު

20 މާރިޗު
ވިލާ ގުރޫޕް ރިސޯޓް ތަކުގެ މަސައްކަތްތެރިންނަށް ސާވިސްޗާޖު ނުދޭނަމަ މުޒާހަރާއަށް ނުކުތުމަށް ގޮވާލައިފި
20251 އަހަރު ކުރިން
ރާއްޖެ

ވިލާ ގުރޫޕް ރިސޯޓް ތަކުގެ މަސައްކަތްތެރިންނަށް ސާވިސްޗާޖު ނުދޭނަމަ މުޒާހަރާއަށް ނުކުތުމަށް ގޮވާލައިފި

އެމެރިކާ ކޯޗުގެ ދެމަފިރިންގެ ހިތް ދެވުނީ ހުރަޔަށް، ރާއްޖޭގެ އެހެން ޓީމަކަށް ނުދާނެ
20242 އަހަރު ކުރިން
މީހުން

އެމެރިކާ ކޯޗުގެ ދެމަފިރިންގެ ހިތް ދެވުނީ ހުރަޔަށް، ރާއްޖޭގެ އެހެން ޓީމަކަށް ނުދާނެ

މީހުން ގެއްލުން: ހީކުރާ ވަރަށްވުރެ ސީރިއަސް!
20233 އަހަރު ކުރިން
ރިޕޯޓު

މީހުން ގެއްލުން: ހީކުރާ ވަރަށްވުރެ ސީރިއަސް!

100 ކިލޯ ޑްރަގް މައްސަލަ: މިއަދު ކުރިއަށް ގެންދެވުނީ ދައުވާ ލިބޭ 2 ބިދޭސީންގެ ބައި އެކަނި
20224 އަހަރު ކުރިން
ރާއްޖެ

100 ކިލޯ ޑްރަގް މައްސަލަ: މިއަދު ކުރިއަށް ގެންދެވުނީ ދައުވާ ލިބޭ 2 ބިދޭސީންގެ ބައި އެކަނި

ނަޝީގެ އުފަންދުވަހާ ދިމާކޮށް ބޮޑު ސަޕްރައިޒެއް!
20215 އަހަރު ކުރިން
ރިޕޯޓު

ނަޝީގެ އުފަންދުވަހާ ދިމާކޮށް ބޮޑު ސަޕްރައިޒެއް!

އާގިލް އާއި ޝައްފާން ވެސް މަރާލީ ގޭންގް މާރާމާރީތަކުގައި: ފުލުހުން
20197 އަހަރު ކުރިން
ރާއްޖެ

އާގިލް އާއި ޝައްފާން ވެސް މަރާލީ ގޭންގް މާރާމާރީތަކުގައި: ފުލުހުން

ރައީސް މައުމޫންގެ ވަކީލް ފައިސަލް މިއަދު ކޯޓަށް ހާޒިރު ކުރަނީ
20188 އަހަރު ކުރިން
ރާއްޖެ

ރައީސް މައުމޫންގެ ވަކީލް ފައިސަލް މިއަދު ކޯޓަށް ހާޒިރު ކުރަނީ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު