Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެރައީސް މުއިއްޒު ވާދޫ ގައި

މުސްތަގްބަލަށްޓަކައި، ޖީލުތައް ސަލާމަތް ކުރަން ބައެއް އުނދަގޫ ނިންމުންތައް ނިންމަން ޖެހޭ: ރައީސް

ރައީސް ވިދާޅުވީ މުޖުތަމައުގައި، ލޯ ކުރިމަތީ ގޯސްކަމެއް ހިނގާނަމަ އެ ކަމަކަށް ނޫނެކޭ ބުނަން ކޮންމެ ފަރުދަކަށް ވެސް ކެރެން ވާނެ ކަމަށް

އަބްދުލް ހަންނާން މުހައްމަދް
އަބްދުލް ހަންނާން މުހައްމަދް | 7 ޖެނުއަރީ 2025 | އަންގާރަ 18:46
ގދ. ވާދޫ ރައްޔިތުންނާއި ބައްދަލުކުރައްވާ ރައީސް ވާހަކަފުޅުދައްކަވަނީ

ގދ. ވާދޫ ރައްޔިތުންނާއި ބައްދަލުކުރައްވާ ރައީސް ވާހަކަފުޅުދައްކަވަނީ

ޒަމާންތަކެއް ވާންދެން ކަމެއް ގޯސްކޮށް ކުރުމަކީ އެކަން ދޫކޮށްލައިގެން ތިބެން ޖެހޭ ސަބަބެއް ނޫން ކަމަށާއި އެހެންވެ، މުސްތަގްބަލަށްޓަކައި، ޖީލުތައް ސަލާމަތް ކުރުމަށް ބައެއް އުނދަގޫ ނިންމުންތައް ނިންމަން ޖެހިވަޑައިގެންނެވި ކަމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިފަދައިން ވިދާޅުވެފައިވަނީ ގދ. ވާދުއަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާއި ބައްދަލަުކުރައްވާ ވާހަަކަފުޅުދައްކަވަމުންނެވެ.

Advertisement - newsAdvertisement

ރައީސް ވިދާޅުވީ މުޖުތަމައުގައި، ލޯ ކުރިމަތީ ގޯސްކަމެއް ހިނގާނަމަ އެ ކަމަކަށް ނޫނެކޭ ބުނަން ކޮންމެ ފަރުދަކަށް ވެސް ކެރެން ވާނެ ކަމަށާއި އަދި ޒަމާންތަކެއް ވަންދެން ވަކި ކަމެއް ގޯސްކޮށް ހިނގުމަކީ ވެސް އެ ކަމެއް ދޫކޮށްލައިގެން ތިބެންވީ ސަބަބެއް ނޫންކަމަށެވެ.

ރައީސް ވިދާޅުވީ ކުރާ ގޯސް އަމަލުތައް ދޫކޮށްލަން ޖެހޭކަން ގަބޫލުކުރުމާއި އެކު އެފަދަ ކަންކަމާއި ދެކޮޅަށް މަސައްކަތް ކުރުމުގެ ހިތްވަރު އަމަލުން ދައްކަންޖެހޭ ކަމަށެވެ. އަދި އުނދަގޫ ނިންމެވުންތަކެއް ނިންމެވީ އެހެންވެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

ވޭޕު މަނާކުރަން ނިންމެވުމާއި، ސިނގިރޭޓުގެ އަގު ބޮޑުކުރަން ނިންމިވެވި ނިންމެވުމަށް ނުސީދާ މޭރުމަކުން އިޝާރާތްކުރައްވައި ރައީސް ވިދާޅުވީ މިއީ މުޖުތަމައުގެ ތެރޭގައި ހުރި އެކިއެކި ވަބާތަކުން ގައުމު ސަލާމަތް ކުރުމަށް، އަޅުގަނޑުމެންގެ ތެރޭގައި އަަށަގަނެފައި ހުރި، މޫލާފައި ދެވިހިފާފައި ހުރި ބައެއް އާދަތަކުން ހިތްވަރު ލާފައި ސަލާމަތްކޮށްދިނުމުގެ ނިޔަތުގައި ކުރާ ކަންކަން ކަމަށެވެ.

ރައީސް ވިދާޅުވީ ބައެއް ނިންމުންތަކަކީ އެއްގޮތަކަށް ވެސް ރައްޔިތުންނަށް ދަތިކުރުމަށް ނުވަތަ އުނދަގޫކުރުމަށް ކުރާ ކަންކަމެއް ނޫންކަމަށާއި އެކަން ކުރުމުގައި އެމަނިކުފާނުގެ ނިޔަތް ވަރަށް ސާފު ކަމުގައި ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ތަރައްގީއަކީ ހަމައެކަނި ލޮލަށް ފެންނަ، އަތުން ހިފޭ ތަކެތި ނޫން ކަމަށެވެ. ތަރައްގީއަކީ އެ ކުރިއެރުމާއެކުގައި، ސިކުނޑިތައް ތަރައްގީކޮށް، އަޚްލާގު ރަނގަޅުކޮށް، ދަރިން ރަނގަޅަށް ތަރުބިއްޔަތުކޮށް، މުޖުތަމައުގައި ހެޔޮ ކަންކަމަށް އަމުރުކޮށް ނުބައި ކަންކަމުން ރައްކާތެރި ކުރުން ކަމަށެވެ.

އިތުރަށް ކިޔާލަން

20 ފެބުރުއަރީ 2017

ބައެއް އިލްމުވެރިން ފަތުވާ ނެރުއްވަނީ ފައިސާއަށް: އީސަ

20 ފެބުރުއަރީ 2017
 ބައެއް އިލްމުވެރިން ފަތުވާ ނެރުއްވަނީ ފައިސާއަށް: އީސަ
19 ފެބުރުއަރީ 2017

ރައްޔިތުން ތިބީ މި ވެރިކަމުން ސަލާމަތްވާނެ ދުވަހެއްގެ އިންތިޒާރުގައި:ނިޔާޒު

19 ފެބުރުއަރީ 2017
ރައްޔިތުން ތިބީ މި ވެރިކަމުން ސަލާމަތްވާނެ ދުވަހެއްގެ އިންތިޒާރުގައި:ނިޔާޒު
16 ފެބުރުއަރީ 2017

މަޖިލީހުގައި ބައެއް މެމްބަރުންގެ އަޑުކަނޑުވާލުމަށް ދަނީ މަސައްކަތް ކުރަމުން: ރައީސް މައުމޫން

16 ފެބުރުއަރީ 2017
މަޖިލީހުގައި ބައެއް މެމްބަރުންގެ އަޑުކަނޑުވާލުމަށް ދަނީ މަސައްކަތް ކުރަމުން: ރައީސް މައުމޫން
06 ފެބުރުއަރީ 2017

އިސްލާހީ މަސައްކަތުގައި އުކުޅަހު ރައްޔިތުންނަކީ ނަމޫނާ ހިތްވަރެއް ދައްކުވައިދޭ ބައެއް: ރައީސް ނަޝީދު

06 ފެބުރުއަރީ 2017
އިސްލާހީ މަސައްކަތުގައި އުކުޅަހު ރައްޔިތުންނަކީ ނަމޫނާ ހިތްވަރެއް ދައްކުވައިދޭ ބައެއް: ރައީސް ނަޝީދު
02 ފެބުރުއަރީ 2017

ގައުމު ސަލާމަތް ކުރުމަށް ނިކުތުމަށް ފާރިސް މައުމޫން ގޮވާލައްވައިފި

02 ފެބުރުއަރީ 2017
ގައުމު ސަލާމަތް ކުރުމަށް ނިކުތުމަށް ފާރިސް މައުމޫން ގޮވާލައްވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު