Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއާސެނަލް

މިތިބީ ހާފް ޓައިމްގައި، ފައިނަލަށް ދެވޭނެ: އާޓެޓާ

އާސެނަލްގެ ކުޅުންތެރިން ދައްކަމުން އަންނަ ކުޅުމަށް ބަލާއިރު، އަދި ވަރުގަދަ ޓީމުތަކާ ދެކޮޅަށް މިހާތަނަށް ދައްކާފައިވާ ހިތްވަރަށް ބަލާއިރު، އާސެނަލަށް ދެ ވަނަ ލެގުން މޮޅުވެ މުބާރާތުގެ ފައިނަލަށް ދެވޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އޮތް ކަމަށް ވެސް އާޓެޓާ ބުންޏެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 9 ޖެނުއަރީ 2025 | ބުރާސްފަތި 04:07
އާސެނަލްގެ ކޯޗު މިކޭޭލް އާޓެޓާ

އާސެނަލްގެ ކޯޗު މިކޭޭލް އާޓެޓާ

ކަރަބޯ ކަަޕްގެ ސެމީ ފައިނަލްގެ ފުރަތަމަ ލެގުގައި ނިއުކާސަލް ޔުނައިޓެޑު އަތުން ބަލިވީއިރު، މިހާރު ތިބީ ހާފް ޓައިމްގައި ކަމަށާއި، އާސެނަލަށް މުބާރާތުގެ ފައިނަލަށް ދެވޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އޮތް ކަމަށް އެ ޓީމުގެ ކޯޗު މިކޭލް އާޓެޓާ ބުނެފި އެވެ.

އޭނާ މިހެން ބުނީ، އާސެނަލްގެ އަމިއްލަ ދަނޑުގައި ކުޅުނު ސެމީ ފައިނަލް މެޗަށްފަހު ނޫސްވެރިންނާ ވާހަކަ ދައްކަމުންނެވެ. އާސެނަލްގެ ދަނޑުގައި ކުޅުނު އެ މެޗު 2-0 އިން ކާމިޔާބުކޮށް، ނިއުކާސަލް އިން ވަނީ މުބާރާތުގެ ފައިނަލްގެ އުންމީދު ބޮޑު ކޮށްފަ އެވެ.

އާޓެޓާ ބުނީ، ދެ ލަނޑުން އާސެނަލް ބަލިވުން އެއީ މެޗުން ނިކުތް ނަތީޖާ ކަމަށެވެ. މެޗުގެ އެހެނިހެން ކަންކަމާއި، މެޗުގެ ޑޮމިނޭޝަނަށް ބަލާއިރު، އެ ނަތީޖާ އަކީ މެޗުން ނިކުންނާނެ ނަތީޖާ ނޫން ކަމަށް އާޓެޓާ ބުންޏެވެ. އެހެން ނަމަވެސް، ނިއުކާސަލް ފެނުނީ އެ ޓީމަށް ލިބެމުން އައި ފުރުސަތު ބޭނުން ހިފަމުން ދިޔަ މަންޒަރު ކަމަށާއި، އާސެނަލަށް ލިބުނު ފުރުސަތުގެ ބޭނުން އެ ޓީމަށް ހިފޭ ގޮތް ނުވި ކަމަށް އާޓެޓާ ބުންޏެވެ. އެ ކަހަލަ މެޗުތަކުގައި އޮންނާނީ މޮޅުވުން ކަމަށާއި، އެ ނޫން ގޮތެއް ނޯންނާނެ ކަމަށް ވެސް އާޓެޓާ ބުނެފައިވެ އެވެ.

އާސެނަލަށް މުބާރާތުގެ ފައިނަލަށް ދެވޭނެތޯ ސުވާލު ކުރުމުން އާޓެޓާ ބުނީ، މިވަގުތު އަދި ތިބީ މެޗުގެ ހާފް ޓައިމްގައި ކަމަށެވެ. އާސެނަލްގެ ކުޅުންތެރިން ދައްކަމުން އަންނަ ކުޅުމަށް ބަލާއިރު، އަދި ވަރުގަދަ ޓީމުތަކާ ދެކޮޅަށް މިހާތަނަށް ދައްކާފައިވާ ހިތްވަރަށް ބަލާއިރު، އާސެނަލަށް ދެ ވަނަ ލެގުން މޮޅުވެ މުބާރާތުގެ ފައިނަލަށް ދެވޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އޮތް ކަމަށް ވެސް އާޓެޓާ ބުންޏެވެ.

މިވަގުތު އާސެނަލް އޮތް ހާލަތާ ގުޅޭ ގޮތުން ވާހަކަ ދައްކަމުން އާޓެޓާ ބުނީ، މެޗުން ބަލިވިޔަސް، އަދި އެއްވަރު ވިޔަސް، ޓީމު އޮންނާނީ ދަށް ޙާލަތެއްގައި ކަމަށެވެ. މެޗުން މޮޅުވެއްޖެ ނަމަ، އެ ވާހަކަތައް އެ ގޮތުގައި ނުދެކެވޭނެ ކަމަށާއި، މުޅި ޙާލަތު ބަދަލުވާނެ ކަމަށް ވެސް އާޓެޓާ ވަނީ ބުނެފަަ އެވެ. އޭނާ ބުނީ މައްސަލަތަކުގެ ވާހަކަ ދެއްކުމުގެ ބަދަލުގައި ފޯކަސް އޮތީ ކުރިއަށް ހުރި މެޗުތަކަށް ކަމަށާއި، އާސެނަލަށް ކުރިއަށް ވެސް ހުރީ ބޮޑެތި އަދި މުހިންމު މެޗުތަކެއް ކަމަށެވެ.

ނިއުކާސަލްގެ އަމިއްލަ ދަނޑުގައި ކުޅޭ ސެމީ ފައިނަލްގެ ދެ ވަނަ ލެގު އޮންނާނީ އަންނަ ފެބްރުވަރީ މަހުގެ ފަސް ވަނަ ދުވަހުގެ ރޭ އެވެ. މުބާރާތުގެ ފައިނަލްގެ ޖާގަ ހޯދެން އާސެނަލަށް އޮތީ ތިން ލަނޑުގެ ތަފާތުން ނިއުކާސަލްގެ މައްޗަށް ކުރި ހޯދައިގެންނެވެ.

އިތުރަށް ކިޔާލަން

27 ފެބުރުއަރީ 2017

ޝައިހް ކަމާލް ކަޕް: ތާރީހު ބަދަލުކޮށްފި، މަނަންގް ބަލިކޮށް ޓީސީ ފައިނަލަށް

27 ފެބުރުއަރީ 2017
ޝައިހް ކަމާލް ކަޕް: ތާރީހު ބަދަލުކޮށްފި، މަނަންގް ބަލިކޮށް ޓީސީ ފައިނަލަށް
22 ފެބުރުއަރީ 2017

އިންޓަ އޮފީސް ނެޓްބޯލް މުބާރާތް: އަންހެން ފައިނަލަށް އިމިގްރޭޝަން އަދި ކަސްޓަމްސް

22 ފެބުރުއަރީ 2017
އިންޓަ އޮފީސް ނެޓްބޯލް މުބާރާތް: އަންހެން ފައިނަލަށް އިމިގްރޭޝަން އަދި ކަސްޓަމްސް
21 ފެބުރުއަރީ 2017

ގައުމީ ކެރަމް މުބާރާތް: ފިރިހެން ޑަބަލް އިވެންޓް ފައިނަލަށްދިޔަ ކުޅުންތެރިން ކަށަވަރުވެއްޖެ

21 ފެބުރުއަރީ 2017
ގައުމީ ކެރަމް މުބާރާތް: ފިރިހެން ޑަބަލް އިވެންޓް ފައިނަލަށްދިޔަ ކުޅުންތެރިން ކަށަވަރުވެއްޖެ
09 ފެބުރުއަރީ 2017

ޗެރިޓީ ޝިލްޑު މެޗުގައި އެހީތެރިކަން ފޯރުކޮށްދެވޭނެ އެންޖީއޯތައް ކަނޑައަޅައިފި

09 ފެބުރުއަރީ 2017
ޗެރިޓީ ޝިލްޑު މެޗުގައި އެހީތެރިކަން ފޯރުކޮށްދެވޭނެ އެންޖީއޯތައް ކަނޑައަޅައިފި
08 ފެބުރުއަރީ 2017

އޮފީސް ހޭންޑްބޯލް މުބާރާތް:ފިނޭންސް ބަލިކޮށް އަންހެން ބައިގެ ފައިނަލަށް އިމިގްރޭޝަން

08 ފެބުރުއަރީ 2017
އޮފީސް ހޭންޑްބޯލް މުބާރާތް:ފިނޭންސް ބަލިކޮށް އަންހެން ބައިގެ ފައިނަލަށް އިމިގްރޭޝަން
08 ފެބުރުއަރީ 2017

ކޮޕާޑެލްރޭ: އެޓްލެޓިކޯއާ އެއްވަރުކޮށް އެގްރިގޭޓް ނަތީޖާއިން ބާސާ ފައިނަލަށް

08 ފެބުރުއަރީ 2017
ކޮޕާޑެލްރޭ: އެޓްލެޓިކޯއާ އެއްވަރުކޮށް އެގްރިގޭޓް ނަތީޖާއިން ބާސާ ފައިނަލަށް
03 ފެބުރުއަރީ 2017

ގާނާ ބަލިކޮށް އެފްރިކަން ކަޕްގެ ފައިނަލަށް ކެމަރޫން

03 ފެބުރުއަރީ 2017
ގާނާ ބަލިކޮށް އެފްރިކަން ކަޕްގެ ފައިނަލަށް ކެމަރޫން
02 ފެބުރުއަރީ 2017

ގާނާގެ ރެކޯޑާ އެއްވަރުކޮށް، މިސްރުން އެފްރިކާ ބައްރު ފުޓްބޯޅަ މުބާރާތުގެ ފައިނަލަށް

02 ފެބުރުއަރީ 2017
ގާނާގެ ރެކޯޑާ އެއްވަރުކޮށް، މިސްރުން އެފްރިކާ ބައްރު ފުޓްބޯޅަ މުބާރާތުގެ ފައިނަލަށް
27 ޖެނުއަރީ 2017

ފޯރިގަދަ ކުޅުމަކަށް ފަހު ވަވްރިންކާ ބަލިކޮށް ފެޑެރާ ފައިނަލަށް

27 ޖެނުއަރީ 2017
ފޯރިގަދަ ކުޅުމަކަށް ފަހު ވަވްރިންކާ ބަލިކޮށް ފެޑެރާ ފައިނަލަށް
22 ޖެނުއަރީ 2017

ބޮޑު އަށް ކުލަބަށް އަންނަ މަހު ފައިސާ ދެވޭނެ: އެފްއޭއެމް

22 ޖެނުއަރީ 2017
ބޮޑު އަށް ކުލަބަށް އަންނަ މަހު ފައިސާ ދެވޭނެ: އެފްއޭއެމް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު